ރާއްޖޭގެ އެންމެ ފެންވަރު ރަނގަޅު އެއް އަމިއްލަ ކޮލެޖެއް ކަމަށްވާ، އެވިޑް ކޮލެޖުގެ ޗެއާމަން އަބްދުﷲ މުސްތާގު ރަޝާދަށް ސްޓްރޯކެއް ޖެހިގެން ފަރުވާ ދީފިއެވެ.

މުސްތާގަށް ސްޓްރޯކެެއް ޖެހިގެން ފަރުވާދެމުން ގޮސްފައި ވަނީ އައިޖީއެމްއެޗް ހޮސްޕިޓަލްގެ އެމާޖެންސީ ރޫމްގައެވެ.

އޭނާއަށް ސްޓްރޯކެއް ޖެހުނީ ރޭގެ ވަގުތެއްގައެވެ.

"ވަގުތު"އަށް މައުލޫމާތު ދެމުން މުސްތާގު ވިދާޅުވީ، އޭނާއަށް ސްޓްރޯކެއް ޖެހުނީ އަލަށް ކަމަށެެވެ. ސްޓްރޯކް ޖެހުނީ ރޭ 12:00 ހާއިރު ކަމަށާއި، މިހާރު ހާލު ރަނގަޅު ކަމަށްވެސް މުސްތާގް ވިދާޅުވިއެެވެ.

އޭނާ ވިދާޅުވީ، ސްޓްރޯކެއް ޖެހުމާއި ގުޅިގެން ޑޮކްޓަރުންގެ ލަފާގެ މަތިން އިތުރުފަރުވާއަށް މިހާރު ރާއްޖެއިން ބޭރަށް ފުރުމަށް ނިންމާފައިވާ ކަމަށެވެ.

އެވިޑް ކޮލެޖަކީ ރާއްޖޭގައި ހިންގާ އެންމެ ބޮޑު އަމިއްލަ އެއްކޮލެޖެވެ.

މިހާރުވެސް އެވިޑް ކޮލެޖްގައި އެކިއެކި ކޯސްތަކުގައި ދެހާހަށްވުރެ ގިނަ ދަރިވަރުން މަތީ ތަޢުލީމު ހާޞިލްކުރަމުންގެންދެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ދަރިވަރު

    ގެޓް ވެލް ސޫން ސަރ!

  2. Anonymous

    އަވަސް ޝިފާ މިންވަރު ކުރައްވާށި އާމީން.

    15
  3. ާއައިސާ

    އަވަސް ޝިފާއަކަށް އެދެން

    14
  4. ޢަފްލާ

    ޢަވަސް ޘިފާއަކަށް އެދެން