23:30

އިޓަލީ އާއި ސްޕޭނުން މިއަދު ރެކޯޑް އަދަދެއްގެ މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެ.

22:23

ފުރުމުގެ ކުރިން ކޮވިޑް-19 އަށް ޓެސްޓް ކުރުމަށްފަހު ގްރޫޕްތައް އެއްކޮށް ކަރަންޓީން ވެވޭނެ އުސޫލެއް އާއްމުކޮށްފި.

22:01

ރާއްޖެ އިން އިތުރު 27 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ.

16:10

ދުނިޔޭގައި މިހާރު ހަލުވިކަމާއި އެކު ފެތުރެމުންދާ ކޮވިޑް-19 އަށް މިއަދު މިހާތަނަށް ފައްސިވި މީހުންގެ އަދަދުތައް 8000 އަށްވުރެ މައްޗަށް އަރައިފި.

15:36

ޕޮލެންޑުން އިތުރު 21629 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ. މިއާއެކު އެ ގައުމުން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ވަނީ 340834 އަށް އަރާފައި. އެ ގައުމުގައި ކޮވިޑް-19 ޖެހިގެން އިތުރު 202 މީހުން މަރުވިއިރު، އެ ގައުމުން މި ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 5351 އަށް އަރާފައި.

15:36

ޕާކިސްތާނުން އިތުރު 1078 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ. މިއާއެކު އެ ގައުމުން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ވަނީ 332186 އަށް އަރާފައި. އެ ގައުމުގައި ކޮވިޑް-19 ޖެހިގެން އިތުރު 20 މީހުން މަރުވިއިރު، އެ ގައުމުން މި ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 6795 އަށް އަރާފައި.

15:35

ޗައިނާއިން އިތުރު 25 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ. މިއާއެކު އެ ގައުމުން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ވަނީ 85940 އަށް އަރާފައި. އެ ގައުމުގައި ކޮވިޑް-19 ޖެހިގެން މިހާތަނަށް މަރުވީ 4634 މީހުން.

15:34

ހަންގޭރީން އިތުރު 3286 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ. މިއާއެކު އެ ގައުމުން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ވަނީ 71413 އަށް އަރާފައި. އެ ގައުމުގައި ކޮވިޑް-19 ޖެހިގެން އިތުރު 65 މީހުން މަރުވިއިރު، އެ ގައުމުން މި ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 1699 އަށް އަރާފައި.

15:34

ޓިއުނޭޝިއާއިން އިތުރު 3751 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ. މިއާއެކު އެ ގައުމުން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ވަނީ 58029 އަށް އަރާފައި. އެ ގައުމުގައި ކޮވިޑް-19 ޖެހިގެން އިތުރު 100 މީހުން މަރުވިއިރު، އެ ގައުމުން މި ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 1253 އަށް އަރާފައި.

15:32

ސިންގަޕޫރުން އިތުރު 9 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ. މިއާއެކު އެ ގައުމުން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ވަނީ 58003 އަށް އަރާފައި. އެ ގައުމުގައި ކޮވިޑް-19 ޖެހިގެން މިހާތަނަށް މަރުވެފައި ވަނީ 28 މީހުން.

15:32

ސްލޮވޭކިއާއިން އިތުރު 3363 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ. މިއާއެކު އެ ގައުމުން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ވަނީ 55091 އަށް އަރާފައި. އެ ގައުމުގައި ކޮވިޑް-19 ޖެހިގެން އިތުރު 12 މީހަކު މަރުވެފައިވާއިރު، އެ ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު 212 އަށް ވަނީ އަރާފައި.

15:31

ކްރޮއޭޝިއާއިން އިތުރު 2772 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ. މިއާއެކު އެ ގައުމުން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ވަނީ 46547 އަށް އަރާފައި. އެ ގައުމުގައި ކޮވިޑް-19 ޖެހިގެން މިހާތަނަށް މަރުވެފައި ވަނީ 531 މީހުން.

15:30

އޮސްޓްރޭލިއާއިން އިތުރު 11 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ. މިއާއެކު އެ ގައުމުން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ވަނީ 27580 އަށް އަރާފައި. އެ ގައުމުގައި ކޮވިޑް-19 ޖެހިގެން މިހާތަނަށް މަރުވެފައި ވަނީ 907 މީހުން.

15:30

ދެކުނު ކޮރެއާއިން އިތުރު 114 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ. މިއާއެކު އެ ގައުމުން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ވަނީ 26385 އަށް އަރާފައި. އެ ގައުމުގައި ކޮވިޑް-19 ޖެހިގެން މިހާތަނަށް މަރުވެފައި ވަނީ 463 މީހުން.

