ރާއްޖޭގައި އިންޑިއާ އިން ހަރުކޮށްފައިވާ ރާޑަރު ސިސްޓަމްތަކުން މިހާރު ޓްރާންސްމިޝަން އިންޑިއާ އަށް ނުލިބޭ ކަމަށާއި އެހެންކަމުން ރާއްޖޭގެ ކައިރިން ކަނޑުގެ ސަރަހައްދުގައި ހިނގަމުންދާ ކަންތައްތަކުގެ މައުލޫމާތު މިހާރު އިންޑިއާ އަށް ނުލިބޭ ކަމަށް އިންޑިއާގެ ކަމާބެހޭ އޮފިޝަލަކާއި ހަވާލާދީ އެގައުމުގެ ނޫހަކުން ބުނެފިއެވެ.

އިންޑިއާގެ "ނިއު އިންޑިއަން އެކްސްޕްރެސް" ނޫހަށް މައުލޫމާތު ދިން ނަން ހާމަކުރަން ބޭނުން ނުވާ އޮފިޝަލަކު ވިދާޅުވީ މިރާޑަރު ސިސްޓަމްތަކުން އިންޑިއާ އަށް މައުލޫމާތު ނުލިބޭތީ ޗައިނާގެ އަސްކަރީ މަނަވަރުތައް ރާއްޖެ ކައިރިން އިންޑިއާގެ ދެކުނުގައި ހަރަކާތްތެރިވި ނަމަވެސް އިންޑިއާ އަކަށް ނޭނގޭނެއެވެ.

އިންޑިއާ އިން ރާއްޖޭގައި ބަހައްޓާފައިވާ ތިން ރާޑަރު ސިސްޓަމަކީ ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާއި ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ބަހައްޓަން ހަމަޖެއްސި 10 ރާޑަރު ސިސްޓަމްގެ ތެރެއިން މިހާތަނަށް ބެހެއްޓިފައިވާ ތިން ރާޑަރު ސިސްޓަމެވެ. އެސިސްޓަމްތައް ބެހެއްޓުމުގެ އެއްބަސްވުން އެކުލަވާނީ ރައީސް ނަޝީދުގެ ވެރިކަމުގައެވެ. ތިން ވަނަ ރާޑަރު ބަހައްޓާ ބޭނުން ކުރަން ފެށީ 2015 ވަނަ އަހަރުއެވެ.

ކޯސްޓަސް ސަވައިލަންސް ރާޑަރު ސިސްޓަމްސްތައް ބެހެއްޓުމުގެ މަޝްރޫޢުގެ ދަށުން ބާކީ ބަހައްޓަން ޖެހޭ ހަތް ރާޑަރު ސިސްޓަމް ބަހައްޓަން މީގެ ކުރިން އިންޑިއާ އިން މަސައްކަތް ކުރި ނަމަވެސް ސަރުކާރުން އެކަމަށް އެއްބާރުލުން ނުލިބުމުން ރާޑަރު ސިސްޓަމްތައް ނުބެހެއްޓިފައިވާ ކަމަށް އިންޑިއާގެ މީޑިއާތަކުން ބުނެއެވެ.

ރާއްޖެ ކައިރިން ދަތުރު ކުރާ އުނދަގުތަކުގެ މައުލޫމާތެއް މިހާރު އިންޑިއާ އަށް ނޭނގޭ ކަމަށް އެގައުމުގެ މީޑިއާތަކުން ރިޕޯޓް ކުރި ނަމަވެސް އެމައުލޫމާތުތައް އިންޑިއާ އަށް ލިބުން ހުއްޓިފައި ވަނީ ކޮން ތާރީޚަކުން ފެށިގެން ކަމަށް ބުނެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

31 ކޮމެންޓް

  1. ާބޫސުފުޔާން

    ޢެއުލެނީމަސްހުނި މޮޑެނޮ ކޮންމެސް އެއްޗެކޭކިއާގެން ރޭޕުއިންދިއާ....

  2. ޗަލާނޭ

    މިހާރުންފެށިގެން ތިޔަ ސިސްޓަމުތައް ނަގައިހޫރާލާ. ކޮން އެއްބަސްވުމެއް އޮންނާނީ. އެއްބަސްވުމަށް އިޙުތިރާމުކުރަން ނުދަންނަ ބަޔަކަށް ނޯންނާނެ

  3. ހަރުމުދާ

    ކޮންމެހެން އެނގެން ޖެހޭތަ؟

  4. އެމް ދީދީ

    ރާއްޖެއާ ތޮޅުމުގެ އުޒުރުތަ

  5. އޭނާ

    ރާއްޖެއާ ތޮޅުމުގެ އުޒުރުތަ

  6. ޙުގައި

    ޖެއްސުންކުރަންޏާ އިތުރަށް ބަހައްޓަން ހުއްދަ ދޭނިކަމެއް ނެތް؟ އެހެންނޫނަސް ތީ އަންނި ހޭވި ހަޑިއެއްނު! އޭނަ ކައިރިއަށްދޭ ޝަކުވާކުރަން....

