އައްޑޫ ސިޓީގައި ދިރިއުޅޭ ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއަކަށް މިހާރު ވެފައި އޮތީ ވާލުގެ ސަބަބުން ފޯރާ އުނދަގުލެވެ. ގަހެއްގައި ދޮންވެފައި އަނބެއް، ޖަންބެއް އޮތަސް އެ ގަހެއްގެ ވެރިއަކަށް އެއިން އެއްޗެއް ލިބުމުގެ ކުރިން ވާލުތައް ދަންވަރު ގަޑީގައި ގަސް ވަށައި ފުރާލައެވެ. ހެނދުނު ވާއިރަށް ގަސްތަކުގެ ދަށުގައި ވާލުތައް ކައިފައިވާ ނުވަތަ ފޮނި ބޮއެފައިވާ އެތައް އަނބެއް ނޫނީ ޖަންބެއް ނުހުންނަ ގަހެއް މަދުވާނެއެވެ.

ވާލުގެ އުނދަގޫ އިންތިހާއަށް ގޮސް ކެތް ނުވާ ހިސާބަށް ދިއުމުން ވާ މަރަން ނުކުތް އެކަކަކީ އައްޑޫ ސިޓީ މީދޫއަށް އުފަން އަބްދުالله ވަސީމް(ވައްސޭ)އެވެ.

ވަސީމް ބުނީ ވާލުގެ އުނދަގޫ މީދޫގެ ރައްޔިތުންނަށް ޖެހޭތާ މިހާރު އެތައް ދުވަހެއް ވެފައިވާ ކަމަށާއިވާލުގެ އުނދަގުލާއި ހެދި ގޭގޭގެ ހައްދާ ގަސް ގަހުން އެއްވެސް އެއްޗެއް އެ ގެތަކުގެ މީހުންނަށް ނުލިބޭ ކަމަށެވެ.

ދަލުގައި ވާލު ޖެހިފައި

ދަނޑުވެރިކަންވެސް ކުރަމުން އަންނަ ވަސީމް ބުނީ އޭނާގެ ގޭގެ ބޭރުގައި ހުންނަ ކުޑަ ޖަނބުރޯލު ގަހަކަށް ވާލު އަރައި ގެއްލުންދޭތާ ދުވަސްކޮޅެއް ވެފައިވާ ކަމަށެވެ. އަދި އޭގެ އުނދަގޫ އިންތިހާއަށް ދިއުމުން އަމިއްލައަށް ނިކުމެ ވާލު މަރަން ފެށީ ކަމަށް ވަސީމް ބުންޏެވެ.

ވަސީމް ބުނީ ވާލުގެ އުނދަގޫ ކުރިމަތިވާތީ އެ މައްސަލަ އައްޑޫ ސިޓީ ކައުންސިލަށް ވެސް އަންގާފައިވާ ކަމަށެވެ.

ކައުންސިލުން އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަށް އެންގުމުން އެ ތަނުން ބުނެފައި ވަނީ ވާލުތައް ނުމަރައި ވާލުގެ އުނދަގުލުން ސަލާމްތް ވާނޭ ގޮތެއް ހޯދުމަށެވެ.

އެކަމަކު ވަސީމް ބުނީ އޭނާގެ ގޭގެ ޖަނބުރޯލު ގަހަށް ގެއްލުން ދިނުމުގެ ސަބަބުން މިހާތަނަށް ނުވަ ވަރަކަށް ވާ މަރާފައިވާ ކަމަށެވެ.

ދަލުގައި ވާލު ޖެހިފައި

ވާލުގެ އުނދަގޫ ގަސްތަކުގެ އިތުރުން މީހުންނަށްވެސް ކުރެއެވެ.

