މާލޭގައި ޒުވާނުންނަށް ފަސޭހަކަމާއެކު މިއުޒިކް އަޑުއަހާލައި، އެކުވެރީންނާ ބައްދަލުކޮށްލައި، ހާސްކަމުން ބޭރުގައި އުފާވެރި މާހައުލެއްގައި ހީނ ސަމާސާކޮށް މަޖާކޮށްލައި، އެއްވެ ތިބެވޭނޭ ފަދަ މަރުކަޒެއް ގާއިމުކޮށްދިނުމަށް ސަރުކާރަށް ގޮވާލައި ގާރާރެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަފިއެވެ.

މި ގަރާރް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފެވެ.

ހަސަން ލަތީފް އެ ގަރާރަކީ މާލޭގައި ދިރިއުޅޭ ޒުވާނުންނަށް ފަސޭހަކަމާއެކު މިޔުޒިކް އަޑުއަހާލައި، އެކުވެރީންނާ ބައްދަލުކޮށްލައި، ހާސްކަމުން ބޭރުގައި އުފާވެރި މާހައުލެއްގައި ހިނ ސަމާސާކޮށް މަޖާކޮށްލައި، އެއްވެ ތިބެވޭނޭ ފަދަ މަރުކަޒެއް މާލޭގައި ގާއިމުކޮށްދިނުމަށާއި، އެމަރުކަޒަކީ ޒުވާނުންގެ މިޔުޒިކުގެ ފަންނު އިތުރަށް ތަރައްގީކުރުމުގެ ވަސީލަތަކަށް ހެދުމަށް ސަރުކާރުން ކުރެވެންހުރި ކަންކަން ކޮށްދިނުމަށް ސަރުކާރަށް ގޮވާލައި ހުށަހަޅާ ގަރާރެއް ކަމަށް ވިދާޅުވެފައި ވެއެވެ.

އެ ގަރާރުގައި ވަނީ، މާލެއަށް ދިމާވެފައިވާ އިޖްތިމާއީ މައްސަލަތަކަކީ އެމައްސަލަތަކުން އެއްކޮށް އަރައިގަތުމަށް އިންތިހާއަށް ދަތިވެފައިވާ މައްސަލަތަކެއް ކަަމަށާއި، މާލޭގައި މިއޮތް ތޮއްޖެހުމާއި، ބޯހިޔާވަހިކަމުގެ ދަތިކަމާއި، މަގުތަކުގެ ކާރޫބާރު ބޮޑުކަމާއި، ވަޒީފާގެ ފުރުސަތުތަކުގެ މަދުކަމުގެ މައްސަލަތަކުގެ ސަބަބުން ހާސްކަމެއްގެ ތެރޭގައި އުޅޭންޖެހިފައިވާ ކަމަށެވެ.

އަދި ސަރުކާރުން ކަންކަމަށް ގޮތްތަކެއް ހޯދައިދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ހާސްކަމުގެ ތެރޭގައި މިމާލޭގައި އުޅެންޖެހިފައިވާ ޒުވާނުންނަށް ހާސްކަމުން އެކަހެރިވެލޭނޭ ގޮތްތަކެއް ހޯދަން ޖެހިފައިވާ ކަމަށް އެ ގަރާރުގައި ވެއެވެ.

އަދި ޒުވާނުންނަށް މާލޭގައި އެއްވެ އުޅެވޭނޭ އެފަދަ ހާއްސަ ތަންތަނަށް އިންތިހާއަށް ބޭނުންވެފައިވާ ކަމަށާއި، ޒުވާނުންނަށް ރައްޓެހިންނާއި އެކުވެރީންނާއެކު ހިނ، ސަމާސާކޮށް، މަޖާކޮށްލެވޭ ފަދަ މާހައުލެއްގައި މިޔުޒިކް އަޑުއަހާލައި ވަގުތު ހޭދަކޮށްލެވޭނޭ މަރުކަޒަކަށް އިންތިހާއަށް ބޭނުންވެފައިވާ ކަމަށް އެ ގަރާރުގައި ވެއެވެ.

"ތަފާތު ވައްތަރުގެ މިޔުޒިކާއި ލަވަ އަޑުއަހަލާން ޒުވާނުންނަށް އެއްވެ އުޅެވޭނޭ ތަނެއްގެ މުހިއްމުކަން އިތުރުވެފައިވީ ހިނދު، އަދި ދިވެހި ޒުވާނުންގެ ތެރޭގައި އާދަޔާޚިލާފު ކުޅަދާނަ ފަންނާނުން އެބަތިއްބެެވެ. އަދި މިއުޒިކްގެ ހުނަރު ދަސްކުރާން ބޭނުން އެތައް ޒުވާނުންނެއްވެސް އެބަތިއްބެވެ. އެހެންކަމުން، މިއުޒިކް ރެކޯޑިންގް ސްޓޫޑިޔޯއާއި ބޭންޑް ޕްރެކްޓިސް ރޫމް ފަދަ ވަސީލަތްތައް އެމަރުކަޒުގައި ހުންނާން ޖެހެއެވެ. ރަނގަޅު އަދަދެއްގެ އޯޑިއެންސްއަކަށް ޝޯ ދެވޭނެ އިންތިޒާމް އެމަރުކަޒުގައި ހަމަޖެހުން މުހިއްމެވެ. އެޒުވާނުންގެ ހުނަރު އާލާކޮށް، އިތުރަށް ކުރިއެރުވުމުގައި ދައުލަތުގެ ޒިންމާ ބޮޑެވެ". އެ ގަރާރުގައި ވެއެވެ.

