ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިފައިވާ ގޮތް ބަދަލު ކުރުމަށް ޤާނޫނު އަސާސީ އަށް އިދިކޮޅު މެންބަރު އަހްމަދު ޠާރިގު (ޓޮމް) ހުށަހެޅުއްވި މެންބަރަށް އެމްޑީޕީގެ މެންބަރުން ބަހުސް ވެސް ނުކޮށް އިސްލާހް ބޭރުކޮށްލުމުން ކުރިމަތިވެފައިވާ ފާޑުކިޔުންތަކަށް ރައްދުދެއްވަން ރައީސް މުހައްމަދު ނަޝީދު، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކަން ހިންގި ގޮތްކަމަށް ވިދާޅުވެ، ބަހުގެ ހަމަލާއެއް ދެއްވައިފިއެވެ.
ރައީސް ނަޝީދު ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެ ބަނގުރޫޓް ކުރީ ވެސް ފަނޑިޔާރުގެތައް ކޮރަޕްޝަންގެ އައްޑާތަކަށް ބަދަލުވީ ވެސް ރައީސް ޔާމީންގެ ސަބަބުން ކަމަށެވެ.
"ރާއްޖެ ބަނގުރޫޓްކޮށްފައި، ފަނޑިޔާރުގެތައް ކޮރަޕްޝަންގެ އައްޑާތަކަށް ބަދަލުވީ ވެސް ރައީސް ޔާމީންގެ އިރުޝާދާއި ލަފައާއި އެނގުމާއި ބައިވެރިވުމުގެ ތެރެއިންކަން ދިވެހިން ވަރަށް ރަނގަޅަށް ދަނޭ. ޕީޕީއެމްގެ ވެރިކަމުގައި ކަންވީ ގޮތް ރައްޔިތުންނަށް މާބޮޑަށް ވެސް އެނގޭ." ރައީސް ނަޝީދު ވިދާޅުވިއެވެ.
Raajje baguroot koffa, fan’diyaarugethah corruption ge addaa thakakah badhaluvee Raees Yameen ge irushaadhaai, lafayaa, engumaai, baiverivumuge thereinkan Dhivehin varah ran’galhah dhaney. PPM ge verikamuga kanvee goiy rayyithunnah maabodahves engey
— Mohamed Nasheed (@MohamedNasheed) October 27, 2020
ޖޭއެސްސީގައި މިހާރު ތިއްބަވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ސުޕްރީމްކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުން އިންތިޚާބުކުރާ އުއްތަމަފަނޑިޔާރު ފިޔަވައި އެހެން ފަނޑިޔާރަކު، ހައިކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުން އިންތިޚާބުކުރާ ފަނޑިޔާރަކު، ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން އިންތިޚާބުކުރާ ފަނޑިޔާރަކު، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެ މަޖިލީހުން ކަނޑައަޅާ މެންބަރަކު. ޢާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މީހަކު، ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ މީހަކު، ބަންޑާރަނައިބު އަދި ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަލިބިފައިވާ ވަކީލުންގެ ތެރެއިން އެބައިމީހުން އިންތިޚާބުކުރާ ޤާނޫނީ ވަކީލެކެވެ.
ޖޭއެސްސީގައި 10 މެންބަރުން ތިއްބަވާއިރު މިހާރު އޮންނަ ގޮތުން ރައްޔިތުން މަޖިލީހުގެ އަޣުލަބިއްޔަތު އޮންނަ ޕާޓީއަކުން ބޭނުން ހަތަރު މެންބަރުންނާއި، އަދި ރައީސުލްޖުމްހޫރިއްޔާ ބޭނުން ދެމެންބަރުން ޖޭއެސްސީ އަށް އައްޔަން ކުރެވެއެވެ. އެހެންކަމުން މިހާރު އެމްޑީޕީގެ ފިކުރަށް ތާއިދުކުރާ ހަމެންބަރުން ޖޭއެސްސީގައި ތިއްބަވައެވެ.
