ދީނީ ޙަރަކާތްތަކަށް އެޑިއުކޭޝަން މިނިސްޓްރީން ހުރަސް އަޅަމުންދާ ކަމަށާއި، އެފަދަ ސިޔާސަތެއް އެޑިއުކޭޝަން މިނިސްޓްރީން ގެންގުޅެމުންދާކަން ފާހަނގަކުރަމުން، ރާއްޖޭގެ ދީނީ އިލްމުވެރިންތަކެއް އެ މިނިސްޓްރީ އާއި ދެކޮޅަށް ތެދުވެއްޖެއެވެ.

މިކަމާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރުމަށްޓަކައި "ޖަމިއްޔަތުއްސަލަފް" އިން އިސްނަގައިގެން ރޭ ބައްދަލުވުމެއްވެސް ބާއްވާފައިވާއިރު، އެ ބައްދަލުވުމުގައި ގިނަ ޢަދަދެއްގެ އިލްމުވެރި ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ރޭގެ ބައްދަލުވުމުގައި، ރާއްޖޭގެ އެކި ރަށްރަށަށް ދީނީ އިލްމުވެރިން ވަޑައިގެން ދަރުސް ބޭއްވުމަށް އެރަށުގެ ސްކޫލްތައް ހޯދުމަށް މަސައްކަތް ކުރިނަމަވެސް، އެ މަސައްކަތަށް އެޑިއުކޭޝަން މިނިސްޓްރީން ހުރަސް އަޅާފައިވާކަމަށް އިލްމުވެރިން ވިދާޅުވިއެވެ.

ހަމަ އެހެންމެ އެ ފުރުސަތު ސްކޫލްތަކުން ނުދިނުމަށް "ސީދާ އެޑިއުކޭޝަން މިނިސްޓްރީން" ސްކޫލްތަކުގެ އިސް ފަރާތްތަކަށް އަންގާފައިވާ ކަމަށާއި، އެ މިނިސްޓްރީން އެފަރާތްތަކަށް އިންޒާރު ދެމުންދާ ކަމަށްވެސް އިލްމުވެރިން ވިދާޅުވިއެވެ.

ރޭ ކުރިއަށްގެންދިޔަ އިލްމުވެރިންގެ ބައްދަލުވުމުގައި، "ދީނީ ޢިލްމުވެރިންގެ އެކިއެކި ދަރުސްތަކަށް ރަށްރަށުގެ މަދަރުސާތައް ނުދިނުމުގެ ސިޔާސަތު އެޑިއުކޭޝަނުން ގެންގުޅޭތީ" ބައްދަލުވުމުގައި ބައިވެރިން ވަނީ އެކަން ކުށްވެރިކޮށް ވާހަކަދައްކަވާފައެވެ.

ޖަމިއްޔަތުއްސަލަފް އިން ވިދާޅުވީ، މިފަހަކަށް އައިސް ރާއްޖޭގެ ފުންނާބު އުސް އެތައް ޢިލްމުވެރިންނެއް ދަރުސްތައް ބޭއްވުމަށް ރަށްރަށުގެ ސްކޫލްތައް ނުލިބުމުގެ ޝަކުވާ، މީސް މީޑިއާގައި ހާމަކުރަމުންދާ ކަމަށާއި، "ދީނީ ކަންކަމަށް ފަރުވާތެރިވާކަމަށް ބުނަމުންދާ މިއަދުގެ ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓްރީއިން މިފަދަ ދަށުދަރަޖައިގެ ޢަމަލެއް ހިންގުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނޭކަމެއް ނޫން"ކަމަށް ޢިލްމުވެރިން ދެކިލައްވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

84 ކޮމެންޓް

  1. ނިލް

    މިހާރު ވެސް މާ ލަސް ވެއްޖެ

  2. ޙަސަން

    އަހަރުމެން މިތިބީ ދީނީ ޢިލްމުވެރިންނާ އެކު

  3. ކެޔޮޅު

    ދީނީ އިލްމުވެރީންތީ އަސްލު އިލްމު ވެރީންނަމަ ތިކަންކުރާނީ ތިއަށްވުރެ ހިކުމަތްތެރިކޮށް. ޓްރަންޕް ސްޓައިލްއަށް ދީނީ އިލްމުވެރީން ނުކުތީމަ ހުތުރު. އެޑިއުކޭޝަން މިނިސްޓަރ އަކީވެސް ދީނީ ފިކުރު ވަޅުޖަހާ ފައިވާ ފަރާތެއްކަން ނޭގޭ މީހަކު މިރާއްޖެއަކު ނެތް. " ސީ ވޯންޓް ޝޯ ހަރ ހެޔާރ"

    • އެހެން ގޮތެއްނެތް

      މިހުރިހާ ޒަމާންތަކެއްގައިވެސް މަޑުމަޑުން ނަސޭހަތްތެރިވަމުން އެމީހުން ދިޔައީ.. އެކަމަކު އެޑިޔުކޭޝަން މިނިސްޓްރީން އެކަންކަން ބަލައެއް ނުގަތް.. މިހާރުދެން މާލަސްވެސްވެއްޖެ މިކަމަށް.. އެހެރަ ކިޔަވާދޭ ފޮތްތަކަށް ދޭތެރެއިން ވައްދާފަ ހުންނަ ލާދީނީ ފިކުރުތައް ނުފެންނަނީތަ..

      • Anonymous

        ކަލޭއަށް ހީވަނީ ބަޔަކު ތަހުޒީބުވެ ވިސްނުންތެރިކަމެއް ލިބޭހެން ހީވާތީ ތިމަންނާގެ ވިސްނުން ބަލިކަށިވަނީއޭތަ. ކަލޭއަށް ނުވިސްނޭތަ ކިޔަވަދޭފޮތްތަކުގަ ހުންނަ އެއްޗެހި އަމިއްލަ ސިކުނޑިއަށް ހަޖަމް ނުވަނީކަމެއް. ޢެއްކޮޅަކަށް ގޮސް ހުސްވީމާ ކަލޭނުން ހރިހައެއްނމެން ވާނީގޯސް. ޙަނދާންކުރޭ ކަލޭ ނޫނަސް އެހެންމީހުންގެ ބުއްދި ހުންނަކަން. ޙަޖަމްކޮއްލާ. ޟަިކަލޭގެ އެކަނި ދުނިޔެއެއް ނޫން

  4. ލައިސާޓު

    ދާދިފަހުން ނ.ހެނބަދޫގަ ބާއްވަން އުޅުނު ދަރުސްއަށްވެސް މިނިސްޓްރީން ވަނީ ސްކޫލް ދިނުމަށް ހުރަސް އަޅަފަ އެމެފަހުން ބޭއްވީ މިސްކިތުގަ އެކަމަކު ކޮންމެ އަހަރަކު ކުރިސް މަސް އާއި ދިމާވާގޮތަށް ރާއްޖޭގެ ބޮޑުމަހުޖަނަކު ޝޯބައްވަން ސްކޫލްގެ ވެރިންނާއި ރަށުގެ ގިނަރައްޔިތުނާއި ދެކޮޅަށް މިނިސްޓްރީ މެދުވެރިކޮށް ހެނބަާދޫ ސްކޫލް ޝޯބާއްވަން ދޭތީ އެކަމާ ވަރަށް ހިތާމަކުރަން

  5. މާމިގިލީ މީހާ

    ދީނީ. އިލްމްވެރިންގެ ނަމުގައި ރާއްޖޭގައި ތިބީ ސިޔާސީ ފަތުވާ ދޭ މީހުން. ހުރިހާ ވެސް.. ހުރިހާ އެންމެންގެ ތުބުޅީ ޗިލީ ސޯސް ހާކާފަ ބާލާން ފެނޭ..

