ކީރިތި ރަސޫލާ މުހައްމަދު صلى الله عليه وسلم އަށް ފުރައްސާރަ ކުރުމަކީ ހަމައެކަނި އިސްލާމް ދީނުގެ ހައިސިއްޔަތުން ކުށެއް ނޫން ކަމަށާއި ބައިނަލްއަގްވާމީ ހައިސިއްޔަތުން ވެސް އެއީ ވަރަށް ބޮޑު ކުށެއް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

ރަސޫލާގެ އީދުމީލާދުގެ މުނާސަތުގައި ރައީސް މައުމޫންގެ ފައުންޑޭޝަންއިން "ވަސްމީރު ޒިކުރާގެ ޝަރަފުގައި" ރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް މައުމޫން ވަނީ ފްރާންސްގައި ކީރިތި ރަސޫލާއަށް ފުރައްސާަރަކޮށް ކާޓޫން ކުރަހައި އާންމު ކުރުމާއި ފްރާންސްގެ ރައީސް އެ ކަން ދިފާއުކުރެއްވުން ކުށްވެރި ކުރައްވާފައެވެ.

"އެއްވެސް އުސޫލަކުން، ދީނީ ހައިސިއްޔަތަކުން ވިޔަސް، ބައިނަލް އަގްވާމީ ހައިސިއްޔަތަކުން ވިޔަސް އެއީ ހުއްދަ ކުރެވޭނެ ކަމެއް ނޫން، އެ ކަން ކޮށްގެން ނުވާނެ، އެއީ އެބައި މީހުން ކުރާ ވަރަށް ބޮޑު ކުށެއް،" ރައީސް މައުމޫން ވިދާޅުވިއެވެ.

މުސްލިމުން ވެސް ޣައިރު މުސްލިމުންނާ މެދު އޯގެތެރިކަން އިސްކުރަން ދީނުގައި ބާރުއަޅުއްވާފައިވާ ކަން ރައީސް މައުމޫން ހަނދުމަފުޅުކޮށްދެއްވިއެވެ. އަދި ހައްގަކާ ނުލާ ޣައިރު މުސްލިމުންގެ ލޭއޮހުރުވުމަކީ ވެސް ހުއްދަ ވެގެންވާ ކަމެއް ނޫން ކަން ފާހަގަކުރެއްވިއެވެ.

ރައީސް މައުމޫން ވިދާޅުވީ މާތްވެގެންވާ އިސްލާމް ދީނަކީ އޯގާތެރިކަމުގެ ދީނެއް ކަމާއި އޮޅިގެން މީހަކަށް އަދަބެއް ދެވުމަށް ވުރެ އޮޅިގެން ކުށްވެރިއަކަށް މައާފު ދިނުން ވެސް ހެޔޮ ކަން ބޮޑު ކަމަށާއި ވީވަރަކުން މައާފް ކުރެއްވުމަކީ ދީން ބާރުއަޅުއްވާ ސިފައެއް ކަމަށެވެ.

"އަޅުގަނޑުމެން ވެސް ޣައިރު މުސްލިމުންނާ ދޭތެރޭ ކަންކަން ކުރަން ވާނީ މާތްވެގެންވާ އިސްލާމް ދީނުގައި އަންގާފައިވާ ގޮތެއްގެ މަތިން، ހަމައާއި އިންސާފުން، އެއްވެސް ހާލަތެއްގައި ހައްގަކާ ނުލައި ބަޔަކު ގަތުލުކޮށްގެން ނުވާނެ،" ރައީސް މައުމޫން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ދީދީ

    މައުމޫނު ދީނީ އިލްމްވެރިއެއްގެ ތާކިހާ އަޅައިގެން ހުންނަވާއިރު ކީއްވެތޯ ނަމާދަށް މިސްކިތަށް ނުދަނީ، ހުކުރުނަމާދަށް ނުދަނީ.

    33
    4
    • ހަޔަސިންތް

      މުޖުތަމައަށް ފައިދާހުރި ރަންގަޅު ވާހަކަދެއްކިއަސް ޖާހިލުންނަކަށްނެއެގޭނެ މީހަކުނަމާދު އަދި ހުކުރަށް ޖަމާއަތައް ނުދިއުމުން ސަބަބުއޮޅުންފިލުވުން އެއްމެރަންގަޅު

      8
      2
      • ފެކްޓް

        ދިމާ ހުރިގޮތަށް ހުރި ފުރައްސާރައަކު ދައްކާ ވާހަކައެއްގަ ހެވެއް ލާބައެއް ފައިދާއެއްވާނެތޯ!!!!
        ފުރަތަމަ ޚުދު ތިމާމެންނަށް ނޭގިވެސް ނުވަތަ އެނގިތިބެވެސް ކުރާ ފުރައްސާރަ އެގިގަނެ އަމިއްލަ ނަފްސު އިސްލާހް ކުރަންވީ

