ރާއްޖޭގެ ފިހާރައަކުން ފްރާންސްގެ އުފެއްދުންތައް ބޮއިކޮޓްކޮށްފައިވާ ކަން ހާމަކޮށްފިއެވެ.
"ލާމަ"ނަމަކަށް ކިޔާ އެ ފިހާރައިގެ ފޭސްބުކް ޕޭޖްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ، ކީރިތި ރަސޫލާ صلى الله عليه وسلم އަށް ފުރައްސާރަ ކުރަމަށް ހިތްވަރުދޭ ގައުމެއްގެ އުފެއްދުމެއް އެ ފިހާރައިން ނުވިއްކާނެ ކަމަށެވެ.
އެ ފިހާރައިން ވަނީ، އެތަނުން ނުވިއްކާ ބްރޭންޑްތަކުގެ ލިސްޓެއްވެސް އާއްމުކޮށްފައެވެ. އެއީ ފްރާންސްގެ ބްރޭންޑްތަކެވެ.
ލާމަ ފިހާރައަކީ ރ. މީދޫ ފިހާރައެކެވެ. އެ ފިހާރައިން ހައުސް ހޯލް އެއްޗެއްސާއި، ހާޑްވާ އަދި ގޭތެރެއަށް ބޭނުންވާ ސާމާނުތައް ވިއްކަމުން ދެއެވެ.
ފްެރާންސްގެ ރައީސް މެކްރޯން އިސްލާމް ދީނާ މެދު މީހުންގެ މެދުގައި ނަފްރަތު އުފެދޭ ގޮތަށް ވާހަކަދައްކަމުން ދާތީ ގިނަ ވިޔަފާރިވެރިން ދަނީ އެ ގައުމުގެ އުފެއްދުންތައް ބޮއިކޮޓް ކުރަމުންނެވެ. އެގޮތުން ދާދި ފަހުން ރާއްޖޭގެ ރެސްޓޯރެންޓަކުންވެސް ވަނީ ފްރާންސްގެ އުފެއްދުންތައް ބޮއިކޮޓްކޮށްފައެެވެ.
ފްރާންސްގެ ރައީސް މެކްރޯން ވަނީ ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރުމަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ކަމަށްވެސް ވިދާޅުވެފައެވެ. މިކަމާއި ގުޅިގެން މުސްލިމް ގިނަ ގައުމުތަކުން ދަނީ ފްރާންސްގެ ވިޔަފާރިތަކާއި ދެކޮޅަށް އަޑު އުފުލަމުންނެވެ.
ﷲ އަކްބަރު ހާމަ ފިހާރައައް ﷲގެ ރަހުމަތް ލައްވާ ވިޔަވާރީގަ ބަރަކާތް ލައްވަށި އާމީން
ވަރަށްއުފާކޮށްފިން ..
ވަރަށް ރަނގަޅު ނިންމުމެއް.
ސާބަހޭ ރ.މީދޫ ލާމަ ފިހާރަ އަށް.
ރާއްޖޭގައި ވިއްކާ ފްރާންސް ބްރޭންޑު މުދަލުުގެ ލިސްޓެއް ބޭނުންވޭ. މިކަން ކުރެވޭނެ ހަމައެކަނި ބަޔަކީ "ވަގުތު" ނޫސް ކަމުގައި ދެކެން. ވަގުތުން މިކަން ކޮށްދީބަލަ.