ރައްޔިތުންގެ މަޖިލީހުން ބޭއްވި ފޯރަމެއްގައި، އިސްލާމް ދީނަށް ފުރައްސާރަކޮށް ރިޕޯޓް ނެރުނު މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ގެ އެގްޒެކެޓިވް ޑިރެކްޓަރުގެ މަޤާމު އަދާކުރި ޝަހިންދާ އިސްމާއިލް އަށް ފުރުސަތު ދީފިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އެންމެ ބޮޑު ރިޔާސީ ވައުދު ކަމުގައިވާ އިންތިޤާލީ އިންސާފު ހޯދައިދިނުމަށް އެކުލަވާލި ބިލަށް ޚިޔާލު ހޯދަން ބޭއްވި ފޯރަމުގައި ރާއްޖޭން ބޭރުގައި އުޅޭ ދިވެހިންނަށް ވެސް އޯޑިއޯ ކޮންފަރެންސް މެދުވެރިކޮށް ހިޔާލު ފާޅު ކުރުމުގެ ފުރުސަތު ދީފައިވެއެވެ.

ނަވާރަވަނަ ރައްޔިތުންގެ މަޖިލީސް ފެށި ފަހުން މަޖިލީހުގައި އިދާރާގައި ޚިޔާލު ހޯދަން އާންމުންގެ އެކި ފޯރަމްތައް މީގެ ކުރިން ވެސް ބޭއްވިއިރު މިފަދަ ފުރުސަތެއް ދީފައެއް ނުވެއެވެ. މިއީ މަޖިލީހުގައި ބޭއްވި ހިޔާލު ހޯދުމުގެ ފޯރަަމެއްގައި ބޭރުގައި ތިބި ފަރާތްތަކަށް އޯޑިއޯ ކޮންފެރެންސްކޮށް ޚިޔާލު ފާޅުކުރަން މަޖިލީހުން ދިން ފުރަތަމަ ފުރުސަތެވެ.

ޖަރުމަންވިލާތުގައި މި ވަގުތު ހުރި ޝަހިންދާ ވެސް އޯޑިއޯ ކޮންފެރެންސްކޮށް ފޯރަމުގައި ބައިވެރިވެފައިވާއިރު، ބިލުގައި މައްސަލަތައް ބަލަން އެކުލަވާ އޮމްބަޑްސްމަންގެ އޮފީސް ދެމި އޮންނާނީ ދެ އަހަރުގެ މުއްދަތަކަށް ކަމުން އެ މުއްދަތު ދިގުކޮށްދޭން އޭނާ އެދުނެވެ. މީގެ އިތުރުން ހެކިވެރިންގެ ހައްޤުތައް ބިލުގައި ބަޔާން ކޮށްފައި ވަނީ ވަރަށް ހަނި ގޮތަކަށް ކަމާއި އެ ދާއިރާ ބިލުގައި ފުޅާކޮށްދޭން އެދުނެވެ.

އެހެންވިޔަސް ބޭރުގެ އެކި ފޯރަމްތަކުގައި ދީނަށް ފުރައްސާރަކޮށް މީގެ ކުރިން ޝަހިންދާ ވާހަކަ ދައްކާފައިވާ މޭރުންތަކުން މިރޭގެ ފޯރަމްގައި އެފަދަ އެއްވެސް ވާހަކަ ނުދައްކައެވެ.

ޝަހިންދާއަށް ފުރުސަތު ދިން ކަން އެނގުމުން މީސް މީޑިއާގައި މިހާރު ވެސް ގިނަ ބަޔަކު ދަނީ މަޖިލީހަށާއި ވެރިކަންކުރާ ކޯލިޝަނުގެ މައި ޕާޓީ، އެމްޑީޕީއަށް ފާޑުކިޔަމުންނެވެ. ސަރުކާރު ހިންގާ ކޯލީޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ބައެއް އެކްޓިވިސްޓުން ވެސް މީސް މީޑިއާގައި މަޖިލީހަށް ފާޑުކިޔާފައި ޕޯސްޓް ކޮށްފައިވެއެވެ.