އެ ގަރާރުގައި އިތުރަށް ވިދާޅުވެފައި ވަނީ، އެ ޒުވާނުންގެ އެ އާދަޔާހިލާފު ހުނަރު ބޭނުންކުރުމުގެ ފުރުސަތު ހޯދައިދިނުމަކީ ދައުލަތުގެ މަސްޢޫލިއްޔަތެއް ކަމަށެވެ.

އަދި ދިވެހި ލަވައާއި މިއުޒިކްގެ ޝައުޤުވެރިކަން ޒުވާނުންގެ ކިބައިގައި އަށަގެންނެވުމަކީ މިއަދު ކޮންމެހެންވެސް ކުރާންޖެހިފައި އޮތް ކަމެއް ކަމަށާއި، ދިވެހީންގެ ސަގާފަތް އަންނާން އޮތް ޖީލަށް ވާސިލުކޮށްދިނުމުގެ މަސްޢޫލިއްޔަތަކީ މިއަދުގެ ޒުވާނުންގެ ކޮނޑުގައި އެޅިފައިވާ ޤައުމީ ޒިންމާއެއް ކަމަށްވެސް އެ ގަރާރުގައި ވެއެވެ.

އެހެންނަމަވެސް، އަންނާން އޮތް ޖީލަށް ދިވެހީންގެ ސަފާގަތް އަމާނާތްތެރިކަމާއެކު ފޯރުކޮށްދެވުމާއި ފޯރުކޮށްނުދެވުން ބިނާވެފައިވަނީ، މިއަދު ދައުލަތުން ޒުވާނުންނާމެދު އަމަލުކުރާ ގޮތެއްގެ މައްޗަށް ކަމަށްވެސް އެ ގަރާރުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

61 ކޮމެންޓް

 1. ޚާލި

  ﷲاكبر

  119
  1
 2. ޙަސަނު

  މީ ހަމަ ނައިޓް ކުލަބެއް ހުޅުވުމަށް ރާވާ ކަމެއް. ރައްޔިތުން ދެން އަތް ޖަހާ.

  229
  9
 3. ޚާލި

  ހެޔޮނުވާނެ ﷲގެ ކޯފާއަށްބިރުވެތިވޭ

  258
  7
 4. Anonymous

  އިމްރާނާއި އިޔާޒާއި އިލްޔާސް އަދި މިވެރިކަން ގެނައުމަށް ބަނޑު ދެމި ހުރިހާ ޝައިހުން ނަށް ވަރަށް ސަލާމް

  234
  4
 5. މޫސަ

  ލާދިނީ އެޖެންޑާގެ ބައެއް ތިޔައީ ވެސް. ޒުވާނުން ހިތްހަމަ ނުޖެހިގެން އުޅެނީ މިޔުޒި ކް އަޑު ނީވޭތީއެއްނޫން. ހުރިހާ އުމުރެއްގެ މީހުނަށް ފަސޭހަކަމާއެ ކު ޤުރުއާނާ ސިޔަރަތު އަޑުއަހާލަން ތިބެވޭފަދަ މާހައުލެއް މި އިސްލާމީ ޤައުމުގައި ތިޔަ ލާދީނީ ސަރުކާރުން ގާއިމު ކޮށްދިނިއްޔާ މާ ރަނގަޅުވާނެ.

  145
  5
 6. ވަހުތާނު އަހުމަދު

  ލަވަޖަހާލާ މަސާޖުކޮށްލާ ނަށާލާ ފެންބޯލާ ލޯބިކޮށްލާ ގޭމުކުޅެލާ ހިނދުކޮޅުބަލާލާ..
  މިހެންމިހެންގޮސް ހުރިހާ ފާހިޝް ކަންތައްތައްދޯ ؟، ކީކޭބުނާނީ ؟؟ މިވެރިކަންގެންނަންއުޅެވުނުމޮޔަހީވޭމިއަދު .

