ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަޤާމަށް ކުރިމަތިލައްވާނެ ކަމަށް، ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިކަން ހާމަކުރައްވާފައި ވަނީ، މިރޭ ޑީއާރުޕީގެ ޓްވީޓާ މެދުވެރިކޮށް އާންމުކޮށްފައިވާ ވީޑިއޯ މެސެޖެއްގައެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމަށް ދެއްވާ ޚާއްސަ މެސެޖެއްގެ ގޮތުން ޑީއާރުޕީން އާންމުކުރި އެ ވީޑިއޯގައި ޖާބިރު ވަނީ މައުމޫނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
ރައީސް މައުމޫން ނެންގެވިކަމަށް ބުނާ 29 މިލިއަން ރުފިޔާގެ ލޯނުގެ ކަންކަމުގައި އެމަނިކުފާނު އޮޅުވާލައްވާފައިވާ ކަމަށް ވިދާޅުވެ ޖާބިރު ވިދާޅުވީ، "ދެން ކުރިމަތިލާނީ މަޖިލީހުގެ ރައީސް ކަމަށް" ކަމަށާއި، އެމަނިކުފާނު ކުރައްވަން އުޅުއްވާ ކަމެއް ކުރައްވާނެކަން ރައީސް މައުމޫނަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.
"މަނިކުފާނަށް އެނގިވަޑައިގަންނަވާނެ މަނިކުފާނު އައިސް ކަމަކަށް އެދުނީމާ ވަރަށް އިހުސާންތެރިކަމާއެކު 29 މިލިއަން ރުފިޔާ މަނިކުފާނުގެ ދަރިކަލުން، މަނިކުފާނު ވިދާޅުވި ބަހަކަށް އަޅުގަނޑު ހަވާލުކުރިން. މި މީޓިން ހިނގައިދިޔަ ތަނާއި މިކަން ހިނގައިދިޔަ ގޮތް އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ މަނިކުފާނަށް،" ޖާބިރު ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވީ ރައީސް މައުމޫނަށް 29 މިލިއަން ރުފިޔާ ދެއްވީ، އެމަނިކުފާނު ވިދާޅުވި ވިދާޅުވުމަކަށް މެލޭޝިއާއަށް ވަޑައިގެން އެޤައުމުގެ ހޮޓަލެއްގައި ބައްދަލުކުރައްވާ ކަމަށެވެ. ޖާބިރު ވިދާޅުވީ އެ ބައްދަލުވުމުގެ ތެރެއިން ނިންމަން ކަންކަން ނިންމައި، ދެންނެވި އަދަދަށް އަދި ދެންނެވި ދުވަހަށް ފައިސާ ރައްދުކޮށްދީފައިވާނެ ކަމަށެވެ.
ޖާބިރު ވިދާޅުވީ، ރައީސް މައުމޫނަށް ފައިސާ ދެއްވީ، ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު ވެރިކަމަށް ގެނައުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ކުރެއްވުމުގެ ގޮތުން ކަމަށެވެ. ނަމަވެސް ރައީސް ސޯލިހު ވެރިކަމަށް ވަޑައިގެންނެވުމުން ރައްޔިތުންގެ ކުރިމަތީގައި އިތުރުފުޅު ހައްދަވައި، ފައިސާ ނުދޭ ކަމަށް ވިދާޅުވުމުގެ ހައްޤެއް ނޯންނާނެ ކަމަށް ޖާބިރު ވިދާޅުވިއެވެ.
ޖާބިރުގެ އަތުން ރައީސް މައުމޫން ދަރަންޏަށް 29 މިލިއަން ރުފިޔާ ނެގި ކަމަށް ވިދާޅުވެ ސިވިލް ކޯޓަށް ވަނީ މައްސަލަވެސް ހުށަހަޅާފައެވެ. ނަމަވެސް ރައީސް މައުމޫން ވަނީ އެ ދަޢުވާއަށް އިންކާރު ކުރައްވާފައެވެ.