މަޖިލީހުގެ ފޯރަމެއްގައި ޝަހިންދާ ބައިވެރިވިކަން ފަޅާއަރާފައި ވާއިރު، އޭނާ މި ފޯރަމުގައި ބައިވެރިކުރުން ކުށްވެރިކޮށް އަދާލަތު ޕާޓީގެ ޤައުމީ މަޖިލީހުގެ މެމްބަރު ތޫބާ ރަޝީދު ކުރެއްވި ޓްވީޓަކަށް ޝަހިންދާ ވަނީ ގޮންޖަހައި ރައްދު ދީފައެވެ.

ތޫބާ ކުރެއްވި ޓްވީޓުގައި ވިދާޅުވެފައި ވަނީ ޝަހިންދާއަކީ ކަނޑައެޅިގެން ރާއްޖޭގެ ޤަނޫނާއި ޚިލާފުވެފައިވާ ކަމަށް ތުހުމަތު ކުރެވޭ އަދި ފިލައިގެން އުޅޭ މީހެއް ކަމަށެވެ. އެހެންކަމުން ރައްޔިތުންގެ މަޖިލީހުން އޭނާއަށް ފުރުސަތުދިނީ ކޮން ހައިސިއްޔަތަކުންތޯ ތޫބާ ވަނީ ސުވާލު ކުރައްވާފައެވެ.

މި ޓްވީޓަށް ރައްދު ދެމުން ޝަހިންދާ ބުނީ، އޭނާއަކީ ފިލައިގެން އުޅޭ މީހެއް ނޫން ކަމަށާއި، އެހެން ނޫން ނަމަ ސަރުކާރުގެ އިދާރާތަކަށް އޭނާއާއި ގުޅޭނެ ނަމްބަރު ދީފައި ނޯންނާނެ ކަމަށެވެ. އަދި ފުލުހުންނަށް އޮންލައިންކޮށް ނުވަތަ ފޯނުން ގުޅައިގެން ދޭން ޖެހޭ ބަޔާނެއް ދޭން ތައްޔާރަށް ހުރިކަން އަންގާފައިވާނެ ކަމަށާއި، އޭގެ ފަހުން މިހާރު އަހަރަކަށްވުރެ ގިނަ ދުވަސް ވެފައިވާ ކަމަށް ޝަހިންދާ ބުންޏެވެ.

ޝަހިންދާ އިސްކޮށް އުޅޭ އެމްޑީއެންއިން ނެރުނު ރިޕޯޓުގައި ދީނަށް ފުރައްސާރަކޮށް ގިނަ ވާހަކަތައް ޝާޢިއުކޮށްފައި ވެއެވެ. އެގޮތުން އިސްލާމް ދީނަށާއި ރަސޫލާ (ސ.އ.ވ) އަށް ފާޑުކިޔައި ރަސޫލާގެ އިސްރާ މިއުރާޖް ވާހަކަ އަކީ ބުއްދި ޤަބޫލުނުކުރެވޭ ވާހަކައެއް ކަމަށާއި އަދި އިސްލާމް ދީނުގެ ބައެއް އަސާސްތަކަކީ ހަރުކަށި ކަންކަން ގޮތުގައި އެރިޕޯޓުގައި ވަނީ ސިފަކޮށްފައެވެ.

މީގެ އިތުރުންވެސް އެރިޕޯޓުގައި ވަނީ ރާއްޖޭގައި ތިބި ގިނަ ދީނީ އިލްމުވެރިންގެ ނަންތައް ފާހަގަކޮށް އެފަރާތްތަކަކީ އިސްލާމް ދީނުގެ ނަމުގައި ހަރުކަށި ފިކުރު ފަތުރައި އެފަރާތްތަކަކީ ސީރިއާ އަށް މީހުން ފޮނުވުމަށް މަސައްކަތް ކުރަމުންދާ ބައެއް ކަމުގައި ފާހަގަކޮށްފައެވެ.

އިސްލާމްދީނުގެ އަސްލުތަކާއި ޚިލާފު އެތައް ވާހަކައެއް ހިމަނައިގެން އެމްޑީއެން އިން ރިޕޯޓެއް ނެރުމުން އެޖަމިއްޔާ ވަނީ އުވާލާފައެވެ. ނަމަވެސް ރިޕޯޓް ނެރުމުގައި ބައިވެރިވި އެއްވެސް މީހަކު އަދި މިހާތަނަށް ތަހުޤީޤަށް ހާޒިރުކުރިކަން އެނގިފައެއް ނުވެއެވެ. އެމްޑީއެންގެ ރިޕޯޓާއި ދާދި އެއްކަހަލަ ރިޕޯޓެއް ނެރުނު އުތެމަ ޖަމިއްޔާ އާއި މެދު އަދި މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

 1. މަކަރު

  ޥަ ރަށް ސާފު! މި ރާއްޖެ ހިންގަން ތިބީ އަނދި ރި ދައުލަތެއް! ޢަޑީގަ ތިބީ ލާދީނީ މަދު ބައިގަނޑެއް! ދިވެހިންނޭ .... !

