ފްރާންސްގެ އުފެއްދުންތައް ބޮއިކޮޓު ކުރުމަށް ރާއްޖޭގެ ޖަމިއްޔާތަކުންވެސް ގޮވާލައިފިއެވެ.

އެ އުފެއްދުންތައް ބޮއިކޮޓް ކުރުމަށް ގޮވާލާ ރާއްޖޭގެ 34 ޖަމިއްޔާއެއް ގުޅިގެން މިހާރު ވަނީ ބަޔާން ނެރެފައެވެ.

ފްރާންސް އިން މާތް ނަބިއްޔާ ﷺ އަށް ފުރައްސާރަކޮށްފައިވާތީ އެކަން ކުށްވެރިކޮށް އެޤައުމުގެ އުފެއްދުންތައް ބޮއިކޮޓް ކުރުމަށް ގޮވާލާ މަދަނީ ޖަމްޢިއްޔާތަކުން ނެރުނު އެ ބަޔާނުގައި ވަނީ ޒަމާނުއްސުރެ އިސްލާމްދީނުގެ ޢަދާވާތްތެރީން ނަބިއްޔާއަށް ތަފާތު ގޮތްގޮތުން ފުރައްސާރަކޮށް އެކަލޭގެފާނުގެ މަތިވެރި ޠާހިރު ޝަޙްޞިއްޔަތަށް ބޭއަދަބީ ބަސްތައް ރައްދުކުރަމުން ދާ ކަމަށެވެ.

އަދި މިއަދުވެސް ދުނިޔޭގައި ތިބި އެންމެ ބޮޑެތި ކުފުރުގެ ލީޑަރުން ވެސް އިޚްތިޔާރުކޮށްފައި އެވަނީ ކައުނަބިއްޔާއަށް ފުރައްސާރަކޮށްގެން އިސްލާމްދީނާއި ދީނުގެ އަހުލުވެރީންނަށް އިހާނެތިކޮށް ނިކަމެތިކޮށްލެވިދާނެކަމުގެ ބޯދާ ވިސްނުން ކަމަށް އެ ބަޔާނުގައި ވެއެވެ.

"އެހެންކަމުން ދީނާއި ދަޢުލަތް ވަކިކޮށް، ލާދީނީ ސަރުކާރެއް އެންމެކުރީގައި ޤާއިމުކުރި ފަރަންސޭސިވިލާތުގެ މިހާރުގެ ރައީސް ވަނީ މިދާކަށް ދުވަހު އަނެއްކާވެސް ކައުއިތުރު ނަބިއްޔާއަށް ނިސްބަތްކޮށް ކުރަހާފައިވާ ކާރޓޫނުތަކެއް އެޤައުމުގެ ސަރުކާރުގެ އޮފީސްތަކުގައި ބޮޑު ސްކުރީނުން އަޅުވާފައެވެ. އަދި އިސްލާމްދީނާމެދު ނަފްރަތްތެރިކަން ފެތުރުމަކީ ޚިޔާލު ފާޅުކުރުންކަމަށް މިކަލޭގެ ވަނީ ތަކުރާރުކޮށް ޞިފަކޮށްފައެވެ". އެ ބަޔާނުގައި ވެއެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ، މިފަދަ ކޮންމެ ކަމަކީ ހައްދުފަހަނަޅާފައިވާ ކާފަރުން، ޑިމްކޮރެސީ އާއި އިންސާނީޙައްޤުގެ ނަމުގައި ފަތުރާ ޝިޢާރުތަކުގެ އަނެއްފަރާތުގައިވާ ނަފްރަތާއި ގަދަކަމުން މީސްތަކުން އަޅުވެތިކުރުމުގެ މަކަރުވެރި މަސައްކަތް ބޭޒާރުވެ، ހާމަކޮށްދޭ ކަމެއް ކަމަށެވެ. އެހެންކަމުން ކާފަރު ވިލާތުގެ ޤައުމުތަކުން ހިންގާ މިފަދަ ޖަރީމާތަކާއި މެދު އަދުގެ މުސްލިމުން ހޭލައި، މުސްލިމް މުޖްތަމަޢުތަކަށް އެކަންކަން ވެރިވެގަތުމުގެ ކުރީން ހުޝިއާރުވެ ތިބުމަށް އެ ބަޔާނުގައި ވަނީ އެެދިފައެވެ.

