މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވެރިކަންކުރާ ޕާޓީ ޕީޕީއެމްގެ ފަރާތުން ވާދަކުރައްވަން އެ ޕާޓީގެ ޓިކެޓް ރައިސް ޔާމީންއަށް ދެއްވަން ޕާޓީގެ ކައުންސިލްއިން މިރޭ ނިންމައިފިއެވެ.

އެގޮތަށް ނިންމެވީ މިރޭ ބޭއްވި ޕީޕީއެމް ކައުންސިލް ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާޤުންނެވެ. މީގެ އިރުކޮޅެއްކުރިން ޕީޕީއެމްގެ އޮފީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީގެ ނައިބުރައީސް ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަޙީމް އަބްދުﷲ ވިދާޅުވީ މިރޭ ޕީޕީއެމްގެ ކައުންސިލްގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުން ޕީޕީއެމްގެ 2018 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަ ކުރާނެ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމުގައި ނިންމަވާފައިވާ ކަމަށެވެ.

އަދުރޭ ވިދާޅުވީ އެގޮތަށް ކައުންސިލް އިން ނިންމީ އެޕާޓީގެ އަސާސީ ޤަވާއިދުގެ 91 ވަނަ މާއްދާއަށް ރިޢާޔަތްކޮށް ކަމަށެވެ. އަސާސީ ޤަވާއިދުގެ 91 ވަނަ މާއްދާގައި ބުނެފައިވަނީ ޕާޓީ ޓިކެޓްގައި ރިޔާސީ އިންތިހާބުގައި ވާދަކޮށް ހޮވިފައިވާ ފަރާތަކުން ދެވަނަ ދައުރަކަށް ކުރިމަތިލާން ބޭނުން ވާނަމަ ޕާޓީ އިން އެ ފުރުސަތު ދޭން ޖެހޭކަމަށެވެ.

މިރޭގެ ބައްދަލު ވުމުގެ އަދުރޭވަނީ ޕީޕީއެމްއިން ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް ދެއްވި މައިގަނޑު ސަބަބުތައް ބަޔާންކޮށްދެއްވާފައެވެ. އެގޮތުން ވިދާޅުވީ ރައީސް ޔާމީން ދިވެހި ރާއްޖެއަށް އިޖުތިމާޢީ ގޮތުންނާއި އިޤްތިޞާދީ ގޮތުނާއި އުމްރާނީ ގޮތުން ގެންނަވަމުންދާ ތަރައްޤީއާއި އިސްލާމްދީން ހިމާޔަތް ކުރުމަށް ކުރައްވާ މަސައްކަތް ކުރައްވަމުން ގެންދަވާތީ އެމަނިކުފާނަށް ދެވަނަ ދައުރަކަށް ކުރިމަތި ލުމަށް ކޮމެޓީއިން ފާސްކުރީ ކަމަށެވެ. މީގެ އިތުރުން އަދުރޭ ވިދާޅުވީ ކުރިޔަށް މިއޮތް ދައުރުގައިވެސް މުހިންމު ކަންތައްތަކެއް ކުރުމަށް އެމަނިކުފާނުގެ ވިސްނުން ހުންނެވުމާއެކުގައްޔާއި ދިވެހި ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލު ދެމެހެއްޓުމަށްޓަކައި ރައީސް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ރިއާޔަތްކޮށް އެމަނިކުފާނަށް އިތުރު ދައުރެއް ދެއްވަވަން ޖެހޭކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

29 ކޮމެންޓް

  1. ސަން

    ހަބޭސް

  2. ދަލޭކަ

    ރައީސް ޔާމީންއާ ޕާޓީ ޙަވާލުކުރި ހުކުން ލިޔުނީ ސިވިލް ކޯޓުގެ ފަނޑިޔާރަށް ނުފޫޒު ފޯރުވައިގެން އަލީ ޙަމީދު ކަމަށް ، ލީކުވި އެ ފަނޑިޔާރުގެ ބަޔާނުން އެނގެން އޮތް އިރު ޕީ.ޕީ.އެމްގެ އަސްލު ވެރިޔާއަކީ އަދިވެސް މައުމޫންއޭ. މި މައްސަލައިގެ ޝަރީޢަތް ކޮށް ޕާޓީގެ އަސްލު ލީޑަރު ނޭނގި ޕާޓީގެ ނަމުގައި ރިޔާސީ ކެނޑިޑޭޓު ޢިއުލާން ކުރެވޭނެ ހޭ..؟

    • ޖޮއްބެ

      ދެން ދަލޭކަމެންގެ ރީނދޫ ޕާޓީގަނޑުގެ ރިޔާސީ ޓިކެޓް މައުމޫނަށް ދޭންވީނު؟ ނަޝީދަކަށް ބައިވެރިވެވޭކަށް އޮތިއްޔެއްނޫންވިއްޔަ. އަވަހަށްދީ އިނގޭ.