ޠާރިގު ޤާނޫނު އަސާސީ އަށް ހުށަހެޅި އިސްލާހް ބުނާ ގޮތުން ޖޭއެސްސީގައި ތިއްބަވާނީ އުއްތަމަ ފަނޑިޔާރު، ހައިކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެކޯޓުން އިންތިޚާބުކުރާ ފަނޑިޔާރަކު، ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުތަކުން އިންތިޚާބުކުރާ ދެ ފަނޑިޔާރަކު، ފަނޑިޔާރުންގެ ތެރެއިން ޝަރަފުވެރިކަމާއެކު މުސްކުޅި ކޮށްފައިވާ މީހުންގެ ތެރެއިން، އެބައިމީހުން އިންތިޚާބު ކުރާ މީހަކު، ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަލިބިފައިވާ ވަކީލުންގެ ތެރެއިން، އެބައިމީހުން އިންތިޚާބުކުރާ ޤާނޫނީ ވަކީލަކު، ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަލިބިފައިވާ ވަކީލުންގެ ތެރެއިން، އެބައިމީހުން އިންތިޚާބުކުރާ އަންހެން ޤާނޫނީ ވަކީލަކު، ދިވެހިރާއްޖޭގެ ޔުނިވާސިޓީތަކުގައި އިސްލާމީޝަރީޢަތުގެ ޢިލްމު ކިޔަވާދޭ ދާރިސުންގެ ތެރެއިން، އެބައިމީހުން އިންތިޚާބު ކުރާ ދާރިސަކު، ޤާނޫނީ ފަންނު ފިޔަވައި އެހެން ފަންނުތަކުގެ ތަޖުރިބާކާރުންގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ހުށަހަޅާ، ރައްޔިތުންގެ މަޖިލީހުން ރުހުންދޭ މީހެކެވެ.
ޖޭއެސްސީ އިސްލާހް އެކުލެވިގެންވާ ގޮތް ބަދަލު ކުރުން އެއީ އެމްޑީޕީގެ ވައުދެއް ނަމަވެސް ޖޭއެސްސީ އަށް ބަދަލު ގެނައުމުގެ ވިސްނުން މިހާރު އެމްޑީޕީ އިން ނުގެންގުޅޭތީ ވަރަށް ގިނަ ބަޔަކު އަންނަނީ އެކަން ކުށްވެރިކޮށް މީސް މީޑިއާގައި ވާހަކަ ދައްކަމުންނެވެ.
ވެރި ކަމަ'އަނަވެގެން ޖެސީ މިނިވަން ކުރާނަމެ ކިޔާގެންރައިތުން އޮޅްވާލާގެން ވެރި ކަންލިބުނީމާ ބަރުތައްދޫ ކޮލާ ކަށްނު ކެރުނު
ޖޭއެއްސީއަކީ ނަޝީދުގެ މައިންބަފައިންގެ ތަރިކަުމުދަލެއްތޯ! މިބަލާވެރިކަން މިގައުން ފިލާނީ ކޮންދުވަހަކޫންބާ! ޑިމޮކުރެސީއޭކިޔައިފައި ހުރިހާއެއްޗެއް މުށަށްލައިގެން ޖޭއެއްސީގައި ތިޔައިންނަނީ ޑިމޮކުރެސީ ފުޑަންތޯ!
މަޖްލީހު ރައީސް! މި ގައުމު ބަނގުރޫޓްވީ ތޯ؟ ތި ވިދާޅުވީ އައު ވާހަކައެއް!
މިގައުމުގެބޮޑުފަނި މަޖުލީހުގެރައީސްކަމުންނާއި ޖޭއެސްސީން ބޭރުކުރަން މިއަދު ރަށްޔަތުން ތެދުވަންވެއްޖެ މިކަލޭގެޔާހެދި މިގައުމުގައި ހިނގަނީ އަންދާގާނޫނު .
ޖޭއެސްސީ އިސްލާހުކުރާނަ މޭ ކިޔައިގެން ޖެއްސިހައި ސްޓަންޓްތައް ގަބޫލުކޮށްލައިގެން ވޯޓްދީ މި މުސީބާތް މި. ރާއްޖެއަށް ގެނުވި މީހުންނަށް ވަރަށް ސަލާން. މިހާރު މި. އޮތީ މަބުނިތަން އައިސްފާ. ދެން އޭއްޗެކޭ މީއްޗެކޭ ކިޔު މުގެ ބޭނު މެއްނެތް!