15:29

ނޯވޭ އިން އިތުރު 54 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ. މިއާއެކު އެ ގައުމުން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ވަނީ 19618 އަށް އަރާފައި. އެ ގައުމުގައި ކޮވިޑް-19 ޖެހިގެން މިހާތަނަށް މަރުވެފައި ވަނީ 281 މީހުން.

15:29

ފިންލޭންޑުން އިތުރު 344 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ. މިއާއެކު އެ ގައުމުން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ވަނީ 16910 އަށް އަރާފައި. އެ ގައުމުގައި ކޮވިޑް-19 ޖެހިގެން މިހާތަނަށް މަރުވެފައި ވަނީ 354 މީހުން.

15:28

އެސްޓޯނިއާއިން އިތުރު 101 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ. މިއާއެކު އެ ގައުމުން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ވަނީ 4771 އަށް އަރާފައި. އެ ގައުމުގައި ކޮވިޑް-19 ޖެހިގެން މިހާތަނަށް މަރުވެފައި ވަނީ 73 މީހުން.

15:28

ތައިލެންޑުން އިތުރު 12 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ. މިއާއެކު އެ ގައުމުން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ވަނީ 3775 އަށް އަރާފައި. އެ ގައުމުގައި ކޮވިޑް-19 ޖެހިގެން މިހާތަނަށް މަރުވެފައި ވަނީ 59 މީހުން.

15:27

ނިއުޒިލޭންޑުން އިތުރު މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ. މިއާއެކު އެ ގައުމުން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ވަނީ 1950 އަށް އަރާފައި. އެ ގައުމުގައި ކޮވިޑް-19 ޖެހިގެން މިހާތަނަށް މަރުވެފައި ވަނީ 25 މީހުން.

15:27

ކެމްބޯޑިއާގައި އިތުރު މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ. މިއާއެކު އެ ގައުމުން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ވަނީ 291 އަށް އަރާފައި. އެ ގައުމުގައި ކޮވިޑް-19 ޖެހިގެން މިހާތަނަށް މީހަކު މަރުވެފައެއް ނުވޭ.

15:26

ފިޖީން އިތުރު މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ. މިއާއެކު އެ ގައުމުން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ވަނީ 34 އަށް އަރާފައި. އެ ގައުމުގައި ކޮވިޑް-19 ޖެހިގެން މިހާތަނަށް މަރުވެފައި ވަނީ ދެ މީހުން.

14:40

ކޮވިޑް-19 ގެ ބަލިމަޑުކަން މާލޭގައި ފެތުރެން ފެށުމާ ގުޅިގެން މިދިޔަ މާޗު މަހު ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށް ފަހު، މިދިޔަ ޖުލައި މަހު ހުޅުވާލި ފަހުން އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ މި ހިނގާ އޮކްޓޯބަރު މަހުގައި ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި.

14:12

ކޮވިޑް-19 އާ ޗެލެންޖުނުކޮށް ރައްކާތެރިކަމުގެ އެންމެހާ ފިޔަވަޅުތައް އެޅުމަށް އިޓަލީގެ އޭސީ މިލާނަށް ކުޅެމުން އަންނަ ސްވިޑަންގެ ތަޖުރިބާކާރު ފޯވާޑް ޒްލަޓަން އިބްރަހިމޮވިޗް ބުނެފި.

11:29

ޗައިނާގެ ވޫހާންގައި ކޮވިޑް-19 ފެތުރުމުގެ ބިރެއް ނެތި އާއްމުން އުފަލުގައި!

08:56

08:38

08:11

އެމެރިކާއިން އިތުރު 1047 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 91530 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 9212767 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 234177 މީހަކު ވަނީ މަރުވެފައި.

08:11

އިންޑިއާ އިން އިތުރު 49281 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 568 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 8088046 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 121131 މީހަކު ވަނީ މަރުވެފައި.

08:11

ފްރާންސުން އިތުރު 47637 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 235 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 1282769 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 36020 މީހަކު ވަނީ މަރުވެފައި.

08:11

އިޓަލީން އިތުރު 26831 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 217 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 616595 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 38122 މީހަކު ވަނީ މަރުވެފައި.

08:10

ބްރެޒިލް އިން އިތުރު 26647 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 565 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 5496402 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 159033 މީހަކު ވަނީ މަރުވެފައި.

08:10

ސްޕެއިން އިން އިތުރު 23580 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 173 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 1238922 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 35639 މީހަކު ވަނީ މަރުވެފައި.

