އަންހެނުންގެ ހެދުންތައް ބާލުވައި ނެއްޓެވުމަކީ އަމާޒަކަށް ހަދައި ބިރަކާ ނުލާ މަޖާކުރަން ބޭނުންވާ ބަޔަކު ތިބި ކަމަށް ދީނީ އިލްމުވެރިޔާ ޝެއިހް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ތަރައްގީވެފައިވާ ގައުމުތަކާ އެއްގޮތަށް ކަމަށް ބުނެ، އަންހެނުންގެ ހެދުން ބާލުވާ ކްލަބްތަކުގައި ނެށުވުމަކީ ބައެއްގެ އަމާޒުކަން އެނގޭ ކަމަށެވެ.

ޒައިދުގެ މި ޓްވީޓް އަމާޒުކުރެއްވީ ސީދާ ކޮން ފަރާތަކަށް ކަމެއް ހާމައެއް ނުކުރައްވައެވެ.

އޭނާ ވަނީ ﷲ ގެ ހަޒުރަތަށް ހުރިހާ އެންމެން ވެސް ދާން ޖެހޭނެ ކަން ހަނދާން ބެެހެއްޓުމަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.

ޒައިދު އެގޮތަށް ވިދާޅުވީ މާލޭގައި ޒުވާނުންނަށް ފަސޭހަކަމާއެކު މިއުޒިކް އަޑު އަހާލައި، އެކުވެރީންނާ ބައްދަލުކޮށްލައި، ހާސްކަމުން ބޭރުގައި އުފާވެރި މާހައުލެއްގައި ހީ ސަމާސާކޮށް މަޖާކޮށްލައި، އެއްވެ ތިބެވޭނޭ ފަދަ މަރުކަޒެއް ގާއިމުކޮށްދިނުމަށް ސަރުކާރަށް ގޮވާލައި ގާރާރެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.

ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ހުށަހެޅުއްވި އެ ގަރާރަކީ މާލޭގައި ދިރިއުޅޭ ޒުވާނުންނަށް ފަސޭހަކަމާއެކު މިޔުޒިކް އަޑުއަހާލައި، އެކުވެރީންނާ ބައްދަލުކޮށްލައި، ހާސްކަމުން ބޭރުގައި އުފާވެރި މާހައުލެއްގައި ހީ ސަމާސާކޮށް މަޖާކޮށްލައި، އެއްވެ ތިބެވޭނޭ ފަދަ މަރުކަޒެއް މާލޭގައި ގާއިމުކޮށްދިނުމަށާއި، އެމަރުކަޒަކީ ޒުވާނުންގެ މިޔުޒިކުގެ ފަންނު އިތުރަށް ތަރައްގީކުރުމުގެ ވަސީލަތަކަށް ހެދުމަށް ސަރުކާރުން ކުރެވެންހުރި ކަންކަން ކޮށްދިނުމަށް ސަރުކާރަށް ގޮވާލައި ހުށަހަޅާ ގަރާރެކެވެ.

އެ ގަރާރުގައި މާލެއަށް ދިމާވެފައިވާ އިޖްތިމާއީ މައްސަލަތަކަކީ އެ މައްސަލަތަކުން އެއްކޮށް އަރައިގަތުމަށް އިންތިހާއަށް ދަތިވެފައިވާ މައްސަލަތަކެއް ކަަމަށާއި، މާލޭގައި މިއޮތް ތޮއްޖެހުމާއި، ބޯހިޔާވަހިކަމުގެ ދަތިކަމާއި، މަގުތަކުގެ ކާރޫބާރު ބޮޑުކަމާއި، ވަޒީފާގެ ފުރުސަތުތަކުގެ މަދުކަމުގެ މައްސަލަތަކުގެ ސަބަބުން ހާސްކަމެއްގެ ތެރޭގައި އުޅޭންޖެހިފައިވާ ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން ޒުވާނުންނަށް މާލޭގައި އެއްވެ އުޅެވޭނޭ އެފަދަ ހާއްސަ ތަންތަނަށް އިންތިހާއަށް ބޭނުންވެފައިވާ ކަމަށާއި، ޒުވާނުންނަށް ރައްޓެހިންނާއި އެކުވެރީންނާއެކު ހިނ، ސަމާސާކޮށް، މަޖާކޮށްލެވޭ ފަދަ މާހައުލެއްގައި މިޔުޒިކް އަޑުއަހާލައި ވަގުތު ހޭދަކޮށްލެވޭނޭ މަރުކަޒަކަށް އިންތިހާއަށް ބޭނުންވެފައިވާ ކަމަށް އެ ގަރާރުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ރަދީފް

    ތިހެންް ކިޔާފަވެސް ހުކުރުދުވަހު އިސްލާމީ މަރުކަޒުގަ ހުކުރުކުރަން ލިބޭތީވެ ކަލޭ އިންނަނީ މިސަރުކާރަށް ސަނާކިޔަން.ލަދު ކޮބާ ޒައިދު.

    49
    5
    • ޙމ

      އަސްލުވެސް؟

  2. ޚަޖައި

    ޓިކް ޓޮކް އަކީ އަންހެނުންނާއި ފިރިހެނުން ލަދު ކުޑަ ކުރުމަށާއި ހެދުންތަށް ބާލުވާ ނެއްޓެވުމަށް ފުރިހަމަ ކުރެވިފައިވާ ފިކުރީ އިންގިލާބެއް.

    55
    2
  3. ހުސޭނުބޭ

    މަނިކުފާނުގެ ސަރުކާރުން މަނިކުފާނުގެ ހެދުން ބާލާތީ އަޅުގަނޑު ވަރަށް ދެރަވެއްޖެ!

    41
    1
  4. Anonymous

    މި ސަރުކާރުގެ އަމާޒުކަން އެގި ތިބެ ލަދީނީ ބައިގަޑަށް ވޯޓުދިން ސެކުންތީ

    17
  5. ކަޅުމަރިޔަނބު

    ނަސީބެއްނު އިނގޭކަން. ނޭނގޭނަމަ އަދި ކިހާވަރަކުން ދާނީ.

    45
  6. ރިޟްވާން

    އެހެންވެގެން ދޯ ދީން ވިއްކާލާފަ ތި ބައިގަޑަށް ވޯޓު ދިނީ ! ލަދު ނުގަންނަތާގަ އަދި ވާހަކަ ދައްކާތީ މައްސަލައަކީ!

    21
  7. ލިކިލް

    އަންހެނުން ހެދުން ބޭނުންތޯ ހަމައެކަނި މައްސަލައަކީ ފިރިހެނުން ވަރިހަމަ ނާޗަރަންގީ ކިތަންމެ ވަރަކަށް ކުޅުނަސް. ކަލޭމެން އަންހެނުންނާއި އަޅައިގެން ނޫޅޭ، ދީން ފަތުރަން މަސައްކަތްކުރަންވީ އަންހެނުން ފިރިހެނުން ވަކި ތަފާތުކުރުމެއް ނެތި. އަންހެނުންގެ "ޢައުރ" ތި މީހުންގެ މެއިން ފޯކަސް އަށް ނަހަދާ!!!!!!!

    7
    5
  8. މާމީ

    މިކަހަލަ ޝޭޚުން ގިނަވީމަ ވާނެ ހުރިހާ ކަމެއްވާނެ މީ ފަހުޒަމާނައް އަންނާެކަމްއް ބުނާވައްތަރުގެ ސިއާސީ ޗޭކުން..

  9. ލަމް

    ބިރަކާ ނުޖަލާ މަޖާ ކުރަމުން ގޮސް ސަރުކާރުގަ ވެރިންތަށް އަންހެން މުވަޒަފުންނަށް ގެއްލުން ދެނީ.... ޖިންސީ ގޯނާ ކުރުން މީ ދެރަކަމެއް... ކުރީ ސަރުކާރުތަކުގަ ވިއަސް މި ސަރުކާރުގަ ވިއަސް

  10. Anonymous

    ވ ދެރަ...ދެންވެސް މިފަަދަ މީިހުންގެންނަން ވޯޓު ނުދޭންވީ.............ީ
    ޔާރައްބީ އަޅަމެން މިފަދަ ގޮތްނޭންގޭ މީހުންގެ ކިބައިން ސަލާމަތް ކުރައްވާށި.............ޢާމީިން

  11. ާްއައިޝް

    ވ ދެރަ...ދެންވެސް މިފަަދަ މީިހުންގެންނަން ވޯޓު ނުދޭންވީ..........
    ޔާރައްބީ އަޅަމެން މިފަދަ ގޮތްނޭންގޭ މީހުންގެ ކިބައިން ސަލާމަތް ކުރައްވާށި.............ޢާމީިން

  12. ދިއްގާ

    ދީނުގެ ދިފާއު ކަމަށް ހެދިގެން އިމްރާނާ ބައިވެރިގެން ސަރުކާރުތެރޭ ކާފަރު ކަލޭގެއާއެކު ދަށޔން ދަމާ ކުޅެމުން އަރުވާ އަޑު މީ ރައްޔިތުންނަށް އޮޅުވާލަން. އެކަން އަހަރެމެނަށް ވެަް އެގޭ ކަން ނޭގެނީ ކަލެއަށް.

  13. ސަމީ

    ތިކަން އެނގިތިބެ އެންނު އެމީހުން ވެރިކަމަށް ގެންނަށް ލޮލު ފިޔަ ނުޖަހާ ދުވީ،

  14. ވަގުތު

    އަހަރުމެން ކަމަކީ ފަސާދަ ފެތުރުން. ދެއްވާ ތަރުހީބަށް ޝުކުރިއްޔާ 👏🏽👏🏽👏🏽

  15. ކުޑޭ

    މިޒައިދު ޤަބޫލުކުރަންތަ ހިލޭ އަންހެނެއްގެ ްގަޔަށް އިމްރާނު ބުނިގޮތަށް އެރުމަކީ ރަނގަޅުކަމެއް ކަމަށް އެކަމަކު މިސަރުކާރުގެ މީހަކު އެފަދަވާހަކައެއް ނުވަތަކަމެއްކުރިޔަސް އޯކޭ ބުނަނީކީއްވެ