ރާއްޖޭގައި ހުންނަވައިގެން އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ ޗައިނާއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.

ޕޮމްޕެއޯ ޗައިނާއަށް ފާޑުވިދާޅުވެފައި ވަނީ، އޭނާ ރާއްޖެ ވަޑައިގެން ދެގައުމުގެ ދެމެދުގައި ކުރެވުނު މަޝްވަރާތަކަށް ފަހު މިއަދު ހަވީރު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ބޭރުގެ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޕޮމްޕެއޯ ވިދާޅުވީ، މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ދުނިޔެ ގުޅިގެން މަސައްކަތް ކުރަން ޖެހުނު ނަމަވެސް، ބައެއް ގައުމުތަކުން ބައިނަލްއަގްވާމީ ތިމާވެށި ހިމާޔަތް ކުރުމުގެ އެއްބަސްވުންތަކުގައިވާ ކަންކަމާއި ހިލާފަށް އަމަލު ކުރަމުން ގެންދާ ކަމަށެވެ.

މިސާލެއްގެ ގޮތުން ޕޮމްޕެއޯ ނެންގެވީ ޗައިނާގެ ކުންފުނިތަކުން އަމަލު ކުރަމުންދާ ގޮތްގޮތަކެވެ.

މިގޮތުން ތިމާވެއްޓަށް ބެލުމެއް ނެތި ކުނި އެޅުމާއި، ގާނޫނާ ހިލާފަށް މަސް ބާނަމުންދާ ކަމާއި، ދުނިޔޭގެ އެެހެން ގައުމަތަކުގެ ކަނޑުގެ އިގްތިސާދީ ސަރަހައްދުން މަސް ބާނައި، އެ ގައުމުގެ އިގްތިސާދަށް ގެއްލުންވާ ގޮތަށްވެސް ޗައިނާގެ ބައެއް ކުންފުނިތަކުން އަމަލު ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

"އެމެރިކާއަކީ ޗައިނާއަކީ އަދި ޗައިނާއާ މުޅިން ތަފާތު ގައުމެއް. އެމެރިކާއިން ގައުމުތަކުގެ އިގްތިސާދީ ހާލަތަށާއި، ސިޔާދަތަށް ބައްލަވާނެ، ދުނިޔޭގެ ތިމާވެއްޓަށް ކުރާ އަސަރުތަަކަށް ވިސްނާނެ". އޭނާ ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

29 ކޮމެންޓް

  1. ބަކަރި

    މީނަ އައިމަވެސް އެކަމުގެ ނޮހޮރުއްޕާން ޖެއްސީ ރައްޔިތުންނަށް. މަށަށް މިހުރީ ގެއަށް ނުދެވިފަ. މި ސަރުކާރު އައިފަހުން ރައްޔިތުންނަށް ޖައްސަން އެނގެނީ ބަލާވެރިކަން

    99
    3
  2. ސިކުނޑި

    އަފްގާނިސްތާން އިރާގު ލީބިޔާއަށް ބަލާލީމަ އެކަން އެނގޭ އެންމެނަށްވެސް! ގައިންތާހިރުނުވާ މީހުން ދައްކާ ވާހަކަ ނޫހުގައި ލިޔާތީ އަހަންނަށް ދެރައީ!

    91
    2
  3. ޑރ. ރާމީ ޙަސަން މަނިކު

    ޕޮމްޕެއޯ އަކީ ހިތްޕުޅުގައި އޮންނައެއްޗެއް ފޮރުއްވަވާ ބޭފުޅެއް ނޫން. މިގޮތުން ކޮރޯނާ ވައިރަސް އަކީ ޗައިނާ އިން ޤަސްތުގައި ލެބޯޓަރީ ގައި ތައްޔާރުކޮށް، ދުނިޔެއަށް ދޫކޮށްލި ވައިރެސް އެއް ކަމުގައިވެސް ވަނީ ވިދާޅުވެފައެވެ.

    7
    70
  4. ޢެ

    ޢެހެންވެ ދޯ
    ޢިރާގު
    ލީބިޔާ
    ޢަށް
    ޢެރީ

    120
    2
    • ާއަސޭލަރ

      ދެން ރާއްޖެ

      27
  5. މަބޭ

    ޢެމެރިކާއިން ތިމާވެއްޓައްދޭއަހަމިޔަތު ެިންގިގެންދާނެ ސީއެންއެން އާއިހަބަރުފަތުރާ ވަސީލަތަތަކުން ގެނެސްދޭ ހަބަރުތަކުން އެމެރިކާއިންކުރާކަންކަންފޮރުވާ އެހެންގައުމުތަކުގެބޮލުގަ ކަންކަން އެޅުވުންމީ އެމެރިކާގެ ޒަމާންވީ ފަލްސަފާ

