މާލޭގެ އިމާރާތެއް ގަނބަމުންދާތީ ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.

"ވަގުތު" އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ޗާންދަނީ މަގު ޖަލާލުއްދީން މިސްކިތް ކައިރީގައި ހުރި "ސެލްޒޯން" ނަމަކަށް ކިޔާ ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅައިގެން ދިއުމުން އެކަމުގެ ރިޕޯޓު މިއަދު މެންދުރު ކޮށްފައިވާ ކަމަށާއި، އަދި އެއީ އިމާރާތް ގަނބަމުން ދާތީ ކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެން މިހާރު ކަމާބެހޭ ފަރާތްތަކާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

"ވަގުތު" އަށް މައުލޫމާތު ދެމުން އެ ސަރަހައްދުގައި ދިރިއުޅޭ އާންމު ފަރާތަކުން ބުނީ އިމާރާތަށް ގެއްލުން ވަމުން އަންނަނީ އެތަން ގަނބަމުން ދާތީ ކަމަށް ބެލެވޭ ކަމަށާއި، އެކަން ފާހަގަ ކުރެވިފައި ވަނީ އެތަނުގެ މުށިތައްވެސް އަމިއްލައަށް ނައްޓަމުން އަންނާތީ ކަމަށެވެ.

މިކަމާއި ގުޅިގެން އާންމުންނަށް ނުރައްކަލެއް އޮތްކަމެއް އަދި ނޫން ކަމެއްވެސް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.

މާލޭގައި އިމާރާތްކުރުމުގައި ބައެއް ފަހަރު އިހުމާލުވެފައި ހުރުމުގެ ސަބަބުން ހިނގާފައިވާ ހާދިސާތަކާއި ގުޅިގެން މީގެ އަހަރެއްހާ ދުވަސް ކުރިން ޕްލޭނިން މިނިސްޓްރީ އިން ވަނީ އިމާރާތްކުރުމުގައި ވީހާވެސް ރައްކާތެރިކޮށް މަސައްކަތްތައް ކުރުމަށާއި، އިމާރާތަކުގެ ފެންވަރު ހުންނަން ޖެހޭނެ މިންވަރާއި ގުޅޭ ގަވައިދުތަކެއް ވެސް އެކުލަވާލާފައެވެ.

އިމާރާތްކުރަމުން އަންނަ ތަންތަނުގައި ސަލާމަތީ ކަންތައްތައް ހުރި ގޮތް ބެލުުމުގެ ހާއްސަ މަސައްކަތެއް ޕްލޭނިން މިނިސްޓްރީން ފެށީ ހަދަމުން ދިޔަ އިމާރާތަކުން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި ބަންގްލަދޭސްއަށް ނިސްބަތްވާ އަންހެން ކުއްޖަކު މަރުވުމާ ގުޅިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ވިސްނާ

    ހުރިހައި ކަމަ ކުން ހައްދުންނެއްޓީމަ ތިހެންނުވެެއެއްވެސްނުދާނެ ތިތަން އެއެ ކައްޏެއްވެސްނޫން މުޅިމާލެ އެއް ކޮށް ގަނބައިގަންނަ ހިސާބަގޮސްފަ މިހާރުމިއޮތީ ޖާހިލުން ގިނަވެގެން ގޮސް ޖާހިލު ދޮގު ވެރިންގެ ސަބަބުން މާލެ ސަދޫމަށް ނުވެއްޖެއްޔާރަނގަޅު މާޝާﷲ:

    97
    5
    • ައަހުމަދު

      މިމާލެ ސަލަމަތުން މިއޮތީ ﷲގެ އޯގާވެރިވަންތަކަމުން މަދުންވެސް އުޅޭ ހެޔޮލަފާބައެއްގެ ސަބަބަބުން ، ތިބުނިހެން މިހާރު މީ ހައްދުންނެއްތިފައި އޮތްތަނެއް ހުރިހާކަމަކުން ހެޔޮލަފާބަސްނބުނެހަދާމީހާ އަކީ އެއްމެނުބައިމީހާ، މީ މިހާރު މިޤައުމުގެ ހާލަތު.

