ރާއްޖޭގެ ރަށްރަށުގެ ބިންތައް ބޭނުން ކުރާ ގޮތުގެ ޕްލޭންތައް ނުވަތަ ލޭންޑް ޔޫސް ޕްލޭން އެކުލަވާލުމުގެ އުސޫލުތައް ހިމެނޭ ބިލަށް އާންމުންގެ ހިޔާލު ހޯދަން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އިއުލާންކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން ވިލުފުށި ދާއިރާގެ އެމްޑީޕީގެ މެންބަރު ހަސަން އަފީފް ހުށަހެޅުއްވި ބިލަށް އާންމުންގެ ހިޔާލު ހޯދަން ކުރި އިއުލާނުގައިވާ ގޮތުން އެ ބިލަށް ހިޔާލު ހުށަހަޅަން ފުރުސަތު ހުޅުވާލާފައިވަނީ އަންނަ ބުރާސްފަތި ދުވަހުގެ 2:00 ގެ ނިޔަލަށެވެ.

މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީއާއި އެންވަޔަރަމެންޓް އެންޑް ކްލައިމެޓް ޗޭންޖްގެ ކޮމިޓީއާއި ލާމަރުކަޒީ ކޮމިޓީ ގުޅިގެން އުފައްދާ ޖޮއިންޓް ކޮމިޓީއަކުން ދިރާސާ ކުރަމުންދާ އެ ބިލަށް ހިޔާލު ހުށަހަޅަން ބޭނުންވާ ފަރާތްތަކުން [email protected] އީމެއިލް އަށް މެއިލް ކުރަން އެދިފައިވެއެވެ. ނޫނީ މަޖިލީހުގެ އިދާރާއަށް ލިޔުމަކުން ހުށަހެޅުމަށް މަޖިލީހުގެ އިދާރާއިން އެދެއެވެ.

ބިލްގައިވާ ގޮތުން، އެ ބިލްގެ ބޭނުމަކީ ދެމެހެއްޓެނިވި ގޮތެއްގައި ބިންތައް ބޭނުން ކުރާނެ ގޮތް ޕްލޭންކޮށް ތަރައްގީ ކުރުމުގައި އިދާރީ ދާއިރާތައް ލާމަރުޒީކޮށް ތަރައްގީ ކުރުމަށް މަގުފަހިވާނެ ގޮތަކަށް ސިޓީ އާއި ރަށްރަށުގެ ބިން ޕްލޭންކޮށް ހިންގުމާ ގުޅޭ އުސޫލުތައް ގާނޫނަކުން ކަނޑައެޅުން ކަމަށެވެ.

ހާއްސަ ސިނާއީ މަސައްކަތްތަކާ ގުޅޭ ގޮތުން ބިން ޕްލޭންކޮށް ހިންގުމާ ގުޅޭ އުސޫލުތައް ގާނޫނަކުން ކަނޑައެޅުމާއި، ބިން ތަރައްގީ ކުރުމުގެ ހުއްދަ ދޫކުރުމާއި، އެފަދަ މަސައްކަތްތައް ހިނގާ ނުހިނގާ ގޮތް ބަލައި، ބިން ތަރައްގީ ކުރާ ފަރާތްތައް ޖަވާބުދާރީ ކުރެވޭނެ ގާނޫނީ ނިޒާމެއް ގާއިމް ކުރުމަކީ ވެސް ބިލްގެ ބޭނުމެއްގެ ގޮތުގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޓެކްސީމަކަރު

    ޢަހަރަމެން ރަށުގަަ ނެތް ބިންކޮޅެއް. ޢޮތް ބިންކޮޅު ޚކައުންސިލްއިން ކަޓަށް ދުއްވާލާފި .

  2. ރާއްޖެ ތެރޭ އަޅު

    ކަލޭމެން ފާޑުފާޑުގެ ބިލަ ތި ހަދަނީ ރާއްޖެ ތެރޭގެ ރަށްރަށުން މީހުން ހުސްކޮށް މާލެ ސަރަހަށްދަށް ޖަމާކުރަން. ރައްޔިޔުން ޚިޔާލު ހޯދާށޭ ކިޔާފައި ހީލަތްތެރި ރޭވުމެއް ތީ. ރައްޔިތުން ބުނާ އެއްޗެއް ކަލޭމެން ޤަބޫލެއް ނުކުރާނެ. ނިކަން ރާއްޖެ ތެރޭ ރަށްރަށުން ގޯތި ދޭން ސަރުންކާރުން ހުއްދަ ދީބަލަ. އަދި އެ ގޯއްޗަކީ 100 ފޫޓް 50 ފޫޓް ގޯއްޗަށް ހަދާބަލަ. އޭރުން ގެ އަޅާފަ ކައިބޮއި އުޅެވޭނެ މަސައްކަތެއް ކޮށްލާޏެ ޖާގަވެސް އޮންނާނީ. މި ބައިބޯ ކޮންކްރީޓް ޝަހަރުގައި މި އުޅެނީ އިތުރު ގޮތެއް ނެތިގެން. ވަރަށް ސަލާމް.

  3. ...

    ކައުންސިލްތައް އުވާލަންވީ.