އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން އިތުރު ކުރަން އެމެރިކާގެ ދައުރު ފުޅާ ކުރުމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކަލް ޕޮމްޕެއޯ އަރިހު ދަންނަވާފައިވާނެ ކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޕޮމްޕެއޯ މިއަދު ރާއްޖެއަށް ޒިޔާރަތް ކުރެއްވީ ވެސް އިންޑިއާ ކަނޑުގައި ޗައިނާގެ ނުފޫޒު ގަދަވިޔަ ނުދޭން އެމެރިކާގެ އިސްނެގުމާއެކު އުފައްދާފައިވާ "އިންޑޯ-ޕެސިފިކް" އެލަޔަންސްގެ ބައްދަލުވުމަށް އިންޑިއާއަށް ވަޑައިގަތުމަށް ފަހު މި ސަރުހައްދުގެ އެހެން ގައުމުތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިންނެެވެ.

މި ދަތުރުފުޅުގެ ތެރެއިން ފޮރިން މިނިސްޓަރ ޝާހިދުއާއި އެމެރިކާގެ ސްޓޭޓް ސެކްރެޓަރީ ޕޮމްޕެއޯއާ ބައްދަލު ކުރައްވައި މަޝްވަރާ ކުރެއްވުމަށް ފަހު ދެ ގައުމު ގުޅިގެން ނެރުއްވާ ބަޔާން އާަންމު ކުރެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝާހިދު ވިދާޅުވީ 1990 ގެ ކުރީކޮޅުން ފެށިގެން ދެ ގައުމުގެ ދެމެދުގައި އަސްކަރީ ގުޅުންތައް ވަރުގަދަ ކުރެވެމުން އައިސްފައިވާ ކަމަށެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ޕޮމްޕެއޯ ރާއްޖެ ވަޑައިގަން ކުރެއްވި މަޝްވަރާތަކަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: ފޮރިން މިނިސްޓްރީ

ޝާހިދު ވިދާޅުވީ މި ގަރުނުގައި އިންޑިއާ ކަނޑުގެ ސަރަހައްދަށް އާ ނުރައްކާތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. މި ގޮތުން ޓެރަރިޒަމާއި ފިކުރީ ގޮޮތުން ހައްދުފަހަނައަޅައިދިއުމާއި މަސްތުވާތަކެތީގެ ވަގުފާަރީއާއި އިންސާނީ ވަގުފާރީގެ މައްސަލަތައް އިތުރުވެފައިވާއިރު އިންޑިއާގެ ކަނޑުގެ ސަލާމަތީ ކަންކަން އިތުރު ކުރަން ޖެހޭ ކަމަށެވެ.

"އިންޑިއާ ކަނޑުގެ ސާލާމަތަށް، ރާއްޖެ ހިމެނޭ ގޮތަށް މި ސަރަހައްދުގައިވާ ގައުމުތަކުގެ ރައްޔިތުންނާއި ގައުމުތަކަށް ޒިޔާރަތް ކުރާ އެހެން ގައުމުތަކުގެ ރައްޔިތުންގެ ރައްކަލަށް، އެމެރިކާގެ ދައުރު އިތުރު ކުރަން ޖެހޭ، އެކަމަށް މި މަޝްވަރާތަކުގެ ތެރޭގައި އަޅުގަނޑު އެދިފައިވާނެ،" ޝާހިދު ވިދާޅުވިއެވެ.

އިންޑިއާ ކަނޑުގައި ޗައިނާގެ ނުފޫޒު ގަދަވިޔަ ނުދިނުމާ ގުޅޭ މަޝްވަރާ ބައްދަލުވުމަކަށް ޕޮމްޕެއޯ އިންޑިއާއަށް ވަޑައިގެންނެވިއިރު، މިދިޔަ ސެޕްޓެމްބަރު މަހު ތެރޭގައި ރާއްޖެއާއި އެމެރިކާއިން ވަނީ ސަލާމަތީ އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއް ގާއިމްކޮށްފައެވެ. މިއި އެއްބަސްވުމަށް އިންޑިއާއިން ވަރަށް ބޮޑަށް ތައުރީފް ކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ގުނބޯ ދވހނ

    އެމެރިކާ މީހުރިހާ ތަނަކަށް ބޭނިގަންނަ ބައެއް.

    11
    1
  2. ފައިފުހި ނިއުސް

    އުދުހޭ ކާޕެޓްގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރަން މޯޑީއާ ޓްރަންޕްގެ ދައުރު ފުޅާކުރަންޖެހޭ...

    12
    1
  3. Anonymous

    މި ސަރަހައްދުގައި އިސްލާމްދީން ފެތުރުމުގެ ހަސަދަވެރިކަން ފިލުވާލުމަށް ކުރައްވާ ދަތުރުޕުޅޭ ނިކިޔަނީ ކީއްވެތޯ؟ ޝަހިންދާ މެންގެ ބޮސް އަށް މަރުހަބާ ވިދާޅުވަނީތޯ؟ މުޅީންވެސް އެއް ފުއްގަނޑުން ތައްޔާރު ކުރެވިފައިވާ ތަފާތު ހެދިކާ. އެއް ރަހައެއް ދޭނީ. މުސްލިމުންގެ ލެއިން ސުމޫތީ ގިރައިގެން ބޯބައެއް އިންޑިއާ އަކީ ވަކި ތަފާތެއް ނެތް.

    10
    1
  4. ޑައެލޯގް

    އެމެރިކާގެ ދައުރުފުޅާވެނިމޭއިރު ރާއްޖޭގައި އެމެރިކާސިފައިންތިބޭނެއެވެ. އޭރަށް ދެންރާއްޖޭގައި އޮންނާނީ އަޅުވެތިކަމާއި އިސްލާމްދީން ދޫކުރާމީހުނަށް ބިރަކާނުލާ މަޖާކުރެވޭގޮތަށެވެ.

    8
    1