3 އަހަރުފަހުން ރައްޔިތުން އިސްލާހު ކުރާނެ ނަޝީދުއާއެކު 3 ބާރުވެސް ކާސިމެއް އިމްރާނެއް ނުބަލާނެ ކޮވިޑާއެކް ރައްޔިތުންނައް ފެނިއްޖެ ރާއްޖޭގެ ސިޔާސީމަސްރަހު ދެން ފެއްނާނީ ތަފާތު ބައެއް ބޮޑުބަދަލަކާއެކް މިހާރު ވެރިކަން ކުރާ ކޯލިޝަން ބައެއް ފާޓީތައް ދަފްތަރުން ނުފެނިވެސް ދާނެ އެއްމެގިނަ ކޯލިޝަން ހެދީ އިމްރާން ދެންޖުމުހޫރީ ދެއްކުނުތަފާތެއްނެއް ނެރެވުނު ނަތީޖާއެއްނެއް ސަރުކާރެއް ހިންގުމުގަ ވަގުތުތަކެއް ގެއްލިދަނީ ކޯލިޝަން ހެދީމަ
ކަލޭ ހޭކެޑިގެންތަ ތިތެޅެނީ
އެމްޑީޕީސަރުކާރަކީ ރާމާމަކުނުގެސަރީއަތްކުރާބައެއްތީ ދެންކޮންއިންސާފެއެތޯގާއިމްވާނި
އެމްޑީޕީ ވެރިކަމުގަ ގައުމު ބަގުރޫޓު ވިއްޔާ ވާނީ.. ހުސް ވަގުން. ފައިފުއްސެއް ކާޕެޓެއް ވެންޓިލޭޓަރެއް ކިޔާނެކަމެއް ނެތް
އަދިވެސް މި ސަރުކާރުން ލަދެއް ނެތިގެން ރައީސް ޔާމީން ބޮލުގަ ދޮގު އިލްޒާމު އަޅުވަނީ. އެމްޑީޕީ މީހުން ހަދާނީ ހުސް ދޮގު. ކޮބާތަ އަގުހެޔޮ އިންޓަނެޓު؟ ކޮބާ ބުނި މިނިމަމް ވޭޖް؟ ވައުދު ނުފުއްދެންޏާ ކޮންމެހެން މޮޅެތި ވާހަކަ ނުދައްކާ ތިބިއްޔާ މާ ރީތިވާނެ
ރ ޔ ފަޑިޔާރުގެތައް ކޮރަޕްޝަންގެ އައްޑާއަށް ހެދުމުން މައްސައަކީކޮބާ އެމްޑީޕީގެ އެއްމެބޮޑު ވައުދަކީ ފަޑިޔާރުގެތައް އިސްލަހުކުރުން ކޮރަޕްޝަނަށް ނޫނެކޭބުނަން އެހެންވީމަ ރޔ ގެ ވާހަކަނުދައްކާ ރަޢިއްޔަތުންނަށްވީ ވަޢުދުފުއްދާ
ޖޭއެސްސީ އަކީ އެމްޑީޕީގެ ގޮތްލެއް އެންމެނައްވެސް އެކަންމިހާރު އެނގޭ!
ރައީސް ޔާމީންގެ އިރުޝާދުގެ ދަށުން ތޯ ގާޒީއަކުވާގަށްނެގީ ސްޕްރީމްކޯޓުގައިތަޅުއެޅުވީ މުލިއާގޭގައި ނާސިގެހަދާއިގެން ބަނގުރާ ފުނިޖެހި ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ
ބަލަ ގައުމުބަނގުރޫޓް ކުރމުންނެއްނޫންތޯ މިހާރުތިޔަތަނީ 99އަހަރައް ރައްތައްވިއްކާލާ ބޭރުމީހުން ވަޒަންވެރިކުރެވޭނެ ގޮތެއްހޯދޭނެ ބިލްތައް ގުރާފްޓްކުރަން ތައްޔާރުކުރަމުންތިޔަދަނީ ބަހަނާޔަކައް ސަރުކާރުގެ އިގްތިސާދް ކޮޅައް ޖަހާވާހަކަ ދައްކައިގެން ރައްޔިތުންގެ ލޮލުގައި އަދުންއަޅުވަމުން ސަރުކާރައް ކުރެވޭ ކަމައް އޮންނަނީ އެންމެ ވިޔަފަރިއެއް އެއީ ރައްޔިތުންނައް ރިޔެލްސުޓޭޓް ވިޔަފާރި ގޯތިނުދީ ފުލެޓްއަޅައިގެން ފޮލެޓްގެ އަވާގައި ޖައްސާފައި ރައްރަށުންމީހުން އަރުވައިގެން އެމީހުންކުރާމަސައްކަތުންހޯދާ ރުފިޔާކޮޅު ހުސްކުރުވަނީ
2 ވަނަ ދޮންބާޑާރައިން ދިވެހި ސިފައިންގެ ތެރެއިން އުފެދެން ޖެހޭ ... މި އަންގަ ތަޅާ މީހާ މައިތިރި ކުރަން
ތިވަރުގެ ތެދެއް ހިޔެއްނުވޭ އުމުރުގާ ވެސް ހެދުނު ހެނެއް.ޕީ.ޕީ އެމް. ސަރުކާރުގަ ކުރި ކަންތައް ރަތްޔަތުންނަކަށް ދުވަހަކުވެސް ނޯލޭނެ.ބުރިޖް،ހޮސްޕިޓާ.ހުޅުމާލެ ފޭސް2 ރަށްރަށަށް އައި ތަރައްގީ ޑޮލަރުގެ އަގު ހިފެއްޓުން، މެހެން ކިޔާނެ ކަމެއްނެތް...... ސުވާލަކީ އެމް.ޑީ.ޕީ ވެރިކަމުގަ ކުރި ކަމެއް ކޮބާތޯ އޭ،،، ގަންޖާ ބޯ......
ކަލޭގެ ވެރިކަމުގެ ވީގޮތް މާބޮޑަށް ވެސް ސާފް.އެއީ ހުތުރު ވެރިކަމެއް.