    • ޗިލީސޯސް

      ހަމައެކަނި ސިޔާސީ ފިކުރު ހުންނަ މީހުންނަށް ދީނީ އަަޅުކަމެއްގެ ވާހަކަ ދެއްކިޔަސް އެވާނީ ސިޔާސީވުމަށް. ބަލަގަ ދީނާއި ސިޔާސަތު އެއީ ވަކިކުރެވޭނެ އެއްޗެއްނޫނޭ. ތިޔަކަހަލަ ތާކުންތާކު ނުޖެހޭ ހިޔާލުގެންގުޅޭ މީހުންގެ ގައިގައިވީ ޗިލީގަލިކް ސޯސް އުނގުޅަން.

      • ީޢިލްމު

        ޢާން ބޮޑުތާގަ ޖެހުނީ މި ދީނީ ޢިލްމު ވެރި އެތް ވެއްޖިޔާ ނޯންނާނެ ނުބައި ގޮތަކަށް ކިނބިއްސެއް ވެސް އަޅާލެވޭކަށްވެސް އެމީހުން ސިޔާސީ ވަނީ މިފިކުރު މީ ލާދީނީ ފިކުރަކީ ސަރުކާރުން ރާވައިގެން ދީނީ ޢލްމު ވެރިންގެ ގައިގަ ކަސްދޮޅު އެޅުވުމައް ކުރުވާ ކަމެއް މީ.. ދީނުގެ ދިފާއުގަ ތެދުވާނެ ދިވެހި ދަރިން އަބަދުވެސް މިގައުމުގަ ތިބޭނެ ލާދީނީ ބައި ގަންޑަށް ހަޖަމު ނުވިޔަސް..

    • އެދުރު

      ހާދަ ގޮތެއް ފޮތެއް ނެތް މީހެކޭ ދޯ މީ، އަމިއްލަ ގައިގާ ޗިލީ ސޯސް ހާކަބަލަ ،

  6. އިބްރާހިމް

    މިއީ ރާވައިގެން ހިނަގަމުންދާ ޖަރީމާއެކެވެ.މިފަދަ ނޭއްގާނީ ޢަމަލުތަކުން ދުރުހެލިވުމަށް ގޮވާލަން.

  7. ފެންނަގޮތް

    ކަލޭމެން ގެ ފަރާތުން ފެންނަނީ ޕޯޑިއަމް ތަކުގައިވެސް ސިޔާސީ ވާހަކަ ދައްކާތަން

    • އެދުރު

      ސިޔާސީ އައިނު އަޅައިގެން ތިބޭ މީހުންނަށް އަމިއްލަ އަނބިމީހާ ވެސް ފެންނާނީ ސިޔާސީ ޕާޓީއެއްގެ ސިފައިގަ

  8. ޕޮފުބާ

    ތިތިބީ ވެރިކަންބޭނުންވެފަ ސިޔާސީދަރުސް ދޭކަށް ސްކޫލްތަށް ދޭކަށް ނުޖެހޭނެ އިލްމުވެރިން ހިންދަމައިނުލެވުނަސް ކޮންކަމެއް

    • ނޫމާ

      ވެރިކަން ބޭނުންވާ މީހުން ފެނޭ. ނުފުއްޕާ ހުރޭ އިނގޭ

      • ރައްބު

        ނޫމާ ހަދަ ފެންވަރުމަތަިގަ މިއުޅެނީ. ކަލޭ ހީކުރީ މިދުނިޔެއަކީ ކަލޭގެ އަކި ތަނއެއް ކަމައްތަ. ކަލޭއަށް ފުއްޕެންނާ އެހެންމީހުނަށްވެސް ފުއްޕޭނެ. ކަލޭގެ ގަމާރުކަންމަތަި ކަލޭހުރޭ. މިތާނޫޅެވެންޏާ ސީރިއާއަށްދޭ. ކޮންމެހެން އެހެން މީހުންގެ މިނިވަންކަމަށް އަރައިގަނެ ބަސްކިޔަން އުޅޭނެކަމެއްނެތް. ރަކިވެއްޖެއެއްނު.

        • ޏާ

          މި ދުނިޔެ ހެއް ދެެވީ މާތް ﷲ، އެހެންވީމާ ފުއްޕާފަ އެކަކަށް ވެސް ނޫޅެވޭނެ.

    • ރީޗާ

      ވެރިކަން ބޭނުންވާ މީހުން ފެނޭ. ނުފުއްޕާ ހުރޭ އިނގޭ

  9. 3ނިރު

    ތިބުނާއިލްމުވެރިންގެ ކޮންމެމީހަކު ދެއަނބިންގެންގުޅޭނެ ކޮންމެއަތްބެއްގެ އަތުގަ ތިބޭނެ 4 ނޫނީ ފަސްކުދިން އެއިން އެކަކަށްވެސް ޚަރަދެއް ނުދޭނެ ތިމީހުން އިލްމު ވެރިކަމާމެދު ސުވާލު އުފެދެ

    • ޟައެ

      މި ހަބަރުގަ ވެރިކަމޭ އިލްމުވެރިން އުޅެނީ ވެރިކަމޭ ކިޔާފަ އެބައޮތްތަ އަނގަ ފުޅާކޮއްފަ ވެރިކަމޭ ތިކިޔަނީ

    • އެދުރު

      ތީ ކަލޭ އުޅޭ ގޮތް ، ޢިލްމުވެރިން އުޅޭ ގޮތެއް ނޫން

  10. ާެއެމީހާ

    ވ ކެޔޮދޫގަ ސްކޫލުގަ ދަރުސްދޭ ވަރައްގިނައިން

  11. އިސްމައީލް

    ތީ ހަމަ ތެދެއް....އެޑިޔުކޭޝަން މިނިސްޓަރަށް އެކަމަށް ބާރުފޯރުވުމުގެ ހައިސިއްޔަތަކީ ކޮބާބާއޭ.....ހިތަށްއަރާތީ ހަމަބުނެލީ...ޤައުމުގައި ިއޖްތިމާއީ ފޭރާން ވީދި ހަލާކުވަނިއްޔޭ...ބޮޑެތިމީހުންނަށް އިޚްތިރާމެއް ނުކުރެއޭ...ޓީޗަރުންނަށް ކިޔަމަނެއްނުވެޔޭ...ޑްރަގޭ ވައްކަމޭ....ހިޔާނާތޭ....ފާހިޝްއަމަލުތަކޭ.....މިހުރިހާ ނޭދެވޭ އަމަލުތަކެއްގެ ފެށުމަކީ ދީނީ ރިވެތި ތަރުބިއްޔަތު ނުދެވުން....