އައްޑޫ ސިޓީގައި ވާ ގިނަވެފައިވާ އިރު އެ ތަކެތި އެއް ތަނުން އަނެއް ތަނަށް އުދުހިފައިދާއިރު މީހުންގެ ބޮލަށާއި ގަޔަށް ނަޖިސް ބޭރުކުރުމުގެ އެތައް ހާދިސާއެއް ހިނގާފައި ވެއެވެ. އަދި ބައެއް ފަހަރު ބޮލާއި ވަރަށް ކައިރިކޮށްލާފައި ވެސް އުދުހިގެން ގޮސްދާނެއެވެ. އައްޑޫ ސިޓީ ރައްޔިތުން ތިބީ ވާލުގެ އުނދަގުލުން ސަލާމަތް ވާނޭ ދުވަހެއްގެ އިންތިޒާރުގައެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

  1. އޮޅިއޮޅި

    އައްޑޫގަ އެކަންޏެއްނޫން މި ރަށުގަ ވެސް ތި ވާލެއްގެ އުނދަގޫ ބޮޑުވެގެން ދެން ނެތް އެއްޗެއް ހެއްދޭކަށް😭😭😭 ގަސްގަހުގަ އެއްޗެއް ދޮންވިޔަކަ ނުދޭއިރު މާ ކޮޅާ ފަތް ކޮޅުވެސް ނުބަހައްޓައޭ😠😠😠 އަދި ފެއްސިޔަަސް ނުދެޔޭ🙄🙄🙄

    19
    1
  2. މާލޭގައި ބުޅާ

    އަޅެ މާލެތެރޭ ގިނަވެގެން އުޅޭ ބުޅާތައް ވެސް، މަރާނެ ނަމަ އެވެ. ގޭ ދޮރުމައްޗަށާއި، ވެހިކަލް ތަކުގެ ދޭތެރެއަށާއި، ދުވާރު މައްޗަށް ބުޅާ ގުއިރެނީ އެވެ. މަގު ހިނގާ މީހުންނަށް އެ ނަޖިސްތަކަށް އެރި، ފައިވާނުގަޔާއި، ހެދުމުގެ ފަސްބައިގަޔާއި، ދުވާރު މަތީގައި ބުޅަލުގެ ނަޖިސް ފެތުރެއެވެ. ވާރޭވެހި މަގުތަކުގައި ފެންބޮޑުވެފައި އޮންނައިރު، ބުޅަލުގެ ނަޖިހުން ޖޫސް ގިރެއެވެ. ޔަޤީންވާ ކަމަކީ، މިއީ ޞިއްޙަތަށް ހުރި ބޮޑު ނުރައްކަލެއް ކަމެވެ. އުނދަގޫ ބޮޑު ދިރޭ ތަކެތި، އެއްބުރުން މެރުން ދީންވެސް ހުއްދަ ކުރެއެވެ. އަހަރުތަކެއް ކުރިންވެސް ސިފައިން ނިކުމެ ބުޅާ މެރިއެވެ. މިހާރުވެސް އެގޮތަށް، ވަގުބުޅާތައް ނަރާނެނަމަ އެވެ.

    26
    7
  3. ނެތީމޭނެތީމޭ

    އައްޑޫ އަކީ އެއީ މީހުން ދިރިއުޅެން ރަނގަޅު ތަނެއް ނޫނޭ އެތަނުގެ އެންމެން މާލެ ސަރަހައްދަށް ބަދަލު ކޮށް އައްޑޫ ފަޅު ކޮށްލަންވީއޭ ވަގުންގެ އުނދަގޫ އެހާ ބޮޑު ވާލުގެ އުނދަގޫ އެހާ ބޮޑު ކާޅުގެ އުނދަގޫ އެހާބޮޑު ޑްރަގް ކާރޓެލްސް އިން ރަށުގައި ވެރިކަން ކުރަނީ އެންމެ ރަނގަޅީ އައްޑޫން މީހުން އެއްކޮށް ބާލާ ހުރިހާ ގެތައް ވެސް ތަޅާ ބިމާއި ހަމަ ކުރުމަށް ފަހު އައްޑޫ ދޭންވީއޭ މާލެ ސަރަހައްދުގެ ވިޔަފާރިވެރިންނަށް ކޮންމެ ވިޔަފާރި ވެރިއަކަށް 1 މިލިއަން އަކަފޫޓްގެ ބިމެއް މަހަކު 1 މިިލިއަން ލާރި އަށް އެއިރުން ދެން ތިޔާ އައްޑޫ ރަނގަޅުވާހުށި ކަމޭ މަމެން ބުނަން ނެތީމޭ...

