ރާއްޖޭގެ އެހީތެރިކަމާއެކު އަވަށްޓެރި އިންޑިއާގެ ފުރަތަމަ ސީޕްލޭން މަޝްރޫއު ފެެށުމަށް، އިންޑިޔާގެ ޕްރައިމް މިނިސްޓަރ މޯދީގެ ދަތުރުފުޅަށް ޤައުމީ އެއަރލައިންގެ ސީޕްލޭންއެއް ޗާރޓަރ ކުރުމަކީ ދެގައުމުން އެއްގައުމު އަނެއް ގައުމަށް ކުރާ އިހްތިރާމު ރަމްޒެއް ކަމަށް ޤައުމީ އެއަރލައިން މޯލްޑިވިއަން ހިންގަމުން އަންނަ ކުންފުނި އައިލެންޑް އޭވިއޭޝަން ޕްރައިވެޓް ލިމިޓެޑުގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ރިޒްވީ ވިދާޅުވެއްޖެއެވެ.

އިންޑިޔާގެ ސްޕައިސް ޖެޓް ކުންފުނިން މޯދީގެ ދަތުރުފުޅަކަށް މޯލްޑިވިއަންގެ ބޯޓެއް ޗާރޓަރކުރުމާއި ގުޅިގެން ރިޒްވީ ވިދާޅުވީ، އިންޑިޔާއިން ބޭނުން ނަމަ ދުނިޔޭގެ ކޮންމެ ގައުމަކުންވެސް ސީޕްލޭން ޗާރޓަރ ކުރެވޭނެކަމަށާއި، ސީޕްލޭންގެ ހިދުމަތް ދެމުންގެންދާ އެހެން ޤައުމުތައް އޮތް ނަމަވެސް އިންޑިޔާއިން ރާއްޖޭގެ ޤައުމީ އެއަރލައިން އިހްތިޔާރު ކުރިކަމީ ދިވެހިންނަށް ލިބުނު ފަހުރެއް ކަމަށް ރިޒްވީ ވަނީ ވިދާޅުވެފައެވެ.

" މިފުރުސަތުގެ ސަބަބުން ދެގައުމުގެ ދެމެދުގައި އިތުބާރާއި ޔަޤީންކަން އެތައްތަނަކުން އިތުރުވެ ވިޔަފާރިގެ ދާއިރާއިން ބޮޑެތި ކުރިއެރުން ތަކެއް ލިބިގެން ދާނެ. އަދި ސްޕައިސްޖެޓްފަދަ ކުންފުންޏެއްގެ އިތުބާރާއި ޔަޤީންކަން ލިބުމަކީ ވައިގެ އުދުހުންތަށް އެހެން ހަރުފަތަކަށް ގެންދިއުމަށް ކުރާ މަސައްކަތަށް އިތުރު ފަހިކަމެއް ލިބިގެންދާނެކަމެއް، މިފުރުސަތުގެ ބޭނުން ވީހާވެސް އެދެވޭ ގޮތެއްގައި އަޅުގަނޑުމެން ހިފާނަން" ރިޒްވީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި ދަތުރުގެ އިތުރުން، އިންޑިޔާގައި ސީޕްލޭން ފެށުމަށް ޓެކްނިކަލް ސަޕޯޓް އެގައުމުން ބޭނުންވާނަމަ އެކަން ފޯރުކޮށްދޭނެކަމަށާއި އެކަމުގެ މަޝްވަރާތަކެއް މިހާރުވެސް ކުރިއަށްދާކަމަށެވެ.

އަދި މޯދީގެ ދަތުރުފުޅަކީ ދެގައުމަށްވެސް ލިބުނު ފައިދާ އެއް ކަމަށާއި މި ދަތުރާއި އެކީގައި ޒަމާންވީ ދިވެހިރާއްޖެ އިންޑިޔާގެ ގުޅުން ބަދަހިވުމުގެ އިތުރުން ދިވެހިރާއްޖޭގެ މާސިންގާ ކަޑުތަކުން ދިވެހިން ހޯދާ ތަޖުރިބާއަކީ ބޮޑެތި ގައުމުތަކުން އިޙްތިރާމުކުރާ އަދި ބަލައިގަންނަ ކަމެއްކަން މިދަތުރުން އެނގިގެންދާ ކަމަށް ރިޒްވީ ފާހަގަކުރެއްވިއެވެ.

