ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ގެސްޓް ހައުސް ވިޔަފާރި ކުރަމުން އަންނަ ކ. މާފުށިން ފަތުރުވެރިއަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

"ވަގުތު" އަށް މައުލޫމާތު ދެއްވަމުން މާފުށީ ކައުންސިލްގެ ނައިބު ރައީސް ނަޝީދާ އާދަމް ވިދާޅުވީ، މިއަދު އެރަށުގައި ހުރި ފަތުރުވެރިއަކު ކޮވިޑް-19 އަށް ފައްސިވެފައިވާކަމަށް އެޗްޕީއޭ އިން އަންގާފައިވާ ކަމަށެވެ.

އަދި މިކަމާއި ގުޅޭ އިތުރު މައުލޫމާތު ސާފުވެފައި ނުވާ ކަމަށާއި، މިހާރު ދަނީ އެމީހާގެ ކޮންޓެކްޓު ޓްރޭސިން ހަދަމުން ކަމަށް ނަޝީދާ ވަނީ ވިދާޅުވެފައެވެ.

"ކައުންސިލުން މިހާރު އަންނަނީ ފަތުރުވެރިއަކު ފައްސިވުމާއި އެކު އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން. އަދި މި ވޭދަނަ އާއި ބެހޭ އިތުރު މައުލޫމާތެއް ސާފުވެފައެއް ނެތް" ނަޝީދާ ވިދާޅުވިއެވެ.

ރާއްޖޭގެ ގެސްޓް ހައުސްތައް ފަތުރުވެރިންނަށް ހުޅުވާލީ އޮކްޓޯބަރު 15 ވަނަ ދުވަހުއެވެ. މާފުއްޓަކީ ގެސްޓުން ގެންދިއުމަށް އެންމެ ފުރަތަމަ ހުއްދަ ދިން ރަށްތަކުގެ ތެރެއިން ރަށެކެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އެމްޑީޕީ

    ނަޝީދު ބޭނުންވެގެން އުޅުނުގޮތް ތިވީ ދެން. ހަމަ ރީތިކޮށް ރައްޔިތުން ހަމަޖެހިލައިގެން ކޮން ބޭނުމަކު ކޮން ކަމެއް ހާސިލްކުރަންބާ ގެސްޓުން ގެނައީ މި ދަނޑިވަޅުގަ. ޙަމަ ސީދާ މާފުށީގެ ވިޔަފާރި ވެރިންނަށް ފައިދާ ކުރުވުމުގެ ނިޔަތުގެ. ގެސްޓުން އައީ އޭ ކިޔާފަ ގެސްޓު ހޮޓާ ތަކަށް ވަޒީފާއަށް ނެރުނީ ދެތިން މީހުން. ވަޒީފާ ގެއްލިފަތިބި މީހުން ހަމަ އެހާލުގަ. ބލއއ

  2. ދެބައިކުޅަ

    މާފުސީގައި ބައެއް ގެސްޓުން މާސްކުނާޅާ އުޅޭ. ގިނަ ދިވެހިންވެސް އުޅެނީ މާސްކުނާޅާ. އެކަމަށް އެއްވެސް ފިޔަވަޅެއްނާޅާ

  3. މަގޭ ޚިޔާލު

    އެޗްޕީއޭ އިން ބުނެފައޮތީ ނެގެޓިވް ރިޕޯރޓެއް އޮތިއްޔާ އޯކޭ އޭ.އެކަމަކު ދިވެއްސެއްނަމަ ކަރަންޓީނު މަޖުބޫރު. ސާބަހޭ އެޗްޕީއޭ

    • ދިވެއްސެއް

      މިގައުމުގަ ހުރިހާވެސް ބަޔަކީ ފަތުރުވެރިން. އާންމުންގެ ފުރާނަ މުހިންމެއްނުވިތާ.. ފައިސާ.ފައިސާ..ކީއްކުރާ ކޮންޓެކްޓް ޓުރޭސިންއެއްތަ؟ މާފުށީ ކަރަންޓީނަށްލާ ރައީތުންނަށް ދަތިކުރޭ. (މިނިވަންކަން ފަތުރުވެރިންނަށް- ބިރުވެރިކަން ރައީތުންނަށް.) މީ ވަރަށް ވާހަކަ