ސަރުކާރު ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެެ ވިސްނުމަކީ ކުޅިވަރު އެސޯސިއޭޝަންތައް ޑިމޮކްރެޓައިޒް ކުރުން ކަމަށް އެ ޕާޓީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެ ޓްވީޓެއް މިއަދު ކުރެއްވީ ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީގެ ޗެއާޕާސަން، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ހުށަހަޅުއްވާފައިވާ ދިވެހި ކުޅިވަރު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް އިޝާރާތް ކުރައްވައެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ އެމްޑީޕީގެ ވިސްނުމަކީ ކުޅިވަރު އެސޯސިއޭޝަންތައް ޑިމޮކްރެޓައިޒްކޮށް ދެފުށް ފެންނަ ގޮތަށް ހިންގެވުން ކަމަށެވެ. އަދި ކުޅިވަރު ވަސީލަތްތައް ދެމެހެއްޓެނިވި ގޮތަކަށް ބެލެހެއްޓޭނެ ނިޒާމެއް އޮތުން ބޭނުންތެރި ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ހަސަން ލަތީފްގެ ބިލް އިން މި ކަންކަން ހާސިލްވާނެ." ރާއްޖޭގެ ކުޅިވަރު އާއިލާއެއް ކަމުގައިވާ ކެނެރީ އާއިލާއަށް ނިސްބަތްވާ ރައީސް ނަޝީދު ވިދާޅުވިއެވެ.

ހަސަން ލަތީފް ހުށަހެޅުއްވި ބިލްގައިވާ މައިގަނޑު ބަދަލަކީ ގައުމީ ކުޅިވަރު ކައުންސިލްގެ އެކުލެވުމަށް ގެނެވިފައިވާ ބަދަލުތަކާއި އެ ކައުންސިލްގެ ބައެއް މެންބަރުން އިންތިހާބު ކުރެވޭ އުސޫލަށް ގެނެވިފައިވާ ބަދަލެވެ.

މީގެ އިތުރުން އެ ބިލް ގާނޫނަކަށްވެ އަމަލު ކުރަން ފަށާތާ ހަ މަސް ދުވަހުގެ ތެރޭގައި ކުޅިވަރު ކައުންސިލްގެ އިންތިހާބު ބާއްވައި އަލުން އެ ކައުންސިލް އެކުލަވާލަން ވެސް އެ ބިލްގައިވެއެވެ.

އެ ކައުންސިލްގައި މިހާރު ތިބެނީ ކުޅިވަރު އެސޯސިއޭޝަންތައް ތަމްސީލްކުރާ ހަތަރު މެމްބަރުންނާއި ޔޫތު މިނިސްޓަރު އައްޔަން ކުރައްވާ ދެ މެންބަރުންނާއި މިނިސްޓަރު އައްޔަން ކުރައްވާ ގާނޫނީ ވަކީލަކާއި އެޑިއުކޭޝަން މިނިސްޓްރީ ތަމްސީލްކުރާ މެމްބަރަކާއި ދެ އަންހެން މެމްބަރުންނާއި އޮލިމްޕިކް ކޮމިޓީން ކަނޑައަޅާ މެމްބަރެކެވެ.

ހަސަން ލަތީފް ހުށަހެޅުއްވި ބިލްގައި ވަނީ ޔޫތު މިނިސްޓަރު އައްޔަން ކުރައްވާ ގާނޫނީ ވަކީލެއްގެ ބަދަލުގައި ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީ ކަނޑައަޅާ ވަކީލެއް ހިމެނުމަށެވެ. އަދި އެސޯސިއޭޝަންތައް ތަމްސީލް ކުރާ ހަތަރު މެންބަރުންގެ ތެރެއިން ދެ މެންބަރަކީ އަންހެނަކަށް ވުމަށް ކަނޑައަޅައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. އުތީމު މީހާ