  155
  3
 7. ރިހާކުރުކުޑޭ

  ތަނުގެނަމަކަށް އެމްޑީޕީ ނައިޓްޕާލާ

  137
  3
 8. ޓަކަފިރޯށި

  އެހެންވިއްޔާ އަދިވެސް ރަސްފަންނުފަދަ މިހާރު މާލޭގަ ހެދިފަހުރި ތަންތަން ވީރާނާކޮށްހަލާކުކޮރޭ! އޭރުން ހާސްކަން ކެނޑޭނެ! ތިހުރިހާ އަނގަ ނުތަޅަ އިބޫކައިރީ ސިކުނޑިއަށް ދުންއަރުވާން ތަނެއްބޭނުމޭ ބުނިނަމަދޯ؟!

  124
  2
 9. ލޫޓުވާ

  ހާސްކަމުގެ ތެރޭގައި މިމާލޭގައި އުޅެންޖެހިފައިވާ ޒުވާނުންނަށް ހާސްކަމުން އެކަހެރިވެލޭނޭ ގޮތްތަކެއް. ޒުވާނުން ހާސްކަމަށްއައުމަކީ ސަރުކާރު ފެއިލްވުމެއް. ޒުވާނުން ނައިޓްކްލަބަކަށް ލާފަ ބޭތިއްބަސް ހާސްކަން ނުފިލާނެ. ގެއަށް ދިޔައީ ހާސްވާނެ. ނައިޓްކްލަބަށްވެސް ދެވޭނީ ފައިސާ ހުރެގެން. ސަރުކާރު އިސްތިއުފާ

  97
  1
 10. ފފފ

  ހާސްކަމުގެ ތެރޭގައި މިމާލޭގައި އުޅެންޖެހިފައިވާ ޒުވާނުންނަށް ހާސްކަމުން އެކަހެރިވެލޭނޭ ގޮތްތަކެއް. ޒުވާނުން ހާސްކަމަށްއައުމަކީ ސަރުކާރު ފެއިލްވުމެއް. ޒުވާނުން ނައިޓްކްލަބަކަށް ލާފަ ބޭތިއްބަސް ހާސްކަން ނުފިލާނެ. ގެއަށް ދިޔައީ ހާސްވާނެ. ނައިޓްކްލަބަށްވެސް ދެވޭނީ ފައިސާ ހުރެގެން. ސަރުކާރު އިސްތިއުފާ

  61
  1
 11. ހުސޭނުބޭ

  ފަށާނީ މިއުޒިކުން! ދެން އެއަށްވުރެވެސް ހުތުރު ކަންކަމަށް މަރުކަޒު ހުޅުވަން ޖެހޭނެ!

  96
  2
 12. Anonymous

  ކައްވަޅުގައި ވެސް ތިޔަހުރިހާ މަޖާކަމެއް ކޮށްލަން ވާނެ. ޝެއިޚް އިލްޔާސް މިކަމާ ކީކޭތޯ ވިދާޅުވާނީ. ހަމަ ދުޢާދެއްވި ވެރިއެއް ގެ ވެރިކަމޭތޯ.

  97
  1
 13. ހަލިމަގު

  އިމްރާނު ބަހަށް ޓާނީ ތިތާ މިނިސްޓަރަކކ ކަށް

  93
  1
 14. ޡަބްތިބާ

  ކެފޭ ކިޔާ ތަންތަން ހުންނާނެ ތިބުނާ ބޭނުމުގަ

  76
  2
 15. ރާކަނި

  ހަތަރު ކަށިމަތި މާލެމީހުން ބޭނުންވާ ގޮތް ދޯ ތީ

  75
  4
 16. މާމީ

  ލާ ދީނީ މުނާފިގު ބައިގަނޑު އަތްޖަހާ ބާރައް...

  98
 17. ކަތީބު

  ތީ ރަގަޅު ކަމެއް ތިތަނަށް ދާނީ ވެސް ތިބަގަޑު

  73
  2
  • މުހައްމަދު

   ޢެއީ އެގަންޖާ 19 ބޭނުންވާގޮތް

   66
   3
 18. ކިއްލިމާމާ

  ތި މަރުކަޒު އަޅަން ފެންނަނީ ދިވެހި ގުޑި ހަ ކުރުން

  49
 19. އަހުމަދު

  ލާދީނީ ހަސަނާ
  އެ މަރުކަޒުގައި ބުދު ފައްޅި އެއްވެސް
  އަޅާނެ ދޯ ކހބޑބލއއމއ

  68
  2
 20. އަލީ

  ހަސަނާ އަދި އެއްތަން މަދު އެއީ ޑުރަގާ ރާ ލިބޭތަންތަން މުޅިރާއްޖޭގަ ހުޅުވަން ބިލެއް ހުށަހަޅަން ފެނޭ...

  62
 21. އަާހުތިންތިކި

  ޒުވާނުން ބިރެއްނެތި މަޖާކުރާދުވަސް އަންނަނީ. އައްލަޒީތައް ފޭއްސާލާ ކޮޅުގައަޅުވާނެ އުންޖެހި ރަބަރާ ލޮއްލިޖެހި ރަބަރު ހޫދަން އަވަސްވެގަންނަންވީ.

