ހުޅުމާލޭ ކައިރީ އޮތް ދޯންޏަކުން މަސްތުވާތަކެތި އަތުލައިގަތް މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނުނު އިދިކޮޅު ޕީއެންސީގެ ކައުންސިލްގެ މެންބަރު ޝަހީބް އިބްރާހިމް (ކާފަ) ދޫކޮށްލައިފިއެވެ.

އެ މައްސަލާގައި ޖުމްލަ ހަތް މީހަކު ހައްޔަރުކުރިއެެވެ. އޭގެ ތެރޭގައި އެންމެ އިސްކޮށް ހަރަކާތްތެރިވެފައި ވަނީ އަހްމަދު މޫސާގެ އިތުރުން ޝަހީބު ކަަަމަށް ފުލުހުން ވިދާޅުވެއެވެ.

އޭނާ ދޫކޮށްލާފައި ވަނީ މިއަދު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުންނެެވެ. އޭނާ ދޫކޮށްލާފައިވާކަން ފުލުހުން ވަނީ "ވަގުތު"އަށް ކަށަަވަރުކޮށްދެއްވާފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ވަގުތު"އަށް ވިދާޅުވީ،ރައްޖެއަށް 130 ކިލޯގެ މަސްތުވާތަކެތި އެތެރެ ކުރި މައްސަލައާގައި އިސްކޮށް ހަރަކާތްތެރިވި ކަަމަށް ތުހުމަތު ކުރެވޭ ޝަހީބްގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް މިއަދު ކޯޓަށް ހާޒިރު ކުރުމުން، ކޯޓުން ދޫކޮށްލާފައިވާ ކަމަށެެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވަނީ، ޝަހީބް ދޫކޮށްލާފައި ވަނީ ހެކި ހުރެގެން ފުރަތަމަ ފަހަރަށް މުއްދަތު ދިނުމަށް ފަހު، ތަހުގީގަށް މިހާރު އިތުރަށް ލިބިފައިވާ ހެއްކާއެކު މިއަދު ކޯޓަށް ހުށަހެޅުމުން ކަމަށްވެސް ފާހަގަކޮށްފައެވެ.

އޭނާ ދޫކޮށްލަން އަމުރު ކުރީ ގާޒީ ހުސައިން ފާއިޒު ރަޝާދެވެ.

ފުލުހުން ވިދާޅުވީ، އެ އޮޕަރޭޝަން ކުރިއަށް ގެންގޮސްފައި ވަނީ ދިވެހިންގެ ބަޔަކު ބޭރުގެ ބަޔަކާއި ގުޅިގެން ރާއްޖެއަށް ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކަމަށެވެ.

އަދި މި އޮޕަރޭޝަނުގައި މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމަށް ބޭނުންކުރި ދޯނި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރި ކަމަށާއި، އެދޯނިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި މި އޮޕަރޭޝަނުގައި މިހާތަނަށް ހުޅުމާލޭގެ ތިން އެޕާޓްމަންޓަކާއި މާލޭގެ ދެ ގެއެއްވެސް ބަލައިފާސްކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި އޮޕަރޭޝަނުގައި މިހާތަނަށް ބަރުދަނުގައި 130 ކިލޯހުރި މަސްތުވާތަކެތި ހޯދާފައިވާކަން ފުލުހުން ކަށަވަރު ކޮށްދެވެ. ހޯދާފައިވާ މަސްތުވާތަކެތީގެ ބާވަތްތަކުގެ ތެރޭގައި މެޓައެމްފިޓަމިން އާއި ހެރޮއިން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ައޮފްބެ

    ތިޔޭ މައްސަލައަކީ!ކިހާބޮޑުކަމެއް މިދެން!!:

    26
    1
  2. ޖަޒީރާވަންތަ ކެހެރި ނުފަޅާ ޖަނަވާރު

    މަށަށް ގެއަށް ނުދެވިފަ މިހުންނަނީ ގެރި ސަރުކާރުން މަގުތައް ބަންދުކުރީމަ.. މީ ކިހާބޮޑުވެއްޖެ ބަލާވެރިކަމެއްހޭ..

    19
    1
  3. ޖަޒީރާވަންތަ ކެހެރި ނުފަޅާ ޖަނަވާރު

    އެޖެންޑާ19 އަކީ ޖެހިފައިއޮތް ބޮޑު ބަލާވެރިކަމެއް

    23
    3
  4. ކާާފަ

    އެތައް ބަޔަކު ހައްޔަރުގަތިބި މައްސަލައެއްގަ ކޮންމެވެސް ވަރެއްގެ ހެކި ހުރުމަކީ ޝަހީބުގެ މައްޗަށް ހެކި ހުރުމެއް ނޫން. ކުށާ ގުޅުވާލެވޭ ހެކި ޝަހީބުގެ މައްޗަށް ނެތިއްޔާ ދޫކޮށްލުން އެއީ އޮންނަ ގޮތް.

    19
    16
  5. މޫސަ

    މިމީހާ ދޫނުކޮށްގެން އައިސްގެން އުޅުނު މީހެއްތަ މިއަދު ރާއްޖެ އައިސް އުޅުނީ.

  6. ދިއްލާ

    ކާފަ އަލުން ހައްޔަރުކޮށް ތަހުގީގު ކުރުމަށް ގޮވާލަން....

    14
    1
  7. އައްޑޫ ލެއި

    ތީ އާކަމެއް ނޫން ހުރިހާވެސް މައްސަލަޔަކީ ދިވެހި ރާއްޖޭގައި ހެދިފައިހުރި ޤާނޫނުތައް. ތިކަމެއް ހައްލު ނުވާނެ ދުވަހަކުވެސް. ހާއްސަކޮށް މިހާރު މަޖިލީހުގެ ރައީސް ހުރެގެން އަމްދަކުން ނުވާނެ. ގައުމުގެ ބޮޑުން ފަހަތުގަ ތިބެގެން ކިރުވާ ކަންތަށް

    5
    1
  8. ޖޮނަތަން

    އަބަދުވެސް ޖެހޭނެ މަސްތުވާތަކެތީވެސް އެހެން ބޮޑެތި ކުށްތަކުގެ ބޮޑުން ދޫކޮށްފަ ތިބެން.އެއިރުން ވިޔަފާރި ކުރިޔަށްދާނީ.އެހެންނޫނަސް މިސަރުކާރަކީ މިކަހަލަ ކަންކަމަށް މާކަބޮޑު ފަރުވާލެއްހުންނަ ބަޔެއްނުން.ރަނގަޅަށް ވިއްޔާ މިހާރު ހުންނާނީ ބައިއަޅާފަ.ދުވަހަކުވެސް މިސަރުކާރު އޮވެގެން އިންސާފެއްނުލިބޭނެ.