އަނެއްކާވެސް އަލުން ޕީޕީއެމްއަށް ރާއްޖޭގެ އިގްތިސާދު ސަލާމަތްކޮށް، ޝަރުއީ އަދި ގާނޫނީ ދާއިރާ އަށް މާނަވީ އިސްލާހްތައް ގެނެވޭނެ ކަމަށް ކުރީގެ ރައީސް، އަދި އިދިކޮޅު ކޯލިޝަންގެ ލީޑަރު އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރްސީގެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންގެންދަވާ ރައީސް ޔާމީން މިހެން ވިދާޅުވީ، ޕީޕީއެމްގެ ނުވަ ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން އެމަނިކުފާނުގެ ގާނޫނީ ވަކީލުން މެދުވެރިކުރައްވާ އާއްމު ކުރެއްވި މެސެޖެއްގައެވެ.

އެމަނިކުފާނުގެ ލޯޔަރުންގެ ޓީމްގައި އިސްކޮށް މަސައްކަތްކުރައްވާ، ކުރީގެ ނައިބް ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު މިއަދު ފޭސްބުކްގައި ޖެހި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް ޔާމީން މާފުށީ ޖަލުގައި މިއަދުވެސް އެ ހުންނެވީ ރައްޔިތުންނަށްޓަކައި ސާބިތުކަމާއިއެކުގައި ކަަމަށެވެ.

އެމަނިކުފާނު ޕީޕީއެމް/ޕީއެންސީގެ ރައްޔިތުންނަށް މެސެޖެއް ދެއްވި ކަމަށްވެސް ޑރ.ޖަމީލް ވިދާޅުވިއެވެ.

އެމަނިކުފާނުގެ މެސެޖުގައި ވިދާޅުވެފައި ވަނީ، ރާއްޖެ އަށް އިޤްތިޞާދީ ތަރައްގީ އާއި ކުރިއެރުން ގެނެސްދެވުނު ހަމައެކަނި ޕާޓީއަކީ ޕީޕީއެމް ކަމަށެވެ.

އަދި މާތްﷲ ގެ އިރާދަފުޅާއެކު، އަނެއްކާވެސް އަލުން ޕީޕީއެމް އަށް ރާއްޖޭގެ އިގްތިސާދު ސަލާމަތްކޮށް، ޝަރުއީ އަދި ގާނޫނީ ދާއިރާ އަށް މާނަވީ އިސްލާހްތައް ގެންނާނެ ކަމަށް އެމަނިކުފާނުގެ މެސެޖުގައި ވެއެވެ.

އަދި ސިޔާސީ ފަރާތްތަކުގެ ވަކިތަކުން ޖޭއެސްސީ މިންޖުކޮށްދެވާނެ ކަމަށް އެ މެސެޖުގައި ވަނީ ވިދާޅުވެފައެވެ،

"ހުރިހާ ބޭފުޅުން ގުޅިގެން ކުރަމުންގެންދާ މަސައްކަތް ކުރިއަށް ގެންދަވާ! މާތް ﷲ ގެ އިރާދަފުޅާއެކު، އެ މަސައްކަތުގެ ފޮނިމީރުކަން ލިބޭނެ". ރައީސް ޔާމީންގެ މެސެޖްގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ކިޔުންތެރިޔާ

    އިންޝާ ﷲ. ދެން އެނބުރި އަންނާނީ ކުރިއަށްވުރެން މާ ވަރުގަދަކޮށް ގައުމު އާ ހަރުފަތަކަށް ގެންދިޔުމުގެ އަޒުމުގަ. ދެންވެސް ކުރެވޭނީ ހަމަ ޔާމީނަށް.

    74
    9
  2. މެކުނު

    އެއީ ތެދެއް 👏👏👏👏👏 ޖަމަލު ފޮޑި

    16
    45
    • އަލީ

      ޖަމަލު ފޮޑި އޮންނާނެ ކެނެރީގޭގަ..ކީރިތިރަސޫލާއަށް މާލާމާތް ކުރަން... ރނގަަޅަށް ވިއްޔާ މިވެސް އެއިބިލީހަށް ސަޕޯޓް ކުރާ ލާދީނީއެއް

  3. އަލީ

    އިންޝާﷲ. ކުރިން ހެދުނުގޯސްތައް ތަކުރާރު ނުކުރާނެކަމަށް އުންމީދު ކުރަން.