  42
 22. Anonymous

  ސޭކު އިޔާޒް؟
  ސޭކު ޒައިދު؟
  ސޭކު އިލިޔަސު؟
  މަރުހަބާ

  61
  • Anonymous

   ސޭކު އިމްރާނުވެސް

   9
   1
 23. ޢަހްމަދު

  ނުސީދާކޮށް ނައިޓް ކުލަބެއް ވާހަކަ. ތީ އޮޅިފަ އޮތް ކަމެއްނޫން. ސީދަލަށް ބުނަން ނުކެރޭތީ ހިނި އަންނަނީ

  83
  1
 24. ނާޅި

  އެފަދަ މަރުކަޒަކަށް އެންމެ ރަގަޅުވާނީ ހަމަ ތިޔަ މަޖިލިސް ހޯލް ތިހިރީ ހަމަ އެފަދަ މަރުކަޒަކަށް ފައްކާކޮށް ފައި ގޮޑިވެސް ޖަހާފަ ހުރިތަނެއް ހަވީރު ގަޑީގަ ފިލްމު އަޅުވާފަ ކުދިންނަ ވަދެވޭގޮތަށް ހުޅުވާފަ ބަހައްޓަވާ !

  67
  1
 25. ތޮއްޑޫބެއްޔާ

  މުސްލިމުންނަށް ކިޔައިއުޅޭ ނަމަކުން ހަސަނާގެ ނަންބަދަލުކޮށް ޔަހޫދީންނަށް ކިޔާނަމެއް ކިޔނަވީނުނޤ!

  64
  3
 26. މާޒީ

  މީގެ އަހަރުތަކެއް ކުރިން މައުމޫނުގެ ވެރި ކަމުގައި އަމިއްލަ ފަރާތަކުން ތިކަހަލަ މަރުކަޒެއް ހެދި، އެ ތަނުގެ ނަމަކީ "ސަލާމް ސްކޫލް އޮފް އާރޓްސް". ދުވަސް ކޮޅަކުން ހާމަވީ އެތަނަކީ ސިއްރުން ނަސޯރާދީން ފަތުރައި ޒުވާނުން ހަލާކުކުރާ ތަނެއްކަން. ޢެކަމުގެ އަޑީގައިވެސް ތިބީ މޑޕ ސަރުކާރަށް ވާގިވެރިވާ ބައެއް. ޥެރިކަން ލިބުމުން ސަރުކާރުތެރެެއިން އެކަން ކުރަން އެ އުޅެނީ. ޙުރިހާ ގެއްލުމެއް ޒުވާނުންނަށް.

 27. Mahujanu

  ސަރުކާރުތަކުން ރާއް ޖޭގެ އެކި ކަންކޮޅުތަކާއި މާލޭގަ އިމާރާތްތަށް އަޅާފަހުރީ ނުވަތަ އަޅަމުންދަނީ މަ ޖިލީހަށް ގަރާރު ހުށަހަޅަިގެންތޯ؟ ނޫނީ އެބާވަތުގެ ގާނޫނެއް މަ ޖިލީހުން ހެދީތޯ؟ ކިތަންމެ ވަރަކަށް ރައްޔިތުންގެ ސަމާލުކަން ހޯދަން އުޅުނެއްކަމަކު އެކަމެއް ދެނެއް ނުވާނެ، ހާއްސަކޮށް ޒުވާނުން ނޫނެކޭ ބުނެފި ތިޔަ ރީނދޫ ބައިގަނޑަށް، ހިތުން ކައުންސިލް އިންތިހާބަށް ޒުވާނުންގެ ބޯކާލަން މޮޅުކަމެއް ކޮށްލީ.

 28. ނަމަ

  ހަސަނާ ހަސަނު މޮޔަފުޅުވީތޯ

  14
 29. އަފޭ

  ހާމާނު އާއި ފިރުއައުނު ވެސް ފައްޅި އެއް ހަދައި އެތާގައި ލަވަކިޔާ މަޖާ ކޮއް އުޅުނު އިން ޑިޔާ މޯދީ ގެ އައިޑިޔާ އެއް މީނަ ހެއި އެބަހުރިތަ؟ ބަލަ ކަލޯ މެންނައް ވޯޓް ދިނީ ލަވަކިޔާ މަޖާ ކުރާ ކައް ނޫނޭ ތިޔައް ވުރެން މާ ރަގަޅެންނޫންތަ އަތޮޅު ތެރޭގައި ޑައިވިން ކުރާ މީހުންނައް ޓެންޕަރެއް އަޅާބަލަ ކިތައް ބައެއްގެ ފުރާނަކަން އިގޭތަ އެއިރުން ސަލާމަތްވާނީ މީނަ ގެސިކުޑި ޓެސްޓް ކުރަން ވެއްޖެ ނޫން ހޭ އަރާބަލަ މާތް ﷲ ބައްލަވާ އަދި އައްސަވާ ވޮޑިގެން ވެއެވެ. މަޖާކޮއް ލަވަކިޔާލަމުން ދަނިކޮއް ޕެރަލައިޒް ވެއްޖެއް ޔާ ދެން ކީއްތަ ކުރާނީ ވިސްނަބަލަ