    66
    1
  6. ޑައެލޯގް

    އެމެރިކާ ބަލާތީދޯ އިސްލާމީ ހުރިހައިގައުމެއް ޑިމޮކްރަސީނަމުގައި ފުޑަމުންތިދުވަނީ، އިރާގުގައި ކެމިކަލް ހަތިޔާރުހުއްޓޭކިޔާ އިރާގު ދުއްވާލީ، ކޮބާ ލީބިޔާ، މިސްރު، ފަލަސްތީނު، އީރާނު، އަފްޣާނިސްތާން މިހެންގޮސްބައިވަރު އެމެރިކާއާއި ޔަހޫދީންގެ މިސަރަހައްދުގެ ބައިވެރިޔަކީ އިންޑިއާ އެހެންވެ ތިއުޅެނީ

    66
    1
  7. ނޯ ފޮ ސޯފާ އެގްރިމެންޓް

    ތިމާވެށީގެ ވާހަކަ ދައްކަންވެސް އެމެރިކާ މާތާހިރެއް ނޫން. ދުނިޔޭގެ ޖައްވަށް އެންމެ ގިނައިން ވިހަ ގޭސް ބޭރުކުރަނީ އެމެރިކާގެ ކުންފުނިތަކުން.

    68
    2
  8. އިންސާފު

    ކަލޭ މިގައުމުން ފައިބަން އުޅޭ.

    107
    2
  9. ގައުމީ ލޯބި

    ރާއްޖޭގެ ފަސްގަނޑަކީ އެމެރީކާ ބޭނުން ގޮތަކަށް ބޭނުން ކުރެވޭތަނަކަށް ނަހައްދަވާ..!

    އޭނާގެ ރަށުގައި ހުރެ ބޭނުން ވާހަކައެއް ދައްކަވާ..!
    މިއީ ބޮޑު ދެބާރުގެ ދެމެދުގައި ތާށިވާން ރަގަޅު ފުރުސަތެއްވެސް ނޫން އަދި އަހަރުންގެ އެފަދަ ޤާބިލު ކަމެއްވެސް ނެތް..

    އެއީ ވަކިފަރާތަކަށް ނުޖެހޭ ސިޔާސަތަކީވެސް.. ވީމާ، ފޮރިން އިން އޭނާގެ ވާހަކަ އަކީ ދައުލަތުގެ ބަސް ނޫންކަމަށް ބުނަން ޖެހޭ..

    54
  10. ހަސަން

    އޯޒޯން އެއްބަސްވުމުގައި ވެސް ސޮއިނުކުރީ އެމެރިކާ ކޮންހާ ބޮޑެއް ކަނޑާކަށް..

    98
    1
  11. އެކްޓަރ

    ނޮވެމްބަރ 3 ގައި އޮންނަ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީ ބަލިވެ ޕޮމްޕޭމެން ފުއްޕުން ހުއްޓި ދުނިޔެ ހަމަ މަގަށް އެޅޭނެ. ގުދުސްއަށް އެމެރިކާގެ އެމްބަސީ ބަދަލުކޮށް ފަލަސްތީނު ފޭރެން ކުރާ މަސައްކަތުގެ މިހާރުގެ އާރކާޓީގައި ޕޮމްޕޭ ހިމެނޭ.... ރާއްޖެއާއި އެމެރިކާއި އެއްވެސް އިރަކު ނުތަނަވަސްކަމެއްނެތް. ތިމާވެށީގެ ވާހަކަ ދައްކާއިރު ޕެރިސް އެކޯޑުން އެމެރިކާވަކިވެ ތިމާވެށި ހަލާކު ކުރާ ޤައުމެއް. ޓުރަމްޕް އެންމެފަހުން ވަނީ އިންޑިއާ އަށްވެސް ހަޑިބަސްތައް ބުނެފަ.