      55
      1
      • 😢

        އަލްހަމްދު ލިﷲ. ﷲ އަކްބަރު

    • ތަކުރޔ

      ޖާހިލުންނާއި އިސްލާމްދީނައްފުރައްސާރަކުރާ ކާފަރުން

      31
  2. މާސޭ

    ހުރިހާ ކަމެއް ބިދޭސީން އަތްމައްޗަށް ދޫކޮށް ލީމާ ވާނެ ހައެއްޗެއް މިވަނީ ދިވެހި ތަޖުރިބާކާރު ކުންފުންޏެއް ތަނެއް ހަދަން ފަށާ އިރަށް ބޭބޭ އަހަރެން މާ އަގު ހެޔޮކޮށް ހަދާދެނީ ހަމަބުނާއިރަށް ތަންހަވާލުކޮށްފަ މީނަދަނީ ދެން އަޅަނީ ކިހާ ސިމެންތި ކަމެއް ކިހާ ވެއްޔެއް ކަމެއް ނޭނގެ މިކަހަލަ ބަގަލަ ދޭސްމީހުންބައިވަރު އެބަ އުޅޭ އެއްވެސް ސަރުކާރަކުން މިކަން ނުބަލާ

    23
    1
  3. ޑައެލޯގް

    ހޫން ދެންތިޕްލޭނިންގ މިނިސްޓްރީން ކުރާނެކަމަކީ އެހެންކަމެއްކުރާނީ މިހެންމިބުނީ، ބަސްތާވެއްޓުމުން ސަމާލުކަންދޭންވީ މަގުތަކުންހިނގާމީހުންގެ ރައްކަލަށްކަންއެގެއެވެ. އެކަމު ތިޔަމިނިސްޓްރީން ކުރިކަމަކީ ސައިޓް އެތެރޭގައި އުޅޭބަންގާޅީ މީހުން ސޭފްޓީ ބޫޓަށްއަރުވާ، ދަގަޑުހެދުންލައްވާ، ހެލްމެޓް އަޅުވައިހެދީ، އަދި ފައުންޑޭޝަންގައި ފެންގަޑުގެ ތެރޭގައި އުޅޭއިރުވެސް ގަންބޫޓުގެ ބަދަލުގައި ސޭފްޓީބޫޓަށް އަރުވާފައިނުވާތީ ކުންފުނިތައް ޖޫރިމަނާކޮށްފަ އެބަހުރިއެވެ. މިމީހުނަށްނޭގޭ ފެންގަޑުތެރޭގައި ސޭފްޓީބޫޓު ހަލާކުވާނެކަމެއްވެސް އެހެންތާވާނީ މިބުރާންތިން އަތުންދާޚަރަދެއްނޫންތާ ކުންފުނިތައްތާ އިދަޖެހޭނީ ބޭކާރު ކަމަކަށް ރާއްޖެއިން ޑޮލަރު ޚަރަދުކުރާނީ

    13
    1
  4. މުޖޭ ޑީޑި

    އިމާރާތްކުރުން ބަންގާޅިންނަށް ދީފަ.. މިލިޓަރިއާ ގައުމުގެ ބައެއް އިންޑިޔާއަށްދީފަ.. ހުރިހާ ޕާޓީތަކުގެ މީހުން އެކުޓިވިސްޓުންނަށްވެ ނިކަމެތި ރައްޔިތު މިހާގެ ޓެކުސް ފައިސާކޮޅު ކައިގެން ބޮޑޭވެފަ ތިބީމަ ވާނެ ހަތަރު ތިޔަ ވަނީ..

    19
  5. އަންނި

    ސްޓިކާ ޖަހާލާ!

  6. ޞޯދުބެ

    ލިޔުން ކިޔާލަން މި ވަނީ ކިތައް ބުރީގެ އިމާރާތެއްތޯ ބަލާލަން . އެވަރުވެސް ނޭނގުން.

    15
    1