      • ޢަލްމާނޫނު

        ތި ކިކު ގޮތެކޭ ދޯ

    • ޙަމޭ

      ކޯޓުން ވަރައް ސާފުކޮއް ދޯ އެއޮތީ ހަވާލް ކޮއްފަ. .

      • އަސްލުހާލަތު

        ކޮން ކޯޓަކުން ހަވާލުކުރީ؟ އެހުކުމް ރަނގަޅަށް ކިޔާބަލަ. އޭގަ އޮންނާބި ޕާޓީގެ ރައީސް ޤައުމީ މަޖިލީހުގެ ޖަލްސާތައް ބާއްވަން ދެކޮޅުހަދާތީ ޕާޓީގެ މުޝްތަޝާރުގެ ބެލުމުގެ ދަށުން ޖަލްސާ ބާއްވަން..ޕާޓީ ހަވާލެއް ނުކުރޭ. އަދި ރައީސަށް ޖަލްސާ ބޭއްވުން މަނައެއް ވެސް ނުކުރޭ

        • އޭޭނަ

          ދެން ކޮބާ ކަލޭގެ މައްސަލަ އަކީ. ޢަމުރުތައް ފަހުމް ނުވަންޏަ ހަބަރު ތައް ނުކިޔަ ދެން

  3. Anonymous

    ????????????????????

  4. Anonymous

    ތަރައްގީއާއިގެން ކުރިއައް މަނިކުފާނު ވަޑައިގަންނަވާ ސާބަހޭ ރައީސް ޔާމީން

  5. ޝީނު

    ތިކަން އޮލިފަައިވާ އިންސާނަކު މިއުޑު ދަށަކުނެތް، ތީ ޚަބަރެއްތަ؟

  6. އަސްލޭ

    ޕީޕީއެމްގަ ރައީސް ޔާމީން ނޫން މީހަކު ހަމަ ނެތީބާ..ޕުރައިމަރީއަކަަށް ވެސް ދާން ނުކެރޭބާ..ނަޝީދާ އެމްޑީޕީގެ ވާހަކަ ދެއްކޭކަށް ނެތް....

  7. Anonymous

    އަންނި.ޖެހޭނީ 13.އަހަރު ހަމަކުރަން އެނޫން ގޮތެއް ނޯންނާނެ

  8. ކެޔޮޅު

    ކައުންސިލްގެ ނިއްމުން ބަރާބަރު ޔާމީނުވަރެއް ހަމަނެތް ،

  9. ބަލަ

    އެމްޑީޕީ އަށް ގޮވި ފަތިވަރު އަނބުރާ އަނގަޔަށް.. ޕްރައިމަރީ އެއްވެސް ބާއްވާކަން ނުކެރުނު. އެކަމަކުވެސް އެންމެ ބޮޑު ޕާޓީއޭ ކިޔާ އަޑު އިވޭ.. ހަމަ އެއްވެސް މީހަކު ނެތީތަ ވާދަ ކޮށްލަން؟؟؟

  10. ނުރަބޯ

    ތިޔަ ޓިކެޓްގެ ޙައްގުވެރިޔާއަށް ތިޔަޓިކެޓް ތިޔަލިބުނީ. ބަރާބަރު.

  11. ާއދ.

    ????????????????????????????????

