އިންޑިއާގެ ދެކުނުގެ ކެރަލާ ސްޓޭޓުގައި ފެތުރެމުންދާ ނުރައްކާތެރި ނިޕާ ވައިރަސް ރާއްޖެއިން އަދި ފެނިފައިނުވާ ކަމަށް، ހެލްތު ޕްރިޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.

ވާލުގެ ސަބަބުން އިންސާނުންނަށް ޖެހޭ މިރޯގާގެ އަސަރުކޮށްގެން އިންޑިއާގެ ކެރެލާ އިން މިހާތަނަށް ދިހަ މީހުން ވަނީ މަރުވެފައެވެ. މިއީ ވައިރަސްގެ އަސަރު ކޮށްފައިވާ މޭވާއެއް ކައިގެން ވެސް ޖެހިދާނެ ނުރައްކާތެރި ރޯގާއެކެވެ. އިންޑިއާގެ ކެރެލާ އަކީ ބޭސްފަރުވާ އާއި އެހެނިހެން ބޭނުންތަކަށް ގިނަ އަދަދެއްގެ ދިވެހިން ދަތުރުކުރާ ސްޓޭޓެކެވެ.

އެޗްޕީއޭގެ އޮފިޝަލަކު މިއަދު މީޑިއާ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ ރޯގާ ރާއްޖެ އަށް ފެތުރުމުގެ ފުރުސަތު އޮތްތޯ ބެލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް މިހާތަނަށް އެކަމާ ގުޅޭގޮތުން ފިޔަވަޅުތަކެއް އަޅާފައި ނުވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

ނިޕާ ވައިރަސް ފުރަތަމަ ފެނުނީ 1999 ވަނަ އަހަރު މެލޭޝިއާ އާއި ސިންގަޕޫރުންނެވެ. އެފަހަރު ގިނަ ގިނަ އަދަދެއްގެ މީހުން މަރުވިއެވެ. މިރޯގާ ޖެހޭ މީހުންގެ ތެރެއިން 75 އިންސައްތަ މީހުން މަރުވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ވާ ދަތް އަޅާފައި ހުންނަ މޭވާގެ އިތުރުން އޫރުގެ ޒަރިއްޔާ އިން ވެސް މިރޯގާ ފެތުރެއެވެ. ނަމަވެސް މިއީ އަދި އިންސާނުންގެ ގައިން އިންސާނުންގެ ގަޔަށް ފެތުރޭ ބައްޔެއް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. މާމިގިލީ މީހާ

    މިހާރު ބުނާނީ ތިހެން.. ދުވަސްކޮޅެއްވީމާ ބުނާނީ. އިންޑިޔާގައި އޮތް ހުމޭ ރާއްޖޭގައިވެސް މި ފެތުރެނީ...

  2. ނުރަބޯ

    މިވައިރަސް އަށް ސްކްރީން ކުރެވޭނެގޮތް މިހާރުންމިހާރަށް އެއަރޕޯޓުގައި ގާއިމު ކުރުމަކީ ވަރަށް މުހިއްމުކަމެއް. އެހެނީ އަބަދު ކަހަލަގޮތަކަށް މިތިބެނީ އިންޑިޔާއިން މިގައުމަށް މީހުން އައިސްއައިސް. އެހެންވީމާ އަދިއެއް މިތާކު އެ ބައްޔެއް ނެތޭ ބުނެ އަޅާލުން ކުޑަކޮށްލައިގެން ތިއްބާ އެވައިރަސް ހިފައިގެން މީހަކު އައިސް އެ މިގައުމަށް ފަތުރާލައިފިއްޔާ ދެން ޖެހޭނީ ހުރިހާކަމެއް ހުއްޓާލާފައި އެކަމާއުޅޭށެވެ.

  3. ޙަގީގަތް

    ޢެޗް ޕީ އޭ އިން ހަދަނީ ހުސް ދޮގު. ޢެޗް ވަން އެން ވަން ވެސް އެލާޓް ލެވެލް މައްޗަށް ނަގާފަ ކުއްލިއަކަށް ވެއްޓިއްޖެ. ޢެހެން ވާނެކަމަށް ވަރަށް ޤަބޫލުނުކުރެވޭ.. ރަނގަޅަށްވިއްޔާ މިހާރު ތިޔަ ރޯގާވެސް އުޅޭނެ. ތިބޭނީ އަބަދުވެސް ސިއްރުކޮށްލައިގެން.....

  4. ޜަށުމީހާ

    ރަނގަޅަށްވިއްޔާ މިހާރު ތިޔަ ރޯގާވެސް އުޅޭނެ. ތިބޭނީ އަބަދުވެސް ސިއްރުކޮށްލައިގެން.....

  5. ރަށްދު

    ދެންތިބުނާހާ މޮޅު މީހަކުހުރިއިރު ރަށްޔިތުންނަށް ތިކަންކަން ސާފް ކޮއްދެންވީނު

  6. ާާއިންސާފު

    މީހަކު ރަގަޅު ހަބަރެއް ދިނީމަ އެޔާގުޅިގެން ބޭކާރު ސުވާލު ކުރުމަކީ ދިވަހެންގެ އާދައެށް