22:35

ރާއްޖެ އިން އިތުރު 25 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ.

21:47

އިންޑިއާގެ ޔޫނިއަން މިނިސްޓަރ ސްމިރިތީ އިރާނީ ކޮވިޑް-19 އަށް ފައްސިވެއްޖެ.

19:29

ދުނިޔޭގައި މިހާރު ހަލުވިކަމާއި އެކު ފެތުރެމުންޑަ ކޮވިޑް-19 ޖެހިގެން އިރާނުން ރެކޯޑު އަދަދަކަށް މީހުން ފައްސި (ޕޮޒިޓިވް) ވެއްޖެ.

19:10

ދުނިޔޭގެ އެކި ހިސާބުތަކުގައި މިހާރު ހަލުވި ކަމާއި އެކީ ފެތުރެމުން އަންނަ ކޮވިޑް-19 ޖެހިގެން ޕޮލޭންޑުން ރިކޯޑް އަދަދަކަށް މީހުން މަރުވެއްޖެ.

19:00

ހއ. ކެލާގައި ހޯމް ކަރަންޓީންގައި ހުރި މީހަކު ކޮވިޑް-19އަށް ފައްސިވެއްޖެ.

13:54

ސްވިޒަލެންޑުން ދިވެހި ރާއްޖެ އަންނަ ފަތުރުވެރިން އަނބުރާ އެގައުމަށް ދިޔުމަށްފަހު ކަރަންޓީނުވާން ނުޖެހޭގޮތަށް އެގައުމުގެ "ރައްކާތެރި ލިސްޓު"ގައި ރާއްޖެ ހިމަނައިފި.

13:28

މިހާރު ފެތުރެމުން އަންނަ ނުރައްކާތެރި ވައިރަސް ކޮވިޑް-19 އާއި ގުޅިގެން ބަންދުކޮށްފައި އޮތުމަށް ފަހު ހުޅުވާލި ފަހުން އައްޑޫ އަށް އަލަށް ފަތުރުވެރިއަކު ޒިޔާރަތްކޮށްފި.

12:19

ރ.އަތޮޅު އުނގޫފާރުން ކޮވިޑް-19 އަށް ފައްސިވި މީހާ އިތުރަށް ޓެސްޓް ކުރުމަށް ފަހު އޭނާ ކޮވިޑް-19 އަށް ނައްސި ކަމަށް ކަނޑައަޅާފައިވާ ކަމަށް އެޗްއީއޯސީ އިން ވިދާޅުވެއްޖެ.

11:58

މިހާތަނަށް 38 ގެސްޓު ހައުސްއެއް ހުޅުވުމުގެ ހުއްދަ ދީފައިވާކަމަށް ޓުއަރިޒަމް މިނިސްޓްރީ އިން ވިދާޅުވެއްޖެ.

10:19

އޮކްސްފޯޑް ޔުނިވަސިޓީން ކޮވިޑް-19 އަށް އުފެއްދި ވެކްސިން ހުރިހާ ތަހްލީލްތަކެއް ނިންމުމަށްފަހު އާއްމުކޮށް ބޭނުން ކުރެވޭ ވަރަށް ހުރިހާ ކަމެއް ޑިސެމްބަރ މަސް ނިމުގެ ކުރިން ނިންމާލެވޭނެ ކަމަށް ވެކްސިން އުފެއްދުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ޕްރޮފެސަރ އެޑްރިއަން ހިލް ވިދާޅުވެއްޖެ.

08:36

ކޮވިޑް-19 ފެތުރުން އިތުރުވެ، ބަލީގެ ނުރައްކާ އިތުރަށް ބޮޑުވުމުން ފްރާންސާއި ޖަރުމަން ފުރަބަންދު ކުރަން އެގައުމުތަކުގެ ސަރުކާރުން ނިންމައިފި.

08:20

24 ގަޑިއިރުގެ ތެރޭގައި ދުނިޔެ އިން ބައި މިލިއަނަށްވުރެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެ.

08:19

ކީޕިންގ އަޕް ވިތް ދަ ކާޑޭޝިއަން ގައި ފެނިގެންދާ ކްލޯއި ކާޑޭޝިއަން ނުރައްކާތެރި ކޮވިޑް-19 އަށް ފައްސިވިކަމަށް އޭނާ ބުނެފި.

05:30

04:45

00:30


ކޮވިޑް-19 ކޮންޓްރޯލް ކުރެވެމުންނެއް ނުދެއެވެ. ބަލި ފެތުރުން ބައެއް ގައުމުތަކުގައި މަދުވެލުމަށް ފަހު އަނެއްކާ މިވަނީ ދުވަހުން ދުވަހަށް ހާލަތު ގޯސްވާން ފަށާފައެވެ. މިއަދު ރާއްޖޭގެ ހާލަތު ކޮންމެވެސް ވަރަކަށް ކޮންޓްރޯލް ވެފައި އޮތް ނަމަވެސް ނުރައްކާ ކުޑައެއް ނޫނެވެ. ހާއްސަކޮށް ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު އިތުރުވަމުން އައުމަކީ ނުރައްކާތެރި އިންޒާރެކެވެ.

އެޗްޕީއޭ އިން އާއްމު ކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިހާރު ރާއްޖޭގައި ކޮވިޑް-19 އަށް ފައްސިވެފައި ތިބި މީހުންގެ ތެރެއިން 52 މީހަކު ހޮސްޕިޓަލްގައި އެޑްމިޓްކޮށް އަންނަނީ ފަރުވާ ދެމުންނެވެ. ރޭ އާއްމު ކުރި ތަފާސް ހިސާބުތަކަށް ބަލާއިރު އިއްޔެ އިރުއޮއްސުމާއި ހަމައަށް އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ގެންދިޔައީ 47 މީހުންނަށެވެ. އަތޮޅުތަކުގެ ކޮވިޑް ފެސިލިޓީތަކުގެ ތެރެއިން ބ.އޭދަފުށީގައި 6 މީހުނަށް އަދި ށ.ފުނަދޫގައި އެކަކަށް ވޯޑުގައި އަންނަނީ ފަރުވާ ދެމުންނެވެ. ހޯމަ ދުވަހާއި އާދީއްތަ ދުވަހު ވެސް އެޑްމިޓް ކޮށްގެން ފަރުވާ ދެމުން އައީ 37 މީހުންނަށެވެ.

ދުނިޔޭގެ ހާލަތައް ބަލާއިރު ދުނިޔޭގެ ހާލަތު އޮތީ ވަރަށް ނުރައްކާތެރިކޮށެވެ. ހާއްސަކޮށް ޔޫރަޕްގެ ގައުމުތަކުން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އަންނަނީ އަދިވެސް އިތުރު ވަމުންނެވެ. މިއަދު މިހާތަނަށް 460,979 މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވާއިރު އޭގެ ތެރެއިން 225,168 މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވަނީ ޔޫރަޕުންނެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު