އައްޑޫ ސިޓީ ހިތަދޫގައި ހުންނަ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ހިންގަމުންދާ އިމާރާތުން ކުރި ވައްކަމުގައި މުދަލާއި ތަކެއްޗަށްވެސް ގެއްލުން ދީފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

އެ ކޮމިޝަނުން މިއަދު ބުނީ، އެ އިމާރާތުގެ މުދަލާއި ތަކެއްޗަށް މިއަދުގެ ވަގުތެއްގައި ބޮޑެތި ގެއްލުންތަކެއް އެ އިދާރާގައި ބޭނުންކުރާ ބައެއް ތަކެއްޗަށް ދީފައިވާ ކަމަށާއި، އެ ކޮމިޝަނުގެ ލިޔެކިޔުންތައް ގެންގޮސްފައިވާ ކަަމަށެވެ.

އެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

އެޗްއާރްސީއެމް އިން ބުނީ، އެ ހާދިސާއާ ގުޅިގެން ލިބިފައިވާ ގެއްލުމުގެ ފުރިހަމަ ތަފްސީލް ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަދި ކޮމިޝަނުގެ އުންމީދަކީ މި ހާދިސާއިން ލިބިފައިވާ ގެއްލުންތަކުން އަރައިގަނެ، ސަދަން ރީޖަނަލް އޮފީހުގެ ޚިދުމަތްތައް ކުރިއެކޭ އެއްފަދައިން ވީ އެންމެ އަވަސް ފުރުސަތެއްގައި ރައްޔިތުންނަށް ފޯރުކޮށްދިން ކަމަށްވެސް އެޗްއާރްސީއެމް އިން ބުންޏެވެ.

މި ހާދިސާގެ ސަބަބުން އެ އިންސާނީ ޙައްޤުތައް ހިމާޔާތްކޮށް، ކުރިއަރުވާ، ރައްކާތެރިކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފައިވާކަމަށް އެ ބަޔާނުގައި ވެއެވެ.

އަދި ދައުލަތުގެ އިދާރާތަކަށް ދޭ މިފަދަ ގެންލުންތައް އެ ކޮމިޝަނުން ވަނީ ކުށްވެރިކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ލަކީ

    ހެހެ އިމާރަތުގެ ކުލި ކިޙާ ވަރެއް

  2. މުހައްމަދު އަންޖުމް

    ތީދެން އާކަމެއްނޫން މިސާޜުކާރުގެ ޓެގްއަޅުވައިގެން ތިބީ ހުސްވަގުންވިއްޔަ ވީމާ ކުރާނީ ވައްކަމެއްނު އެނޫންކަމެއް ކުރާނެތަ ކިތަންމެ ވައްކަމެއް ކުރިޔަސް އެކަން ބަލާނެ މީހަކު ނުވަތަބަޔަކު ނެތެއްނު ވީމާހަމަރެޔާދުވާލު ވައްކަން ކުރާނީ ވައްކަންކޮށްގެން ރައްޔިތުންނަށް ލިބޭނެ އުފާވެރިކަން މިހާރު މިދަނީ ލިބެމުން މިވަގުންގެ ވައްކަންނިމޭއިރު މިގައުމު އޮންނާނީ ކޯމާއެއްގައި ދެންވެސް ހަމައަތް ޖަހާނީ

  3. ކިންގް

    މައި ކާ ލޯ

  4. ހައްވަ

    އިންސުއަރަންސް ލާރި ލިބޭނެތަ