ހުޅުމާލޭގައި ބަހަކާއި ކާރެއް ޖެހި، އެކްސިޑެންޓެއް ހިނގައިފިއެވެ.

މި އެކްސިޑެންޓް ހިނގާފައި ވަނީ އެމްޕީއެލް އިން ހުޅުމާލޭގައި އޮޮޕަރޭޓު ކުރާ ބަހަކާއި ޕްރައިވެޓު ކާރެއް ޖެހިގެންނެވެ.

އެކްސިޑެންޓް ހިނގި ސަރަހައްދުގެ ފޮޓޯތަކުން ފެންނަ ގޮތުގައި ބަހުގައި ކާރު ޖެހުމުގެ ސަބަބުން ކާރު ވަނީ މަގުގެ އެއް ފަޅިން ބޭރަށް ވިއްސައިގެން ގޮސްފައެވެ.

މި އެކްސިޑެންޓާއި ގުޅިގެން ފުލުހުންގެ ބަހެއް އަދި ލިބޭގޮތް ވަނީ ނުވެފައެވެ.

މީގެ ކުރިންވެސް ހުޅުމާލޭގައި މިފަދަ ބަސްތަކާއި އެހެން ވެހިކަލްތައް ޖެހި، ގިނަ އެކްސިޑެންޓުތަކެއް ހިނގާފައިވާކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Premier team

    Hahaha

    7
    5
  2. ޕޕޕ

    ތިޔަ ބަސް ތަންކޮޅެއް މަޑުން ދުއްވަ ބަލަ ފުލުހުންއަޅާ މީޓަރަށް ތިޔބަހުގެ ސްޕީޑް ނާރާ