    43
    • ފރީދު

      މުސްލިމުންނަށް ގޯނާކޮށް ޔަހޫދީންނަށް އެހީތެރިވުމަކީ ރިޕަބްލިކަންވިޔަސް އަދި ޑިމޮކްރަޓިކް ޕާރޓީވިޔަސް އެމެރިކާއިން ގެންގުޅޭނެ އުސޫލު. ތަފާތަކީ ޑިމޮކްރަޓުން އެމްބަސީ ހުޅުވަން އެމީހުންގެ ވެރިކަންތަކުގަ ފަސްޖެހުން. އެމްބަސީ ރިޕަބްލިކަނުން ހުޅުވީމަ ހަމަ އެމަގުން ޑިމޮކްރަޓިކް ދާނީ އެ ތަރައްގީ ކުރަމުން.
      ރިޕަބްލިކަން: މޫސުމަށް އަންނަ ބަދަލަކީ އަހަރެމެން ގަބޫލު ކުރާ އެއްޗެއްނޫން.
      ޑިމޮކްރަޓިކް: މޫސުމަށް ބަދަލު އާދޭ. ފިޔަވަޅު އެޅުން މަޖުބޫރު. އެކަމަކު އަޅަންޖެހޭ ފިޔަވަޅެއް ކޮންގްރެސް އާއި ސެނެޓަކުން ފާހެއް ނުވާނެ. ވިޔަވެސް ނުދޭނެ.
      ރިޕަބްލިކަނަށް ވެސް ހަރަދު ކުރަނީ ޒައަނިސްޓް ގްރޫޕްތައް. ޑިމޮކްރަޓިކަށްވެސް ޒަޔަނިސްޓް ގްރޫޕްތައް. ރިޕަބްލިކަނުން އެކަމަށް އެއްބަސްވެސްވޭ. ޑިމޮކުރަޓުން ގެންގުޅެނީ މިކަމާ ސުވާލެއް ކޮށްފިނަަމަ އަޅާ ނުލުމުގެ އުސޫލު. އެމެރިކާގެ ރައީސަކަށް މީހަކު އައިސްގެން މުސްލިމުންނަކަށް ވަކި މޮޅެއް ނުވާނެ. މުސްލިމުން އެކަތިގަނޑަކަށްވެގެން ދީނުގައި ހިފަހައްޓައިގެން ކުރިއަށް ދިއުން މުސްލިމުންނަށް އެންމެ ރަނގަޅުވާނީ. އަހަރެމެން މުސްލިމް ގައުމުތަކުގެ ކަންތައް އަހަރެމެން މުސްލިމުން އަމިއްލައަށް ރަނގަޅުކުރެވޭތޯ ކޮންމެ މީހަކުވެސް އެމީހަކަށް ކުރެވެން އޮތް ކަމެއް ކުރަންވީ.

      17
  12. އަހްމަދު

    މިގައުމުގެ ވެރިކަމުގަމިތިބަމީހުން ކޮށްފާނުކުރާނެކަމެއްނޯންނާނެ ދެގައުމުގެދެމެދު ކުރެވުނުމަސްވަރާޔަށްފަހު ޗައިނާޔަށް އެއްޗެހިގޮވުމަކީ މިކުޑަގައުމަށްލޯބިކުރާއެއްވެސް ރައްޔިތަކުއެދޭނެކަމެއްނޫން އަމުދުންމިގައުމުގަހުރެގެން އެމެރިކާޔަކީވެސް އެދުމެއްނެތި ވެދުމެއްކުރާނެގައުމެއްނޫން ހަގީގަތައްބަލާއިރު ޗައިނާއައްވުމާގޯސް އެކަމުކީއްކުރާނީ މިތާގަމިތިބަލާދީނީބައިގަނޑުތިބޭނެ އަތްޖަހަން

    33
    • ✍️

      ގެޕް މަދު

  13. ހަނި

    އެމެ ރިކާގަ މިހާ ރު ވެ ރިކަން ކު ރާޕަޓީއަކީ ދުނިޔޭގެ ގައުމު ތަކަށް ބާ ރުގެބެނުންކޮށް މިހުންމަ ރާ ގައުމެކެއެވެ

    73
    2
  14. މާމީ

    މިސަރުކާރުން ޗައިނާއައް ބިރުދައްކަން ގެނާ މަރުމޯލެއް ..

    43
    2
  15. އިބްރާ

    އެމެރިކާއަކީ މުޅި ދުނިޔެއަށްވެސް ޖެހިފައިއޮތް ބޮޑު މުސީބާތެއް. މިގައުމަށްވެސް ބަލާވެރިކަން މިޖެހެނީ މިހާރު.

    46
    1
  16. މުހައްމަދު އަންޖުމް

    ތީކުރަންއައި ކުރުވަން ބޭނުންވީކަންތައް ހައިރާނެއްނުވި މާ ކުރިން ރޭވިފައިއޮތް ކަމެއް ކުރިޔަށް އޮތްތަނުގައިވެސް ތި ކަންކުރާނެ ބައިބެރިޔާ ގެރިކަލާންގެޔާ ކެނެރީގޭ ހާމާނާ ގުޅި ގެން ނަމަވެސް ކުރާނެކަމެއް ހަމަނެތް ތިޔަޖާހިލުންނަށް ވުރެ ފުދިގެން ޗައިނާއުޅެނީ އެކަން މުޅިދުނިޔެއަށް ހާމަކޮށް ދީފި ދެންބުނާނީ މުސްލިމުމްމަރާ ވާހަކަ ހަމަމިތިބަ އެންމެން ވެސް ވެސްކުރަނީ އެކަން މިގައުމުގަ މާރާމާރީ އުފައްދަނީ ހާމާނު ގެރިކަލާނގެ އަންގާގޮތަށް ކަންކުރަމުންދަނީ އަޑީގަ އެމެރިކާ އޮވެގެން މިކަން އެންމެން ދަނޭ

    30
    1
  17. މުއްލާ

    ތީ އަހަރެން ކައުންޓް ކުރާ މިހެއް ނޫން.. މަށަށް ހެޔޮ މީނަ ކޮންމެ އެއްޗެކޭކިޔަސް. މަށެއް ޤަބޫލެއް ނުކުރާނަން.

    38
  18. Anonymous

    ކަމެއް ކޮށްދޭން އުޅޭ ބަޔަކު މީހުން ބޮލުގައި ކަންކަން އަޅުވާ އެއްޗިއްސެއް ނުކިޔާނެ .
    ފިތުނަފަސާދަ އުފައްދާ މީހުންނަށް ފިޔަވަޅު އަޅަން ގޮވި ކުރީގައި

    31
  19. ސސ

    ބައިނަލް އަޤުވާމީ ގިނަ އެއްބަސް ވުން ތަކުގައި އަދާއި ހަމަޔަށްވެސް ސޮއިނުކުރައްވާ ބޭފުޅުންނަކީ މިބޭފުޅާގެ ޤައުމު ނުންތޯ !

    31
  20. އައްޑޫ މީހާ

    މި ސަރުކާރަކީ ބޯގަމާރު ތާކުންތާކު ނުޖެހޭ ސަރުކާރެއް ދެން ތިޔަކަހަލަ މަކަރުވެރިން ދައްކާ ވާހަކަ ގަބޫލުކޮށް މުޅި ގައުމު ހަލާކު ކުރާނެ

  21. ބުއްޅަބޭ

    ބޮރާޓް2 ބަލާލީމާ ތިބައިގަނޑުގެ ފެންވަރު އިނގޭނެ

  22. ކަޅުބެ

    މިކަލޭގެޔަށް ހީވަނީ އަހަރުމެން ރާއްޖޭގެ ރަށްޔަތުންގެބޮލުގަ ހުންނަނީ ކަނޑުމަހުގަ ހުންނަވަށްތަރުގެ ސިކުނޑިކަމަށް ކަލޯ ދަށްކާވާހަކަ ގަބޫލުކުރާނީ އިތިއޯޕިޔާ މީހުން އަފިރިން ދިވެހިން ކަލޯމެން މިސައިލް އުފެއްދިޔަސް ކަލޯމެންނަށްވުރެ މާ ހޭލުންތެރިވާނެ.

  23. އަހުމަދު ނީޒް

    މިގައުމަށް އައިސް މިގައުމަށް އެހީތެރިވާ ގައުމުތަކަށް އެއްޗެހި ގޮވުމަކީ ކަލޭގެ ގޮތެއް ނެތްކަން. ކަލޭމެންމިގައުމަށް 4 ލައްކަ އެއްހާ ދޮލަރުދިނީމައަހަރެމެންނަށްވަރަށްކަންކަންކޮށްދެވުނުކަމަށްހީވަނީތަ. މާދަމާވެރިކަމުންވެއްޓޭނެ.ފޮށިބަންދުކުރޭ.

  24. Anonymous

    ދުނިޔޭގެ ބޮޑު ދެބާރުގެ ދޭތެރެއަށް ދިވެހިން ވައްދާ ހަނާކޮށްލުމުގެ ސްޓްރެޓެޖީއެއް މިސަރުކާރުން ގެންގުޅެނީ.

  25. މަނިކ

    ދިވެހިން ގެ ނަމުގައި މިތާހު ރެގެން ޗައިނާއަށް އެއްޗެކިޔާނެ ކަމެއް ނެއް

    10
  26. ޢަޒްރާ ޢަލީ

    އަހަރެމެންނަށް އެމްބަސީ މުހިންމެއްނޫން ގުދުސްހުންނަ ސަރހަހައްދުން ކަލޭމެންގެ އެނބަސީ ނެގި ދުވަހަކުން ނޫނީ މިގައުމުގަ އެމްބަސީއެއް ނޭޅޭނެ ނެހެދޭނެ އިޒްރޭލަށް ވާގިވެރިވެ ފަލަސްތީނުގެ ރައްޔިތުންނަށް ތިކުރާ އަނިޔާ މިހާރުންމިހާރަށް ހުއްޓާލާ ގުދުސހުރި ބިން އެއީ ފަލަސްތީނުގެ ބިމެއްކަމަށް ކަނޑަޅާ ފަލަސްތީނާ ހަވާލު ކުރޭ އެހެންނޫނީ ތިޔަ އެމްބަސީ މިގައުމުގަ ނޭޅޭނެ