  7. ޅިޔަންބެ

    އިންޑިއާއިން ބެހެއްޓި ރާޑަރ ސިސްޓަމްތައް އެ ބހެއްޓި އިރުވެސް ހުރީ ފަނިކައިފަ. އެހެންވީމާ މަސައްކަތެއް ނުކުރާނެދޯ. ކޮންމެވެސަ އެއްޗެކޭ ކިޔައިގެން މިތަނަށް ގެޅިގަންނަންވެގެން ތިއުޅެނީ. އެމެރިކާއިން ވެސް ވެއްޖެ ރާޑަރ ސިސްޓަމްތަކެއް ބަހަށްޓާފަ. ޢެ ސިސްޓަމް ބަރާބަރު ދެން ކޮން ވާހަކައެއް.

  8. ދޮންދައްތަ

    ޤައުމު ކުޑަޔަސް ދިވެހި ރައްޔިތުން ކުއްޖެއް ނޫނޭ. އިންޑިޔާ ވިޔަސް ސައިޒު އޮޅުނީމާ ދިވެހި ބިމުން އެއް ކަމަކަށްވެސް ޖާގަ ދޭނެ ކަމެއް ނެތް. ދިވެހިން އިންޑިޔާއަށް ދިޔައިމާ ކުރާ ދުއްތުރާގެ ބަދަލަކަށް ތިކަން ރަނގަޅު.

  9. ވަގު ތުނޫސް

    ވަގު ތުނޫސް ހެހެހެހެހެގހެހެހެހެހެހހެރހެހެހެހރހރހރހރހރހ

  10. ވިދާދު

    އެވެސް ނަޝީދުގެ ބަލާ ބޮޑުކަމުން ވެގެން އުޅޭކަމެއް. ކީއްކުރަން އިންޑިއާގެ ރާޑަރު ބަހައްޓަނީކީ. ސައުދީ އަރަބިއްޔާ އާއި، ޗައިނާގެ ރާޑަރުތައް ބެހެއްޓީމާ މާ ރަނގަޅުވާނ.ެ. މިސްލް ހަމަލާއިން ދިފާއުވާނޭ ސިސްޓަމްތައްވެސް އުތުރުން ތުރާކުނުގަިއ ބަހައްޓަން ފެނޭ. އެހެނީ، މި އިންޑިއާ މީހުން މިހެން ކިޔަމުން ކިޔަމުންގޮސް އެންމެފަހުން ނޭނގުނީއޭ ބުނެ ރާއްޖެކައިރިން ދަތުރު ކުރާ ޗައިނާގެ އުޅަނދަކަށް މިސައިން ހަމަލާއެއްވެސް ދީފާނެ.

  11. އައިސް

    ވާއޮ

  12. ފާއިޒް

    ރާއްޖެ ސަރަހައްދުން ދަތުރުކުރާ އުޅަނދު ފަހަރު އިންޑިޔާ އަކަށް އެނގޭކަށް ނުޖެހޭ މީ މިނިވަން ޤައުމެއް މިޤައުމުގެ އަސްކަރިއްޔާއިން އެކަން ބަލާނެ

  13. ޕޮގްބާ

    ގްޑް ނިއުސް. ރާޑަރ ސިސްޓަމް އޮފް ކޮށްފަ ބަހައްޓަންޖެހޭނީ، ގޫ އިންޑިޔާ މީހުން މިހާރު ރާއްޖެ ހިފަން ޖެހިލުންވީމަ ބަހަނާ އެއް ދައްކާލީ. ދެން ލަލަލާ. ގޯ އިންޑިއާ، އިނޑިއާ ގޯ ހޯމް. ވީޑޯން ނީޑު ޔޯގާއިސް. ވީ ނީޑް ޗައިނާ

  14. ބަނޑުހިންދާ

    ބަހަނާ ދައްކަން ހަދާނެ ކަމެއް ނެތް. އާދޭ އާދޭ. ތިއުޅެނީ މިތަނަށް އަރާނެ މަގު ފަހި ކުރާކަށްނު މިއުޅޭ ޣައްދާރުން އެދޭ ގޮތަށް. އަޔަސް އަހަރުމެން ސީރާ ރާމް ގަންގާ ރާމް ނުކިޔާނަން. އާނދޮގޭ.