  12. ނުވާނެއޭ

    އިލްމް ވެރިންނަކީ އެއީ ދީނީ އިލްމް ވެރިން ކަމަށް މަމެން ނުދަންނަމޭ އަޅެ ތިޔާ ސަލަފުގެ އެންމެން ވެގެން މަތިން ދާ ބޯޓެއް ހަދާ އުދުއްސާލަބަލަ އެކަކަށް ވެސް ނުވާނެއޭ ތަމެންގެ ދަރިންގެ ދަރިންނަށް ވެސް މިކަން ނުވާނެއޭ ކޮންމެހެން އެޑިއުކޭޝަން މިނިސްޓްރީން ނުޖެހެއޭ ތަމެން ޕްރޮޕެގެެންޑާ ފަތުރައިގެން ރާއްޖޭގެ ސޮސައިޓީ ޕާކިސްތާނު ގޮތަށް މަސައްކަތް ނުކުރާ ސޮސައިޓީ އަކަށް ބަދަލު ކޮށްލުމަށް ޓަކައި ކުރާ މަސައްކަތް ތައް ކުރުމަށް ޓަކައި ރާއްޖޭގެ ސްކޫލް ތައް ދޭން ނުޖެހޭނެއޭ ދޭން ތަމެން ނުޖެހޭނެއޭ ދަ ރާއްޖެތެރެއަށް ދާން ވެސް ދީނީ ދަރުސް ދޭން. ދީނުގެ ކަންކަން ތަމެންނަށް އިނގޭ ވަރަށް މަމެން ނަށް ވެސް އެމެންނަށް ވެސް އިނގެއޭ ދީނުގެ ކަންކަން ތަމެންނަށް މަމެންނަށް ވުރެން މޮޅަށް އިނގޭނެ ކަމަށް މަމެންގެ ބުއްދި އަށް ނުވިސްނެއޭ ކުދި ކުދި ކަންކަން އެއީ ސުންނަތޭ ވާޖިބޭ ކިޔާ ރޯ ބުހުތާނު ދޮގޭ ތަމެން ތިޔާ ހަދަނީ. ނުވާނެއޭ ތިޔާ ކަމެއް ތަމެން ފެއްސެން އުޅޭށޭ މިތަނުން ތަމެން ނުޖެހެއޭ ދަ ރާއްޖެތެރެއަށް އަރާ ދަ ރާއްޖެތެރެއަންސް އިންނަށް އޮޅުވާލަން ނުވާނެއޭ ތިޔާ ކަމެއް ތަމެން ތިޔާ ކަން ހަދާން ނައްތާލާ ހަނދާން ނައްތާލާ ހަނދާން ނައްތާލާ ހަނދާން ނައްތާލާ ހަނދާން ނައްތާލާ..

    • ރާޖާ

      ތަމެން މޮޅަށް ކިޔަވައިގެން މި ރާއްޖޭގައި ކިތަށް ފުލޭޓް އުދުއްސާފިންތަ؟ނޫނީ ބޭސް ހަދާ ކިތަށް ފެކްތަރީ ހަދާފިންތަ؟ ނޫނީ ނިއުކުލިއަރ ކިތަށް ޕްލާންޓް ގާއިމް ކޮށްފިންތަ؟ މިހުރިހާ ކަމެއްވެސް ޕާކިސްތާނުން ކުރޭ. ތަމެން ހަކުރު ބުއިން ނޫން ކަމެއް ވެއްޖެތަ؟

    • ދިވެހިން

      ސުބުޙާނަﷲ
      ޢިލްމުވެރިންނަށް ބަދުބަސް ބުނުމުގައި ބިރުވެތިވާށެވެ.

      • މީ

        ތެދެއް ތަމެން މާތްﷲ އަށް ބިރުވެތިވޭ މި ފަނާވަނިވި ދުނިޔެއަށް ނުހެއްލެމާ

    • އެދުރު

      ދީނީ ޢިލްމުވެރިން ނުޖެހޭ މަތިންދާބޯޓު ހަދާ އުދުއްސާކަށް އެނގިއްޖެތެ ، އެބޭފުޅުންގެ ވާޖިބަކީ ދީނުގެ ޢިލްމު ރައްޔިތުންނަށް ފޯރުކޮށްދިނުން ، މިތާ ޒާތަކަށް ކޮމެންޓް ނުކޮށް ތަމެން ކަހަލަ ސޯ ކޯލްޑް ސައިންސުވެރިން ނިކަން މަތިންދާބޯޓު ހަދާ އުދުއްސަބަލަ. ކާކު މަނާކުރީ،

    • ޙަލާލް

      ވެއްޓެނީ އިންޝާﷲ

  13. ރަޙްމާނުޙަދޫ

    ބަލަ ސުކޫލްތައްނޫނަސް ތަންތަން ހުންނާނެ! ދަރުސްތައް ބާއްވަބަލާ! ސުކޫލްތައް ނުދިނުން އެއީ މައްސަލައަކަށް ހަދައިގެން އުޅުމުގެ ބޭނުމެއް ނެތް! ސުކޫލްތަކުގައި ދަރިވަރުންގެ ޙަރަކާތްތަކުން ފުރިފަ އޮންނައިރު ވިސްނަންވާނީ އެޑިޔުކޭޝަނުން! ކަލޭމެން ގޮސް އެއްޗެކޭ ކިޔާފދަ ދާނީ ތަން ގޮނޑުކޮށްފަ!

    • ނޭޝަން ފަސްޓް

      ބަލަ އެޑިއުކޭޝަން އޭ ބުނާއިރު ދީނީ ތައުލީމަކީވެސް އެޑިއުކޭޝަން އޭ.. މޮޔަ ނުގޮވަބަލަ.. ތަޢުލީމަކީ ހުރިހާ ކަމަކުންވެސް މީހާ ރޯފިލުވާ މަޢުލޫމާތު.. އެއީ ދީނީ ގޮތުން ކަމުގައިވިޔަސް އެހެން ގޮތަކުން ކަމުގައިވިޔަސް.. ދީނީ ހަރަކާތްތަކަށް ސުކޫލްތައް ނުލިބޭކަމަށް ވަންޏާ ދެން ކޮންކަމަކަށް ސުކޫލްތައް ލިބޭނީ..؟؟ ޝޯވް ބާއްވަން..؟؟؟

  14. މުހައްމަދު

    މި މީހުންގެ އަތްމަތި ދަތިވީ ދޯ؟

    ދެން އަވަހަށް މިމީހުންގެ ރުހުން ހޯދުމަށް ކޮންމެސް ވަރެއްގެ ރާހަތެއްދީ.... އޭރުން ހިތް އުފާވެދާނެ...

  15. ޖިންނި

    އެހުންނަނީ އެ ވަޒީރަކު ހުންނަ ގޮތް އޭނަ އިސްލާމް ދީނަށް ރަނގަޅަކަށް ކަމެއްކޮށްފާނެ ބާ .. ސުވާލެއް !

