ދިވެހިން އެދެނީ އަނެއްކާވެސް އެމްޑީޕީއިން ކުރަމުން މިދާ ވެރިކަން ނިމުމަކަށް ގެނެސް، އެމްޑީޕީ ސަރުކާރުން ވެރިކަމުން ފެއިބުމަށް ކަމަށް ކުރީގެ ނައިބު ރައީސް ޑރ.ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ޑރ.ޖަމީލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ފަނޑިޔާރުން ވަގަށް ނެގުމާއި، ސުޕްރިމް ކޯޓު ތަޅު އަޅުވައި ސުޕްރީމް ކޯޓު ހިންގަން ކޮމެޓީއެއް ނެގި ރައީސް މުހައްމަދު ނަޝީދުގެ "ޑްރާމާއަށް" ދިވެހިން ފަރިތަކަމަށެވެ.

ދިވެހިރާއްޖޭގެ ގާނޫނީ ނިޒާމު ކޮރަޕްޓު ކުރަމުން އަންނަ ގޮތް ރައްޔިތުންނަށް ފެންނަ ކަމަށާއި، ދިވެހިން އެދެނީ މި ސަރުކާރު އަނެއްކާވެސް އަވަހަށް ވެރިކަމުން ފެއިބުމަށް ކަމަށް ޑރ.ޖަމީލްގެ ޓްވީޓުގައި ވަނީ ވިދާޅުވެފައެވެ.

"ހުސް ފޭކު ވައުދާއި، ރިފޯމްކަން ފަޅައަރައިފި" ޑރ.ޖަމީލްގެ ޓްވީޓުގައި ވަނީ ވިދާޅުވެފައެވެ.

މި ސަރުކާރުން ވެރިކަމަށް އައިސްފައި ވަނީ، ދިވެހިރާއްޖޭގެ ގާނޫނީ ނިޒާމް އިސްލާހު ކުރާނެ ކަމަށް ރައްޔިތުންނަށް ވައުދުވަމުންނެވެ. ގާނޫނީ ނިޒާމް އިސްލާހު ކުރާނެ ކަމަށް ވިދާޅުވެ މި ސަރުކާރުން ވެރިކަމަށް އައުމަށްފަހު، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) މެދުވެރިކޮށް ބަލަމުން އަންނަ އެކި މައްސަލަތަކުގައި މިހާތަނަށް ވަނީ ގިނަ އަދަދެއްގެ ފަނޑިޔާރުން މަގާމުން ދުރުކޮށްފައެވެ.

ގިނަ ބަޔަކު ތުހުމަތުކުރަމުން އަންނަ ގޮތުގައި، ފަނޑިޔާރުގެ އިސްލާހުކުރާނެ ކަމަށް ބުނެ އައި ސަރުކާރުވެސް ޖޭއެސްސީ މެދުވެރިކޮށްގެން ހިފަމުން އަންނަނީ "ސިޔާސީ ބަދަލުހިފުމެކެވެ."

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެން ފަހުން، ޖޭއެސްސީގައި ތިއްބެވި މެމްބަރުން ބަދަލުވި އިރު، ގިނަ ބޭފުޅުން އިއްތިފާގުވެވަޑައިގަންނަވާ އެއް ކަމަކީ ފަނޑިޔާރުގެ އިސްލާހު ކުރެވެން އޮތީ ޖޭއެސްސީ އެތުރިފައި އޮންނަ ގޮތް ބަދަލު ކޮށްގެންނެވެ. ޖޭއެސްސީ އެތުރިފައި އޮންނަ ގޮތް ބަދަލު ކުރުން އެއީ އެމްޑީޕީގެ ވެސް ރިޔާސީ ވައުދެކެވެ. ނަމަވެސް ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލު ކުރަން ޤާނޫނު އަސާސީ އަށް ހުށަހެޅި އިސްލާހަށް އެމްޑީޕީގެ މެންބަރުން ބަހުސް ވެސް ނުކޮށް އިއްޔެ ވަނީ ބޭރުކޮށްލާފައެވެ.

ފަނޑިޔާރުންނާ ގުޅޭ ޝަކުވާތައް ބަލައި، ފިޔަވަޅު އެޅުމާއި ފަނޑިޔާރުން ރެގިއުލޭޓް ކުރުން ގާނޫނު އަސާސީން ހަވާލުކުރީ ޖޭއެސްސީއާ އެވެ. އެހެންވެ، ޝަރުއީ ނިޒާމާ ގުޅޭ އެންމެ މުހިންމު އަދި އެ ނިޒާމުގެ އިތުބާރު ދެމެހެއްޓުމުގެ އެންމެ ބޮޑު ޒިންމާ ވެސް ގާނޫނު އަސާސީން ހަވާލު ކޮށްފައި އޮތީ އެ ކޮމިޝަނާއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ޢަންސާރު

  ޔާ ﷲ އިންޑިޔާގެ ހައްދުފަހަނެޅި ބީޖޭޕީ ގެ ނުބައި ރޭވުންތަކުން މި ދިވެހި ގައުމުގެ ދީނާއި ރައްޔިތުން ސަލާމަތް ކުރައްވާށި. ޢާމީން

  6
  2
  • Anonymous

   އާމީން.. މި ވަގު އަދި ލާދީނީ ސަރުކާރު ބަލިކަށި ކުރައްވާށި

   1
   1
 2. ރުޢުދާ

  ނުފައިބާނެ! ރައްޔިތުން ހޯސްލާފަ ނުކުމެ ލަފްގަ ހިފާފަ ބައިލަންވީ!

  1
  1
 3. ޝަހީދު

  ކުނަހަނގާލި ގޭގައި ހުއްދަ ނުހޯދައި އިމާރާތް ކުރަމުން ދިޔަ ގޭގެ މަސައްކަތް ހުއްޓާލުމަށް ފުވައްމުލަކު ރައްޔިތުން އެދޭ ވާހަކަވެސް ބުނެލީމެވެ...

 4. ކަރީމާ ޢަލީ

  ރަސޫލާ ދުޢާދެއްވިފަދަ ވެރިޔެކޭ އިލްޔާސް ބުނި ވެރިކަމުގަ ހިނގި ޤާނޫނުތަކާ ފުށުއަރާ ދީނާ ޚިލާފްބައެއް ކަންކަން.
  1. މަސްތުވާތަކެއްޗާއި ބަނގުރާ ތިޔާގިވުން
  2. ފޭރުމާ ވައްކަން މާޑަށް އެރުން
  3. ޖިންސީ ހާނީއްކަތައް ހަގުނަވުން
  4. ރޭޕްތައް ބިރުގަންނަހިސާބަށް މަތިވުން
  5. ދައުލަތް ލޫޓުވުމައި ހައްދުފަހަނަޅާދިޔުން
  6. ފާޅުގައި އިސްލާމްދީން ދޫކޮށްލިކަމަށް ކުރާ އިޢުލާންތައް ގިނަވުން
  7. އިސްލާމްދީނަށް ފުރައްސާރަކުރުމާ ﷲ ތަޢާލާގެ ޒާތުފުޅަށާ ކީރިތި ޤުރުއާނަށް ކީރިތި ރަސޫލާއަށް މަލާމާތްކުރާ ދިވެހިން ގިނަވުމާއި އެފަދަ މީހުންނަށް ދައުލަތުން މުސާރަދީ ޙިމާޔަތްކުރުން
  8. ކޯޓުތަކުގެ އެންމެ އިސް ފަނޑިޔާރުންގެގޮތުގައި އަންހެނުން އިސްކުރުން
  9. ޝަރުޢީ ދާއިރާއިން އިސްލާމީ ތަޢުލީމު ޙާޞިލްކުރި ފަނޑިޔާރުން ހުނިޖަހާ އެކަހެރިކުރުން
  10. ޤާނޫނު އަސާސީ ތިމަތިމާމެންނަށް މޮޅުވާގޮތަށް ބަދަލުކުރުން
  11. ސަރުކާރަށް ތާއީދުނުކުރާ މުވައްޒަފުންނާ ފަނޑިޔާރުން މަޤާމުންވަކިކުރުމާ ޝަރުޢީ ދާއިރާ އަތްދަށުލުން

 5. ހަނި

  ޖުޑިސަރި އިސްލާހުކުރާނަމެ ކިޔަގެ ރައިތުންނަ އޮޅޮވާލާގެން އައިސަރުކާރު ކި ބަން އަޅަމެންސަލާމަތް ކުރަވާދޭ ޔަﷲ ޔަﷲ ޔަ ﷲ