 30. ޥާދޫ

  اتق الله ތިމާމެނެނަށް ބާރެއް އަތަށް ލިބުމުން ހިތުހުރިގޮތަކަށް ކަންތައް ކުރަންވީ އެއް ނޫން. الله މީހުން ބާރުދެއްވާ އިމްތިޙާން ވެސް ކުރައްވަވާ އަދި އިރާދަކުރައްވާފިއްޔާ އެބާރުތައް ނިގުލައިވެސް ގަންނާ .

 31. ބެއްޔާ

  ކޮންއެއްޗެއްގަތޯ އޮތީ ލަވަ ހަރާމް ކަމަށް! ކީރިތި ރަސޫލާ މަދީނާއަށް ހިޖުރަ ކުރި ދުވަހު މަދީނާ ގެ ރަށްވެހިން އުފާކޮއް ތާރަޖަހާ ލަވަކިޔާ އުޅުނު! އެކަމަކު ރަސޫލާ އެކަން މަނާ ނުކުރެއްވީ ކީއްވެބާ؟

  1
  7
  • Mohamed Gasim

   ކަލެ އަވަހަށް އަލްބަމްތައް ތައްޔާރުކޮށް ދެން ތިބީމީހުންވެސް ޣައިރުދީނަށް ވައްދާ

   4
   1
  • ޢާން

   ތާރަ ޖަހާ ކިއީ ފާހިޝް ވާހަކަތައް ހިމެނޭ ލަވަތައް. ސާބަސް ބެއްޔާގެ ތިޔަހަރަ ދީނީ އިލްމަށް.

 32. ދުންތަރި

  ތިޔަ ޤަރާރު ބަލައިގަންނާނެ ފާސްވެސް ކުރާނެ ނައިޓުކުލަބެކޭ ނަން ނެތުމަކީ އުނިކަމަކީ ތިޔަ ހުރިހާ ޖަރީމާއެއްވެސް ލާދީ ބައިގަނޑު ހިންގާނެ

  3
  1
 33. ފަހަރި

  ރަނގަޅުކަމެއް. ތިޔަ މިއުޒިއަމް ހަދާފައި ހުރިހާ ބާވަތެއްގެ ކުޅިވަރުކުޅެ މަޖާނެގޭގޮތް ހަމަޖައްސާފައި އަދި އެކަންތަށް ބަރާބަރަށް ހިންގުމަށް ހަވާލުކުރަންވާނީ އަދާލަތު ޕާޓީގައި މިއުޅޭ ސޭކުންނާއި. އެއިރުން އެއޮތީ ސާލިހް ވެރިއެއްގެ ބެލުމުގެ ދަށުން އަދި ކިރިޔާ މިވެރިންނަށް ވެރިކަން ވެފައި. ތިޔަ މުއްލާއިން ކެނޑި ކަނޑުލުގެ ހިތި މިފަހަރު ރަނގަޅަށް ފިލުވަން ޖައްސަންވާނެ.

  4
  1
 34. ތަޖްރިބާ

  އަދި މިނޫނަސް އިސްލާމް ދީނުގެ ރީތި އަޚްލާޤާއި ފުށުއަރާ ކަމެއް އޮތިއްޔާ ވަރަށް އަވަހަށް އެކަމެއް ގެނެސް ނިއްމުމަށް އަވަސްވެގައްނަމާ ހިގަމާ! އެހެން ނޫނިއްޔާ އެކަމެއްގެ ފޮނިރަހަ ނުލަނީސް ވަގުތު ފާއިތު ވެދާނެ! ކުދިންނޭ އަވަސް ކުރަމާ ބަހީ! "ހަތަރުކަށިމަތި"ހާސާ ކޮށްގެންވެސް ކޮށް ނިއްމަން ވެއްޖެ! އަވަސް! އަވަސްާ! އެ އިރަކުން " އަންނިބޭ " ވެސް ވަރަށް އުފާވާނެ!!

  3
  1
 35. ސިކުނޑި

  ބޯހާސްކަމުން އެއްކައިރިވެ، ހިތް ހަމަޖެހުން ލިއްބައިދޭ އަދި އެކުވެރިނާއި ބައްދަލުކޮށް ހިނިތުންވެ އުޅެވޭ މާހައުލުތައް މާލޭގައި އިންތިހާއަށް އެބަހުރި. އެއީ މިސްކިތްތައް! ހަސަންމެން އެތަންތަނަށް ނުދާތީ ނޭނގެނީ! ލަވަޔާއި މިއުޒިކަކީ އެއްވެސް ހާލެއް ބޯހާސްކަން ފިލުވައިދޭ އެއްޗެއްނޫން! މަގުފުރައްދާ އެއްޗެއް!