  12. ކެރެޓްބޯއީ

    އިންޝާﷲ 2018 އަދި 2023 ވެސް އިންޝާﷲ

  13. ހަސަނު

    ދެން އިލެކްޝަންސް ކޮމިޝަނުން ރައީސްކަންވެސް ހަމަ ތިގޮތަށް ހަވާލުކޮށްލަން ފެނޭ އޭރަށް އެންމެ ޑިމޮކްރެޓިކްވާނީ

  14. ޓުވިޓަރޭ

    ޕިންކީކުދިންނޭވެ ތިޔަ ޓިކެޓް ނުދިންނަމަ ކަލޯމެން ކޮންމެ މީހަކު ސަންދޯކެއް ޖަހަން ޕިންކު ކުލައިގެ ފިލާ ޔައް އޯޑަރު ދީގެން ތިބެން ވާނީ

  15. ރަށްދު

    އިންތިހާބު ބާވާލަށްނުފެނެ މަރުހަބާ!!!! ޔާމީންނަށް ދެވަނަ ދައުރެއްދިނުމަކީ ވާޖިބެއް

  16. ފޭކް މީހުން

    ތިތާ ތިބި ގިނަ މީހުންގެ މޫނު މަތިން ދޭ މެސެޖް އާއި މެދު ވިސްނާލަމާ.??????????

  17. ނަހުލާ

    އެމީހުނަށް އިނީ
    1- އިއްތިފާގު
    2-ދޫނިދޫ

  18. ދިސްވޭ

    ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް ދިނުމަށް ފާސްކޮށްފި ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ. މަމެން އުއްމީދު ކުރަމޭ ސީދާ ރައްޔިތުންގެ ވޯޓާއި ހަމަ އަށް ދިއުމުގެ ކުރިން މަމެން ވެރިކަމުގައި ތިބޭ އިރު ރައްޔިތުންނަށް ދަތި ވެފައިވާ ކަންކަން ފުރިހަމަ ކުރާނޭ ކަމަށް. އެގޮތުން ވަރަށް މުހިއްމު ކަމެއް މިހާރު ސަރުކާރުގެ މުވައްސަސާ ތަކުގެ ތެރޭން އެންމެ ފަރުވާ ކުޑަ އެންމެ ކޮރަޕްޝަން ބޮޑު ކަމަށް މާލޭގައި ތިބި އާންމު ވިޔަފާރިވެރިންގެ ޝަކުވާ އޮތް އިމިގްރޭޝަން ގެ ކަންކަން ހަމަ އަކަށް އެޅުވުމަކީ. ވިސާ އާއި ބެހޭ ސެކްޝަން އިން ފޯނެއް ނުނަގާނެ ހުރިހާ މޯބައިލް ފޯން ތައް އޮފް ކޮށްލާފައި ހުންނަނީ އަދި މާލޭގެ މަޖީދީމަގުގައި އޯޕަން ކޮށް ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން މާލޭގެ 100 ހޮޓާ ބަލާއިރު 99 ހޮޓަލުގައި ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ހުޅުމާލޭގެ ހުރިހާ ކޮންސްޓްރަކްޝަން ސައިޓް ތަކުގައި ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން އަލަށް ހަދާ ރިސޯރޓްސް ތަކުގައި ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން. މިކަން ކަން ހައްލު ގެންނަން އެބަޖެހޭ. އިމިގްރޭޝަން ކޮންޓްރޯލަރ މިކަން ކުރަން ނޫޅޭ އިމިގްރޭޝަން އޮޮފިސަރުން މިކަން ކުރުވާ ބަޔަކީ ކަން މިހެން ހުރުމުން ރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅޭ 70 ހާސް ބިދޭސީން އެގޮތަށް އުޅެނީ އެއީ އިމިގްރޭޝަން އާއި އަދި ރާއްޖޭގައި ހުންނަ ބަންގާޅު އެމްބަސީ ވެގެން ހިންގާ ގޭސް ގަނޑެކެވެ.

