އައްޑުއަތޮޅާއި ފުވައްމުލަކު އަތޮޅު، ބަޔޮސްފިޔަރ ރިޒާވްގެ ގޮތުގައި ޔުނެސްކޯ އިން ކަނޑައަޅައިފިއެވެ.

އައްޑުއަތޮޅާއި ފުވައްމުލަކު ޔުނެސްކޯގެ ބަޔޮސްފިއާ ރިޒާވްއެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ޔުނެސްކޯއިން މިހާރު ކުރިއަށް ގެންދާ އިންޓަނޭޝަނަލް ކޯޑިނޭޓިން ކައުންސިލް އޮފް ދަ މޭން އެންޑް ދަ ބަޔޮސްފިއާ ޕްރޮގްރާމްގައެވެ.

އެންވެރޮމެންޓް މިނިސްޓަރ ޑރ. ހުސައިން ރަޝީދު ހަސަން ރަޝީދު ވަނީ އެކަމަށް މަރުހަބާ ވިދާޅުވެ ޓްވީޓް ކުރައްވާފައެެވެ.

ރައީސް އޮފީހުން ކުރިން ވިދާޅުވީ، މި ދެ އަތޮޅަކީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރެވޭ، ބަޔޮސްފިއަރ ރިޒާވެއްގެ ގޮތުގައި ކަނޑައެޅުމަށް ޔުނެސްކޯއަށް ފޮނުވުމުގެ އެންމެބޮޑު ބޭނުމަކީ ދެމެހެއްޓެނިވި ގޮތުގައި ދިރޭތަކެތީގެ ބޭނުން ހިފުމުގައްޔާއި ދެމެހެއްޓެނިވި ތަރައްޤީ ގެނައުމުގައި ޔުނެސްކޯގެ ބަޔޮސްފިޔަރ ރިޒާވް މޮޑެލްއަކީ ތިމާވެށީގެ، އިޖްތިމާއީ އަދި އިޤްތިޞާދީ ގިނަ ފައިދާތަކެއް އެކުލެވިގެންވާ މޮޑެލްއަކަށް ވާތީ ކަމަށެވެ.

އެގޮތުން މި ދެ އަތޮޅު ބަޔޮސްފިޔަރ ރިޒާވްގެ ގޮތުގައި ހަމަޖެހުމާއެކު މިދެ އަތޮޅުގައި މިހާރު ހިމާޔަތްކޮށްފައިވާ ސަރަޙައްދުތަކުން ލިބޭ އިގްތިސާދީ ފައިދާ އިތުރުވުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށް ރައީސް އޮފީހުން ކުރިން ވިދާޅުވިއެވެ.

މި ދެ އަތޮޅު ބަޔޮސްފިޔަރ ރިޒާވްގެ ގޮތުގައި މިއަދު ކަނޑައަޅާފައިވާއިރު، ބަޔޮސްފިޔަރ ރިޒާވެއްގައި ހިމެނޭ ސަރަހައްދުތައް ބެހިފައި ވަނީ މައިގަނޑު ތިން ބަޔަކަށެވެ. އެއީ ކޯ އޭރިޔާ، ބަފަރޒޯން އަދި ޓްރާންޒިޝަނަލް ނުވަތަ މަލްޓި ޔޫޒް އޭރިޔާއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ސސ

  މޮޔައިން ކުރާކަންކަން ތިޔަކަމުން އައްޑޫ މީހުނަށް ގެއްލުން ލިބުން ނޫންކަމެއް ނޯނާނެ ! މޮޔަވިޔަސް ބޮޑުވަރު!

  7
  13
 2. ބަކަރި

  ބަޔޮސްފިޔާއެއް އެޓްމޮސްފިއާރ އެއް ނޯންނާނެ. އިސްތިއުފާ

 3. ފައިދާވާނެ

  އައްޑޫ ގޫފާލި އަތޮޅުން މީހުން ހުސްކޮށް މިލިޓަރީ އަށް ދޭން ފެނޭ.

 4. ކާލި

  ބަލަގަ މީހުން ދިރިއުޅޭ ތަންތަނަކީ ބަޔޮސްފިޔާ އާއި މާފެޔާޔާ ހަދަންޖެހޭ ތަނެއް ނޫން ކަން މިމޮޔައިން ނަށް ނޭގޭ ކަމީ މޮޔަކަން !

 5. ސައްލި

  ޔުނެސްކޯ މީހުން ދިރާސާ ހަދަން އެ ދެއަތޮޅު ހުސައިން ރަޝީދު ވިއްކާލީ ނުންތޯ ރީތި ނަމެއްކިޔާއިގެން !