އައްޑޫ އަތޮޅާއި ފުވައްމުލަކު ބަޔޮސްފިޔަރ ރިޒާވްގެ ގޮތުގައި ކަނޑައެޅިގެން ދިއުމުން ގިނަ އަދަދެއްގެ ފަތުރުވެރިން އެ އަތޮޅުތަކަށް ޒިޔާރަތް ކުރާނެ ކަމަށް އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ވިދާޅުވެއްޖެއެވެ.
އައްޑު އަތޮޅާއި ފުވައްމުލަކު ޔުނެސްކޯގެ ބަޔޮސްފިއާ ރިޒާވްއެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ޔުނެސްކޯއިން ކުރިއަށް ގެންދިޔަ އިންޓަނޭޝަނަލް ކޯޑިނޭޓިން ކައުންސިލް އޮފް ދަ މޭން އެންޑް ދަ ބަޔޮސްފިއާ ޕްރޮގްރާމްގައެވެ.
އެކަމާއި ގުޅިގެން އެންވެރޮމެންޓް މިނިސްޓަރ ޑރ.ހުސައިން ރަޝީދު ހަސަން ވަނީ އެކަމަށް މަރުހަބާ ވިދާޅުވެފައެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ހުސައިން ރަޝީދު ހަސަން ވިދާޅުވީ، ބަޔޮސްފިއާ ރިޒާވްގެ މައިގަނޑު ބޭނުމަކީ އެއަތޮޅުގެ މާހައުލުތަކާއި ދިރޭ ތަކެތީގެ ނަސްލުތައް ރައްކާތެރިކޮށް ދެމެހެއްޓުމަށް މަގުފަހިކޮށްދިނުމާއި ސަގާފަތާއި އާދަކާދަތައް ދެމެހެއްޓުން ކަމަށެވެ.
އޭނާ ވިދާޅުވީ، މި ލަގަބު އެ ދެ އަތޮޅަށް ލިބުމަކީ ފަހުރުވެރިވާން ޖެހޭ ކަމެއް ކަމަށާއި މިކަމުގެ ސަބަބުން އައްޑު އަތޮޅާއި ފުވައްމުލަކަށް ފަތުރުވެރިން ޒިޔާރަތް ކުރާނެ ކަމަށާއި އެ ރަށްތަކުގައި އަމިއްލަ އުފެއްދުންތައް މާކެޓް ކުރުމަށް އިތުރަށް މަގުފަހި ވެގެންދާނެ ކަމަށެވެ.
މި ދެ އަތޮޅަކީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރެވޭ، ބަޔޮސްފިއަރ ރިޒާވެއްގެ ގޮތުގައި ކަނޑައެޅުމަށް ޔުނެސްކޯއަށް ފޮނުވުމުގެ އެންމެބޮޑު ބޭނުމަކީ ދެމެހެއްޓެނިވި ގޮތުގައި ދިރޭތަކެތީގެ ބޭނުން ހިފުމުގައްޔާއި ދެމެހެއްޓެނިވި ތަރައްޤީ ގެނައުމުގައި ޔުނެސްކޯގެ ބަޔޮސްފިޔަރ ރިޒާވް މޮޑެލްއަކީ ތިމާވެށީގެ، އިޖްތިމާއީ އަދި އިޤްތިޞާދީ ގިނަ ފައިދާތަކެއް އެކުލެވިގެންވާ މޮޑެލްއަކަށް ވާތީ ކަމަށް ސަރުކާރުން ބުނެއެވެ.
މި ދެ އަތޮޅު ބަޔޮސްފިޔަރ ރިޒާވްގެ ގޮތުގައި މިއަދު ކަނޑައަޅާފައިވާއިރު، ބަޔޮސްފިޔަރ ރިޒާވެއްގައި ހިމެނޭ ސަރަހައްދުތައް ބެހިފައި ވަނީ މައިގަނޑު ތިން ބަޔަކަށެވެ. އެއީ ކޯ އޭރިޔާ، ބަފަރޒޯން އަދި ޓްރާންޒިޝަނަލް ނުވަތަ މަލްޓި ޔޫޒް އޭރިޔާއެވެ.
ތިޔަ ރިޒާވަް ނުލަެިގެންތަ މިދިޔަ ގަރުނެއްހާ ދުވަހު ދެކުނަށް ފަތުރުވެިކަން ނައިސްގެން އުޅެނީ. ދެން މުޅި ރާއްޖެ ހަދަންވީނުން ތިޔަ ބުނާވރިޒަވަކަށް
ތިކަން ނުވެގެންނޫން ފަތުރުވެރިން ނުދަނީކީ! މިހާރުވެސް ތަންކޮޅެއް ލާހިކު އަގެއްގަ ފަސޭހައިން ދަތުރު ކުރެވޭގޮތް ވާއިރައް ގެސްތުން ދާނެ.
އެތަން މާފެޔާ މީހުން ދާތަނަކަށް ތިހެދީ !