  19. ރީޒަން

    ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް ދިނުމަށް ފާސްކޮށްފި ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ މަމެން އުއްމީދު ކުރަމޭ ރިޔާސީ އިންތިޚާބަށް ރަސްމީ ކޮށް އިލެކްޝަންސް ކަމިޝަނަށް ކުރިމަތި ލުމުގެ ކުރިން މަމެންގެ ވެރިކަމުގައި ރާއްޖޭގެ ކޮންމެ އާއިލާ އަކާއި ގުޅިފައިވާ މާލެ ސަރަހައްދުގައި ބޮޑެތި ކުލި ދައްކައިގެން އުޅޭ މީހުންނަށް މާލެ ސަރަހައްދުން ފްލެޓްސް ތައް ލިބުމުގައި މަމެން ޕިންކީންގެ ބިއުޓިފުލް އެން އޯސަމް އެން ފްލޯލެސް ވެރިކަމުން އަދި އެއް ފަހަރު އެކަން ރިވައިސް ކުރާނޭ ކަމަށް. އެގޮތުން ބަލާއިރު ހައުސިންގް މިނިސްޓްރީ އަށް މިހާރު ފޯރމް ލާފައިވާ ހުރިހާ ފަރާތް ތަކަށް ވެސް ފްލެޓްސް ތައް ލިބޭނެ ކަން އިއުލާން ކޮށް އެއެންމެންނަށް ފްލެޓްސް ތައް 2019 ވަަނ އަހަރު ނިމުމުގެ ކުރިން ދޭނެ ކަން ސަރުކާރުން ލިޔުމުން އެއިން ކޮންމެ މީހަކާއި ހަވާލު ކޮށް އެ އެންމެންގެ ހިތް ތަކުން ވިން ވާންވީއޭ އައި ފައުންްޑް އައުޓް ތައުޒަންސް އޮފް ރީޒަންސް ފޯރ އިޓް އެން ދަ ރީޒަން އިޒް ދެއަރ އެން ދަ ރީޒަން އިޒް ދެއަރ....

  20. ދޫކޮށްލާ

    ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް ދިނުމަށް ފާސްކޮށްފިނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ މަމެން އުއްމީދު ކުރަމޭ މަމެން ޕިންކީންގެ ވެރިކަމުގައި ރާއްޖޭގެ އިގްތިސާދީ ހާލަތު އަދިވެސް ބަދަލު ކުރާނޭ ކަމަށް އެގޮތުން ބަލާއިރު މާލެ ސަރަހައްދުގައި ވިޔަފާރި ކުރާ އަމިއްލަ ފަރާތް ތަކުގެ ވިޔަފާރި ކުރިއަށް ނުގޮސް ހުއްޓިފައި އޮތީ އެއީ މާލެ ސަރަހައްދުން ވިޔަފާރި ކުރުމަށް ކުޑަ އަގުގައި ބިން ނުލިބޭތީއޭ ކަން މިހެން ހުރުމުން ގުޅި ފަޅުހިއްކާ އެތަނުން މާލެ ސަރަހައްދުގައި ވިޔަފާރި ކުރާ ކޮންމެ ކުންފުންނަކަށް އަކަފޫޓަކަށް މަހަކު 1 ރުފިޔާ ސަރުކާރަށް ދައްކާ ގޮތަށް ކުއްޔަށް ދީ އަދި ރާއްޖޭގައި ތަރަައްގީ ކުރާ ކޮންމެ ރިސޯރޓަކަށް ވެސް އެތަނުން 10 ހާސް އަކަފޫޓްގެ ބިމެއް ދީ އެތަނުގައި އިންޑަސްޓްރިއަލް ޕާރކްސް ތައް ހަދަން އަމިއްލަ ކުންފުނި ތަކަށް ސަރުކާރުން ދޫކޮށްލުން އެއީ މުހިއްމު ކަމެކޭ ސަރުކާރުން ބިލްޑިންގްސް ތައް އަޅާ އިންޑަސްޓްރިއަލް ޕާރކްސް ތައް ހަދަން އުޅެގެން އެކަން ނުވާނެއޭ އެކަން ދޫކޮށްލާ އަމިއްލަ ކުންފުނި ތަަކަށް އެއިރުން އެމެން 10 ބުރިއަށް އެތަން ތަނުގެ އޮފީސް އިމާރާތާއި އެކޮމެޑޭޝަން ބްލޮކް އާއި އަދި ވާރކް ޝޮޕް ހަދައިގެން އުޅޭނެ ނޫންތޭ.