  16. ޡަސ

    ހުސްފޭކުން ޓީމް

  17. މަންހަޖު

    ގައުމީ މަންހަޖުގެ ތަސައްވަރަކީ "އުނގެނުމަށް ޝައުޤުވެރިވާ، އިސްލާމްދީނާ އެއްގޮތަށް ޢަމަލުކުރާ، ޒިންމާދާރު އަދި އުފެއްދުންތެރި ފަރުދަކަށް ހެދުން" މިހެން ހަމައެކަނި ލިޔުމުގައި އޮތީމަ ތަޢުލީމީ ވަޒީރަށް ފުދެނީބާ! އެހެން ލިޔުމުން އިސްލާމް ދީނާ އެއްގޮތަށް ޢަމަލުކުރާ ފަރުދަކަށް ހެދުނީތޯ؟

  18. މުހައްމަދު

    ތެދުވެތިބި ހުރިހާ ބޭފުޅުން އިށީންނަވާ!

  19. މުހައްމާ

    މިނިސްޓްރީ އިން ތިކަމަށް ލުޔެއްދިނުމަކީ ރަނގަޅު ކަމެއް

  20. ރައްޔިތު މީހާ

    މިލަންދޫ ސުކޫލް ހޯލުވެސް ނުދޭނަމޯ ބުނީ

    • ޙ

      މިލަންދޫ އަކީ އެހެން ނޫނަސް ދީނީ ފިކުރު ހުންނަ ބައެއް ނޫން. ޢައްނިއަށް ބައިއަތު ހިފައިގެން އުޅޭ ސެކިއުލަރ ވިސްނުމގެ ބައެއް

    • ސަލީމު

      ސުކޫލު ނޫންތަނެއްނެތީތަ ރޯދަމަހު އައުގުތާނު ގޮއްވަންތިއުޅެނީ ސޭކު ބޭކު

    • ޢެހެން

      ހަމަ އަސްލުތަ؟ މަންމަކައިރީ ބުނެފަ ރޯންފަށާ. ޏލބުނޭ ނުދޭނަމޭ ބުންޏޭ.. އުވޭވޭވޭ........
      ހަހަ... ނުޖެހެއޭ ދޭކަށް

  21. މަދަރުސާ

    ތަޢުލީމީ ސިޔާސަތުގައި ދީނީ ދަރުސް ހިމަންވީނޫންތޯ. ރަށްރަށަށް އަރާ ތުނބުޅި ދިގުކޮށް ހުންނަ ކޮންމެ މީހަކަށް ދަރުސް ދިނުމަށް ސްކޫލްތަކުން ހުއްދަދެއްވާކަށް ނުޖެހޭނެ. ހުއްދަ އޮންނަ ބޭފުޅުން ހުއްދަ ހިއްޕަވައިގެން ވަޑައިގަތީމަ ކޮން ސްކޫލަކުންތޯ އިންކާރުކުރީ. އެހެން ނޫނަސް އެގޮތަށް ދަރުސް ދެންޔާ އެކަން އޮންނަންވާނީ ދެފަރާތުން ދުރާލާ ތާވަލުކުރެވިފައި. ރަށަކަށް ދަރުސްދޭން އަންނަ މީހާ ބޭނުންވީމަ އެރަށު ސްކޫލް ކުދިންނަށް ދަރުސްދޭކަށް ހުއްދަ ދިނުން ލާޒިމެއްނޫން.

    • މޮޔަވީތަ

      މޮޔަވީތަ.. ކޮންމެކޮންމެ މީހަކަށް ދަރުހެއްނުދޭ.. އެއީ ޚާއްސަ ފާސްތަކެއް ލިބިގެން މި ދިވެހި ރާއްޖޭގެ އިސްލާމިކް މިނިސްޓރީން ހުއްދަ ލިބިފައިވާ މީހުން ކުރާކަމެއް.. ޤައުމުގެ އިޖްތިމާޢީ ފޭރާން ބޭލޭއިރުވެސް ކަލޭމެންކަހަލަ މީހުން ތިތިބެނީ އޮރިޔާްން ނުވެވިގެން ކެތްމަދުވެފަތަ

  22. ފޮނަދޫ މީހާ

    ގަބޫލުކުރެވޭ ވާހަކައެއްނޫންތީ ލ.ފޮނަދޫގައި ހުންނަ ލ.އ.ތ.މ.ގައި ގައިމު މަހެއް ނުދާނެ ދަރުސެއް ނުބާއްވާ މިދިޔަމަހުވެސް ޝައިޚު އަޙުމަދު ޝަމީރު ބިން އިބުރާހީމް ވަޑައިގެން ދަރުސު ދެއްވި އަދި މަހެއްނުދޭ ދަރުސެއް ނުބާއްވާ

  23. ސަނާ

    ޝައިޚުންނަކަށް ވިޔަސް ސްކޫލްތަކުގެ ހޯލު ލިބޭނީ ވަކި އުސޫލުތަކެއްގެ މަތިން. ޢެހެން ނޫނަސް މިހާރު މިއުޅޭ ގިނަ ޝައިޚުންނަކީ މީހުން ދީނީގޮތުން ހޭލުންތެރިކުރުމަށް ވުރެ އެމީހުންގެ ދަރުސްތަކުން ފިތުނަފަސާދަ އުފައްދަން އުޅޭބައެއް.

  24. ޢަލީ

    ތިޔައީ ސިޔާސީ ސްޓަންޓެއް. ތިއީ ބަޔަކު ކުރުވާ ކަންތައްތަކެއް.މަމެން ގަބޫލެއްނުކުރަން ދީނީއިލްމުވެރިން ތިފާޑަށް އުޅޭނެކަމަކަށް. އަދި ދީނީއިލްމުވެރިންނަކީ އަގުހުރި ބޮޑެތި ހަދިޔާތަކަށް އާނ ބަސް ބުނާބައެއްނަމަ އެވީ ގޯސް.

  25. Anonymous

    މީހަކު މަގޭ ކޮޓަރީގަ ނަމާދު ކުރަން ބޭނުން ވެގެން ކުރީ ދުވަހު އައި. އެކަމަކު މަގޭ އަމިއްލަ ސަބަބު ތަކަކާ ހެދި އުޒުރު ވެރި ވިން. މިހެން ހެދުމުން އެހެން މީހުންނަށް ނަމާދު ކުރުމަށް ހުރަސް އަޅާ މީހަކަށް މަވީބާ. ދިވެހިންނަށް ހުރަސް އެޅުމަކީ ކޮބާކަން އެބަ އެންގެން ޖެހޭ

  26. Anonymous

    ދީނީ މިފަދަ ކަންކަމަށް ސްކޫލް ތަކުގެ ހޯލް އާއި ވަސީލަތް ތައް ނުލިބި ބައެއް ފަރާތްތަކުގެ ސިޔާސީ ކަންތަކަށް ނުވަތަ ސިޔާސީ ހަރަކާތްތަކަށް ހިންގުމަށް ސޮކޫލްތަކުގެ ހޯލް އާއި ވަސީލަތްތައް ލިބުމަކީ ގަބޫލުކުރަން އުނދަގޫކަމެއް.

