ކުރީގެ ޑިފެންސް މިނިސްޓަރ އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމްގެ ގެއިން ފިސްތޯލެއް ފެނުނު މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފުލުހަށް ހާޒިރުކޮށްފިއެވެ.

"ވަގުތު" އަށް މައުލޫމާތު ދެއްވަމުން މުއުތަބަރު ފަރާތަކުން ވަނީ މީގެ ހަފްތާއެއްހާ ދުވަސް ކުރިން އަދީބު ފުލުހަށް ހާޒިރުކޮށް އެކަމާއި ގުޅޭގޮތުން ސުވާލުކޮށްފައިވާކަން ކަށަވަރުކޮށްދެއްވާފައެވެ.

2015 ވަނަ އަހަރުގެ ތެރޭގައި ނާޒިމް ދިރިއުޅުއްވަމުން ގެންދެވި ގޭގެ ކޮޓަރީގެ ތެރެއިން ވަނީ ފިސްތޯލަކާއި އެކު ތިން ވަޒަނާއި ޕެންޑްރައިވް އެއް ހޯދާފައެވެ.

އެ މައްސަަލަ އާއި ގުޅިގެން ސުޕްރިމް ކޯޓުން ނާޒިމްގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކުރި ހުކުމާއި ގުޅިގެން ފުލުހުން ވަނީ އަލުން އެމައްސަަލަ މިދިޔަ އަހަރުގެ ތެރޭގައި ތަހުގީގުކުރަން ފަށާފައެވެ.

ސްޕްރީމް ކޯޓުގެ ހުކުމުގައި ބުނެފައިވަނީ، އެ މައްސަލައިގައި ބަޔާން ދީފައިވާ ފާރާތްތަކުގެ ބަޔާންތަކަށް ބަލާއިރު، ފުލުހުންގެ ޓީމު ނާޒިމްގެ އެޕާޓްމަންޓަށް ވަތްއިރުވެސް ދަބަހެއް އޮތްކަމަށް ބުނެފައިވާއިރު، އެ ދަބަހުގައި އެއްޗެއް އޮތްތޯ ނުވަތަ ނޫންތޯ ނާޒިމަށް ނުވަތަ ނާޒިމްގެ އަނބިކަނބަލުންނަށް ނުވަތަ އެގޭގައި ދިރިއުޅޭ އިތުރު އެއްވެސް މީހަކަށް ދައްކާފައިވާކަން ސާބިތު ކޮށްދެވިފައި ނުވާ ކަމަށެވެ.

ފުލުހުން ވަނީ އެ ފިސްތޯލުން އަދީބުގެ ޑީއެންއޭ ފެނިފައިކަން ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރޯނު އެދުރު

    ތިޔަ މައްސަލައިގަ އަދީބުއާއި ސުވާލުކުރާކަށް ނުޖެހޭނެ. ތިޔަ މައްސަލައިގަ މިހާރު ފުރަތަމަ ސުވާލުކުރަން ޖެހޭނީ ސީންއަށް ދިޔަ ފުލުހުންނާ. މީ ހަކުބުނެގެންނަމަވެސް ކުރިކަމެއް ކުރީ އެމީހުން. އެމީހުން ކުރި ތަހުޤީގައް ދައުވާކޮށް ހުކުންކުރީ. މި އޮތީވާ ދުނިޔެއް. ބޯހަލާކު

  2. ޑައެލޯގް

    ތިޔަކަންވެސް ދެންތިއުޅެނީ ޔާމީނުގެ ބޮލަށްކަޑާލާށެވެ.

    13
    1