  5
  1
 36. ކޮރޯނާ

  ދެން އޮތީ ކެސީނޯ

  8
  1
 37. ތަޖްރިބާ

  އަދި މިނޫނަސް އިސްލާމް ދީނުގެ ރީތި އަޚްލާޤާއި ފުށުއަރާ ކަމެއް އޮތިއްޔާ ވަރަށް އަވަހަށް އެކަމެއް ގެނެސް ނިއްމުމަށް އަވަސްވެގައްނަމާ ހިގަމާ! އެހެން ނޫނިއްޔާ އެކަމެއްގެ ފޮނިރަހަ ނުލަނީސް ވަގުތު ފާއިތު ވެދާނެ! ކުދިންނޭ އަވަސް ކުރަމާ ބަހީ! "ހަތަރުކަށިމަތި"ހާސާ ކޮށްގެންވެސް ކޮށް ނިއްމަން ވެއްޖެ! އަވަސް! އަވަސްާ! އެ އިރަކުން " އަންނިބޭ " ވެސް ވަރަށް އުފާވާނެ!!
  ނ،ޫން! އަދިއެއް އަހުރެން ކޮމެންޓެއް ނުކުރަން. އަނއނި ގެ ނަން އޮތީމާشاءع ނުކިރަން ވެގެން ދެއްކި ބަހަނާއެއް!!!

  1
  1
 38. ހތފރ

  އަވަސް.......

  7
  2
 39. ޢަންސާރު

  ހިނި ގެޅޭ މި މޮޔައިން އުޅޭ ވައްތަރުން

  10
  2
 40. އާދަމް ނަބީހް ( އޯކިޑް)

  ލަވަޔާއި މިޔުޒިކަކީ އިސްލާ މްދީނުގައި ހަރާ މް ކަ މެއްކަން ޤުރުއާނާއި ސުންނަތުގައި ޘާބިތުވެ ކަށަވަރުވެގެން ވީހިނދު އަދި އެކަ މާ ގުޅޭ އިތުރު ތަފްސީލަކަށް ދިޔު މަކީ އަހުރެންގެ ދައުރެއް ދާއިރާއަކަށް ނުވި ހިނދު އަހުރެންގެ ގަލަން މި ނެގީ އެކަ މުގެ ތަފްސީލަކަށް ދިއު މަކަށް ނޫން.
  އެހެން ނަ މަވެސް ޘަޤާފަތޭ ބުނީ މާ އޭގެ ހަޤީޤީ މާނަ ތިޔަ ލާދިނީ ބައިގަނޑަށް އަދި އޮޅުން ނުފިލާ އޮތްކަ މަށް ފެންނާތީ އޭގެ ތަޢާރަފެއް ކޮއްލަން ޤަސްތުކޮށް.
  ދިވެހި މުސްކުޅި ތަރުޖަ މާގައި ސަޤާފަތް މާނަކޮއްފައި ވަނީ މުޅިން ނުބައިކޮށް.
  އަހުރެން (ނަބީހް) ދެކޭގޮތުގައި ޘަޤާފަތަކީ ބަޔަކު ޤަބޫލުކުރާ އަޤީދާއެއް އެ އަޤީދާއަކާއި ފުށުނާރާނެ ގޮތުގެ މަތީން އެ އަޤީދާ ހާ މަކޮއްދޭ ގޮތަށް އެ ބައެއްގެ ތެރޭގައި ހުންނަ އާދަކާދަތަށް. މީ އެން މެމެ ރީތި ތަރުޖަ މާ.
  ރަނގަޅަށް ދަސްކޮއްލައްވާ ލަތީފް.
  ދިވެހިންގެ ޘަޤާފަތަކަށް ވާންޖެހޭނީ މާތްވެގެންވާ އިސްލާ މްދީން. އިސްލާ މް ނޫން ގޮތެއް ހިފާ އިޚްތިޔާރުކޮއްފި ނަ މަ ﷲ ތަޢާލާ އެކަން ޤަބޫލެއް ނުކުރައްވާނެ. މި ބި މަކީ އިސްލާ މީ ބި މެއް. އެހެންކަ މުން ދިވެހިންގެ ސިފަޔަކަށް ވާންޖެހޭނީ އަލް އިސްލާ މް. ދިވެއްސެއް ވެއްޖެއްޔާ ސިފަ ހުންނާން ވާނީ މުސްލި މް ސިފަ. އިސްލާ މީ ދިވެހި އުން މަތް. އިސްލާ މް ވާންޖެހޭނީ ދިވެހިންގެ ސިފަޔަށް. ތިޔަގޮތަށް ދިވެހި އިސްލާ މީ އުން މަތަކަށް ނޫން ހަދަން ޖެހޭނީ. ލަތީފް މެން ތިޔަ ހަދާހެން އިސްލާ މް ގައި ދިވެހި ވައްތަރު ޖައްސަންވީއެއް ނޫން. ދިވެހިންގެ ގައިގައި ޖައްސަންވީ އަލް އިސްލާ މް ގެ ސިފަ.
  ތިޔަ އުފެއްދި ލާދިނީ ޤަރާރުން މި ސިފަ ޒުވާނުންގެ ތެރޭގައި އަށަގެންނެވު މުގެ ރޫހް ނަގާލާ އެ މީހުން ތެދު މަގުން ކައްސާލާ ﷲ ގެ ދީނާ އެބައި މީހުން ފޭވުން ނޫންގޮތެއް ނޫނީ ނުވާނެކަ މީ މެންދުރުގެ އިރުފަދައިން މި ޤައު މުގެ ކޮން މެ ފުރިހަ މަ މުސްލި މަކުވެސް ޤަބޫލުކުރާނެ ކަ މެއް.
  ލަތީފް މެން ފުރަތަ މަ ތައުހީދުން ފައްޓައިގެން އިސްލާ މްދީން ދަސްކުރަން ފެނޭ އަޅުގަނޑަށް.