ޖާބިރު ވިދާޅުވީ ރައީސް މައުމޫން ދަރަންޏަށް ފައިސާ ނެންގެވީ އެމަނިކުފާނުގެ ގެކޮޅު، މއ. ކިނބިގަސްދޮށުގެ މޯގޭޖް ކުރެއްވުމަށް ފަހު ކަމަށެވެ.
ޖާބިރު މަޖިލީހުގެ ރައީސް ކަމަށް ހަމަޔަގީނުންވެސް މަޖިލީހުގަ މިހާރުހޮވިފަތިބި އެއްވެސް މެމްބަރެގެ ވޯޓެށް ޖަބިރަކަށް ފަހަރެއްގަ ކެނެރީގޭ ނަޝީދުދީފާނެ ޖަބިރުގެ ވޯޓާއި ނަޝީދުގެ ވޯޓުން ހޮވޭނެބާ ހޮވިއްޖެޔާރަގަޅު ދަރަނީގެވާހަކަ ދައްކަން ޖާބިރުތާހިރެއްނޫން ގެންގުޅޭ މުވައްޒަފުންނަށް ދަރާ ލޯނެއްނެގިއްޔާ އެލޯނަށްދަރާ ސަލާމަތް ނުވެގެން އުޅޭއިރު މީހުންނަށް ލޯނުދޭނެ ފައިސާ މީނަޙޯދަނީ ކިހިނެއް ކަން މީނަ ބުނެދޭންޖެހޭނެ ކަމަށް އެންމެންވެސް ގަބޫލުކުރަނީ
މަޖިލީހުގެ ރައީސަކަށް ހަދަންވީ އާންމު ރައްޔިތެއް. އޭރުން ދެއްތޯ ރައްޔިތުންގެ މަޖިލީހަކަށް ވާނީ. މިހާރު އޮތީ ވިޔަފާރިވެރިންގެ މަޖިލީހެއް. ކޮންމެ އިއްޒަތްތެރި މެމްބަރެއްވެސް މަޖިލީހުގެ ތަޅުމަށް ވައްދަނީ ޒާތީ މައްސަލަތަކާ މެމްބަރުންގެ ރިސޯޓާ ވިޔަފާރިތަކަށް ފައިދާ ވާ ބިލްތައް. ރައްޔިތުންނަކާ އެއްވެސް ގުޅުމެއް ނެތް.
މިހާރުވެސް ވަކި ގޯހީކީ އެއްނޫން ޑްރާމާ. އެކަމް މީނަ މިއުޅެނީ ކަޕިލް ޝަރުމާ ކުޅެން މަޖިލީހުގަ
ކަލޭ ކުރާނަމޭ ބުނާކަންތަކުގެ ލިސްޓް ހުސްވަނީ ތަ؟ މާދަމާ ދިވެހިންގެ އަތްފައިން އެއްވެސް މަސައްކަތެއް ކުރަން ނުޖެހޭވަރަށް ކޮންމެ ރައްޔިތަކަށް މަހަކު އެއްލައްކަ ރުފިޔާ ދޭނަމޭ ބުނާނެ ! ( ކަލޭގެ ވެރިކަމެއްގަ ) މިއީ ވާނެ ކަންތައް ތަ ؟
ޖާބިރު ޝަހާދެއް ފަދަ ތެދެއް މިބުނީ . މީހުން އިޙުތިރާމް ކުރާ ޝަޚްޝިއްޔަތު ތަކުގެ އަގުވައްޓާލަން ކަލެޔާ ކެނެރީގޭ ބުއްޅަބެއާ އެއްތާކު ތިބެގެން ރާވާފައި ހުންނަ ރޭވުން ތި ހުންނަނީ . މައުމޫން ފައިސާ ނަންގަވާނެ ނަމަ ނަންގަވާނީ ބުރުމާ ޤާސިމު ނޫނީ ޗަމްޕާ އަތުން. ި. ތިކަހަލަ ބޮލު ރޮދި ކެނޑިގެން އުޅޭ ރާރ ރާ ގުޑިއެއް ނުފެނިގެން މައުމޫނު ޢަބްދުލް ޤައްޔޫމް ނުއުޅުއްވާ
