ގދ.ނަޑެއްލާ އިންޖީނުގެ މިހާރު ހުރި ސަރަހައްދުން އެހެން ސަރަހައްދަކަށް ބަދަލުކުރުމުގެ މަޝްރޫއުގެ މަސައްކަތް ފަށާފައި ވަނީ ތިމާވެއްޓަށް އަސަރުފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓް (އީއައިއޭ) ހެދުމާއި ބެހޭ ގަވާއިދު ހިލާފަށް ކަމަށް ނިންމައި، ފެނަކަ ދެލައްކައަށްވުރެ ގިނަ ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

އެކަން ހާމަކޮށް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އެޕީއޭ)އިން ބުނީ އެ ކުންފުނިން، އެރަށު އާ އިންޖީނުގެ އެޅުމުގެ މަސައްކަތް ފަށާފައިފައި ވަނީ އީއައިއޭ ރިޕޯޓާއި ޚިލާފަށް، މަސައްކަތް ފެށުމުގެ ކުރިން އެ އެޖެންސީން ނަގަންޖެހޭ ހުއްދަތައް ނުނަގައި ކަމަށެވެ. އަދި އެކަން އެކުންފުނީގެ ފަރާތުން މިއެޖެންސީއަށް ޔަޤީންކޮށްދެއްވާފައިވާ ކަމަށްވެސް އެ އެޖެންސީން ބުންޏެވެ.

އެހެންވެ އެ ކުންފުނި 263,750.00 (ދެލައްކަ ފަސްދޮޅަސް ތިން ހާސް ހަތް ސަތޭކަ ފަންސާސް) ދިވެހިރުފިޔާއިން މިއަދު ޖޫރިމަނާކޮށްފައިވާ ކަމަށް އެ ބަޔާނުގައި ވެއެވެ.

އަދި މިޖޫރިމަނާ ފައިސާ މިއެޖެންސީއަށް 30 (ތިރީސް) ދުވަހުގެ މުއްދަތުގެ ތެރޭގައި ދެއްކުމަށް ފެނަކާއަށް އަންގާފައިވާނެ ކަމަށް އެ އެޖެންސީން ބުނެފައި ވެއެވެ.

އެ އެޖެންސީ ބުނީ، މިއީ 'ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ޤަވާޢިދު 2012' އާއި ޚިލާފުވެގެން ފެނަކަ ކޯޕަރޭޝަން ލިމިޓެޑް ޖޫރިމަނާ ކުރާ 6 ވަނަ ފަހަރުކަަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ޢަފްލާ

  އަދިވެސް ބޮޮޑާވެގެން އުޅެނަލަ ކިނބޫވަރުގެ މީހަކު ނެތިގެން ބުއްޅަހުއްތު އާއި ބުއްޅަ ބޭ މިގައުމު ހަލާކު ކުރަނީ ނަމުން ޑިމޮކްރަސީ ކަމުން ކިމޮކްރަސީ ނަމުން މުސްލިމް ކަމުން ޖާހިލު އިންސާފް ހޯދައިދެން އައިއްސަ އިންސާފް ނެރިކޮށް ހުރިހާ ތަނަކަށް ކަށިނުހުންނަ އަތް ބާނަނީ ޖުޑިޝަރީ ހިސޯރުކޮއްގެން ޕާޓީ ކުދިން ލައިގެން ކަނޑޫފާ ވަލުތެރއިން ރޯނު އިބޫ

 2. އަހްމަދު

  ހަފަހަރު އަދި ހަތްފަހަރު ޖޫރިމަނާކުރިއަސް މައްސަލައެއްނެތްތާ ތިޔަހުރިހާޖޫރިމަނާއެއްވެސް ދައްކާނީ ރައްޔިތުންގެ ފައިސާއިންވިއްޔާ

 3. މުއްލާ

  އަހަރެމެން މަސައްކަތް ނުކޮށް ތިޔަ އިންޖީނުގެ އެޅުމަށް ސަރުކާރައް އިލްތިމާސް ކުރަން. ޢިންޖީނު ގެއަކީ ރައްޔިތުން ގެ ތަނެއް! ވެލި ވެސް ނަގަން ޖެހެނީ އަހަރެމެން، ގާ އެޅީވެސް ހަމަ މިތާއުޅޭ ކުދިން، ތަޅުން ވެސް އަހަރެމެން.. މީ ވަރަށް ދެރަވަރު ކަމެއް . ު ޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭ ިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިި

 4. ޖޯން

  ފެނަކަ ސައީދު އަށް ކަޓް ލިބޭގޮތަށް އަވަސް އަރުވާލައިގެން ހިންގާ ޖަރީމާތައް.މިހާރުވެސް ފެނަކަ އޮޑިޓް ކޮށްފިއްޔާ މިލިޔަނުން މިލިޔަނުން އޮންނާނެ ކަރަޕްޝަން ހިންގާފަ.އޮޑިޓަރ ޖެނެރަލް އަށް ވަރަށް އަދަބުވެރިކަމާއެކު ގޮވާލަން ފެނަކަ އޮޑިޓް ކޮށްލަން.ތި ސައީދު ހުރެގެން ދުވަހަކުވެސް އެތަނެއް ރަނގަޅެއްނުވާނެ.ހީވަނީ ފެނަކަ އަކީ އެމްޑީޕީއިން ސައީދުއަށް ވަރުވާއަށް ލިޔެދީފައިވާ ތަނެއްހެން.ވެރިކަމަށް އަންނަ ކޮންމެފަހަރަކު އޭނަޔާ އެތަން ހަވާލުކުރޭ އެބަ.ކަރަޕްޓް މީހެއްކަން އެނގިހުރެ.

 5. ސައްލި

  ފެނަކަށް ފައިސާކޮޅެއް ދޭން ކޯޓްން ހުކުމެއް ކުޜީމަ އެފައިސާކޮޅު ހޯދަން އީޕީއޭ ކުރިކަމެއްތޯ ؟ ފައިސާ ޕައިސާ !