  3
  1
 41. މަރޭ

  އިގެރޭސި ވިލާތުގެ ޔުނިވާސިޓީއެއްގައި ހޭކިލެވިގެން ސެޓްފިކެޓް ބުރިވަރެއް އަތަށް އެރީމަ ވަރަށް އިގެރޭސި ވެފައި ހުންނަވާ ބޭކަލެއް މިއަކީ. މިވެސް ފަހަރި ކޮއްކޮ ގޭތެރެއިން ދުޅަކުރި ކާޅެއް ކަމަށްކިޔާ.

  2
  1
 42. ބޭގަރާރް

  ނައިޓްކުލަބަކައް ވުރެ މާމުހިންމެއްނު ބޯހިޔާ ވަހަކަމެއް ރައްޔިތަކައް ދެވޭތޯ ގަރާރަކުންވިޔަސް ނުވަތް ބުރަކުން ވިޔަސް ދެވޭތޯ ބެލިއްޔާ ތިޔަބުނާޒުވޡނުން އެތިބެނީ ޒަވޡޖީހަޔާތެއް ނުފެއްޓި ޒުވާންއުމުރު ހުސްވެ ދޮށީއުމުރައް އެޅިގެން އެދަނީ ވޯޓްގެ ދުވަސްވަރައް ޒުވާނުންގެ ފަލޮޅޭ ތިޔަގޮވާ ލާދީނީ ކަންކަން ފަތުރަން ތިޔަ އުޅެނީ ހަސަނު ޖައްސާލާ ސޯލާ ސިރާޖް ހިއްޕަވާލާ ފައިހަމަކޮއްލަން ދޮންމީހުންގެ ކައިރިޔައް ލައްކަ ރުފިޔާ ހުންނާނެ ނޫންތޯ އެތަންމިތަނުން ހޯދާފައި

  3
  1
 43. ފެކްޓް

  އޯ... ބިރަކާ ނުލާ މަޖާކުރުމުގެ ބައި ދޯ!

  15
  1
 44. ޗޮން

  ރީތިކޮށް ބުނޭ ކްލަބު އަޅާށެ ދެން. ދުރުދުރުން ނުބުނެ.

  3
  1
 45. އިއްބެ

  ތުރުކީގެ ރައީސް އުރުދުޣާން ވިދާޅުވީ ފްރާންސްގެ ރައީސްގެ ސިކުނޑިއަށް ބޭސް ކުރަން ޖެހޭވާހަކަ! އަޅުގަނޑުގެ ސުވާލަކީ އޭނާ އެކަނިތޯ ހުރީ؟

  3
  1
 46. އިބުނު ޖާހިލު ކިބު

  ހަމަ ދުޢާދެއްވި ވެރިއެއް ގެ ވެރިކަމޭތޯ.

  9
  1
 47. މުއުމިނުންގެ ދުޢާ

  އަހަރެމެން ﷲ ޙަޟްރަތުން އެދެނީ ކަލޭމެންގެ ތިޔަ ޖައްބާރުކަންމަތީ ވަނިކޮށް އެކަލާނގެ އަވަސް ގަދަފަދަ ޢަޛާބަކުން ކަލޭމެންނާއި ކަލޭމެނަށް ތަބަޢުވީ ބައިގަނޑު ހިއްޕެވުން. އަދި އެކަލާނގެއަށް ބިރުވެތިވާ މުއުމިނުން ސަލާމަތްކުރެއްވުން.. އާމީން

  2
  1
 48. ޑައެލޯގް

  ކޮބާތަ ޔަހޫދީ ޝެއިހުންތައް؟ ޑރ. އިޔާޒް، ކަންނެލިއޮޑި ދުވާދެއްވި އިލްޔާސް، ފަހަރި އިމްރާން، ޒައިދު އަދާލަތާއި މުނާފިގު ހުސެންރަޝީދު

  1
  1
 49. އަހުމަދު

  ފަށުވި އިބާރާތުން ތިވިދާޅުވީ ނައިޓް ކްލަބެއްގެ ވާހަކަ. ވަރަށް ސާފު. ރައްޔިތުން އަޑުއަހާ ކިޔަމަންވޭ!