އެ ބަޔާނުގައި އިތުރަށް ވަނީ، އެކަލޭގެފާނަށް ކުރެވެމުންދާ ފުރައްސާރަތަކަށް އިންކާރުނުކޮށް އެފަދަ ޢަމަލުތައް ކުރާ ޤައުމުތަކަށް ސަޕޯޓުކޮށް އެމީހުންގެ ތަކެތި ގަނެވިއްކައިގެން އެމީހުންގެ ވިޔަފާރިތަކަށް މާއްދީގޮތުންނާ މަޢުނަވީގޮތުން އެހީވާބައެއްގެ ގޮތުގައި ތިބެއްޖެނަމަ, ﷲތަޢާލާ އެކަލާނގެ ރަސޫލާއަށް ނަޞްރުދޭނޭ އެހެންބައެއް ދުނިޔެއަށް ގެންނަވާނެކަން ކަށަވަރު ކަމަށެވެ.

"އެހާރުން އަޅުގަނޑުމެންނަށްވުރެ ވަކީން ބަދު ނަސީބުވެރި ބަޔަކު ނުތިބޭނެތެވެ! އެހެންކަމުން ފަރަންސޭސިވިލާތް ނުވަތަ ފްރާންސުގެ ސަރުކާރުން ހިންގާފައިވާ ލާދީނީ ގޮތެއްފޮތެއް ނެތް ނާތަހުޒީބު އެ ޢަމަލު ކުށްވެރިކުރުމަށް އަޅުގަނޑުމެން އަވަސްވެ ގަންނަންޖެހެއެވެ". އެ ބަޔާނުގައި ވެއެވެ.

އެ ޖަމިއްޔާތަކުން ފްރާންސްގެ އުފެއްދުންތައް ބޮއިކޮޓުކޮށް، އެޤައުމުން އެ ޢަމަލުތައް ހުއްޓާލައި، މުސްލިމުންގެ ކިބައިން މާޢާފަށް އެދުމަށް ފަހު ނޫނީ އެމީހުންނާއެކު ސިޔާސީ އަދި ވިޔަފާރީގެ އެއްވެސް ގުޅުމެއް ނުބޭއްވުމަށް ދިވެހި ސަރުކާރަށް ގޮވާލާފައެވެ.

"އަދި މި ގޮވާލުމަށް ސަރުކާރުން އިޖާބަނުދިންނަމަވެސް ކޮންމެ ދިވެއްސަކުވެސް އަމިއްލަ ފަރުދީ ޒިންމާގެ ގޮތުން ފުރާންސުގެ އުފެއްދުންތައް އެކީ އެކަށް ބޮއިކޯޓު ކުރުމަށް ގޮވާލަމެވެ. އަދި އެކަމުގެ ނުރުހުމާއި އިންކާރުކޮށް އަޅުގަނޑުމެންގެ ލޮބުވެތި ނަބިއްޔާގެ ދިފާޢުގައި އަޅުގަނޑުމެންވެސް ކޮންމެވެސް ޙައިޘިއްޔަތަކުން ބައިވެރިވުމުގެ ނަޞީބު ލިބިގަތުމަށްވެސް އެންމެހާ އަޚުންނާ އުޚްތުންނަށް ހަނދުމަކޮށްއަރުވަމެވެ". އެ ބަޔާނުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އިބޫ

    އަލްޙަމްދު ލިﷲ

    46
    6
  2. ގނޖބ

    ފަރަންސެސް ވިލާތުން ހިންގަމުން ދަނީ 'އައިޑިއޮލޮޖިކަލް ޓެރަރިޒަމް'. އެގައުމުގެ ރައީސް އެމަނުއެލް މެކްރޮން އަކީ ޓެރަރިސްޓެއް.

    24
    2
  3. ޙަސަން

    މާތް ނަބިއްޔާ އައް ފުރައްސާރަކުރާބަޔަކައް އިސްލާމް ދީނައް ފުރައްސާރަ ކުރާބަޔަކައް ހަމްދަރުދީ ވެ ގާތްގުޅުމެއް އެކުވެރިކަމެއް ނު ބޭއްވޭނެ

    26
    2
  4. ބުއްޅަ

    މި ލާދީނީ ސަރުކާރު ވަރަށް މޭކަރާނެ.

    26
    2
  5. ސަރުކާރު އިސްތިއުފާ

    އެމް.ޑީ.އެން. ފަދަ ލާދީނީ ޖަމިއްޔާތައް އުވާލާ.
    އިންޑިއާ އައުޓް.

    23
    1
  6. ފްރާންސް

    ރާއްޖޭގަ ލިބެހުންނަ ފްރާންސް މުދާތަކުގެ ލިސްޓެ ސެއާ ކޮއްލަ ބަލަ.....ވަގުތު އަށް ވަރައް ފަސޭހަ ވާނެންނު މިހާރު

    12