ޖާ ތިކޮންކަމެއްމައުމޫނާ ޖައްސާލައިގެން
ކުނިވަސް ދޮށުގެ ތިއޮތް ލިބުނީ އަވަހަށް އެގޭގައި ދިރިއުޅެން ފަށާ
ކުނިވަސް ދޮށުގެ ތިއޮތް ލިބުނީ އަވަހަށް އެގޭގައި ދިރިއުޅެންފަށާ
މަގޭ ވޯޓު ޖާ އަށް
ކޮބައިތޯ މަނިކުފާނު ކ. ކާށިދޫގައި އަޅުއްވަން ވިދާޅުވި އެއަރޕޯޓް؟
ކޮބައިތޯ މަނިކުފާނު ކ. ކާށިދޫގައި އަޅުއްވަން ވިދާޅުވި ޔުނިވަރސިޓީ؟
ކޮބައިތޯ މަނިކުފާނު ކ. ގާފަރާއި ކ. ކާށިދޫ ގުޅާލަން ބުނި ކޭބަލް ކާރުތައް؟
ކޮބައިތޯ މަނިކުފާނު ބައްލަވައިގެންނެވި ހެލިކޮޕްޓަރު؟
އަމާބުނީތީ ފަރަށްދާހެން ހުސް އަޗާތަޅަނީ. ތިޔަނޫން ކަމެއް ތިޔަ ލޮލީއަކަށް ނުކުރެވޭނެ.
ހޮނޑައިދޫ ބީޗުން އަޅުގަނޑު މަނިކުފާނަށް މަރުޙަބާ ކިޔަން ތައްޔާރަށް ހުރީމެވެ. އަދި މަނިކުފާނު ސަންސެޓް ބައްލަވަން ވަޑައިގަންނަވާނެ ކަމަށް އުއްމީދު ކުރަމެވެ. މިބޭފުޅާއަކީ ބުއްދި ހަމަޖެހޭ މީހެއްބާވައެވެ؟ ރައްޔިތުން ގުނބޯ ހައްދައިގެން މަޖިލީހުގެ އަގު ވައްޓާލަން އުޅޭ ބުރާންޗެކެވެ.
މުވައްޒިފުންނަށް މުސާރަކޮޅު ނުދެވި ކ. ކާށިދޫ އާއި ކ. ގާފަރުން ގަތް ގޯތިތައް ވިއްކިފަރާތްތަކަށް އަގުއަދާނުކުރެވި، މީސްކޮޅު ހުސްވެފައިވާ ޑީއާރުޕީ ގެ ލީޑަރަކަށްވެގެން ތިޔަ ޖައްސަވާ ސަކަރާތް ރައްޔިތުން މިތިބީ ނިކަން ބަލާށެވެ!
ޖާބިރުއެވެ. ކިތަންމެ ވަރެއް ދެއްކިޔަސް ރައްޔިތުން ޖާބިރު ބަލައި ނުގަންނާނެއެވެ. ތިޔައީ ހޮނޑައިދޫ ބީޗްގައި ހިއްޕަވައިގެން އޮންނެވި ބޭފުޅާތާއެވެ. އެއީ ހަމަ އިހަށްދުވަހު ހިނގި ކަމެއް ނޫންތޯއެވެ؟ ސަންސެޓް ބައްލަވަން ދެއްތޯއެވެ؟ ޔާމީނު ލާރި ދިނީމަ މުއްސަނދިވެ އެންމެ ފަހުން ޔާމީނުގެ ކަރަށް ފައިން އަރަން ދިމާކުރީއެވެ.
ހަނދާނަށް ގެންނަމާތޯއެވެ؟ ހ. ސަކީނާމަންޒިލް ގައި މަނިކުފާނު ކިޔަވަން އުޅުއްވި ދުވަސްވަރުގެ މަތިން ދެއްތޯއެވެ؟ އެދުވަސްވަރު ނޫންތޯއޭ މަނިއްޕުޅާއި ޔާމީނާއި ދިމާވަނީ ދެއްތޯ؟ މިނިސްޓަރ ޢާރިފް ޙިލްމީގެ ކާރުކޮޅު ފޮހެން އުޅުއްވި ދުވަސްވަރު ނޫންތޯއޭ އެދުވަސްވަރަކީ؟