  15. ރުޒާނާ ޗޮއްޕަޓު

    ކީކޭ މިހާރު މިކިޔަނީ. މި ގައުމު ރޭޕް ކުރާ ހިތުން ނިކަން ވަރެއް އެބަހުއްޓެއްނު. ކަލޭމެންގެ ގައުމުގަ އާންމު ބަސްތަކުގައާއި މަގުމަތީ ކޮންމެ ދުވަހަކު ހިނގާ ރޭޕްގެ ކަންތައް އެނގޭތަ؟

  16. ޒަހުރީ

    އިންޑިޔާއައް އިންގެންޖެހޭނީ އިންޑިޔާގެ ކައިރިން ދާ އުޅަނދުތައް..

  17. މުޙަންމަދު ސަޢީދު އަލްސަޙާފް

    ސިގްނަލް ދުއްވާލަން ލަސްވެސްވެއްޖެ. ޗައިނާއަށް ފުރައްސާރަކުރުމަށް ރާއްޖޭގެ އެންމެ އުތުރުން އެއިޓްޑިގްރީޗެނެލް، މެދުރާއްޖެތެރެއިން ވަންއެންޑްހާފްޑިގްރީޗެނެލް އަދި ދެކުނުން އިކުއިޓޯރިއަލް ޗެނެލް ނުވަތަ ޒީރޯޑިގްރީ ޗެނެލް ބަންދުކޮށް ޗައިނާގެ އުޅަނދުތައް ޑިއެގޯގާސިއާ ފުރަގަހުން ދުނިޔޭގެ އަނެއް ބިތައް ދަތުރުކުރަން މަޖުބޫރު ކުރުވަން ޖެހިމަޅީގެ ފުރަތަމަ މަރުޙަލާ އަކީ މިރާޑަރ ތައް. މިހާރު ހއ.އުލިގަމުންނާއި މެދުމާލެ އަދި އައްޑުއަކުން ސިގްނަލެއް ނުލިބޭނެ. އިންޑިޔާގެ އިކޮނޮމިކް ވޯފެއަރ ތެރެޔަށް ރާއްޖެވައްދަން އުޅޭނެކަމެއްނެތް. ޖިއޯޕޮލިޓިކްސްގައި ބޮޑުބިޔަ އިންޑިޔާ އަށް ވުރެ މިމަސްވެރި ރާއްޖެ މާޚުޝިޔާރުވާނެ. ރާޑަރތައް ހަރުކޮށްގެން އިންޑިޔާގައި ތުއްތުކުދިން ރޭޕްކުރާމީހުންނާއި ފާރުބުޑަށް ފަހަރުވާ ލަމުންދުވާ ވަޒީރުންގެ ނުޚުރުޖު ފަރާތް ބެލިއްޔާ މާތާހިރުވާނެ. ވަރަށް ސަލާމް.

  18. މަލިކައްޑޫ

    ތަންކޮޅެއް ދުރުގައި އޮތް ގައުމެއްގައި، އަމިއްލަ ރާޑަރު ސިސްޓަމެއް ބެހެއްޓުމަށް ވުރެ. ގައުުގެ އެތެރޭގައި ރޭޕު ކުރާ ޢަދަދު ކޮންޓުރޯލް ކޮށް މަދު ކޮއްލުން މާ ރަނގަޅުވާނެ،

  19. ކައުންސެލަރު

    ބަލަ މިހާރު ނަސީދަށް ރާއްޖޭގެ އިސްތިގުލާލަކާ އަނެކައްޗަކާ އެނގެނީ!؟ ދެން 2015 ވަނަ އަހަރޯ؟! އިންޑިޔާއިން ޖެހޭތަ ރާއްޖޭގައި ރާޑަރުހަރުކޮށްގެން ގަނޑުގަންނަން؟ ބަލަ މީ މިނިވަން ޤައުމެކޭ؟! ކަލޭމެން ހުއްދަދޭނަންތަ އަހަރުން އިންޑިޔާގައި ރާޑަރާ އޭއްޗަކާ މީއްޗަކާ ހަރުކޮށްގެން އެތަކެތީގެ ބޭނުންކުރަން. 2015 ވަނަ އަހަރު ވެރިކަންކުރީކާކު؟ ކޮބާ ލަދު؟

  20. ބަދިވި

    މުޅިގައުމު އިންޑިޔާއަށް ވިއްކާލަން ނަޝީދު މަސައްކަތް ކޮށްފަ އޮތީ. އަދި މިގައުމު ހަލާކުކޮށް ނެތިކޮށްލަން ކެޑިނޭޅި ނަޝީދު މަސައްކަތް ކުރޭ. މިގައުމުގެ ހެވާއި ލާބަޔަށް މަސައްކަތްކުރާ މީހެއްނޫ ނަޝީދަކީ

  21. ޗިއްލޫ

    ތިޔަރާޑަރުތައް ބެހެއްޓިޔަދީގެންނުވާނެ! ސޮނިބެ މިރާއްޖެ އިންޑިޔާއަށް ވިއްކާލަން ހަދާވަރެއްކުރިޔޭދޯ؟؟؟

  22. ހުސެން

    ތިހުއްދަދިން ބަޔަކު ތިކަން ކޮއްފަތިއޮތީ ޑީލެއްގެ ދަށުން. ޢެހެންވެ އެމީހުން އެވަރައްއެތެޅެނީ. ވަގުން ބާރައްފޮށޭނެ.

