ދިވެހި ސިފައިންނަށް ތައުލީމާއި ތަމްރީނުގެ ފުރުސަތު ހޯދައިދިނުމާ ގުޅޭގޮތުން ބަންގުލަދޭޝްގެ ހައިކަމިޝަނަރު ހިޒް އެކްސެލެންސީ ރިއަރ އެޑްމިރަލް ނަޒްމުލް ޙަސަން އާއި ބައްދަލު ކުރައްވައި މަޝްވަރާތައް ކުރިއަށްގެންގޮސްފިއެވެ.

މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައި ވަނީ، ހައިކޮމިޝަނަރއާއެކު ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ބޭއްވި މަޝްވަރާ ބައްދަލުވުމުގައެވެ.

ބަންޑާރަކޮށީގައި ބޭއްވި އެ ބައްދަލުކުރެއްވުމުގައި، ރާއްޖެއާއި ބަންގްލަދޭޝް އަސްކަރިއްޔާއާ ދެމެދު ޒަމާނުންސުރެ އޮތް ބަދަހި ގުޅުމާ ގުޅޭގޮތުންނާއި، ދެ ޤައުމުގެ އަސްކަރިއްޔާ ގުޅިގެން ދިވެހި ސިފައިންގެ އިންސާނީ ވަސީލަތް ތަރައްޤީ ކުރުމާއި ގުޅޭގޮތުން މަޝްވަރާތައް ކުރިއަށް ގެމްގޮސްފައި ވެއެވެ.

މި ބައްދަލުވުމުގައި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަތީފް ވެސް ބައިވެރިވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބޭކާރު

    މޮޅެތި ތަމްރީނުތަށް ހަދުވާފަ ދިވެހި ސިފައިން ކުދިން ގެންގުޅެނީ ކޯސްޓް ގާރޑު ލޯންޗުތައް ސަފާރީ ބޯޓަށް ހަދައިގެން އިންޑިޔާވެރިންނަށް ނޯ ކަރު ކަން ކުރުވަން.

    ކަންތައް ހުރިގޮތުން މިހާރު ދިވެހި ސިފައިން އިތުރު ތަމްރީނަށް ފޮނުވަން އެންމެ ރަނގަޅީ ހޮޓެލް ސް ކޫލަށް.

  2. ސަންތިމަރީ

    މީގެ ކުރިންވެސް އެމްބަސީތައް ހުރި. ތިޔަފާޑަށް މޫނުގައި ފުށްޖަހައިގެން އަރާ ތިބެ ތަމްރީނޭ ފަޅޮލެކޭ ނުކިޔަ. އިންޑިއާ ފައިބުޑަށް ވެއްޓި ގައުމު ވިއްކާލާ ހަނާއަރުވާލަފަ މޮޅު ވާހަކަ ނުދައްކާ. މިހާރު ޗައިނާ ވަރެއްވެސް ނެތް ދެން އިވޭނީ ޕާކީސްތާނު އެމްބަސީ މީހުން އެއްކޮށްގެން ކުކުޅު ކަތިލާ ޕްރޮގްރާމެއް ހިންގަން އުޅޭ ވާހަކަ ތޯއްޗެ. ލަދުން ބޯހަލާކު.