  27. ކަރީމް

    މީގެކުރިން ސަލަފް އޮތްކަން އެނގުނީ ކޮންބަޔަކަށް؟ މިހާރު ކުއްލިޔަކަށް ޓްރަމްޕް ހެދިގެން ނިކުމެ މިއުޅެނީ ކޮންސަކަރާތެއް ޖަހަންބާ؟ ޝައްކެއްނެއްތް ރިޔާސީ އިންތިހާބާ ގުޅުވައިގެން މީހުންގެ ބޮލަށް ސަވާރުވާން އެއުޅެނީ. ފާއިތުވެ މިދިޔަ ދުވަސްތަކުގައި ދީނީ ނަސޭހަތް ގެނެސްދިނުމަށް ހިތްވަރެއްލާފައި ނެތުމުން މިހެން މިބުނީ.

  28. ދެންނެވުން

    އެޑިއުކޭޝަން މިނިސްޓަރ އައިޝަތު ޝިހާމު އެމަޤާމުން ވަކިކުރުމަކީ މިވަގުތަށް ނުހަނު ބޭނުން ބޮޑު ކަމެއް

  29. ވީއާރ

    އެޑިއުކޭޝަން މިނިސްޓްރީ އާއި ދެކޮޅަށް ރާއްޖޭގެ އިލްމުވެރިން ތެދުވެއްޖެ ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ މަމެން ގަބޫލު ނުކުރަމޭ ތިޔާއީ އިލްމް ވެރިން ކަމަށް ތިޔާއީ ފަހު ޒަމާނުގެ ފުޅަކާ ދަންނަ ބޭކަލުންނޭ ތިޔާއީ ފައިސާ ދޭ ކޮޅަކަށް ކަންކަން ނިންމާ އިލްމް ވެރިންނެއް ނޫންތޭ ތިޔާ ވައްތަރު މީހެއް ނޫންތޭ އުއްތަމައޭ އަކަށް ހުރީ ޕާކިސްތާނުން ކިޔަވައިގެން އައިސް ހުރި އެންމެ ފަހުން އެކަލޭގެ ކުރިމަކަކީ 80 މިލިއަން ރުފިޔާ އަށް ގައުމު ވިއްކާލީ އެއް ނޫންތޭ. ވީއާރ ޑައިންގް ޓު ނޯ ދިސް..

  30. ފަރުހާދު

    ތިޔައީ ދީނީ ސަރުކާރުގެ މިނިސްޓްރީއެއް. އެހެންވީމަ ތިޔަކަހަލަ ލާދީނީ ކަމެއް ނުކުރާނެ އޮޅިގެންވެސް

  31. އަލީ ނަޢީމް

    އެޑިއުކޭޝަނުން ތިޔަ ކަންތައް ކުރަމުންދާތާ 2 އަހަރަށްވުރެ ގިނަ ވެއްޖެ. އެކަން އެނގޭނެ ރަށްރަށުގެ ސްދކޫލުތަކުގެ އިސްވެރިންނަށް. އެޑިއުކޭޝންގެ ބޭނުމަކަށް ވެދާނެ ފަހަރެއްގަ ރައީސް ޔާމީން ދެކެ މީހުން ރުޅި އެރުވުންވެސް. އެޔަށް ކިޔަނީ ހިމޭން ބަޣާވާތް

  32. މުހައްމަދު ރިލްވާން

    އެޑިއުކޭޝަން ގެ އިސްވެރިން ދާދި އަވަހަށް ބަދަލުވާނެކަމަށް ޔަގީން ކުރެވޭ

  33. ހަސަންބޭ

    ބައެއް ޢިލްމުވެރިންނޭކީޔާމީހުން މިހާރު އުޅެނީ ސަރުކާރާ ޖައްސާލާގެން،
    މިޤައުމުގައި ޝަރިއްޔަތެއްވެސް ރަންގަލަކަށް ނުކުރެވޭކަންދައކަން އުޅެނީ،
    ނުކެރޭ އެބުނާ ރަނގަޅުގޮތައްކުރަން އަންނާކަށް، ފިލާތިބެގެން ގާއުކަނީ،
    ގިނައީ ރިޝްވަތުގަ އުޅޭބައިގަނޑު،

  34. ޓުނޯ

    ތިޔާ ބުނާ ދީނީ އިލްމް ވެރިންނޭ އެންމެ ގިނައިން ގަވާއިދާއި ޚިލާފަށް ރާއްޖޭގައި އުޅޭ ބަންގާޅީން ލައްވާ މަސައްކަތް ކުރުވަނީ ގަވާއިދާއި ޚިލާފަށް ދެން ތިވަރުގެ މީހުންގެ ވާހަކަ އޭ މިދައްކަނީ ތިޔާ ކޮން ވައްތަރުގެ އިލްމް ވެރިންނެއް ތޭ ދީނީ އިލްމް ވެރިންނަކީ އެއީ ފޮތުގައި ލިޔެފައި އޮންނަ އެއްޗެއް އަނެކަކަށް ކިޔާ ދޭން ޖެހޭނެ މީހުންނޭ އެމެންގެ އަމިއްލަ އެެއްވެސް އުފެއްދުމެއް އޭގައި ނޯންނާނެއޭ އެކަމަކު ތިޔާ ފުޅަކާ އިލްމް ވެރިން އެކަން ވެސް އުޅެނީ އޮޅުވާލާ މަކަރާއި ހީލަތް ހަދައިގެން އެމެންގެ ބައިގަނޑު ބޮޑު ކުރަން އޭ އެއްގޮތަަކަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން ހުއްދަ ދީގެން ނުވާނެ އޭ ކޮން ސަލަފެއް ތޭ ބޮޑު އެއް ސަލަފު އޮންނާނީ އިނގޭތޭ ތަމެން ދީނީ އިލްމް ވެރިންނަށް ވެގެން މަމެންނަށް ނޭގޭނެ ދީނުގެ ކަންކަމަށް ތަމެން ދަންނަނީ ފަޓްލޫނުގެ ފައިކުރި ތަނބިކައްޓާއި ހަމައަށް ބުރި ކުރުން އެކަނި ނޫންތޭ އައި ޑޯން ނޯ ވަޓް ޓު ސޭ ދޯ. ސަރުކާރުން ހައްދަވަންވީ ގޮތަކީ މާލެ އާއި ވިލިގިލި އާއި އަދި ހުޅުމާލެ އާއި ދެެމެދު ވެސް ސައްހަ ވޯކް ވިސާ ކާރޑް ނެތް މީހުންނަށް ދަތުރު ނުކުރެވޭ ގޮތް ހަދަންވީ ހުރިހާ ބޭރު މީހުންނަށް އެއިރުން ހުންނާނީ ރަނގަޅަށޭ އެއިރުން ރާއްޖޭގައި މިއުޅޭ ދީން ދަންނަ ކަމަށް ހެދިގެން އުޅޭ ފޭކް މީހުންނަށް ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ލައްވާ މަސައްކަތް ނުކުރެވޭނެ ނޫންތޭ ވީއާރ ޑައިންގް ޓު ނޯ ދިސް.

