ބޭންކް އޮފް ސިލޯން (ބީއޯސީ) ކުރިމަތިން ރޫޓު ފިހާރައިގެ ފައިސާ ފޭރެން އުޅުނު މީހުން ހުއްޓުވި ސެކިއުރިޓީ ގާޑުގެ އަގުވަޒަންކޮށް، އޭނާއަށް ރޫޓު ފިހާރައިގެ ފަރާތުން 50،000 ރުފިޔާ ދީފިއެވެ.

"އެބްސުލޫޓް ސެކިއުރިޓީ އެންޑް އެޑްވާންސް ޕްރޮޓެކްޝަން" ގެ މުވައްޒަފެއްގެ ގޮތުގައި މަސައްކަތް ކުރާ މުހައްމަދު ހަސަން މަނިކުއަށް އެ ފައިސާ ހަވާލު ކޮށްފައިވާ ރޫޓުގައި މިއަދު ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ އަބްދުﷲ ރާފިއު އެވެ.

"ވަގުތު" އަށް މައުލޫމާތު ދެމުން ރާފިއު ވިދާޅުވީ، ހަސަން މަނިކު ކުރި ހިތްވަރު ފާހަގަ ކުރުމުގެ ގޮތުން އޭނާއަށް ހަނދާނީ ލިޔުމަކާއި 50،000 ރުފިޔާގެ ޗެކެއް މިއަދު ހަވާލު ކޮށްފައިވާ ކަމަށެވެ. އަދި ރާފިއު ވަނީ ހަސަން މަނިކު ކުރި މަސައްކަތަށް ޝުކުރު އަދާ ކޮށްފައެވެ.

ހަސަން މަނިކު އަށް ފައިސާ ހަވާލު ކޮށްފައިވާއިރު، ރާފިއު ވިދާޅުވީ، އޭނާގެ އިތުރުން ފޭރުން ހުއްޓުވަން މަސައްކަތް ކުރި ރޫޓު ފިހާރައިގެން ތިން މުވައްޒަފެއްގެ އަގުވެސް ވަޒަން ކޮށް، އެއިން ކޮންމެ މީހަކަށް 10،000 ރުފިޔާ ދީފައިވާ ކަމަށެވެ.

ހަތަރު މީހަކު ވެގެން ފޭރެން މަސައްކަތް ކޮށްފައިވަނީ ރޫޓު ފިހާރައިން ބޭންކް އޮފް ސިލޯން (ބީއޯސީ) އަށް ގެންދިޔަ 4.2 މިލިއަނަށް ވުރެ ގިނަ ފައިސާއެވެ. އެ މީހުން ފައިސާ ފޭރެން މަސައްކަތް ކުރި ވީޑީއޯއެއްވެސް މީސްމީޑީއާގައި އަންނަނީ ދައުރުވަމުންނެވެ.

މި މައްސަލައާއި ގުޅިގެން މިހާތަނަށް ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެ ހަތަރު މީހުންނަކީ ވ. ޕިންކްވިލާ، އަހުމަދު އަމީރު (20އ) އާއި ގއ. ވިލިނގިލި/ކަނީރުމާގެ، މުހައްމަދު މުސްއަބު ޒުބައިރު (23އ) އާއި ދަފްތަރު ނަންބަރު 3678، ހުސައިން އަބްދުލް މަޖީދު (22އ) އާއި ލ. ގަން، ތުނޑި. ކީމިޔާގެ، އަބްދުﷲ ރާޝިދު (27އ) އެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ކޮވިޑް

    ތިދެއްކެވި ނަމޫނާ އަށް ޝުކުރު.....

    47
  2. ކުނބު

    އިނާމު ދިނުމަށް ޝުކުރުވެރިވަން. އެކަމަކު ސުވާލެއް އެބޮތް... ސިގިރޭޓު ވިއްކައިގެން ލިބޭ ފައިސާއަކީ ރަނގަޅު އެއްޗެއްތަ؟؟؟

    26
    4
    • ޝެއިޚް ނަސްރުﷲ

      ޝައްކެއްވެސްނެއްގޮތުގަ ހަރާމް އެއްޗެއް. އަދި ސިގިރެޓް ވިއްކައިގެން ލިބޭފައިސާއިން ހައްޖާއި އުމްރާކުރުމަކީވެސް އޭގެން އެއްވެސް ސަވާބެއް ދަރުމައެއް ލިބޭނެ ކަމެއްނޫން...

  3. އަބްދޫ

    ސިގިރޭޓަކީ މަނާ އެއްޗެއްނޫން ރަލާ އެްއްހަމާގަ ހިމެނޭ މަސްތުވާ އެއްޗެއްނޫން.ސިގިރޭޓް ގެސުވާލު ކުރިއިރު ރަންބިސްއަޅާ ކުކުޅުގެ ސުވާލު ނުކުރީ ކީއްވެ.ގިނަރެސޯޓަށް އަންނަނީ ދެމާފިރިންނެެއް ނޫން ރަލާ އޫރުމަސްވިއްކާ ދަވްލަތަށް ޓެކްސްނަގާމުސާރަދެނީ އެފައިސާއިން

    1
    1
  4. ނާޒިބެ

    ފޭރެން މަސައްކަތްކުރި މީހުންނަށް ނާކާމިޔާބުވީ ބީއޯސީގެ ސިކިއުރިޓީގެ ސަބަބުން އެހެންކަމުން އެ ސެކިއުރިޓީއަށް އިނާމުދިނުމުން މުސްތަގުބަލުގައި އެހެންތަންތަނުގެ ސިކިއުރިޓީ ބަލަހަށްޓާ މީހުން އިތުރަށް އެފަދަކަންކަން ހުއްޓުވުމަށް ސަމާލުވާނެ މިއީ ބޮޑުކުރިއެރުމެއް.

  5. މިހާ

    ސަލާމަތްކޮށްދިން އަދަދު އަދި ނެގި ރިސްކަށް ބަލާފަ ތި ފައިސާގެ އަދަދު ކަމަކުނުދޭ. ހާދަ ދަހި އޯނަރަކޭ