އަނިޔާވެރި ވެރިއެއްގެ ކިބައިން ސަލާމަތްވުމަށް ފަނޑިޔާރުންނަށް ރިޝްވަތު ދިނުމާއި ފަނޑިޔާރުން ރިޝްވަތުގައި ހިފުން ހުއްދަވާނެކަމަށް ދޭހަވާގޮތަށް "އިސްލާމިކް ނޮލެޖް ވައިބަރ ގްރޫޕް" ގެ ނަމުގައި ފަތުރަމުންދަނީ "ފޭކް" ޕޯސްޓެއް ކަމަށް ޑރ.މުޙައްމަދު އިޔާޒް އަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.

ޑރ.މުޙައްމަދު އިޔާޒް އަބްދުއްލަތީފްގެ ރަސްމީ ފޭސްބުކް ޕޭޖް މެދުވެރިކޮށް ނެރުއްވި ބަޔާނެއްގައި އޭނާ ވިދާޅުވެފައިވަނީ، އަނިޔާވެރި ވެރިއެއްގެ ކިބައިން ސަލާމަތްވުމަށް ފަނޑިޔާރުންނަށް ރިޝްވަތު ދިނުމާއި ފަނޑިޔާރުން ރިޝްވަތުގައި ހިފުން ހުއްދަވާނެކަމަށް ދޭހަވާގޮތަށް "އިސްލާމިކް ނޮލެޖް ވައިބަރ ގްރޫޕް" ގެ ނަމުގައި ފަތުރަމުންދަނީ އެއްވެސް އަސްލެއް ނެތް ޕޯސްޓެއް ކަމަށެވެ.

"އިސްލާމިކް ނޮލެޖް ވައިބަރ ގްރޫޕްގެ ނަމުގައި ބަޔަކު ޕޯސްޓެއް އަމިއްލައަށް ހަދައި، ޑރ.އިޔާޒް ޖަވާބު ދެއްވި ކަމަށްލިޔެ ފަތުރަމުންދާ ޕޯސްޓަކީ އެއްވެސް އަސްލެއް ނެތް ޕޯސްޓެކެވެ." ޑރ.އިޔާޒްގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

"އިސްލާމިކް ނޮލެޖް ވައިބަރ ގްރޫޕް"ގެ ހުރިހާ ސުވާލަކާއި އެ ސުވާލުތަކަށް ދެއްވާ ޖަވާބުތައް ހިމެނޭ "އިސްލާމިކް ނޮލެޖް ވައިބަރ ގްރޫޕް" ޕަބްލިކް ޗެޓުން ލިބިލައްވާނެ ކަމަށާއި، އެތަނުން ޕޯސްޓްތައް ވެރިފައި ކުރެވޭނެ ކަމަށްވެސް ޑރ.އިޔާޒް ވިދާޅުވިއެވެ.

ދީނީ އިލްމުވެރިން ހިމެނިވަޑައިގަންނަވާ އެ ގްރޫޕުން ކުރާ މަސައްކަތް ހުއްޓުވަން ކުރާ މަސައްކަތަށް އެއްބާރުލުންނުދެއްވުމަށާއި، އެފަދަ ޕޯސްޓްތައް ޝެއަރ ނުކުރުމަށް ޑރ.އިޔާޒް ވަނީ ގޮވާލާފައެވެ.

ޑރ.އިޔާޒް މިފަދަ ބަޔާނެއް ނެރުއްވާފައި މިވަނީ، ފަނޑިޔާރުންނަށް ރިޝްވަތު ހުށައެޅި މީހާގެ މަޤަޞަދަކީ އަނިޔާވެރި ވެރިއެއްގެ ކިބައިން މިންޖުވުން ނުވަތަ ރިޝްވަތު ރިޝްވަތު ހިފި ފަނޑިޔާރު ރިޝަވަތު ހިފީ އެފަދަ ކަމެއްގެ ސަބަބަކަށްޓަކައިނަމަ، އެއީ ހުއްދަ ކަމެއް ކަމަށާއި، އެކަމުގައި ރިޝްވަތު ހުށަހެޅި މީހާއާއި ރިޝަވަތުގައި ހިފި ފަނޑިޔާރަށްވެސް ޖަޒާއެއް ނެތްކަމަށްބުނެ އިސްލާމިކް ނޮލެޖް ވައިބަރ ގްރޫޕްގެ ނަމުގައި މީސްމީޑިއާގައި ޕޯސްޓެއް ދައުރުވާން ފެށުމާއެކުގައެވެ.

"އިސްލާމިކް ނޮލެޖް ވައިބަރ ގްރޫޕަކީ ޖޯކެއް ނޫނެވެ. އަޅުގަނޑުމެން މި މަސައްކަތް ކުރަނީ އިހްލާސްތެރިކަމާއެކު، ދުނިޔެވީ އެއްވެސް މަންފާއެއް ނެތި އާންމުން ކުރާ ސުވާލުތަކަށް ޖަވާބު ފޯރުކޮށްދިނުމަށް" ކަމަށް އިސްލާމިކް ނޮލެޖް ވައިބަރ ގްރޫޕްގެ ބަޔާނުގައި ވިދާޅުވެފައިވާއިރު، ދިވެހިންގެ ތެރޭގައި ކަންކަމަށް ޖޯކު ޖެހުމުގައި މަޤްބޫލުވެފައިވާ ފޭސްބުކު ޕޭޖް "ދަ ލޮޖިކަލް މޯލްޑިވިއަން" އިން ވަނީ "ފީފާ ނޮލެޖް ވައިބަރ ގްރޫޕް 101" ގެ ނަމުގައި އައުގުރާނަ ހިމެނޭ ޕޯސްޓެއް މިމަހުގެ 14 ވަނަ ދުވަހު އާންމުކޮށް، އިސްލާމިކް ނޮލެޖް ވައިބަރ ގްރޫޕްގެ މަސައްކަތަށް ހަޖޫ ޖަހާފައިވާކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. ކެކުރޮ

    އިޔާޒަކީ އިތުބާރު ގެއްލިފައިވާ މީހެއް.