    • ފޭކު

      ހޭބަލިވީތަ؟ ފުރަތަމަ ޢިލްމަކީ ކޮބާކަން ދަސްކޮށްބަލަ.. ދިވެހި ޢިލްމުވެރީންގެ މަސައްކަތް ކަލޭމެންނަކަށް ނުފެންނާނެ.. ފެންނާނީ ހޯދީމަތާ.. ދެން ތިބުނާ ބަންގާޅީން ބޭނުންކޮށްގެން މަސައްކަތްކުރުވުމޭ އޭއްޗެކޭ މީއްޗެކޭ މިކިޔަނީ ހަަމަ ހުރެގެންތަ؟ ކޮބާ ހެކި.. އެހެންނޫނަސް އެކަމާ މިކަމާކޮބާހުރި ގުޅުމަކީ.. ކޮންމެ މީހަކަސް ގޯސްކޮށްކަންކޮށްފިއްޔާ ވާނީ ހަމަ ގޯސްގޮތަކަށް.. އެކަމަކު ތިޔަތިބެނީ މަލާއިކަތުން ފައިބަންތަ.. ހަމަ އޭއްޗެކޭ މީއްޗެކޭ އެބަ ކިޔައޭ ދީނޭ ބުނާ އިރަށް..

  35. ޥައިޓް ރޯސް

    ސްކޫލް ޓީޗަރުންނާ ދޭތެރޭގަ ވެސް އެޑިއުކޭޝަނުން ކަންތައް ކުރާގޮތަށް ބެލީމަވެސް އިނގޭނެ ޓީޗަރުންގެ ހިއްތަކުގަ ރައީސް ޔާމީން އާ ދޭތެރޭގަ ނަފުރަތު އުފައްދަށް މިނިސްޓްރީ އިން ނަސައްކަތް ކުރާކަން.މިވަރު ވާއިރުވެސް ރައީސް އަށް ނޭގެނީބާއޭ ހިތައްއަރަނީ.އެލަޝީގެންވާ ވަރުގެ އުޖޫރައެއްނުދީ ރެޔާ ދުވާލު ގުލާމް ކުރުވަނީ.

  36. ޢީސަ

    ސުކޫލް ތަކުގަ އޯކޭ ނަށާ ވަޖިދު ވިޔަސް. އެކަހަލަ ކަމަކަށް ވިއްޔާ ނުޖެހެ މިނިސްޓްރީގެ ހުއްދަ ހޯދަން. ދަރުސް ވީމަ މި ބޮޑުތާ ޖެހެނީ

  37. ރައްޒަ

    މިހާރު އެބަ ރަނގަޅުވޭ، ހައްގު ބަސް ބުނަން ކެންވާނެ!

  38. އިކޫ

    ސުކޫލުތަކުގެ އިސްވެރިންނަށްވެސް ދީނީ ޢިލްމު ވެރިން ގެންނަށް ފެނޭ

    • ޢާމީން

      އޭރުން މުޅި މުޖުތަމާއު ހަލާކުވީނު. ތިޔަކަހަލަ ދުވަހެއް ނުދައްކަވާށި

  39. ބޯހަލާކު

    ޢެކަމަކުވާ ސްކޫލް ޓެސްޓަށް ހޯލްތައް ބޭނުންނުކޮށް ކަލޭމެންނަށް ދީގެން އަތްޖަހަންވީ؟؟ ޕިސްޕިސް ސިޔާސީވިޔަސް ބޮޑުވަރު

    • ފޭކު

      ފޭކު ވާހަކަތައް ނުދައްކާ.. އަބަދުވެސް ޓެސްޓުދޯ ހަދަނީ..

      • މަ

        އަބަދު ޓެސްޓް ނުހެފިޔަސް ކޮންމެވެސް ހަރަކާތެއް ހޯލުގައި

  40. ނަސީރު

    މިހުރިހާކޮމަންޓެއް ކިޔާފަވެސް ބުނަލަން އޮތީ އިލްމުވެރިން ދަރުސް ދޭން އެމީހުން ބޭނުން ތަނެއް ދިނުން ސަރުކާރައް ލާޒިމުކަން. ސަބަބަކީ މިސަރުކާރަކީ ކިރިޔާވެސް ސަރުކާރައް ބުރޫ އަރާކަމެއް ދިމާވާއިރައް ދީނޭކިޔާގެން އަނގަ ފަތުރާތީ .

  41. އަލީ

    އެންމެ ފަހުން ހެދި ފޮތްތައް ޗާޕުކުރީ ކޭމްބްރިޑޖް، އެކަމަކު އިންޑިޔާގެ ގޮފީގެ ފިކުރުތައް ހިމަނައިގެން.. ވަރަށް މަކަރުވެރި ގޮތަކަށް 'ސަބޓްލް' ގޮތަކަށް ދޭތެރެ ދޭތެރެއިން ފޮތްތަކުގައި ފިކުރު އަނބުރާ ކަހަލަ އެއްޗެހި ހިމަނާފައިވޭ.. މިސާލަކަށް މޮޑަން ފެމިލީ އޭކިޔާފަ ޅަކުދިންނަށް އެއްޖިންސުން ގުޅުން ހިންގާ މީހުން ނޯރމަލް ކުރަން އުޅެފައިވޭ.. ނުވިތާކަށް ގްރޭޑު 4ގެ ސޯޝަލް ފޮތުގައި ހިންދީ ދީން މިތާނގައޮތްކަން ހީވެޔޭބުނެ އަޝޯކާ ގެ ނަން އިންޓްރޮޑިއުސް ކޮށް މުސްލިމުންނަށް ބަދުބަސް ރައްދުވާނޭ ގޮތައް އިބާރާތްކޮށްފަ އޮތީ.. މިބުނިހެން.. ވަރަށް ރޭވުންތެރިކަމާއެކު ޅަސިކުނޑިޔާކުޅެލާ ގޮތަށް އޮތީ..

  42. މިލިޓަރީ

    އިލްމުވެރިންނާ އެކީ މިތިބީ މަށަކީ ޕީޕީއެމްގެ މީހެ.

  43. ނުރަބޯ

    ތިޔައީ ފައްކާ ސިޔާސީ ބައިގަނޑެއް. ލާދީނީ އައްނިގެ ފަހަތުގަ މިބައިގަނޑު ތިބެނީ. މިހާރުއެއުޅެނީ ކޮންމެވެސް އެއްޗެކޭކިޔައިގެން ގައުމުގައި ހަމަނުޖެހުން އުފައްދަން ވެގެން.