  އަދި ތިޔަވިދާޅުވެވުނީ ރަނގަޅަކަށްނޫން. ރަނގަޅު ގޮތަކީ އެމްޑީޕީގެ ބޭނުމަކީ ކުޅިވަރު އެސޯސިއޭޝަންތަށް ހިންގުން އެމްޑީޕީގެ މީހުންނާއި ހަވާލުކުރުން، އެއީ ގަވާއިދުގެ ތެރެއިން ނުވަންޏާމު ނުގަވާއިދުން ނަމަވެސް މައްސަލައެއްނެތް.
  އެންމެ ފުރަތަމަ ކުރަންވީ ކަމަކީ ބައްސާމް ކަނޑާލާފައި އާޒިމްއާއި އެފްއޭއެމް ހަވާލުކުރަންވީ، ދެން ނިއުރޭޑިއަންޓާއި ވިކްޓަރީ ކަހަލަ މާލޭގެ ބޭބޭފުޅުންނަށް ނިސްބަތްވާ ޓީމްތަށް އެއްވަނަ ޑިނިޝަނަށްގެނެސްގެ ކުޅެންވީ. ދެން އެޓީމުތަކުން ކުޅުންތެރިންނަށް މުސާރަދިނަސް ނުދިނަސް އެކަކުވެސް އަނގައިން ބުނެގެންނުވާނެ.
  ހުރިހާ ކުޅިަވރު އެސޯސިއޭޝަނެއްވެސް ހިންގަންވާނީމިގޮތަށް.

  18
  2
 2. ލލ

  އެމްޑީޕީގެ ލީޑާޝިޕްގެ ހުރިހާވެސް ފިކުރާއި އަމާޒަކީ ވީހާވެސް ގިނައިން ރައްޔިތުންގެ އަތުން ޓެކުސް ނަގައިގެން އަމިއްލަ ޖީބަށް ލުން !

  14
  1
 3. މ

  ޓީޓި އިންތިޚާބުގައި ބޭބެ އަށް ކާމިޔާބު ނުވުމުން ކަރު ބުޑުގާ ހިތިރަހަ ލައިގެން ހަސަން ލަތީފު ނުނިދާ ތެޅި މަރުވަނީ...ވެރިކަން ލިބޭ އިރަށް ވިކްޓަރީ އާއި ކެނެރީގޭ
  މީހުން ހަވާލުވޭ....ކްލަބު ދަރަނި ވެރި ކޮށްލާފަ ބަޗަނީ
  ނުކެރޭނެ މިކަން ދޮގުކުރާކަށް

  9
  1
 4. ރޯދަމުބާރަކް!

  ކުޅިވަރު އިލެކްޝަންތަކުން އަލް އުސްތާޒު ހަސަން މެންނަށް ލިބުނު ނާކާމިޔާބީގެ ބަދަލު ހިފުން!

  7
  1
 5. ހައްޤު1

  ދެން ފުނޑާ ނުލެވި އޮތްތަން ވެސް އިތުރަށް ޕޮލިޓިކްސް ވައްދައިގެން ފުނޑާލުން... ޕޮލިޓީޝަނެއް ހެވެއް އެދޭނެ ކަމަށް ވިސްނުމަކީވެސް ބޮޑު ގޯހެއް!! ދޭ ނީޑް ޓު ބީ ޗޭންޖްޑް ލައިކް ބޭބީ ޑައިޕާސް...

  7
  2
 6. ޖީއެސްތީ

  ތިޔކަހަލަގެ އެތައްބަޔެއް މިދުނިޔޭގައި އުޅެފައި ހަލާކުވެ ނިމިގޮއްސްފި އެމީހުންނެއް ދެނެއްނާންނާނެ ކިޔާދޭކައް އެއީ ގުދުރަތްގަ ލައްވާފައިވާގޮއް އަހަރުމެން އިނަސާނުން މިވަނީ ނުކުޅެދިފައި ތިޔަބަހަނާ ތިމެން ތިޔައުޅޭނީ މިގައުމުގައި ބިރަކާ ނުލާ މަޖާކުރުމާ ބިރަކާނުލާ ލާދީނީ ކަންކަންފަތުވާ

  5
  1