    • ހުމްމްމ

      އިތުބާރު ނުގެއްލޭ މީހަކު އެބަ ހުރިތަ؟

  2. Anonymous

    ޑރ. ޢިޔާޒް އަކީ އިޙުލާސްތެރިކަމާއެކު މަސައްކަތްކުރާ މީހެއް ނޫން.

    • އަލްޖިބުރީލް

      ޑރ. އިޔާޒް އަކީ އިޙުލާސްތެރިކަމާއެކު މަސައްކަތްކުރާ މީހެއް

  3. ފާތުން

    ޑރ. އިޔާޒް އަކީ އިޙުލާސްތެރިކަމާއެކު މަސައްކަތްކުރާ މީހެއްނޫން.

    • އަލްޖިބުރީލް

      ޑރ. އިޔާޒް އަކީ އިޙުލާސްތެރިކަމާއެކު މަސައްކަތްކުރާ މީހެއް

  4. Mives dhivesseh

    Kuraane kameh neih miadhu media in fathuraa habaruthah gabooluruma baaru alhanee ves hama thi vidhaalhuvaa ilmuverin

  5. ާއދލ

    އަޅުގަޑުމެނަށް އިގެންޖެހެޭނެ އަބަދުވެސް އިލްމުވެރިގެ އަގު ވައްޓަާލަން ބަޔަކު ރެޭވުންތައް

    ރަާވަަާކަން

  6. ނުރަބޯ

    މިހާތަނަށް ދިވެހިރައްޔިތުންނަށް ފެނުނު އެންމެ އަނިޔާވެރި ޖައްބާރު ވެރިއަކީ ކެރަފާ ނަޝީދުއެވެ.

  7. ވގ

    ތީސޭހުންނެތްނޫ ތީ ސޭކުން ހިންހަމަޖެހޭކަމެއްވިއްޔަ އޯކޭ ހިންހަނުޖެހެންޏާހަރާން

  8. ދިވެހިމީހާ

    ޖަންޖާބޯ ނަޝީދުއަށްވުރެ މީނައަށް މާ އެތައް ހާސް ގުނަ ބޮޑަށް އިތުބާރުކުރެވޭ

  9. ޅޮސްއުދޯލި

    ހެޔޮގޮތުގަ ތިބި އިލްމުވެރިން ﷲ ރައްކާތެރިކުރައްވާނެ. އިލްމްވެރިން އަގުވައްޓާލާ އުޅޭ މީހުން ފަޟީހަތް ކުރައްވާށި އާމީން

    • އަލްޖިބުރީލް

      ޑރ. އިޔާޒް އަކީ އިޙުލާސްތެރިކަމާއެކު މަސައްކަތްކުރާ މީހެއް

  10. މާރިޔާ

    ޔާމިން އަކީފިސާރި ވެރިއެއް މުޅިދިވެހިރާއްޖެ މިކަމައްހެކިވޭ 2018 ކާމިޔާބް ކުރައްވާށި އާމިން

  11. ނަފާ

    މީފަހުގެ އަލާމާތެއް. ދެއިރު ދެގޮތައް

  12. Anonymous

    އިލްމުވެރި.ން ސިޔާސި ގޮތުން ވަކި ސައިޑެއް ނަގައިގެން ދީން ހަތިޔާރަކަށް ހެދީމާ ދީން ވާނީ ފިތުނައަކަށް!

    • އަލްޖިބުރީލް

      ޑރ. އިޔާޒް އަކީ އިޙުލާސްތެރިކަމާއެކު މަސައްކަތްކުރާ މީހެއް

  13. ހުސްނޫނު...

    ވެރިޔާ އަނިޔާވެރިވެއްޖިއްޔާ ބޮޑުފާފައެއް ހުއްދައޭ ބުނާނީވެސް މޮޔައެއް....... ފާފައެއް ހުއްދަކުރުމުގެ ބާރެއް އެއްވެސް ޢިލްމުވެރިއަކަށް ނޯންނާނެ. އަދި ޢިލްމުވެރިއެއްވިއްޔާ ހުއްދަކުރާ އެއްވެސް ވާހަކައެއް ނުދައްކާނެ.

  14. ހިޔާލު

    މިހާރު އެއްވެސް އިލްމުވެރިއަކަށް އިތުބާރު ކުރަން އުދަގޫ

  15. ރާއްޖެ ތެރެ

    އިޔާޒް ތީ ބަރާބަރު މީހެއް. ތިގޮތުގަ ހުންނާތި.

  16. ޤައުމު

    ޢިލްމުވެރިންނަކީ މީހުންގެ މެދުގައި ފިތުނަ ފަސާދަ އުފައްދާ ބަޔަކަށް ވާންޖެހޭތަ

    • އަލްޖިބުރީލް

      ޑރ. އިޔާޒް އަކީ އިޙުލާސްތެރިކަމާއެކު މަސައްކަތްކުރާ މީހެއް