މިދިޔަ ހުކުރު ދުވަހު އައިޖީއެމްއެޗް ސަރަހައްދާ ދިމާލު މޫދު އަޑިން ނިޔާވެފައިވާ އޮއްވާ ފެނުނު ގދ. ވާދޫ، ރިމެމްބަރކަދާވަޑު، މުޙައްމަދު ސިދުރަތުﷲ އަޙްމަދު (31އ)ގެ މަރުގެ ހާދިސާގެ ތަހުގީގަށް ފުލުހުން ވީޑިއޯއެއް އާއްމުކޮށްފިއެވެ.

އެ ވީޑިއޯ އާއްމުކޮށް ފުލުހުން ވިދާޅުވީ، މޫދުގައި ނިޔާވެފައި އޮއްވާ ފެނުނު ސިދުރަތުﷲ އެންމެ ފަހުން ފެނިފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ 09:00 އާއި 10:00 އާ ދެމެދު ރަސްފަންނު މޫދާ ދިމާއަށް ދަނިކޮށް ކަމަށެވެ.

އެހެންކަމުން، އެ ދުވަހުގެ އެ ވަގުތުގައި ސިދުރަތުﷲ އާ ބައްދަލުވި ނުވަތަ ފެނުނު މީހަކު ވާނަމަ ނުވަތަ މަރުގެ މި ހާދިސާއާ ގުޅޭ އެއްވެސް މައުލޫމާތު ލިބިފައިވާ ފަރާތެއްވާނަމަ ފުލުހުންގެ އެމާޖެންސީ ނަންބަރު 119 ނުވަތަ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާރޓްމަންޓުގެ ނަންބަރު 9911099 އަށް ގުޅުއްވައި މައުލޫމާތު ހިއްސާ ކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

https://youtu.be/D9l-EbKeJZM

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެހީތެރިކަން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު ދަންނަވާފައެވެ.

އޭނާގެ މަރުގެ ތަހުގީގު ފުލުހުން ކުރަމުންދާއިރު، އެ ޒުވާނާ އޮތީ މަރާލާފައި ކަމަށް ތުހުމަތު ކުރެވޭތީ އެކަން ފުލުހުން ވަނީ ބަލަން ފަށާފައެެވެ.

"ވަގުތު"އަށް އެނގިފައިވާގޮތުން ފުލުހުން އެ މައްސަލަ ތަހުގީގު ކުރަމުން ދަނީ ގަސްތުގައި ބަޔަކު އޭނާ މަރާލާފައި އޮތް ކަމަށް ބަލައިގެންނެވެ.

ސިދުރަތުﷲގެ މަރާއި ގުޅިގެން ފުލުހުން އަދި ތަފްސީލެއް ދީފައެއް ނުވެއެވެ. ސިދުރަތުﷲގެ ހަށިގަނޑު ފެނުނީ އެސަރަހައްދަށް ޑައިވް ކުރި ޑައިވަރުންތަކަކަށެވެ. ހަށިގަނޑު އެސަރަހައްދުން ފެނުނު ފަހުން ފުލުހުން ވެސް އެ ސަރަހައްދަށް ޑައިވް ކުރިއެވެ.

އޭނާގެ މަރަކީ ގުދުރަތީ މަރެއްކަން ކަށަވަރު ކުރެވިފައި ނުވާތީ ބަލަން ޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސަމްކުޅިބޭ

    އަޖައިބެއް ނުވާނެތަ! އޭނާ ކަނޑުއަޑިން ފުރަތަމަ ފެނުނުމީހުން ބަންދުކޮށްގެން ސުވާލު ކުރާށޭ.

    19
    29
  2. އަލިބެ

    ސުއިސަޑް!

    5
    31
  3. ސަންކުއިކް

    އަ ގުޑް ފްރެންޑް ވިތް އަ ބިގް ހާޓް! ހިޒް ފޭވަރިޓް ވާރޑް ވާ "ވީ ރައިޒް ބައި ލިފްޓިނގް އަދާރޒް" ):

    37
    6