    33
    2
  4. ކްލޯސްޑް

    މިހާރުން މިހާރަށް ތަމެން ރައީސް ޔާމީން ދޫކޮށްލަންވީއޭ އިނގޭތޭ މީގައި އޮވެގެން ނުވާނެ އިތުރު އެއްވެސް ޗޮއިސް އެއްވެސް އަދި އެކްސްކިއުޒެއް ވެސް މިމަގުން މިކަން ހިނގަން ޖެހޭނެއޭ އެނިމުނީއޭ މީ މަމެންގެ ގައުމޭ އިނގޭތޭ. ޗެޕްޓަރ ކްލޯސްޑް...

    24
    2
  5. Anonymous

    އެކަމަކު ރ ޔާމީން ވެރިކަމަުގެ ކުރިން އެމްޑީޕީ މިގައުމުގަ މިއަދާހަމައަޑް ހިންގިހާ ޖަރީމާތަކާގުޅެ މައްސަލަތައް ނުބަލާ އަޅާނުލާ ދޫކޮށްލެވިގެންނުވާނެ. ނަޝީދްވެރިކަމަުގެ ދުވަހުގަ ދައުލަތުގެވަޒީރުން ދައުލަތުން ކޭކަމައް އޮޑިޓްރިޕޯޓް ތަކުން ފެންނަންހުރި ހުރިހާ މައްސަލައެއްބަލާ ކައިފަހުރިއެއްޗެއް ގޮހޮރައްފިތާގެންނަމަވެސް ބޭރުކޮށް އަނބުރާއެފައިސާ ހޯދަންޖެހޭ.

  6. ރަޙްމާ ޢަބްދުއްސަމަދު/ކޮލޮމްބޯ/ލަންކާ

    ރައީސް ޔާމިނަށް ޝުކުރު ދަންނަވަން ހިތުގެ އަޑިން. އަޅުގަނޑު އަކީ ރާއްޖެތެރޭގެ މީހެއް. ދިރިއުޅެމުން ގެންދަނީ ލަންކާ ގައި. 4 ދަރިންނަށް ކިޔަވާ ދިނުމުގެ ފޮނި އުއްމީދު ގައި. މި އިބޫ ގެ ނޭއްގާނި ކަމުން ޓަސްލާފައި ހަމައެކަނި 750 ޑޮލަރު ބޭންކުން މަހަކު ނެގޭގޮތް ހެދުމުން މުޅިން މާޔޫސްވެ، ޔާމިނު ހުރި ނަމަ މިހާލުގައި އުޅެން ނުޖެހޭނެ ކަން ޔަޤީން ވެއްޖެ. 750 ޑޮލަރުން ކިހިނެތްތޯ 5 މީހުން ކައިފަ، ބޮއިފަ. ގޭ ކުލިދައްކާފަ، ކުދިންގެ ކޮލެޖު ފީ ދައްކަނީ ؟ އެންމެން ބުނަނީ ކޮންމެ ކުއްޖަކަށް އެކައުންޓެއް ހަދާށޭ. އެ ދަސްކޮށް ދެވެނީ ކުދިންނަށް މަކަރު ހަދާކަށްނު؟؟؟ ރަށުގައި ޓީޗަރުންނެއް ނެތް. މާލެ އެހާ އަގު ބޮޑު. ލަންކާ ގައި މިހާރު މިއުޅެނީ އެއް އިރު ކައިގެން. މާލެ ދެވޭނީ ވެސް ޓިކެޓް ގަނެގެންތާ. އިބޫ ކުރާ ހުރިހާ ކަމަކުން ވެސް އަހަރުމެން ޖެހެނީ ބަނޑަށް. ޔާމިނު އިރުގަ ވިއްޔާ ރައްޔިތުމީހާ ޖީބުގައި ރުފިޔާ ހުރޭ. އިބޫ އައި ފަހުން މިޖެހެނީ ބަނޑަށް.

  7. ދދފފފ

    އިންޝާ ﷲ.

  8. ސިފަ

    ދިވެހި ސިފައިންނަށް ގޮވާލަން މިސަރުކާރު ސައިޒު ކުރަން ...

  9. އަލީ

    މި ހަބަރު އެމްޑީޕީ ބުރާންތިތަކަށް ހަޖަމެއް ނުވާނެ... އަވަހަށް އަންލައިކު ދީ... ދެން ލަލަލަ.....