ޔޫރޯ މާކެޓިން ޕްރައިވެޓް ލިމިޓެޑުން ލެޕްޓޮޕެއް ވަގަށް ނެގި މީހަކު ހޯދުމަށް ފުލުހުން ވިޑިއޯއެއް އާންމުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ އެ ވީޑިއޯ އިން ފެންނަ މީހާއަކީ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ ޔޫރޯ މާރކެޓިންގ ޕްރައިވެޓް ލިމިޓެޑްގެ އޮފީހުން ލެޕްޓޮޕެއް ވަގަށް ނެގި މައްސަލައަކާ ގުޅިގެން ހޯދަމުންދާ މީހެކެވެ.

ފުލުހުން ވަނީ މިމީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅައިގެން ހިއްސާ ކުރުމަށް އެދިފައެވެ.

އަދި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މި ފުރުސަތުގައި ފާހަގަކޮށް ޝުކުރު ދަންނަވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ފަހަކަށް އައިސް ރާއްޖޭގައި ވައްކަން ކުރުން ވަނީ އާންމު ކަމަކަށް ވެފައެވެ. ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި އެފަދަ ފަރާތްތަކުން ދެވަނަ ފަހަރަށް އެކަން ތަކުރާރު ކުރަނީ ކަމާއި ބެހޭ އިދާރާތަކުން އެންމެ އެދެވޭ އަދަބު ދެމުން ނުދާތީ އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މަލީ

    ޗާޖަރުވެސް ނުލާ ދިޔައީ 😭ދެން ތިމޮޑެލްގެ ޗާޖަރު ގަންނަން ދޭތޯ ބަލަ ބަލަ ތިބޭ... މާސްކު އަޅައިގެން ހުރި މީހެއް ދެނެގަންނާނީ ކިހިނެއް