    18
    51
  4. ބުރުގާ

    ތަކުންނޭ ތީ ކަނޑައެޅިގެން ހަރާންކަމެއް އިނގޭ. އިނގޭތީ ބުނެލީ.

    6
    31
  5. ޢީސަ

    ވާ ތަ ނުވަތަ ވާލު ތަ؟. ރަގަޅު ގުތަކީ ކޮބާ؟

    21
    2
    • ތެދެއް

      ވާ

      12
      1
    • Anonymous

      "ވާ ގޮވަނީ ކީން ކީން"

      10
      1
  6. އަފީފު ދީދީ

    އެހެންވެގެން ދޯ ތިޔަ އައްޑޫ މީހުން ފުވައްމުލަކަައް ވާތަައް ގޯނިގޯނީގައި ގެންގޮސް ދޫކޮއްލީ!

    11
    19
  7. ބެއްޔާ

    އީޕީއޭ ތިޔަކަމާ ނިކުންނާނެ ވާހިމާޔަތް ކުރަން!

    17
    2
  8. އަނާ

    އަށްޑޫ އެކަންޏެއްނޫން، މިއީ ހަމަ ރާއްޖޭގެ ހުރިހާ ރަށެއްގެވެސް ޙާލު ހުރިގޮތް، ދިވެހި ރާއްޖޭގެ ހުރިހާ ރަށަކުން މިވާތައް މަރާ ހުސްކުރުމަށް ސަރުކާރަށް ގޮވާލަން، ކާބޯ ތަކެތި އަޅާ ގަސް ހެއްދިޔަސް ، ރަށްރަށުގަ ދިރިއުޅޭ ފަރާތްތަކަށް، އެއިން ލިބޭ މަންފާއެއް ނެތް، މިއީ ވަރަށް ދެރަކަމެއް،
    މިއީ ސަރުކާރުން އަޅާނުލާ ދޫކޮށްލާ ވަރުގެ ކަމެއް ނޫން،
    މ. މުލީގަވެސް ވާތައް ގިނަކަމުން، ގަހެއްގަ އަޅާ އަނބެއްކާލަންވެސް ރައްޔިތަކަށް ނުލިބޭ.

    31
    3
  9. އާލިމް

    ހުއްދަ ލިބުނީ ކާޅު މަރާކައްނު؟؟؟

    13
    2
  10. ސސ

    ﷲ ތަޢާލާ ދުނިޔޭގައި ކޮންމެ އެއްޗެއްވެސް ލެއްވެވީ ހިކުމަތެއް އޭގައި ވާގޮތަށް ދުނިޔޭގެ އީކޯ ސިސްޓަމް ގައިވާ ދިރޭތަކެތި މެރުމަކީ ރަގަޅު ކަމެއްނޫން ﷲ ބިރުވެތިވެ ލައްވާ ﷲ އަޅަމެނަށް ހެޔުމަގު ދައްކަވާށި !

    9
    7
    • ޔޫ ޑަމްބް ޔޫ ޝަޓް އަޕް

      ދިރޭތަކެތީގެ އުނދަގުލާހެދި އެތަކެތި މެރުމަކީ ހުއްދަ ކުރައްވައިފައިވާ ކަމެއް. ވާ މެރުމަކީ ހަރާމް ކަމެއް ކަމަށް ސުންނަތުގައެއް، ކީރިތި ޤުރުއާނުގައިވެސް ނެތް. ސުންނަތުގައި އޮތީ 4 ވައްތަރެއްގެ ދިރޭތަކެތި، އެތަކެތީގެ އުނދަގޫ ލިބޭނަމަ މެރުމަށް. (ދޫނީގެ ބާވަތަކާއި މީދާ/ހިކަންޖާއި، ވަޅުކުއްތާއާއި ނަނގުލަށްދާށި.) ބުޅާ ފަދަ ތަކެތީގެ އުނދަގޫ ލިބޭނަމަ އެތަކެތި އެހެން ރަށަކަށް ބަދަލުކުރެވިދާނެ ނޫނީ އެއެއްޗެހި ބަލާނެ ފަދަ ތަނަކަށް ފޮނުވިދާނެ. ވާލަކީ ބުޅާ ފަދައިން އޮޑުކުރެވޭ އެއްޗެއް ނޫން. އެހެންވީމާ ހަމަ މަރާލަންވީ. ކާޅުވެސް މަރާލަންވީ.

  11. ލލ

    މިހާރު އެންވައިރު މިނިސްޓުރީން ވަނީ ކަޑައަޅާފަވަނީ އައްޑޫ އެއީ މާފެޔާމީހުން ބިސް އަޅާ އާލާވާން ރަގަޅު ތަނެއްގެ ގޮތުގައި !

  12. Anonymous

    އިކުއެޓޯރިއަލް ހޮސްޕިޓަލް ގެ ކައިރީ އުޅޭ އަންނި ފަނީގެ އުދަގޫވެސް ވަރަށް ބޮޑު،އެވެސް ނައްތާލާން ޔަސްރިފުމެނަކަށް ނޭގޭ އެއީ ނަޝީދު ގެނައި ފަންޏެއް

    9
    3
  13. އޯކޭ؟

    މާތްﷲގެ މަޚްލޫޤުންނަށް މިގޮތަށް ގެއްލުން ދިނުން އޯކޭތަ؟

    7
    1
  14. ބިރެންދީދި

    ވައުލާ މަރަގެން ހަނަކޮއްގެން ކާފެލެ!

    5
    2
  15. ޗުމްކީ

    ވާލު ހިފާފަ ޗައިނާ އަށް އެކްސްޕޯރޓް ކުރަން ފަށަންވީ ،

  16. ﷲގެ އަޅާ

    ދޮންކެޔޮ ވެސް ކާލަނީ ހަމަ ވާ.

  17. ބެއްޔާ

    ދިރޭތަކެތީގެ ނަސްލު ނައްތާލުމަށްކުރި ބޮޑު ޖަރީމާއެއް.

    6
    4
  18. ހިހޙި

    އެންވައިރަމެންޓް ޕްރޮޓެކްޝަންގެ ބޭފުޅުންގެ ގެތަކަށް ވާތަށް ހަދިޔާ ކުރޭ....

    12
  19. ހޭބަލި

    ތިޔަ ތަނަށް ވާލު އެކަންޏެއް ނޫން ގެއްލުންދޭނީކީ....އަދި ތިޔަށްވުރެ ނުބައި އެއްޗެހި ވެސް އަރާނެ ގެއްލުން ދޭނެ

  20. ވާވާވާ

    ގަހުގަ އަޅާމޭވާ އަކީ ހަމައެކަނި އިންސާނުން ގެ ރިޒްޤެއް ކަމަށް ބަލާ ދިރޭމަހުލޫޤުން މެރުމަކީ ވަރަށް ބޮޑު ޖަރީމާ އެކެވެ. ގަހުގަ މޭވާ އަޅަނީ ވެސް މިމަޙުލޫގުންގެ ސަބަބުން ނެވެ. ވާލާ، ކާޅަށް ވެސް ދުވަހެއް އޮތްކަން ދަންނާށެވެ!!!

    4
    1
  21. ކާލާ

    މިފެންނަނީ އިންސާނުންގެ ނިކަމެތިކަން. އަމިއްލައެދުން ބޮޑުކަން.ހަޤީޤަތަކީ އިންސާނުން އެކަނި ދުނިޔޭގަ އުޅެން ބޭނުންވުން... މިގޮތަކަށްނޫން އަޅަމެންގެ އިލާހު މިކައުނު އުފެއްދެވީކީ...ވަށައިގެން ބަލާލާ...ހަމަބުއްދީގަ ތިބާހުރިނަމަ ތިދެލޮލުން ކަރުނަހިލޭނެ... މިދަރަޖާގެ ކަންކަމެއް ނުކުރާނެ..

  22. ހުވާތަ؟

    އަހަ ރުން ރަށުގަ އުޅޭ ކާޅުތާކޫގެ ބާލާ މާބޮޑު

    1
    1