  23. އިބްރާ

    އެއުޅެނީ ކޮންމެވެސް ބަހަނާއެއް ދައްކައިގެން ރާއްޖެ ރޭޕްކޮށްލަން.

  24. އިބްރާ

    އަންނި ތިއޮތީ އިންޑިއާއަށް ރާއްޖެ ވިއްކާލަން މަސައްކަތްކޮށްފައި މިހާރުވެސް. އަބަދުވެސް އަޅުގަނޑު މި ދަންނަވަނީ އަންނިއަކީ އިންޑިޔާގެ އެޖެންޓެކޭ.

  25. އއ

    ތިޔަހެން ވާހަކަދައްކައިގެންވެސް އިންޑިޔާ ތިޔަވަނީ ބޭޒާރެވެ. މިހާރު ދުނިޔޭގެ ތަރައްޤީވެފައިވާ ޤައުމުތަކުން ތިޔަހެން ރާޑަރު ބަހައްޓައެއް ނުހަދައެވެ. އެމީހުންގެ ޓެކްނޮލްޖީގައި ޖައްވަށް ސެޓެލައިޓް ފޮނުވައިގެން އޭގެން ހުރިހައިއެއްޗެއް ބަލައިހަދައެވެ. އިންޑިޔާއަކީ ތިންވަނަދުނިޔޭގައިވެސް އެންމެ ފުލުގައި އުޅޭ ގައުމެކެވެ. އިންޑިޔާއަކަށް ދެން ރާއްޖެ އަތެއްނުވާނެއެވެ. ހަގީގަތުގައި ޖެހިގެން މިއުޅޭ މައްސަލައަކީ މިއެވެ. އެވެރިން އަދިވެސް އުޅެނީ ރާއްޖޭގައި ޓާޓާގެ އިންވެސްޓްތަށް އިތުރުކުރާށެވ.ެ ޓާޓާއިން އެޅި ފްލެޓްތަށް މިހާރުވެސް އެހެރީއެވެ. އެއަށްވުރެ ފެންވަރުދައް ތަނެއް ރާއްޖޭގައި ނެތެވެ.

  26. ކެޔޮޅު

    ކީއްކުރަން އިންޑިއާ ބަލަނީ ނުޖެހޭ ބަލާކައް

  27. އަލީ

    ކޮބާވިސާ އެއްބަސްވުން

  28. ކެރީ

    ފޭކް ކަރަޕްޓް ޕްރޮޖެކްޓް އެއީ ...

  29. 333

    ބަލަގަ ރާޑަރ މަސައްކަތްނުކުރިއަސް ބޭނުންވާ ވާހަކަ ދައްކަން އެނގޭދޯ އިންޑިޔާ ގަމާރުންނަށް. މިއަދުތަ ތިކަމެއް އެނގުނީ،،،،ފކ ކިޔާބަލަ ރޭޕޭ

  30. ޖަމީލު

    ރާއްޖޭކައިރިން ދަތުރުކުރާ އުޅަނޑުގެ މަޢުލޫމާތު ދިވެހިސަރުކާރަށް ގުޅައިގެން ކަލޭމެން މަޢުލޫމާތު ހޯދާ، މިތާ ތިޔަ ސިސްޓަމްތަކެއް ބަހައްޓާނެ ކަމެއްނެތް

  31. އެދުރު

    ނަސީދު ވެރިކަމުގައި ހުރިނަމަ މިޤައުމު މިހާރު އޮންނާނީ އިންޑިއާއަށް ވިއްކާލާފަ، ރާޑަރު ބަހައްޓާބަލަ އަމިއްލަ ޤައުމުގަ، އެހެން ނޫނަސް ތި ހުންނާނީ ރަގަޅަށްވިއްޔާ ހަލާކުވެސްވެފަ، ނަސީދަށް ހެޔޮނުވާނެ މިގައުމުގެ ވެރިކަން ދޭން، އެމްޑީޕީންވެސް ވެއްޖެއެންނު ތަންކޮޅެއް ހޭޖެހޭ އިސްލާމްދީނާ ދިވެހި ޤައުމު ދެކެ ލޯބިވާ މީހަކު ޕާޓީގެ ވެރިޔަކަށް އިސްކުރަން