  2. ދިދި

    އެއްވެސް ޝައްކެއްނެތް އެއްވެސް ގޮތަކަށް ރަސޫލާ މުހައްމަދު صلى الله عليه وسلم ފުރައްސާރަކުރުމަކީ އެއްވެސް އިންސާނަކަށް އަދި ޖަނަވާރަކަށް ވެސް ހެޔޮވެގެންވާނެކަމެއްނޫން. މާތްﷲ ކީރިތި ގުރުއާންގެ އަލްއަހްޒާބް ސޫރަތުގެ 57 ވަނަ އާޔަތުގައި އަންގަވަނީ، ހަމަކަށަވަރުން ﷲ އާއި ރަސޫލާއަށް އުނދަގޫކުރާ މީހުން ދަންނާށެވެ. ﷲ އެއުރެންނަށް ދުނިޔެއާއި އާހިރަތުގައި ލައުނަތް ލެއްވިއެވެ. އަދި އެކަލާނގެ އިހާނާތްތެރި އަޒާބް އެމީހުންނަށް ޓަކައި ތައްޔާރު ކުރެއްވިއެވެ.
    މިއަދު ކާފަރުން ކުރަހާ ކާޓޫނަކުން ރަސޫލާ صلى الله عليه وسلم އަށް ލިބޭނޭ ދެރައެއްނެތް، އެކަލޭގެފާނުގެނައި މިމާތް އިސްލާމްދީނަށް ލިބޭނޭ ދެރައެއް އުނިކަމެއްވެސް ނެތް. އެކަލޭގެފާނު މައްކާގައި ދީނަށް ގޮވައިލައްވަމުންދިޔައިރު އެކަލޭގެފާނަށް މުހާތަބްކޮށް މައްކާގެ މުޝްރިކުން ނުކިޔަނީ ކޮންއެއްޗެއްތޯ؟ އެކަލޭގެފާނު ހަރަމްފުޅުގައި ސަޖިދައަށް އޮންނަވަނިކޮށް ގައިމައްޗަށް ކުނިވެފައިވާ އެއްޗެއް އެޅިދުވަހުވެސް އެކަލޭގެފާނު ހުންނެވީ އިސްލާމްދީނުގެ ރިވެތި އަހްލާގްމަތީގައި ސާބިތުވެގެން.
    މައްކާގެ މުޝްރިކުންނާއި މުސްލިމުންނާއި ފުރަތަމަ ވެވުނު ސުލްހުލް ހުދެއިބިއްޔާ ލިޔެވުނު ދުވަހު އެ ފަތްކޮޅު ކިޔަން ފައްޓަމުން ބިސްމިއްލާހި މިހެން ލިޔުމުން ކާފަރުންގެ މަންދޫބު އެކަމާއި ނުރުހުމުން އެތަންކޮޅު ފޮހެލެއްވި، މުހައްމަދުއްރަސޫލުﷲ އޭލިޔާއިރަށް ކާފަރުންގެ މަންދޫބު އެތަންކޮޅު ބަދަލުކޮށް މުހައްމަދު ބިން އަބްދުﷲ އޭ ލިޔާށޭބުނީމައި ލިޔަން އިންނެވި އަލީބިން އަބޫތާލިބް އަށް އެތަންކޮޅު ފޮހެލާފައި އެމީހުން އެބުނާ ގޮތަށް ލިޔާށޭ ބުނީމައި އަލީގެފާނަށް އެކަންކުރާން ބުރަވި ހިނދު އިތުރު ރަސޫލުﷲގެ ފާނު އަމިއްލަ ފުޅަށް އެތަންފޮހެ އެމީހުން އެބުނާގޮތަށް ލިޔަން އަމުރުކުރި ދުވަހުވެސް އެކަލޭގެ ފާނަށް އެއްވެސް ދެރަކަމެއް ނުލިބޭ. އިސްލާމްދީން ދިޔައީ އެއްދުވަހުން އަނެއްދުވަހަށް ކުރިއަރައި ފުރިހަމަ ވަމުން. އިތުރު އެކަލޭގެފާނަށް މިދުނިޔެއިން އެންމެ އުނދަގޫ ޖެއްސި މައްކާގެ ރައްޔިތުންނަށް އެމައްކާ ހިއްޕެވި ދުވަހު ވިދާޅުވީ ކީކޭތޯ؟ ވިދާޅުވީ ތިޔަބައިމީހުންނީ މިނިވަނުންނޭ ދާށޭ.
    އަޅުގަނޑު ދެކޭ ގޮތުގައި އިތުރު މާތް ރަސޫލާ ދެކެ ލޯބިވާ ކޮންމެ މީހަކުވެސް ދައްކަންވީ މިފަދަ ނަމޫނާ، ދީނޭކިޔައިގެން ހަރުކަށިވެގެން ކުށެއްނެތް މީހުން މަރަމުން މީހުންނަށް ހުތުރު އެއްޗެއްހި ކިޔަމުން ދުވުމަކީ އަދި ދީނަށް އުޅުމެއްނޫން، ކާޓޫނު ކުރަހާ މީހާ ކާޓޫނު ކުރަހާވަރަށް މުސްލިމުން އިތުރު ރަސޫލާގެ މައްޗަށް ސަލަވާތާއި ސަލާމް ލެއްވުން އެދިދުއާކޮށް މުސްލިމުންނަށް ގަދަކަން ދެއްވުމަށް އެދި ދުއާކޮށް ކީރިތި ގުރުއާނާއި އިތުރު ރަސޫލާގެ ސުންނަތުގައި ބާރަށް ހިފައިގެން ތިބިހާހިނދަކު މުސްލިމުން ބަލިކަށި ނުވާނެ. އެއީ ޔަގީންކަމެއް. އުހްދު ހަނގުރާމައިގެ ދުވަހު އިތުރު ރަސޫލުﷲގެ ފާނުގެ އަމުރަށް އުމަރު ގެފާނު އަބޫސުފްޔާނަށް ގޮވައިލެއްވީ، އަހަރުމެންގެ ތެރެއިން ޝަހީދުވީމީހުން ތިބީ ސުވަރުގޭގައޭ، ކަލޭމެންގެ ތެރެއިން ގަތުލުވީމީހުން ތިބީ ނަރަކައިގައޭ، މުސްލިމުންގެ ބަލަދުވެރިޔަކީ މާތްﷲއޭ، ކަލޭމެންގެ ބަލަދުވެރިއެއްނެތޭ.

