އައިޖީއެމްއެޗް ކައިރި މޫދުން ނިޔާވެފައިވާ އޮއްވާ ފެނުނު ޒުވާނާގެ ހަށިގަނޑު އަންނަ ހަފްތާގައި ބޭރަށް ފޮނުވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން މިއަދު ވިދާޅުވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ސިދުރަތުﷲ ގެ ޕޯސްޓްމޯޓަމް ހެދުމަށް އޭނާގެ ހަށިގަނޑު ރާއްޖެ އިން ބޭރަށް ފޮނުވުމަށް ކުރަން ޖެހޭ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ބޭރަށް ނުފޮނުވި ލަސްވަނީ ރާއްޖެ އިން ބޭރުން ކުރަން ޖެހޭ ކަމަކަށްވެފައި އެކަމުގައި ފުރިހަމަ ކުރަް ޖެހޭ ކަްކަން ފުރިހަމަ ކުރުމަށް ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

ކޮވިޑް-19 ގެ ހާލަތާ ގުޅިގެން މިކަމުގައި އުނދަގޫތަކެއް އެބަހުރި ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

"ނަމަވެސް މި ފެށޭ ހަފްތާގެ ތެރޭގައި (ހަށިގަނޑު) ފޮނުވާލެވޭތޯ މި ދަނީ މަސައްކަތް ކުރަމުން،" މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ސިދުރަތުﷲ މަރާލާފައި އޮތް ކަމަށް ތުހުމަތު ކުރެވޭތީ އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ސިދުރަތުﷲ މޫދުގައި ނިޔާވެފައި އޮއްވައި ފެނުނީ މި މަހުގެ 23 ވަނަ ދުވަހު ހެނދުނު 09:00 އާއި 10:00 އާ ދެމެދުގެ ވަގުތެއްގައެވެ. އޭނާ ރަސްފަންނާ ދިމާލަށް މޫދަށް ފޭބި ވީޑިއޯއެއް ފުލުހުން ދާދި ފަހުން ވަނީ އާންމުކޮށްފައެވެ.

އެހެންކަމުން، އެ ދުވަހުގެ އެ ވަގުތުގައި ސިދުރަތުﷲ އާ ބައްދަލުވި ނުވަތަ ފެނުނު މީހަކު ވާނަމަ ނުވަތަ މަރުގެ މި ހާދިސާއާ ގުޅޭ އެއްވެސް މައުލޫމާތު ލިބިފައިވާ ފަރާތެއްވާނަމަ ފުލުހުންގެ އެމާޖެންސީ ނަންބަރު 119 ނުވަތަ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާރޓްމަންޓުގެ ނަންބަރު 9911099 އަށް ގުޅުއްވައި މައުލޫމާތު ހިއްސާ ކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

މިމަރާ ގުޅިގެން ތަފާތު ވާހަކަތައް ދެކެވެމުންދާ އިރު ސިދުރަތުﷲ ގެ އާއިލާއިން އޭނާ މަރާލާފައިވާ ކަމަށް ތުހުމަތުކޮށްފައެވެ. އަދި ހަށިގަނޑުން ބޮޑެތި ޒަހަމްތަކެއް ފެންނަން ހުރި ކަމަށްވެސް އާއިލާއިން ވަނީ ބުނެފައެވެ.

ސިދުރަތުﷲ މަރުވިތާ މިހާރު ހަފްތާއަކަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު އޭނާގެ ހަށިގަނޑު އަދިވެސް އޮތީ ގަލޮޅު ސަހަރާގެ މޯޗަރީގައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޝައި

    މިއޮއްފަދަ ރާއްޖޭގަ ޕޯސްޓް މޯޓަމް ގަނޑެއް ވެސް ނުހެދޭ ކީއްކުރާ ތަނެއް 😰 އެއް ހަފްތާ ފަހުން ހަށިގަނޑު ގެންދާއިރު އޮންނާނީ ވާނެ އެއްޗެއް ވެފަ

  2. ބަކަރި

    ތިއޮތީ ވެފަ ދެން. ސްޓިކާ ޖެހުން ނޫން ކަމެއް ނުކުރެވޭ

  3. ގެރިލޯބި

    މި ސަރުކާރު އައީ ޖޫރިމަނާކޮށް ސްޓިކާޖަހަން

  4. ހެޔޮ އެދޭފަރާތެއް، ހަސަން މުރްތީ

    މައްޔިތާ މަރުވުމަށްފަހު ވީއެންމެ އަވަހަކަށް ވަޅުލާންޖެހޭނީ، މައްޔިތާގެ ހަށިގަނޑަށް އަަނިޔާދީ ކަންތައްކުރުމުގެ ބޭނުމެއްނެތް، މިރާއްޖެއިން އެތަައްބަޔަކު ވަނީ ގޮތްނޭންގޭ އެތައްގޮތަކަށް މާރާލެވި ގެއްލުވާލާފައި، މިއިން އެއްވެސް މަރަކަށް އިންސާފު ލިބިފައިނުވާއިރު، ސިޔާސީ މަޤްސަދެއްހާސިލް ކުރުމުގެ ބޭނުމުގެ ކަމުގައިވިޔަސް ތިކަންތް ކުރަން ހުއްދަނުދިމުމަށް އެދި މަރްހޫމްގެ އާއިލާއަށް ނަސޭހައްތެރިވަން.

    4
    1
  5. ޤ

    Theehama eyna ah aniyaa kurumuge niyathuga kuraa kameh aharen ladhu ganeh esoru family meehun vx ekan kuriya nudhinuma huras naalhaathi postmortem hadhaafa vx thibaa varu thakaka hageegai hodhey kama ka nuvaaneh dhuvahaku vx

    2
    2
  6. އައްޑޫ މީހާ

    ދިވެހި ފުލުހުންގެ ތެރޭގައިވެސް އޮޓޮޕްސީ ހެދޭނެ ފެންވަރުގެ ޑޮކްޓަރުން އެބަތިބި އިންޑިއާއަށް ކްރެޑިޓް ހޯދައިދޭން ތިޔަކަން ލަސްނުކޮށް ރާއްޖޭގައިވެސް ކުރެވިދާނެ ހޮސްޕިޓަލް ތަކުގައި އެބަހުރި ވަސީލަތްތައް