  21. ޖަސްޓް

    މާލޭގައި ކުއްޔަށް ދޭ ތަންތަނުގެ ކުލި ކޮންޓްރޯލް ކޮށްގެން އޮބި އަޅަން ނުޖެހެއެވެ. އޭގެ ބަދަލުގައި އެކަން ކުރަންވީ މާރކެޓް ފްލަޑް ވާ ވަަރށް ގިނަ އަދަދަކަށް ފްލެޓްސް ތައް މާލެ ސަރަހައްދުގައި ބިނާ ކުރަންވީ އަދި މާލޭގެ އަމީނީ މަގުގައި އޮތް ޓާރފް ދަނޑު އެއްކޮށް ނަގާ އެތަނުގައި 150 ބުރީގެ ލައިޓް އިންޑަސްޓްރިއަލް އަދި ކޮމާރޝަލް ބިލްޑިންގްސް އެއް އަޅަންވީއޭ އަދި މާލޭގެ އުތުރު ފަރާތު މަސް މާރުކޭޓް އާއި ދަތުރުވެރިންގެ މާރުކޭޓް ގުޅިފަޅަށް ބަދަލު ކޮށްލާ އަދި އުތުރު ފަރާތު ހާބަރު ހިއްކާލާ ޑީޕް ބްލޫ ސީ ގައި 1 ކިލޯ މީޓަރު ފުޅާ މިނުގައި ހާރބަރ އެއް ހަދަންވީއޭ ޓެޓްރަޕޮޑްސް ތައް ބްރޭކް ވޯޓަރ އަށް ޖަހައިގެން އަދި މާލޭގެ އުތުރު ފަރާތުގައި ވެސް 150 ބުރީގެ އިމާރާތް ތައް ކޮށް ކޮމާރޝަލް މަސައްކަތް ތައް ކުރުމަށް އެ ބިލްޑިންގްސް ތަކުގެ އެކި ފްލޯރސް ތައް ވެސް ކުޑަ އަގުގައި ކުއްޔަށް ދޭންވީއޭ ރަށުތެރޭގައި ހުންނަ ސައި ހޮޓާ ތަން ތަން މަދުކުރަންވީއޭ އެއިރުންނޭ މިކަން ކަން ރަނގަޅުވާނީ. އައި ޖަސްޓް ވޯންޓް ޔޫ ޓު ނޯ އިޓް.

  22. ޖައްސާތި

    ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް ދިނުމަށް ފާސްކޮށްފި ނަމަ އެއީ ސަރުކާރުން ސްޕެޝަލީ ރައީސް އޮފީހުން ޑެޑް ސީރިއަސް ކޮށް ވިސްނަން ޖެހޭނެ ކަމެކޭ. މަމެން ޕިންކީން ވެރިކަމުގައި ތިބެމެ އިިދިކޮޅު ހުރިހ ފަރާތް ތަކުން އެކައްޗެއް ކިޔައިގެން އެމެން އެންމެން އެއް ކޮޅެއް ގައި ތިބޭއިރު އިދިކޮޅު ފަރާތް ތައް މިހާރު ގައުމީ ކަންކަމަށް ވުރެން ބޮޑަށް އެމެން ބަލަނީ ޖެލަސީ އެން އެންގަރ ކުރިއަށް ނެރެގެން ވެރިކަން ބަދަލު ކުރެވޭނީ ކިހިނެއްތޯއޭ އެމެން އެންމެ ބޮޑަށް ވިއްކަން އުޅެނީ ވައްކަން ކުރިއޭ ކިޔައިގެންނޭ އެމެން އެހެން ބުނާއިރު އެމްޑީޕީގެ ވެރިކަމުގައި ނޭޝަނަލް ޑިޒާސްޓަރ ތިޖޫރީ ގައި ހުރި ހުރިހާ ފައިސާ ޑީބީ މެން ދަވާލުމުން އޭނާ ނަގާ އިމިގްރޭޝަނަށް ބަދަލު ކޮށް އެތަނުގައި ހުރިއްޔާ ހުރިހާ ޑިޕޮޒިޓެއް ވެސް އޭނާ ދިރުވާލުމުންނޭ އެކަން އެނގުނީ ކަން މިހެން ހުރުމުން އެމެންގެ ވެރިކަމުގައި ކުރި ހުރިހާ ވައްކަމުގެ ވާހަކަ ތައް ކިޔާ ދޭން ވަކި ކޮމެޓީ އެއް ހަދަންވީއޭ އެއިރުން ހުންނާނީ އަލާފިލާފައޭ އެމެންނަށް.

  23. އާދަމް

    އަހަރުން މިތިބީ ހަމަ ރައީސް ޔާމީނާ އެކީ.. ސަބަބަކީ ފައިސާ އާއި ފްލެޓް އޮތީ އެތާ....

  24. ޢއ

    އިސްލާމް ދީން ހިމާޔަތް ކުރަން އޭނަ ކުރީ ކޮން ކަމެއް؟