މަސްވެރި ކަމަށް ނުކުމެ އުޅެނިކޮށް ފަސް ކުރި ދޯނި ހައިޖެކް ކުރި ތިން މީހަކު ދޫކޮށްލައި، އިތުރު ފަސް މީހަކު އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފި އެވެ.
އެ ދޯނި ހައިޖެކްކޮށްފައި ވަނީ، ލ. އަތޮޅު އެތެރެވަރި ވަޑިނޮޅު ކަނޑުގައި އޮއްވާ އެވެ. އެ މަސްދޯންޏަކަށް ތޫނުއެއްޗިއްސާއެކު އެރި ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން 3 މީހަކު ރޭ ހައްޔަރު ކުރި އެވެ.
ފުލުހުން މިރޭ ވިދާޅުވީ، މަސްދޯނީގެ މައްސަލާގައި ރޭ ހައްޔަރު ކުރި ތިން މީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރު ކުރުމުން ދޫކޮށްލާފައިވާ ކަމަށެވެ.
އަދި އެ މައްސަލާގައި އިތުރު ފަސް މީހަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
އެ މީހުންގެ ތެރޭގައި ހިމެނެނީ 21 އަހަރުގެ މީހަކާއި، 22 އަހަރުގެ ދެ މީހުންނާއި 33 އަހަރުގެ މީހަކާއި، 35 އަހަރުގެ މީހެއް ކަމަށްވެސް ފުލުހުން ވިދާޅުވިއެެވެ.
ފުލުހުން މިމައްސަލަ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ވިދާޅުވިއެވެ.
ހައިޖެކް ކުރިކަމަށް ބުނާ ދޯންޏަކީ ލ.ގަމުގެ މީހަކު މީގެ ދެއަހަރު ކުރިން ފަހުން ފައިސާ ދައްކާ ގޮތައް ވިއްކާލާފައިވާ ދޯންޏެކެވެ. އެދޯންޏަށް އިއްޔެ ރޭ ބަޔަކު އެރިއިރު ދޯނީގައި ތިބީ އައްޑޫ ސިޓީ ހިތަދޫ ބައެކެވެ. ހަތް މިލިއަން ރުފިޔާ އަށް ވިއްކި ދޯންޏަށް އެއްވެސް މަހަކު ފައިސާ ދައްކާފައެއް ނުވެއެވެ. ފުރަތަމަ ދޯނި ގެންދިޔައީ ހަތްލައްކަ ރުފިޔާ ދެއްކުމަށް ފަހު ބާކީ ފައިސާ ބަހާލައިގެން ދައްކާ ގޮތައް އެއްބަސްވެގެންނެވެ.
"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އައްޑޫ ސިޓީއަށް ނިސްބަތްވާ ދޯނީގެ ފަޅުވެރިން އިއްޔެ ވަނީ ދޯނިން ފައިބާފައެވެ. އެދޯނި މިހާރު އޮތީ ދޯނީގެ ވެރިފަރާތުގެ ބެލުމުގެ ދަށުގައި ލ.ގަމު ތުނޑީ އަވަށު ބަނދަރުގައެވެ.
ދޯންޏަށް ބަޔަކު ތޫނު ހަތިޔާރާއިއެކު އެރިކަމަށް ދޯނީގެ ފަޅުވެރިން ބުނި ނަމަވެސް ދޯނީގެ ވެރިފަރާތުން އެކަން
ދިވެހިރާއްޖޭގެ ހާލަތު އެއްދުވަހުން އަނެއްދުވަހައް ގޯހުންގޯހައް މިދަނީ ފޭރުން އިތުރުވެގެން ގޮސްމިކަންތައް ސަރުކާރަކުން ނުހުއްޓުވޭ ޕޮލިހުންގެޒިންމާއެއްނުނެގޭ .
ލާރި ނެތްސޭޓު ޖާބިރު ގެ ވާހަކަ ޖަހާލާކަށް ވަގުތަކަށް ނުކެރުނުދޯ