ހއ. ހޯރަފުށީގެ ދެމަފިރިއެއްގެ ދެމެދުގައި ހިނި މާރާމާރީއެއްގައި އަންހެންމީހާ އަށް އަނިޔާވެ ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.

"ވަގުތު" އަށް މައުލޫމާތު ދެއްވަމުން ހޯރަފުށީ ކައުންސިގެ ނައިބު ރައީސް އިބްރާހިމް ޝާކިރު ވިދާޅުވީ ރޭގެ ވަގުތެއްގައި ދެމަފިރިއެއްގެ ދެމެދުގައި ހިނގި މާރާމާރީއެއްގައި އަންހެން މީހާ އަށް އަނިޔާވެ ދިއްދޫ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.

"ރޭ މިރަށުގެ ދެމަފިރިއެއްގެ ދެމެދުގައި މާރާމާރީއެއް ހިނގާ އަންހެން މީހާ އަށް އަނިޔާވެފައިވާ ކަމަށް ވަނީ. މިހާރު އަންހެން މީހާ ވަނީ ދިއްދޫ އަށް ގެންގޮސްފަ ފަރުވާ ދިނުމަށް" ޝާކިރު ވިދާޅުވިއެވެ.

އަދި މައްސަލައިގެ ބާވަތުން އިތުރު މައުލޫމާތު ހާމަކުރެވެން ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

ޖެންޑާ މިނިސްޓްރީ އިން ދެންމެއަކު ކުރި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ހޯރަފުށީގައި އަންހެނަކަށް ގެވެށި އަނިޔާ ކުރި މައްސަލަ އަންނަނީ ކަމާއި ގުޅުންހުރި ފަރާތްތަކާއި އެކު ބަލަމުން ކަމަށާއި، މި މައްސަލާގައި އަނިޔާވި މީހާއަށް މިހާރު އަންނަނީ ފަރުވާ ދެމުން ކަމަށެވެ.

އަދި މި މައްސަލާގައި އަނިޔާ ލިބުން ފަރާތުގެ ކުދިންގެ ރައްކާތެރިކަން ކަށަވަރުކޮށްފައިވާކަމަށް ވެސް އެމިނިސްޓްރީ އިން ކުރި ޓްވީޓުގައި ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އާދަނުބެ

    ގެވެށިއަނިޔާއަކީ ވަރަށް ހިތާމަހުރި ކަމެއް. އެންމެ ބޮޑަށް އެހީއާއި އަޅާލުން ބޭނުންވާ ބައިވެރިޔާއަކީ އަނިޔާވެރިއެއްކަމުގައި ވެއްޖެނަމަ ދިރިއުޅުމުގެ މަގުޞަދުގެއްލުނީ. އަނިޔާ ކުރުމަކީ އެއްވެސް މީހަކަށް ލިބިގެންވާ ހައްގެއްނޫން. ރީތި ގޮތުގައި ދިރިއުޅެވެން ނެތްނަމަ، ރީތި ގޮތުގައި ވަކިވުމަކީ އެންމެ ރަނގަޅުގޮތް. ދެމަފިރިންގެ ދެމެދުގައި އަތް އިސްކުރާމަންޒަރު ދަރިންނަށް ފެނުމަކީ އެކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށްވެސް ލިބޭ ފޫނުބެދޭނެފަދަ ގެއްލުމެއް.
    އަތް އިސްކުރަނީ ބުއްދި އިސްކުރަން ނޭންގޭތީ ނުވަތަ އެކަމަށް ނުކުޅެދުމުން. މިކަމުގެ ހައްލެއްގެ ގޮތުން، ސުކޫލުތަކުގެ މަތީ ދަރިވަރުންނަށްވެސް މިބާވަތުގެ ޢިލްމާއި ހުނަރު ފޯރުކޮށްދޭންޖެހޭ. އަދި ކައިވެރި ކުރުމުގެ ކުރިން މިފަދަ ތަމްރީނުތައް ދިނުމާއި، ކައިވެނީގައި ޖެހޭ މައްސަލަ ހައްލުކުރުމަށް އެހީވެދޭނެ ކަންކަން މި މުޖުތަމައުގައި އިންތިޒާމުވެފައި ހުރުން ވަރަށް މުހިންމު. ރާއްޖޭގެ އާއިލާތައް ވަރަށް ނާޒުކު ކަން ހިތާމައާއިއެކު ފާހަގަ ކުރަން

    39
    2