އިސްލާމްދީނަށް ފްރާންސް ސަރުކާރުންނާއި އެގައުމުގެ ރައީސް ތަކުރާރުކޮށް ފުރައްސާރަ ކުރަމުން ދާއިރު ވެސް ރާއްޖޭގެ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެއްވެސް އެއްޗެއް ވިދާޅުނުވެ ހަނު ހުންނެވުމަށް ފަހު ކީރިތި ރަސޫލާ صلّى اللّـه عليه وسلّم އީދު މީލާދު ފާހަގަ ކުރުމުގެ ގޮތުން ރައީސް ނަޝީދު ޓްވީޓެއް ކުރެއްވުމުން އާއްމުން ފާޑުކިޔަމުން އެބަގެންދެއެވެ.

ރައީސް ނަޝީދު މިރޭ ކުރެއްވި ޓްވީޓްގައި ވިދާޅުވީ އިންސާނިޔަތައް ފާޅުކުރެއްވި އެންމެ ބޮޑު ނިއުމަތަކީ ހަމަކަށަވަރުން ވެސް ކީރިތި ރަސޫލާ މުހައްމަދު صلّى اللّـه عليه وسلّم ކަމަށާއި ރަސޫލާގެ އީދު މީލާދަކީ މުޅި އިންސާނިއްޔަތައް ވެސް އޮތް އުފަލެއް ކަމަށެވެ.

ރައީސް ނަޝީދަށް ފާޑުކިޔައި މީހަކު ކޮށްފައިވާ ޓްވީޓެއްގައި ބުނީ އިސްލާމްދީނަށް ފުރައްސާރަކޮށް ރިޕޯޓް ނެރުނު އެމްޑީއެންގެ ވެރިޔާ ޝަހިންދާ އިސްމާއިލް ރައްޔިތުން މަޖިލީހުގެ ފޯރަމެއްގައި ބައިވެރިވުމުގެ ފުރުސަތު ދިނުމުން ރައްޔިތުން ރަތައް އަރާފައި ވާތީ ރައީސް ނަޝީދު އުޅުއްވަނީ މިހާރު ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވަން ކަމަށެވެ.

ރައީސް ނަޝީދަށް ފާޑުކިޔައި މީހަކު ފޭސްބުކްގައި ކޮށްފައިވާ ކޮމެންޓެއްގައި ބުނީ "ތިހެން ކޮށްލާ ޕޯސްޓަކުން ދެން އަގެއް ނާރާނެ" ކަމަށެވެ. އޭނާ އިޝާރާތް ކުރީ ރައީސް ނަޝީދު މީގެ ކުރިން އިސްލާމްދީނާއި ގުޅޭ ގޮތުން ދައްކާފައިވާ ބައެއް ވާހަކަތަކަށެވެ.

އިތުރު މީހަކު ވަނީ ކީރިތި ރަސޫލާ صلّى اللّـه عليه وسلّم އަށް ކާޓޫން ކުރަހައި އިސްލާމްދީނަށް ފުރައްސާރަ ކުރަމުން ގެންދާއިރު ރައީސް ނަޝީދު އެއްވެސް އެއްޗެއް ވިދާޅުނުވަނީ ކީއްވެތޯ ސުވާލު ކޮށްފައެވެ.

އިސްލާމްދީނަށް ފްރާންސް ސަރުކާރުންނާއި އެގައުމުގެ ރައީސް ތަކުރާރުކޮށް ފުރައްސާރަ ކުރަމުން ދާއިރު ދިވެހި ސަރުކާރުން އެކަން ކުށްވެރި ނުކުރާތީ މިއަދު ސަރުކާރުން ވަނީ ބަޔާނެއް ނެރެފައެވެ. އެބަޔާނުގައި އިސްލާމްދީނަށް ފުރައްސާރަ ކުރުން ކުށްވެރި ކޮށްފައި ވެއެވެ. ނަމަވެސް ބަޔާނުގެ އެއްވެސް ތަނެއްގައި ފްރާންސްގެ ނަން ފާހަގަ ކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ވައިކިންގ

    މީނަޔަށް އޮޅުވާލެވޭނީ އަހަރަމެން އިންސާނުންނަށް. މީނަޔަކަށް އޮޅުވައެއްނުލެވޭނެ ﷲ އަށް. އެތެރެފުށާއި ބޭރުފުށް މޮޅަށް ދެނެވޮޑިގަންނަވަނީ ﷲ.

    148
    2
    • ބަލަ

      އޭނަ ބޭނުންވާނު މުސްލިމުން ލައްވާ އީދު މީލާދު ފާހަގަ ކުރުވަން ކްރިސްޓިޔަނުންގެ ފަރާތުން އައިސްފައިވާ ބިދުޢަ އަކަށް ވާ އިރު. ﷲ ކޯފާވެވޮޑިގަންނަވާ ކަމަކަށް ވާތީ.ގިނަ ދިވެހިން ތިބީ ދީން ދެކެ ލޯބިވާ އިރުވެސް ޣާފިލް ކަންމަތީ. އެކަމަކު މީނަ ހުންނަނީ އެހުރިހާ އެއްޗެއްވެސް އޮޅުންފިލުވައިގެން. ހުރެގެން އުޅޭނީ ދިވެހި މުސްލިމުން މަގުފުރައްދަން ޒިޔާރަތަށް ބަދުރު ބުނާށޭ ބަންދު އަޅާށޭ ކިޔައިގެން ޝިރުކު ކުރުވަން

      44
      1
  2. ޙަސަނު

    އެމް.ޑީ.ޕީ ކުދިންނަށް މީނަ އަދިވެސް ހަމަ ނޭގެނީ؟
    ޢަންނި މީ ހަނދު ފެންނަން ހުއްޓަސް އިރޭ ބުނީމަ މިއުޅޭ ސިކުނޑި ތަހުޒީބުނުވާ ރައްޔިތުން ޤަބޫލު ކުރާނެ. އެވަރުވެފަ އެ ތިބެނީ. ޢަންނި އަކީ ނުސީދާ ގޮތުން އިސްލާމް ދީނާ ދެކޮޅު މީހެއް.!