އިންޑިޔާގެ ޕްރައިމް މިނިސްޓަރ ނަރެންދުރަ މޯދީގެ ހާއްސަ ދަތުރުފުޅުގެ ކަންކަމުގައި ކުންފުނީގެ މުވައްޒަފުންގެ ފަރާތުން ލިބިފައިވާ އެއްބާރުލުން ފާހަގަކޮށް ރިޒްވީ ހުރިހާ މުވައްޒަފުންނަށް ޝުކުރު އަދާ ކުރެއްވިއެވެ. އަދި ކޮވިޑްގެ ހާލަތުން އަރައިގަނެވި އުންމީދީ މުސްތަގުބަލެއް ހޯދޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށްވެސް ވިދާޅުވިއެވެ.

އިންޑިއާގެ ސީޕްލޭން މަޝްރޫއުގައި އިންޑިއާ އިން ފުރަތަމަ ބޭނުން ކުރީ މޯލްޑިވިއަންގެ ޑީއެޗްސީ-6 މަރުކާގެ ސީޕްލޭން އެކެވެ. މީގެ އިރުކޮޅެއް ކުރިން މޯދީ ވަނީ އިންޑިއާގެ ފުރަތަމަ ސީޕްލޭން ފްލައިޓު އިފްތިތާހު ކޮއްދެއްވައި އޭގެން ދަތުރު ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ބުޅި

  ހުސް ފޮނިވާހަކަ ދަ އްކާ ފޮނިކެޑުން ކަމަކީ

  20
 2. ބޯހުދު މަރު ކޮސް

  މޯލްޑިވިއަންގެ އެއާޓެކްސީތަށް އުޅެނީ އެހެން ލެވެލްއެއްގަ، ކޮވިޑްގެ ހާލަތު ގައުމުގައި އެންމެ ގޯސްވި ވަގުތުގައި ގައުމުގެ ރައްޔިތުންގެ ސަލާމަތަށް ފުރާނަ އަތްމައްޗައްލައިގެން ނިކުތީވެސް މޯލްޑިވިއަންގެ އެއާޓެކްސީތައް! ސާބަހޭ މަބޭ އަށާއި ގުދުރަތަށް ހަމަ #ރެސްޕެކް އޭ ބުނެލަން އޮތީ!

 3. ފަލަމަޑީގެ ބާވަތް

  ތިޔަ ކުންފުނީގެ ކުރިމަގު އުޖާލާވާން އޮތީސީޕްލޭން އާއި އެކު! މަޑާ މެން ލައިގެން ނުވާނެ.

 4. އުފާ ވެރި މަންޒަރެއް

  ބޭކާރު ކަމެއްކަމަށް ހީކޮއް ގުއި ކޮއްލި އެއާޓެކްސީގެ ބޯޓްތަށް އުދުހިގޮސް މާދުރުގަ ދިވެހިންގެ ފަޚުރު. ސާބަހޭ ފައްލޯ !

 5. ވަހީދު

  އިންޑިއާ އިން ރާއްޖޭގެ ވަކި ސިޔާސީ ޕާޓީއަކަށް އެހީތެރިވެ އެޕާޓީ ނޫން ބަޔަކު ވެރިކަމުގައި ތިބޭއިރު ރާއްޖެއާއި ރައްޓެހިކަން ކަނޑާލައި ވަރަށް ތަސައްރަފު ނުފުދޭ ސިޔާސަތު ގެންގުޅޭ.

  19
 6. ކޮމެންޓު

  އިންޑިޔާ މީހުން ކުޅޭ ޑުރާމާއަކު ތަންދޮރު އިނގޭ މީހަކު ނުޖެހޭނެ. އެތާނގަ ތިކަން ކުރަން ނޭނގިގެން ބަޔަކު ނޫޅޭ. ދިވެހިން ގުންބޯ ހައްދަންކަމަށް ތިއުޅެނީ

  12
 7. އަޙްމަދު

  ފަޚުރެއްނޫންފަކުރެއް