  3. ނައީން

    ރައްޔިތުން މިހާރު ތި ދައްކާ ވާހަކައެއް ޤަބޫލެއް ނުކުރާނެ! ތީމުގޭ ކައިރީގަ ހުރި މިސްކިތުން ފަތިސް ނަމާދު ބަންގި ގޮވާއަޑު ގަދަވެގެން އުނދަގޫވާތީ، އަޑުގަދަކުރާއިން ބަންގި ކަނޑާލި މީހާ ތީ
    އެނގިގެން މި ބުނަނީ،
    ދެން މައުމޫނު ކޮންވާހަކައެއް ދައްކާކަށްތަ.

    7
    1
  4. ހަޔަސިންތް

    މުޖުތަމައަށް ފައިދާހުރި ރަންގަޅު ވާހަކަދެއްކިއަސް ޖާހިލުންނަކަށްނެއެގޭނެ މީހަކުނަމާދު އަދި ހުކުރަށް ޖަމާއަތައް ނުދިއުމުން ސަބަބުއޮޅުންފިލުވުން އެއްމެރަންގަޅު

    5
    1
  5. ނ

    ޜާއްޖޭގައި މިވަރަށް ދީނަށް ފުރައްސާރަ ކުރާއިރު މަނިކުފާނު
    ބަހެއް ވެސް ބުނެނުލާ ތިޔަހުންނަވަނީ ޔުމްނާގެ މަގާމު
    ޣެއްލިދާނެތީތޯ

    12
    • މުބީނު

      އާނ އެއީ ސަބަބަކީ. ހެރިޓޭޖް އަކީ ޔުމްނާ މައުމޫނު ގެ ގަޔަށް ފަހާފާވާ ހެދުމެއް. އެއްވެސް މަސައްކަތެއް ނުކޮށް ޔުމްނާ އަތްއުރާލައިގެން ހުރެ އަހަރުމެންގެ ޖީބުން މުސާރަ ގެންދަން ހެދި ޓޭލަރ މޭޑު މަޤާމެއް. ކޮންޝައެންސް އެއް ޔުމްނާ މައުމޫނުގެ ނެތެއްނު.

  6. ނުރަބޯ

    މިގައުމުގައި މާތްވެގެންވާ އިސްލާމްދީނުގެ ޝަރީޢަތަށް ގޮން ޖަހާ މާތްﷲގެ ކަލާމްފުޅާ މާތްނަބިއްޔާ ޞ.ޢ.ޥ ގެ ސުންނަތަށް ބަދުބަސް ބުނެ އިސްލާމީ ޝަރީޢަތުގައިވާ ޤިޞާސް ހިފުމަކީ މީހުން މެރުން ކަމަށް ސިފަކޮށް އެއްވެސް ލަދެއް ބިރެއްނެތި ވާހަކަ ދެއްކިމީހާގެ ފަހަތަށް މައުމޫނު އަރާ އެ ބައިގަނޑަށް ވެރިކަން ހޯދަދީފަ ދެން ކޮން އަނގައެއް މިތަޅަނީ.....؟؟؟