  180
  3
 2. ސަމީ

  ތިޔަ މީހާ ފޮރުވައިގެން ހިމާޔަތް ދީގެން އުޅެނީ މި ސަރުކާރުން. މީ ހަަމަ އެއްބައެއް.
  ކޮބާ ޝައިޚު އިލިޔާސް އަދި ޑރ އިޔާޒު މިކަމާ ބަހެއް ނެތް ތޯ.

  151
  2
 3. ށ

  އެއް އަހަރު ވެގެންދިޔައިރު ފުލުހުން އޭނައާ ސުވާލުނުކޮށްތިބިކަމަށް ވާނަމަ އެކަމުގެ ސަބަބަކީ ކޮބަިކަން އެމްޑީއެން ހަމީދު ރައްޔިތުންނަށް އޮޅުންފިލުވާދޭންޖެހޭ

  141
  2
  • ރެފްރީ

   ތިޔަކަމެއްނުވާނެ ! ސަލްމާނުރުޝްދީ ހުރިތަނަކާ މިހާރުކުރާކަމެއްވެސް އޮޅުންފިލުވާދީފިއްޔާ ވަރަށްރަނގަޅު އެކަމަކު އިންޑިއާސިފައިންތިބިވަރެއްބުނެވޭކަށް ނޯންނާނެ !! މިތާނގަ މިއޮތް 4 ނޫނުންބުނެދެނީކޮންއެއްޗެއް ؟.

   40
 4. Anonymous

  ކުރާނެ ކަމެއްނެތް. ޝެއިޚް އިލްޔާސް ވިދާޅުވި ދުޢާދެއްވި ވެރިއެއް ކަމަށް. އެހެންވީމަ މިފަދަ ބަރަކާތްތެރި ވެރިއެއްގެ ވެރިކަމުގައި ކުރާނީ ހުސްރަނގަޅުކަންތައް. ޑރ. އިޔާޒް ވިދާޅުވި ނަމާއެއްގޮތަށް ސޯލިޙޯ ކަމަށް. ދެން ކޮބާ މައްސަލަ އަކީ.

  45
  1
 5. އިބުނު ޖާހިލު ކިބޫ

  ހަމަ ދުޢާދެއްވި ވެރިއެއް ގެ ވެރިކަމޭތޯ.

  60
 6. ކިނޮޅަހު ބޭރި

  ތިޔަ މަޖިލީހަކީ މިހާރު ނާޗަރަނގީ ކުޅޭ ތަނެއް. ބޮޑުތަނުން ފެއިލް ވެފާ!

  81
 7. އަޙްމަދު

  ހުސް އެއްކަހަލަ މީހުން! ބޮޑު އެތޮ އެނބުރޭގޮތަށް ކުދިއެއްޗެހި އެނބުރޭނީ!

  40
 8. ސިއްތި

  މި ޤައުގެ ވެރިންނަށްތިބި ބޮޑުންނަށް އެނގިގެންތާ މިޖަމާއަތް ތަކުން ދީނަށ ފާޑުކިޔައި މަލާމަތަކުރަނީ ޞާލިހު މިކަން ހުއްޓާލާ ޝަހިންދާ ހައްޔަރުކުރޭ

  37
 9. އަލިބެއްޔާ

  އިލްޔާސް ޙުސައިންގެ ސަބަބުން ދީނީ ޝެއިޚުންނަށް އޮތް އިޙްތިރާމާއި ލޯބި ކުޑަވެއްޖެ..