    107
    6
    • ކަނީރު

      ކަލެއަށް ތިހެންބުނުމުގެ އެއްވެސް ހައްގެއްނެއް. ﷲ ކަލެއަށް ހެޔޮވިސްނުންދެއްވައި ރަހްމަތް ލައްވާށިއެވެ

      5
      13
    • ަހަނީ

      އެ ވަރު ވެފަ ހުރީ ކަލެއަށް...

  3. މުނާޒު

    އޭނައަބަދުވެސް ވާހަކަދައްކާނީ އޭނަގެ ހިތުގަ އޮންނަ ގޮތަކަށްނޫން ދެންއިސްލާމީއުއްމަތް ވިސްނާ ކެނެރީގޭ މުގާބޭގެ ހިތުގަ އޮންނާނޭގޮތް

    31
    2
  4. އައްޑޫ މީހާ

    ބޭރުފުށުން އޮމާން ކުރިޔަސް އެތެރެފުށް އޮތީ ކިލަނބުކޮށް ޔަހޫދީންނަކީ މަކަރުވެރި ބައެއް ކެރެފާ ނަޝީދު ދުވަހަކުވެސް އިސްލާމްދީނަށާއި މުސްލިމުންނަށް ުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުު ހެވެއް ނޭދޭނެ

    36
    2
  5. ނޮޕް

    ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެކަލޭމެން ބޭނުން ވާހާ އެއްޗެއްކިޔަން ބަހައްޓާފަ ހު ރި ރޮބަޓެއްނޫނޭ ނަށީދަކީ! ިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިފު ރާންސް ދެކެ ރުޅި އައްނަންޏާ އަމިއްލައައް ޓްވީޓު ކޮއްބަލަ! މަވެސް ރުޅިއާދޭ އިސްލާމް ދީނައް ފު ރއައްސާ ރަ ކު ރާ މީހުންދެކެ. އެހެނޭ ކިޔާފާ ނަށީދު ޖެހޭތަ ކަލޭމެން ބޭނުން އެއްޗެއް ބޭނުން އި ރަކު ކިޔަން. ޙަމަޖައްސާލާފ

    2
    42
  6. ލަދު

    މިމީހުން ސިޔާސީ ތާއީދު ހޯދުމަށް ތިޔަހެން ކޮށްލާ ޓުއިޓަކުން ނިޔަތް ރަނގަޅުކަމަކަށްނުވާނެ. ކަލޭމެންގެ ހިތްތައް މާތް ﷲ މޮޅަށް ދެނެވޮޑިގެންވޭ.

    31
    2
  7. ކަޑިކި

    އަޅުގަޑުމެންނެއް ނާރާރަތަކަށް. މިވެސްހަމަ އާންމުން.

    2
    29
    • އަޙްމަދު

      ތީއާއްމެއްނަމަރަތަށްއެރީސް

      13
      1
  8. ބެއްޔަހުއްތު

    ދަޅަ

    7
    1
  9. ކަޑިކި

    ކަލޯ އަހުމަދާ!ރަތަށް އަރައަރަ ހަމަ ތިބެން ޖެހޭނީ!

  10. އ . ޖ . އ

    އެ ޓުވީޓު ގޯސް ވާނަމަ އިނގެނީ އެ ކިޔާ ބައެއްގެ ކާފަރުކަން މާ ބޮޑުކަން..
    ނޭނގިދާނެތީ ބުނެލީ

    2
    1
  11. އަލިފު!

    ومكروا ومكروالله والله خيرالماكرين!

    6
    1
  12. ދޮންކަލޯ

    ބަޔަކުމީހުން ކިތަންމެތާއީދެއް އޭނަޔައްކުރިޔަސް އޭނަޔަކީ އިސްލާމްދީނާ އެއްކޮޅުމީހެއްނޫން އެކަން އޭނަދައްކާވާހަކަތަކުން ވަރައްރަނގަޅައް އެނގޭނެ އެމީހެއްގެދުލުން ބުނެވޭނީ އެމީހަކުބޭނުންވާ ގޮތެއްކަމައް މުސްކުޅިންބުނެއުޅޭ މިހާރުއެއުޅެނީ މަތިއޮމާންކުރަން

  13. ކޮވިޑް

    ނަސީދަކީ ލާދީނީ މީހެކޭ މާތް ﷲ ގަންދީ ހުވާކޮށްފަ ބުނީ މައްސޫރު ދީނީ ސޭހު ،ސޭހު އިމްރާން........ ރަތް ވިޔަސް ކަޅު ވިޔަސް މިކަން ދިވެހިން ދަންނާނެ.އިމްރާނަކީ މި ސަރުކާރުގެ ދާހިލީ ވަޒީރު،މިހާރު މަޖިލީސް ގެ ރައީސަކީ ތިކިޔާ ނަސީދު،ކީއްވެބާ އަޅާނުލާ އެ ތިބެނީ؟ އެއިން ދޭހަވަނީ އެކަން ކަމާ ނަސީދު ރުހި ގަބޫލޭ،ހަމަ ލާދީނީ ނަސީދު އިމްރާނު ބުނީ މިހެން.