  44. މުހައްމަދު

    އެޑިޔުކޭޝަންގެ އިސްވެރިން ދެކޭގޮތުގައި އިލްމުރިންނޭ މިކިޔައިގެން އުޅޭމީހުންނަށް އެބުނާ ފުރުސަތު ދެވެއްޖެ ނަމަ މުޅިން ގޯސްވާނެ .ޚާއްޞަކޮށް އެތާގެ ޕީ އެސް މުހަނަމަދު ސައީދަކީ ވަރަށް ޒާތީކޮށް އިލްމުވެރިންނަށް މީޓިންގ ތަކުގައި ބަސްބުނާ މީހެއް !މިފަދަ މީހުންނީ ގައުމަށް ނުރަށްކާހުރި މީހުން.

  45. ްތިޒާ

    ބަލަ ޕޯޑިއަމްތަކުގައި ދިނީވާހަކަ ދައްކާފައި އަމަލުކުރުން ނެތްކަން މިދައުރު ފެށުނީއްސުރެން އަހުރެމެންނަށް އެންގޭ ދީނީ އިލްމް ވެރިންނޭކިޔާފައި ބަޔަކު ގަނެފަތިބިބަޔަކު ސަލަފު ހަދައިގެން މާދީންވެރިވެގެން އުޅޭނެކަމެއްނެތް. ތިޔަދީންވެރިންތިބޭ ހިލޭއަންހެނުން ފައިސާ ދީގެން ބޭނުންކުރާއިރު ސަންޓީވީގައި ދީނީވަހަކަ ދައްކަ ދައްކާ ޖަލައްގާންޖެހިދާނެތީ ހައްޤު ބަސްބުނަންނުކެރޭ ބަޔަކު ދަރުސްދޭން ސްކޫލް ހޯލްނުދިގެން ކޮސްނުތަާ މަދުންތިބޭ އަންނަފަސްއަހަރަށް އަހުރެމެން ގެންނާނީ އިލްމުވެރިން ބަސްބުނިމާ ޖަލަށް ނުގެންދާނެ މީހަކު. އޯކޭ

  46. ދޭނަމޭ

    އެޑިއުކޭޝަން މިނިސްޓްރީ އާއި ދެކޮޅަށް ރާއްޖޭގެ އިލްމުވެރިން ތެދުވެއްޖެއޭ އެހެންތޭ ތިޔާއީ ކޮން ވައްތަރު އިލްމް ވެރިންނެއް ތޭ މަމެން ނުދަންނަން ތިޔާއީ އިލްމްވެރިން ކަމަށް އިނގޭތޭ ދީނުގެ އިލްމް އެނގުމަކީ އަދި އިލްމް ވެރިންނަށް ވާ ކަމެއް ނޫނޭ އިލްމް ވެރިންނަށް ވާނީ އެއީ ސައެންޓިސްޓުންނޭ އަދި އިންޖިނިއަރުންނޭ އަދި ފިޒިސިސްޓުންނޭ ދީނުގެ އިލްމް ދަންނަ މީހުންނަށް ކިޔާނީ ދަ މުއްލާ އިންނޭ. ދީނުގައި އޮންނަ އެއްޗެއް އެމެންނަށް އެންމެ ބޮޑު ވަރު ކޮށްގެން ނަމަވެސް ކިޔާ ދެވޭނީ ހަމަ ލިޔެފައި އޮންނަ އެއްޗެއް ނޫންތޭ އެނޫން އެއްޗެއް ކިޔާ ނުދެވޭނެއޭ އެމެން ސުންނަތޭ ކިޔާ ދައްކާ ވާހަކަ ތަކަކީ އެއީ އެއްވެސް އަސްލެއްގެ މައްޗަށް ބިނާ ކޮށް އެމެން ދައްކާ ވާހަކަ ތަކެއް ނޫނޭ އެއީ ބޮޑު އޮޅުވާލުން ގަނޑެއް ގެ ތެރޭން އެމެން ދައްކާ ވާހަކަ ތަކޭ ރާއްޖޭގައި ތިބޭ ދީނީ މުއްލާ އިންނޭ އެންމެ ބޮޑަށް ފްރޯޑް ކޭސް ތަކުގެ ތެރޭގައި ހިމެނެނީ މިއޭ ފެންނާން ހުރި ޓްރެކްރިކޯރޑްސް ތަކަކީ ތަމެން ނަށް ނުޖެހޭނެއޭ ސަރުކާރުގެ ސްކޫލް ތަކެއް ދޭން ތަމެން ދެން މަހަށް ދޭބަލަ މަަހަށް މަހަށް މަހަށް މަހަށް ދޭބަލަ. ތަމެން ނަށް ދީން އިނގޭނެ ކަމަށް މަމެން ގަބޫލެއް ނުކުރަން މަމެންނަށް ނޭގުނު އެއްޗެއް އެއްގޮތަކަށް ވެސް އެކަމަކު މަމެންނަށް މިއިނގޭ ސައެންސް އަދި ފިޒިކްސް ގެ މާއްދާ ތައް ތަމެންނަށް ނޭގޭނެ ކަން މަމެން ލިޔެ ސޮއި ކޮށްފައި ދޭނަމޭ.

  47. ސްކޫލު

    ދީނީ ދަރުސް ގެ ނަމުގައި ސްކޫލު ކުދިން ތިފަދަ ޖަމާއަތްތަކުގެ އަތްމައްޗައް ދޫކޮށްލުމަކީ ވަރަށްވެސް ނުރައްކާތެރި ކަމެއް. ތިއަށްވުރެ ރަނގަޅުވާނެ ކުދިން ގޭންގް ތަކާ ހަވާލު ކުރިއަސް.

  48. Anonymous

    ޓީޗަރުން ބޭނުންވެގެން ކުދިންނަށް ދީނީވާހަކަ ދައްކާލަން މީހަކުގެންނަންހޭ ބުންޏަސް ބުނަނީ މިނިސްޓްރީގެ ހުއްދަހޯދަންޖެހެޔޯ..... މީ މީގެކުރިން އޮންނަގޮތެއްނޫން.

  49. ށެރީނާ

    ޓީޗަރުން ބޭނުންވެގެން ކުދިންނަށް ދީނީވާހަކަ ދައްކާލަން މީހަކުގެންނަންހޭ ބުންޏަސް ބުނަނީ މިނިސްޓްރީގެ ހުއްދަހޯދަންޖެހެޔޯ..... މީ މީގެކުރިން އޮންނަގޮތެއްނޫން.

  50. ޢަލީ

    ދީނީޢިލްމުވެރިން ދަރުސް ދޭކަށް ކޮންމެހެން ސްކޫލުހޯލެއް ބޭނުމެއްނުވާނެ. ބޮޑަށް ވައްތަރީ ސިޔާސީކަމަކާ، އެނގޭނެދޯ މިދުވަސްވަރަކީ ޓެސްޓް ދުވަސްވަރުކަން، ހޯލް ހުންނަނީ ވަކިގޮތަކަށް ގޮނޑިޖަހާ ތައްޔާރުކޮށްފަ.

  51. އެނގޭތަ

    ޚިޔާލު ތަފާތެވެ. ދީނީ ޢިލްމުވެރިން ނުވަތަ ޖަމިއްޔާތަކުން ތިފަދަ ކަންކަން ފަށަން ވާނީ، ތިފަދަ ކަންކަން ކުރާނޭ ތަންތަން ތިބެގެންނެވެ. އަމިއްލަ ތަންތަން ތިބެގެންނެވެ. މީސްމީހުންގެ ގޯއްޗަށް ވަދެ ދީނީ ދަރުސް ނުބޭއްވޭ ގޮތަށް ދަޢުލާތުގެ އިދާރާތަކުގައި ވެސް ޖަމިއްޔާގެ ކަންކަން ކުރެވިގެން ނުވާނެއެވެ. އެ ޖަމިއްޔާއަކުން ކުރާ ކަމަކަށް ޒިންމާ ވާން ޖެހޭނީ އެ ޖަމިއްޔާއަކުންނެވެ. މިހާރު ވެސް ބައެއް ސްޕޯޓްސް އެކެޑަމީތައް ހަދައިގެން މާލޭގެ ޓްރެކުގައާއި ރަސްފަންނުގައި ކުލާސްތައް ކުރިއަށް އެބަގެންދެއެވެ. މިއީ، ޕަބްލިކް ޕްރޮޕަޓީޒް އެވެ. މިތަންތަނުގައި ވިޔަފާރި އުސޫލުން ހިންގާ އެކެޑަމީތަކުގެ ހަރަކާތްތައް ހިންގިގެން ނުވާނެ އެވެ.

  52. އަދުހަމް

    ޔަހޫދީންގެ ސިއްރު އެޖެންޑާ ވީ ނޯ ދެޓް

  53. ސޕ

    ވަރަށް ރަނގަޅު. މިބަިއގަނޑު ދީނީ ހައްދުފަހަނައަޅާފައިވާ ފިކުރު ފަތުރަން ޖާގަ ނުދިނުމަށް ގޮވާލަން. މިބައިމީހުން އަބަދުވެސް ބޭނުންވާނީ މީހުންގެ ބޮލަށް ސަވާރުވާން.

  54. ޟޮއީފު

    ޙައްދުފަހަނަ އަޅާފައިވާ ފިކުރު ފަތުރަށް ޖާގަ ނުދިނުމަށް ގޮވާލަން. އަހަރެމެން މިތިބީ މިނިސްޓްރީއާއިއެކު. ހެދިފަިވާ ޤާނޫނުތަކާ ގަވައިދުތައް އޮޅުންފިލުވައި ދިނުމަށް ހޭލުންތެރިކަން ފެތުރުން މާރަނގަޅު. ތިޔަ ބައިގަނޑުގެ ފިކުރު ފެތުރުމަށްވުރެ. މިހާރު މީ އެޒަމާނެއްނޫން. މީސްމީހުންގެ ރައުޔަށް ޤައުމެއް ނުހިންގޭނެ. މިހާރު ކަންކަން ހިނގާނީ ގިނަބަޔަކު ތާއީދުކުރާގޮތަށް.

  55. ޓުއި

    ބަލާބަލަ ތިތިބަ ބައިގަނޑެއް ފޮޓޯއިން ފެންނަ. ޢަޅެ ހޭލުންތެރިކަމެއް ހުރި ބައެއް ހެން ހީވޭތަ. ޢަމިއްލަ ސިކުނޑިން ވިސްނާލުމުގެ ކުޅަދާނަކަން ނެތްހާލު މީހަކު ބުނިގޮތަކަށް ތިބައިގަނޑު އެނބުރޭނެ.

  56. އަހްމަދް

    ތިޔައީ ދީނީ ޢިލްމުވެރިންތަ ނުވަތަ ސިޔާސީ އެކްޓިވިސްޓުންތަ!؟
    ޙަޤީޤީ ހެޔޮލަފާ ދީނީ ޢިލްމުވެރިން ނަމަ މުސްލިމު ވެރިޔާ އާއި ދެކޮޅުވެރިވެގަނެ ތިފާޑަށް މުޒާހަރާ ނުކުރާނެ.
    ތީވެސް މުޒާހަރާ ކުރުމުގެ މަކަރުވެރި ގޮތެއް.

  57. އަބްދުއްލާ

    އެޑިޔުކޭސަނާ ދެކޮޅުވީ އެތަނުން ދީނާ ހިލާފު ކަމެއްކުރީތަ ؟ސްކޫލް ހޯޅް ލިބޭނީ ވެސް ލިބޭގޮތަށް ތިމާމެން އިލްމުވެރިންގެ މޫޑް ވެސް ހުރެގެން ގަދަކަމުން ހޯލް ވެސް ރަށުގެ ގޮނޑުދޮށްވެސް ނުލިބޭނެ . އިލްމު ވެރިޔަކުނަމަ ފުރަތަމަ ވެރިންނަށް ކިޔަމަންވާން ދަސްކުރަންވާނެ. ވެރިމީހާގެ ކިޔަމަނުގާ ތިމާކިތަންމެ ނުރުހުނަސް ހުރުމަކީ އިލްމު ވެރިޔާއަށް ވާޖިބުވާކަމެއް . ވެރިމީހާ އުރެދުމަކަށް އަމުރު ނުކުރާހާ ހިނދަކު

  58. އުސައީމީން

    މީ 'އީލްމު' ވެރީން ވެސް މީއީ ހާދަ ހެއްވާ ބަޔެކޭ އަޅުގަނޑު ހީތައް އަރައެވެ.. އީލްމުވެރީން އެޑީއުކޭޝަން މީނީސްޓުރީއާއީ ދެކޮޅައް މީ ތެދުވެގެން މީއުޅެނީ އެޑީއުކޭޝަނުން ދަރުހެއް ބާއްވާލަން ހޯލެއް ނުދީގެންނެވެ.. އެއީ ހަމަ ރަނގަޅު ކަމެއް އެކަމާއީ މެދު ޝަކުވާ ކޮއްލަން.. އެކަމަކު އަޅުގަނޑު ހީތައް އަރަނީ ރާއްޖެއާއީ ބައީނަލް އަގުވާމީ ދުނީޔޭގެ ކުރީމަތީގައީ ބޭއީންސާފުން ޝަރީއަތްތަކާއީ އަދީ ރައްޔީތުންގެ ހައްގުތަކެއް ނީގުޅައީގަންނަ އީރު މީ 'އީލުމު' ވެރީންނަކައަ އެއީ އީސްލާމީ ގައުމެއްގައީ ކަންހީނގައީގެން ވާނެ ގޮތެއް ނޫންކަން ބޮލައަ ފަހުމް ވެގެން އަޑުއުފުލާކައް ހަމައް ހީތައްވެސް ނާރަނީތޮއެވެ. އެއީ ދަރުހެއް ބާއްވާލަން ހޯލެއް ނުލީބުނީމަ އީސްލާމް ދީނައް ލީބީގެންދާ އަނީޔާ އައްވުރެ އީސްލާމީ ގައުމެއްގެ މުސްލީމު ރައްޔީތުންތަކެއްގެ މައްޗައް އަދާލާތުން ހީންގާ ބޭ އީންސާފަކީ މާ ކުޑަމައްސަލައެއް ކަމުގައީ ފެންނަނީ ބާއެވެ.