ގއ.މާމެންދޫގައި މިިދިޔަ ސެޕްޓެމްބަރު މަހުގެ ކުރީކޮޅު، އަޅާލާނެ މީހަކު ނެތިގެން، އެ މީހާ އަށް އެހީތެރިކަން ފޯރުކޮށްދޭނެ މީހަކު ހޯދަން އެރަށު ކައުންސިލް އިދާރާއިން ވަނީ އިއުލާނުކޮށްފައެވެ.

މާމެންދު އަށް އުފަން އުމުރުން 80 އަހަރުގެ އަލިފުތު ނަމަކަށް ކިޔާ ފިރިހެން މީހާގެ އުފަން އަމިއްލަ ދަރިއެއް ނެތް އިރު އާއިލާ ތެރޭގައި ޖެހުނު މައްސަލައެއްގައި އަލިފުތު ބަލަހައްޓަމުންދިޔަ މީހުން ވަނީ އޭނާ ގެއިން ގެރެލާފައެވެ.

އެއަށް ފަހު އޭނާ ބެެލެެހެއްޓުމާއި ހަވާލުވީ އެރަށު ކައުންސިލުންނެވެ. އެރަށު ކައުންސިލުން ވަނީ އޭނާ ބަލަހައްޓާނެ މީހަކު ހޯދަން އިއުލާނުވެސްކޮށްފައެެވެ.

އެންމެ ފުރަތަމަ އަލިފުތުގެ ވާރިސުން ބުނީ އޭނާ އާއި ހަވާލުވާނީ ކޯޓުން އަލިފުތުގެ ބެލެނިވެރިކަމާއި މެދު ގޮތެއް ނިންމުމުން ކަމަށެވެ.

އެހެންނަމަވެސް މި މަހު ކުރީކޮޅު އަލިފުތާއި އާއި ހަވާލުވާން އޭނާގެ ވާރިސުންގެ މައްޗަށް މެޖިސްޓްރޭޓް ކޯޓުން އަމުރު ކުރުމުން ވެސް އަލިފުތާ އާއި ހަވާލުވާން ވާރިސުން ދެކޮޅު ހަދާފައެވެ.

އެއާއި އެކު ކައުންސިލުން ވަނީ މިހާރު އަލިފުތާއި އާއި ހަވާލުވާން ކުރި އަމުރު ތަންފީޒުކޮށްދިނުމަށް އަމުރުކޮށްދިނުމަށް އެދިކޯޓަށް ހުށަހަޅާފައެވެ.

މާމެންދޫ ކައުންސިލްގެ ރައީސް މުހައްމަދު ޒައީމް ވަނީ އެކަން "ވަގުތު"އަށް ކަށަވަރުކޮށްދެއްވާފައެވެ.

" އަދިވެސް ހަވާލެއް ނުވޭ. ސީދާ ތާރީޚު އަޅުގަނޑު ޖެހޭނީ ބަލާލަން. 2 ހަފްތާ ވަރު ކުރިން ވާނީ އެ ވާރިސުންނަށް ހަވާލުވާން އެންގި އަމުރު ތަންފީޒުކޮށްދޭން ކޯޓުގައި އެދިފައި. ޖެންޑާ އާއި ވެސް ވަހަކަދައްކަމުން ދަނީ. އެ ބޭފުޅުން ވިދާޅުވަނީ ކޯޓުން ގޮތެއް ނިންމީމައޭ ކުރިއަށް ދާނެ ގޮތެއް އެނގޭނީ." އޭނާ ވިދާޅުވިއެެވެ.

އަލިފުތާއި ހަވާލުވާނެ މީހަކު ހޯަދަން ކައުންސިލުން އިއުލާން ކުރުމުން އެނާ ބަލަން ބަަޔަކު ޝައުގުވެރިކަން ފާޅުކުރި ނަމަވެސް އެ މީހުން އޭނާ ބަލަން ބޭނުންވަނީ ގޭގައި ތަނެއް ހަދައިގެންނެވެ.

އޭނާގެ ކަންކަން ޖެންޑަ މިނިސްޓްރީން ވަރަށް ކައިރިން ބަލަމުންދާކަމަށް ޖެންޑަ މިނިސްޓްރީން މީގެ ކުރިން ވިދާޅުވިއެވެ.

ކޮވިޑް-19 އާ ގުޅިގެން މީހުން ބޭތިއްބުމަށް އެ ރަށުގެ ބޯޅަދަނޑުގައި ހަދާފައި ހުރިތަނެއްގައި އޭނާ ބަހައްޓައި، ބިދޭސީއެއްގެ އެހީގައި އޭނާ ބަލަހައްޓަމުން ދަނީ ކައުންސިލުން ކަމަށް ވާއިރު ކެއުމާއި ބުއިމާއި ހުރުމުގެ އިންތިޒާމް ކައުންސިލުން ދަނީ ހަމަޖައްސާދެމުންނެވެ.

އެހެންނަމަވެސް އުމުރުން ދުވަސްވެ މުސްކުޅި ވީ ދުވަހު އާއިލާގެ ފަރާތުން ބޭނުންވާ އެއްބާރުލުން ނުލިބުމުން އޭނާ އަށް ވަނީ ނަފްސާނީ ބޮޑެތި ތަކުލީފުތަކަކާއި ކުރިމަތިލާން ޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ހަބީބާހަބީ

    ކޮބާޝަހީމް މީޝަހީމް ރަށުމީހެއް މީނާގެ ކަންތައް ޝަހީމްބަލަހައްޓަދީ އާދެސްކުރަން ބޭރުގައުމެެއްގަ ހުއްޓަސް ބެލޭނެ ވާވަރައް ފައިސާ ފޮނުވަދީ

    2
    13
  2. ދިދަ ދަނޑި

    ކޯޓުއަމުރަށް ތަބާ ނުވަންޏާ ބަންދު ކުރެވޭނު..

    8
    1
  3. ޢަލީ

    މީހަކު ދިރިހުއްޓަ އޭނާގެ ވާރިޘުން ހޯދީތޯއެވެ.

  4. ލީނާ

    އޭނަ ބެލެނެ މީހެއް ނެތް ރަށުގަ. ޖެންޑާއިން ހަވާލުވޭ. އޭނާއަށް ކާއެތިކޮޅެއް ދޭންވެސް ސަހަރޯހީވިޔަސް މީހަކަށް ނުކެރޭ ކައިރިވާން. މި ވަރަށް ބުނީމަ އިނގޭނެ ކީއްވެކަން.

  5. ރަޓުމީހާ

    ބަލަ ތިމީހާގެ ވާހަކަ އިރުކޮޅަކާހެން ތިދައްކަނީ ރަށް ބަދުނާމްކުރަންތަ؟
    ފުރަތަމަ ބަލާބަ ތިމީހާތީ ކިހާވަރެއްގެ މީހެއްތޯ.

  6. އައިންތު

    އަލިފުތާގެ ފަރާތުން އެހެން މީހުނަށް ނުރައްކާތެރި ވިޔާނުދާ ނުބައި ޢަމަލެއް ފެންނާތީ ހެންހީވަނީ ޢާއިލާ އިންވެސް ރަށުގެ އެހެން މީހަކުވެސް އަޅާނުލަނީ

  7. ވިސްނާ

    އޭނަ އެއީ ކޮންކަހަލަ އަހުލާގެއް ހުރި މީހެއްތޯ ބަލަން ވީނު. އާއިލާވެސް ރަށުގެ މީ ހެއްވެސް އަޅާލަން ބޭނުން ނުވާ ސަބަބެއް އޮންނާނެ. ތީ އެހާ ރަނގަޅު މީހެއްހެން ހިޔެއް ނުވޭ!

  8. ސަޓޯ

    އަލިފުތާގެ ނުލަފާ ކަމުން އޭނައަށް މިދުވަސް އެފެންނަނީ