08:10

އިނގިރޭސިވިލާތުން އިތުރު 23065 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 280 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 965340 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 45955 މީހަކު ވަނީ މަރުވެފައި.

08:10

ބެލްޖިއަމް އިން އިތުރު 21048 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 132 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 368337 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 11170 މީހަކު ވަނީ މަރުވެފައި.

08:09

ޕޮލޭންޑުން އިތުރު 20156 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 301 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 319205 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 5149 މީހަކު ވަނީ މަރުވެފައި.

08:09

ޖަރުމަންވިލާތުން އިތުރު 18732 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 76 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 498353 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 10435 މީހަކު ވަނީ މަރުވެފައި.

08:09

ރަޝިޔާ އިން އިތުރު 17717 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 366 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 1581693 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 27301 މީހަކު ވަނީ މަރުވެފައި.

08:09

އާޖެންޓީނާ އިން އިތުރު 13267 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 371 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 1143800 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 30442 މީހަކު ވަނީ މަރުވެފައި.

08:08

ޗެކް ރިޕަބްލިކުން އިތުރު 13055 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 187 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 310068 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 2862 މީހަކު ވަނީ މަރުވެފައި.

08:08

ކޮލަމްބިއާ އިން އިތުރު 11187 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 173 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 1053122 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 30926 މީހަކު ވަނީ މަރުވެފައި.

08:08

ނެދަލޭންޑްސް އިން އިތުރު 10264 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 56 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 330255 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 7258 މީހަކު ވަނީ މަރުވެފައި.

08:04

07:56

07:51

07:43


ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ދަނީ ދުވަހުން ދުވަހަށް އިތުރު ވަމުންނެވެ. ހާލަތު ގޯސްވަމުންދާ ގައުމުތަކަށް ބަލާއިރު މިހާރު އެންމެ ބޮޑަށް ހާލަތު ގޯސްވަމުންދާ އެއް ގައުމަކީ އެމެރިކާ އެވެ. އެމެރިކާ އިން މިއަދު 36,631 މީހަކު ފައްސިވެފައި ވާއިރު މިހާރު އެމެރިކާ އަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު މައްސަލައަކީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު އިތުރު ވުމެވެ.

މިހާރު އެމެރިކާގައި ހަތްދިހަ ހާހަހަށް ވުރެ ގިނަ މީހުން އެޑްމިޓް ކޮށްގެން ފަރުވާ ދެމުން އެބަގެންދެއެވެ. މިހާރު އެމެރިކާގެ ބައެއް ސަރަހައްދުތަކުގެ ހޮސްޕިޓަލްތައް ފުރި ބަލި މީހުން މަރުވާން ދޫކޮށްލަން ޖެހިދާނެ ފަދަ ހާލަތެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ދަނީ ދެމުންނެވެ.

ޔޫރަޕްގެ ހާލަތައް ބަލާއިރު މިއަދު ވެސް ސްޕޭން، އިޓަލީވިލާތް، އިނގިރޭސިވިލާތް އަދި ޕޮލެންޑުން ހިމެނޭހެން ކޮންމެ ގައުމަކުން ފައްސިވި މީހުންގެ އަދަދު ވިހިހާހަށްވުރެ ގިނައެވެ. މިހާރު ހާލަތު އެންމެ ގޯސް އެއް ގައުމު ކަމަށްވާ ފްރާންސުން މިއަދު ފައްސިވި މީހުންގެ އަދަދު އަދި އެގައުމުން އިއުލާނެއް ނުކުރެއެވެ.

ރާއްޖޭގެ ހާލަތައް ބަލާއިރު މިއަދު ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވީ 25 މީހުންނެވެ.

މިއަދު ފައްސިވި މީހުންގެ ތެރެއިން މާލެ އިން ފައްސިވީ 16 މީހުންނެވެ. މާލެ ފިޔަވައި އެހެން ސަރަހައްދުތަކުން މިއަދު 09 މީހަކު ފައްސިވެފައި ވާއިރު އޭގެ ތެރެއިން 06 މީހުންނަކީ ރިސޯޓްތަކުގެ މުވައްޒަފުންނެވެ.

ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު ޖެހިޖެހިގެން ތިން ދުވަހު އިތުރު ވުމަށް ފަހު މިއަދު ވަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދާ މީހުންގެ އަދަދު މަދުވެފައެވެ. މިއަދުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިހާރު އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ގެންދަނީ 55 މީހުންނަށެވެ. އިއްޔެ 57 މީހަކު އެޑްމިޓް ކޮށްގެން ފަރުވާ ދެމުން އައެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު