ޒަމާނަށް އައި ބަަދަލުތަކާއެކު ކަނޑި އާއި ލޮންސި އާއި ބަޑިން ހަނގުރާމަ ކުރި ޒަމާން މިވަނި މާޒީވެ ގޮސްފައެވެ. މިހާރު ކުރަނީ ފިކުރީ ހަނގުރާމައެކެވެ. ޚާއްސަކޮށް އިސްލާމް ދީނާއި ވަހުދަތު ނަގާލުމަށް، ރާވާ ޔަހޫދީންގެ ރޭވުންތައް އަންނަނީ ހީވެސް ނުކުރާހާ މަކަރުވެރި ހީލަތްތެރި ގޮތް ގޮތަށެވެ.
އެކި ކެމްޕެއިންތަކާއި ފޮޓޯ ޝޫޓްތަކާއި ނުވިތާކަށް މޭކަޕްގެ ޒަރިއްޔާ އިން ވެސް މިކަންކަން ފަތުރަނީއެވެ. ޓެކްނޮލޮޖީ އާއެކު މިފަދަ ޚިޔާލާތާއި ފިކުރުތައް އަޅުގަނޑުމެން ދިވެހިންގެ ތެރެއަށް ވެސް ވަދެގެން އަންނަނީ ހީ ނުކުރާ ކަހަލަ ގޮތް ގޮތަށެވެ. ޚާއްސަކޮށް މީސްމީޑިއާ އާއެކު މުޅި ދުނިޔެއަށް ރާއްޖެވެސް ހުޅުވާލާފައި އޮތް އިރު ވިސްނާ ނުލާ ނަމަ މިފަދަ ލާދީނީ ފިކުރާއި ޚިޔާލާތުތަކަށް ނޭނގި ނަމަވެސް ވާގިދެވޭ ގޮތް މެދުވެރިވެއެވެ.
މިހާރުވެސް މީސްމީޑިއާ އިން މިފަދަ އެތައް މިސާލެއް ފެންނަން އެބަހުއްޓެވެ. އޭގެ ތެރެއިން އެއް ކަމަކީ "ކަމިން އައުޓް 2020"ގެ ނަމުގައި މިހާރު ފޭސްބުކްގައި ދައުރުވަމުންދާ ޕޯސްޓްތަކެކެވެ. އެ ޕޯސްޓްގައި ބުނެފައި ވަނީ "ކަމިން އައުޓް 2020" މިހެން އިނގިރޭސިން ލިޔުމަށް ފަހު، ފޯނު އޮރިޖިނަލް ފޯނެއްތޯ ބެލުމަށް ކޮމެންޓްކޮށްލުމަށެވެ. އަދި އެ ކޮމެންޓް ވިއްސާރަ ދުނީގައިވާ ކުލަތަކުން ފެންނާނީ އޮރިޖިނަލް ފޯނުތަކުން ކޮމެންޓް ކުރުމުން ކަމަށް ވެސް ބުނެފައިވެއެވެ.
އެއާއެކު ދިވެހިންގެ ތެރެއިން އެތައް ބަޔަކުވެސް މި ޕޯސްޓް ޝެއާކޮށް ކޮމެންޓް ކުރަމުންއައެވެ. އެކަމަކު މި ޕޯސްޓްގެ ހަގީގަތް އެނގޭހެއްޔެވެ؟ ބަލާބެލުމަށް މިއީ މައުސޫމް އަމަލެއްހެން ހީވެދާނެއެވެ.
ކަމިން އައުޓް ނުވަތަ ކަމިން އައުޓް އޮފް ދަ ކްލޯޒެޓް އަކީ އެއްޖިންސުން ގުޅުން ހިިންގާ މީހުން އެކަން އިޢުލާން ކުުރުމަށް، ނޫނީ ހާމަކުރުމަށް ބޭނުން ކުރާ ލަފުޒެކެވެ. ނުވަތަ ޖިންސު ބަދަލުކުރަން ބޭނުންވާ މީހުންވެސް މި ލަފްޒު ބޭނުން ކުރެއެވެ. އަދި ވިއްސާރަ ދުނީގެ ކުލަތަކުން ރަމްޒުކޮށްދެނީވެސް މިކަމެވެ.
ކަމިން އައުޓް 2020 އަކީ އޮކްޓޯބަރު މަހު އެއްޖިންސުން ގުޅުން ހިންގާ މީހުންނަށް ފާޅުކަން ބޮޑުކޮށް އެކަން ކުރުމަށް ހިތްވަރު ދިނުމަށް ފާހަގަކުރާ ކެމްޕެއިންއެކެވެ. އެހެންކަމުން މިކަމާ މެދު ސަމާލުވާށެވެ. ނޭނގި ވެސް ތިޔަ ބައިވެރިވެވެނީ ލާދީނީ ކެމްޕެއިންއެއްގައެވެ. އަދި މަޖަލަކަށްވެސް މިފަަދަ ޕޯސްޓްތައް ހިއްސާކުރުމުން އެހެން މީހުންނަށް އެ ޕޯސްޓް ފެނި ގިނަ މީހުންނާއި ހަމައަށް އެ ފަދަ މެެސެޖުތައް ރައްދުކުރެވެނީއެވެ.
މީސްމީޑިއާއިން ފެންނަ ޕޯސްޓްތަކަކީ ކޯއްޗެއްކަން ބެލުމަށް ފަހު ނޫނީ ޝެއަކޮށް ކޮމެންޓް ކުރުމާ ދުރުހެލިވާށެވެެ.
މިކަހަލަ ރޭވުންތައް ނާކާމިޔާބު ކޮށްލުމަށް ދިވެހި މީޑިއާގެ ރޯލު ވަރަށް ބޮޑު.
ގިނަ ދިވެހީން ނަށް ވަރިހަމަ ވާނެ! މިހާރުވެސް ފްރާންސް ގެ ޕްރޮޑަކްސްތައް ފިހާރަތަކުން ނަގާ އެއްލާލާކަށް ނުކެރޭ ދިވެހީންގެ ވާހަކަ ތިދައްކަނީ! އެކަމު ސައްތައިން ސައްތަ އިސްލާމުންނޭ އެބަކިޔާ! ގައުމު އިންޑިއާ އަޅުވެތިވެ ނިމެނީ! ދީނަށް ވެސް ގައުމަށް ވެސް ލޯތްބެއް ނެތް! ދެން އަތްޖަހާ
ބަޔަކުމީހުން ކަހާތަން ހިރުވާވެސް ބުލާނެ! ސްޓޯބެރީ ޕައި އަަޅާލައަޅާލާ އެތިބެނީ ފޭސްބުކްގައި ދެއްކުންތެރިވާންވެގެން! ދީނަށް ލޯތްބެއް ނެތް މީ ދުނިޔޭގެ ދަޅައަށް ހެއްލިފަވާމީހުން ގިނައީ!
ވަރަށް ބޮޑު ތެދެއް.. ޝުކުރިއްޔާ ވަގުތު
They have ruined the rainbow colours
😡
ތިވީ ގޮތުން ޖިންސު ބަދަލެއް ނުކުރެވޭނެދޯ ކޮންމެ ދުވަހަކު އެއް ޖީންސެއް ލައިގެން ހުންނަން ޖެހޭނީ ނުވެސް ދޮވެ 👖
ދަރިންގެ އަގީދާ ވަރުގަދަ ކުރަންވެފަ މިއޮތީ. އަޅަމެންގެ ޅަދަރިންތައް ސަލާމަތްކުރައްވާށި.އާމީން.
ވަގުތު ނޫހަށް ޝުކުރިއްޔާ.
ދެން؟