  1
  1
 50. ޢަލީ

  ސާފް ބަހުން ނައިޓް ކުލަބެއް ހުންނަން ޖެހެޔޭ ނުބުނާން ވެގެން

  4
  1
 51. ސަލްމާން

  ތިމީހުންގެ ޙަޤީޤީ ބޮޑުދޫ ތިހުޅުވާލީއެވެ. މިއަދު ތިއޮތީ ހުރިހާ ގޮތަކުން ފުރުޞަތު ލިބިފައެވެ. ވެރިކަމުގެ ބާރާ ޤާނޫނު ހެދުމުގެ ބާރެވެ. އެހެންވެ ބޭނުންހާ ވާހަކައެއް ހަމަ ދައްކަނީއެވެ. އެކަމަކު ހަނދާން ކުރައްވީ އެންމެހާ ބާރުތަކުގެ ވެރި އަހުކަމުލްޙާކިމީން ހުރިހާކަމެއް މޮޅަށް ބައްލަވާ ވޮޑިގެންވާކަމެވެ. ކުދިންނޭވެ. މިއޮތް ތިރި ނިކަމެތި ބާރެއް އާރެއް ނެތް ޤައުމު އެތައް ހާސްއަހަރެއްވަންދެން ރައްކާތެރިކުރެއްވީ މާތްﷲ ސޥ އެވެ. އެއީ އަހަރެމެންނަށް ލެއްވި ބޮޑު ރަޙްމަތެކެވެ. ދެން އެކަމަށް އަހަރެމެން ޣާފިލުވެއްޖެނަމަ އަހަރެމެންނަށް މުޞީބާތްތަކާ އާފާތްތައް ޖެހޭކަށް ލަހެއްނުވާނެއެވެ. އެހެންކަމުން އަވަހަށް މާތްﷲ އަށް ބިރުވެތިވެ ތައުބާ ވެ ޢަމަލުތައް އިޞްލާޙް ކުރަމަތޯއެވެ. 2004 ގެ ސުނާމީގެ މަތިން ހަނދާން ކުރަމާތޯއެވެ. ދީނަށް ފުރައްސާރަކުރާ މީހުންނަށް ނޫނެކޭ ބުނަމާތޯއެވެ.

 52. ބިރުވެތި

  ﷲاكبر

 53. ގުއިހަސަން

  ކޮއްކޯ ކަލޭ ހަމަހޭގަތޯ؟ މިމާލޭގަ އަނގަޔާ އަތާ ދިމާނުވާ ކިތައް އާއިލާތޯ ތިޔަބުނާ ޓެންޝަންގަ ދިރިއުޅެނީ...ބަލަގަ ނިކަމެތި ރައްޔިތުންނަށް ޢާމްދަނީ ހޯދޭނެ ވަޞީލަތް ސަރުކާރުން ފަހިކޮށްދިނިއްޔާ މާރަނގަޅުވާނެ. މިސާލަކަށް ޓެކްސީ ފަދަ ވަޞީލަތެއް ސަރުކާރުން އިންސްޓޯލްމަންޓަށް ދޫކުރުން ކަހަލަ...ނައިޓްކުލަބޭ ކީއްވެތޯ ވިދާޅުނުވީ...
  ހަސަނާ އުޅެމާ ރަތުރުކުކުރުނބާ އަތުޖައްސަމާ
  ފީނާ އަރަމާ ވަލުތެރެހޯދާ ވަގުރުކުއެޅީ...

  1
  1
 54. ޖަމަލު ފޮޑި

  ސުބުޙާނަﷲ...

 55. އެޑްމުންޑޯ

  މިރީދޫ ބައިގަނޑު މަޖްލީހަށް އައުމުން މިގައުމު ހަލާކުވެއްޖެ ކަމަށް ކުރިންވެސް އަހަރެންވަނީ ނިންމާފައި ، މިފެންނަނީ އެކަމުގެ ހެކިތައް

  1
  1
 56. ކާއްޓެ

  ހެޔޮނުވާނެ ﷲ އަށް ބިރުވެތިވޭ

  1
  1
 57. މޫސަ އަލީ

  މިއިމާރާތް އަޅަން ހުޅުމާލޭން ވިންވެސް އޮތީ ނަގާފަ