  41
 10. ހަނި

  ސަހިދާއެބުނިތެދެކެވެ އެނަފިލާގެންނުނުލެއުޅެނި އަދާލަތުޕަޓީގެއ؛ިމްރަން ޕޮލިސްކޮމިސަރުހަމިދު މިސަރުކާރުގެ އިސްވެރިން ދަވާކުުރަންބެނުނުނުވަނީ

  16
 11. އައްޔައައްޔަ

  ފުރުސަތު އެކަނި ދިނީކީނޫ މަޖިލިސް ޖާހިލުން ތައް މުޅިރޭ ޝަހިންދާ ވާހަކައަށް ސަނާކީ

  18
 12. މޫސަ

  މި ސަ ރުކާ ރަކީ އިންޑިޔާ އާއި އެމެ ރިކާގެ ގޮނޑި ކޮއްކޮއެއް. ލާދީނީ ސަ ރުކާ ރެއް. އިޖުތިމާއީ އަދާލަތޭ އިޖުތިމާއީ އިންސާފޭ ކިޔައިގެން މިފަދަ ނަންތައް ބޭނުންކޮށްގެން ރައްޔިތުން ވާ ވައްދައިގެން ކު ރަރން އުޅެ ކަމަކީ ލާދިނީ އެޖެންޑާ އެއް ކު ރިއެ ރުވުން. .

  16
  1
 13. ހެޔޮލަފާ

  އެމްޑީޕީ އަކީ ފެއިލްފެފައިވާބަޔެކޭ ބުނުމަކީ ނުރައްކާތެރިކަމެއް. އެމީހުން އެދަނީ ވ ސިސްޓަމެޓިކްކޮށް ރާއްޖޭގެ އިސްލާމީ އެއްބައިވަންތަކަމާ ދިވެހިންގެ މިނިވަންކަން ނަގާލުމަށް މަސައްކަތްކުރަމުން. މިވަގުތު ވެރިކަމުގެ ބާރުތަކުގަތިބީ އެއްއާއިލާއަކަށް ނިސްބަތްވާ ނުވަތަ އެއް އާއިލާއަކާ ގުޅުންއޮތްބަޔެއް. އެއީ ފެށުނީއްސުރެ ރާއްޖޭގެ އަށް ޣައްދާރުވަމުންއަންނަ ބައެއް. ދިވެހިން ހޭލާ. ހެޔޮނުވާނެ. ހީނލާފައި ލޮބިން ބަސްބުނާ ކޮންމެމީހަކީ އަދި ހެޔޮއެދޭމީހެއްނޫން.

  20
 14. މ

  ރެފްރީ މިހާރު ސަލްމާން ރުޝްދީ ވަނީ މަރުވެފައި
  ޝަހިންދާ ހުރިތަން އެނގޭ އެކަމު ބޭނުން ނުވާތީ ނުބަލަނީ
  ސަފާރީ ކޭސް ވެސް ހިނދުނީ ނޫންތޯ މިގައުމުގައި ދީނަށް ކިތަންމެ ވަރަކަށް ފުރައްސާރަ ކުރިއަސް މިހާރު ކުށްވެރިއެއް ނުވާނެ އެކަމު އިންޖިކްޝަން ނުޖަހައިފިއްޔާ އެއީ ވަރަށް ބޮޑު ކުށެއް އަދި ހުތުރު އެއްޗެއް ބުންޏަސް ކުށްވެރިވާނެ

  13
 15. Anonymous

  އިސްލާްދީނާ ދެކޮޅު ސަރުކާރެކޭ ނުބޖނެވޭނެތަ؟

 16. ސަމްސާ

  ގަބޫލު ވިޔަސް ގަބޫލު ކުރިޔަސް ނުކުރިޔަސް، މިގައުމުގައި މޑޕ ކުރަން އުޅޭކަން ކުރާނެ.
  މިއީ ކައިރި މުސްތަގްބަލެއްގައި ފެނިގެންދާނެ ހަގީގަތެއް.

  3
  4
 17. ޓަކި މޫނާ

  އިރާދަ ކުރެއްވިއްޔާ މީ އެމްޑީޕީ ވެރިކަން ކުރާނެ އެންމެ ފަހު ފަހަރު ކަމުގައި ލައްވާށި. އާމީން

 18. ވިސްނާ

  ތިމާއްދާއަށް ބަދަލުގެނެސްފިނަމަ އަހަރެން ވަޒީފާއިން ވަކިވާކަށް ފަހެއް ނުޖެހޭނަން..... އަދި އެހެން މީހުނައްވެސް ނަސޭހަތް ދޭނަން ވަކިވުމަށް......ދީނާ ޤައުމަށްޓަކައި