ޝާހް ރުކް ހާން ވަރަށް ގިނަ ފިލްމުތަކުން އައިޝްވާރިޔާ ވަކިކޮށްފައިވާ ކަމަށް އޭނާ އެއްބަސްވެއްޖެއެވެ.

ބޮލީވުޑްގެ ފިލްމީ ތަރިންގެ ތެރޭގައި އެންމެ ރީތި ތަރިންގެ ލިސްޓުގެ ކުރީގައި ހިމެނޭ އައިޝްވާރިޔާ ރާއި ބައްޗަން ބުނީ ޝާހް ރުކް ހާން ފަސް ފިލްމަކުން އޭނާ ވަކި ކޮށްފައިވާ ކަމަށެވެ. ސިމީ ގަރެވަލް އާއެކު ބޭއްވި އިންޓަވިއުއެއްގައި ވާހަކަ ދައްކަމުން އައިޝްވާރިޔާ ބުނީ ބޮލީވުޑަށް އާ ދުވަސްވަރެއްގައި އޭނާއާ ވަރަށް ބޮޑަށް ތަފާތުކުރުންތަކާއި ދިމާވި ކަމަށެވެ. އެގޮތުން ބޮލީވުޑްގެ މަޝްހޫރު ތަރިންގެ ތެރޭގައިވެސް މިކަން ހިނގަމުން ދިޔައީ މިގޮތަށް ކަމަށް އޭނާ ބުނެފައި ވެއެވެ.

އައިޝްވާރިޔާ އާއި ކުރިމަތިކުރުވި ސުވާލުތަކުގެ ތެރެއިން ސިމީ ވަނީ އައިޝްވާރިޔާ އާއި ޝާހް ރުކް ހާނާއި ދެމެދު ތަފާތު ގުޅުމެއް އޮތް އިރުވެސް އޭނާ ފަސް ފިލްމަކުން، އޭގެ ތެރޭގައި "ވީރް ޒާރާ" ފިލްމު ހިމެނޭ ގޮތަށް ވަކި ކުރީ ކީއްވެތޯ ސުވާލުކޮށްފައެވެ. ހުއްޓުން އަރައި ވަގުތުކޮޅަކަށް ހުރުމަށްފަހު އައިޝްވާރިޔާ ބުނީ އެއަށް ދޭނެ ޖަވާބެ ނެތް ކަމަށާއި ނަމަވެސް އޭނާ އާއި އަށް ގިނަ ފިލްމުތަކެއް ކުޅުމަށް ފުރުސަތު ލިބުނު ކަމަށާއި ކުއްލިއަކަށް އެ ފުރުސަތުތަކުން އެއްވެސް ސަބަބެއް ނާންގާ ވަކި ކޮށްލީ ކަމަށެވެ.

އައިޝްވާރިޔާ ބުނީ ކަން އެގޮތަށް ހިނގި ކަމުގައި ވިޔަސް ޝާހް ރުކް ހާންގެ ކައިރީގައި އެކަން ހިނގީ ކީއްވެގެންތޯވެސް ނާހާނެ ކަމަށާއި އެއީ އޭނާގެ ތަބިއްޔަތުގައި ހުންނަ ކަމެއް ނޫން ކަމަށެވެ. އަދި އެމީހަކު ބޭނުންވާ ނަމަ އެއީ ކީއްވެގެން ކުރި ކަމެއްތޯ ބުނެވިދާނެ ކަމަށާއި އަދި ބުނަން ބޭނުން ނުވާނަމަ ނުބުނާނެ ކަމަށް އޭނާ ބުނެފައި ވެއެވެ.

2003 ވަނަ އަހަރު އިންޑިއާ ޓޯކް އަށް ޝާހް ރުކް ހާން ދިން އިންޓަވިއުއެއްގައި އޭނާ ބުނީ މީހަކާއި އެއްކޮށް ޕްރޮޖެކްޓެއް ފަށައި އޭނާ އަށް އޭނާ ވަކި ކުރި ސަބަބު ނާންގާ ވަކިކުރުމަކީ އުނދަގޫވި ކަމެއް ކަމަށެވެ. އައިޝްވާރިޔާ އަކީ ރަނގަޅު ރަހުމަތްތެރިޔެއް ކަން ފާހަގަކޮށް ޝާހް ރުކް ހާން ބުނީ އޭނާ އަށް ހެދުނީ ގޯހެއް ކަމަށާއި ޕްރޮޑިއުސަރެއްގެ ހައިސިއްޔަތުން އެކަން ގަބޫލު ކުރެވޭ ކަމަށެވެ. އަދި އައިޝްވާރިޔާއަށް މާފު ވެސް ކޮށްފައިވާ ކަމަށް އޭނާ ބުންޏެވެ.

އައިޝްވާރިޔާ އާއި ޝާހް ރުކް ހާން އެންމެ ފަހުން ފެނިގެން ގޮސްފައިވާ ފިލްމަކީ 2016 ވަނަ އަހަރު ނެރުނު 'އޭ ދިލް ހޭ މުޝްކިލް' އިންނެވެ. މި ފިލްމުގައި އިސް ރޯލެއްގައި ފެނިގެން ދަނީ އައިޝްވާރިޔާ އެވެ. އަދި ޝާހް ރުކް ހާން ފެނިގެން ދަނީ އައިޝްވާރިޔާގެ ކުރީ ފިރިމީހާގެ ރޯލުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހަސަނުގެ ދަރި ލަތީފް

    އެއީ ސަލަމާންގެ ނޮހޮރުއްޕާން ބޮޑުވެގެން ދެޚާނުންނަކި ރައްޓެހިން އަދި ޝާހް ބުނާގޮތުގައި އޭނާއަށް ސަލްމާންގެ އާއިލާގެ އެހީތެރިކަން ވަރަށްބޮޑަށް ލިބިފައިވޭ އެދުވަސް ވަރު ސަލްމާނާ ރައްޓެހި ވެގެން އުޅުނީ ، ޝާހްއަ އައިޝްގެ ފިލްމް " ޗަލްތޭ ޗަލްތޭ " ޝޫޓިންގެ ތެރެއަށްވަދެ ވެސް ސަލަމާނު ވަނީ ވަރަށް ނޮހޮރުއްޕާންކޮށްފަ ، އެހިސާބުން އައިޝްއާއެކު ފިލްމް ނުކުޅޭން ނިންމާ އެފިލްމްގެ ބޮޑުބައެއް ނިމިފައިވަނިކޮށްވެސް އައިޝް ވަކިކޮށް އެފިލްމްގައި ރާނީ ބައިވެރިއަކަށް ހެދީ ، އައިޝްގެ ފިލްމީ ކެރިއަރ ހަލާކުވީ ސަލްމާނާ ހެދި

    12
  2. އަންނި

    ތިކަމުގަ ޝާހު އައް ފިޔަޅު އަޅާނަން އައިސް ދެރަނުވާތި.

    14
  3. ނަބީހް

    ޢައިރު މުސްލިމުންގެ ފިލްމުތަކުން ތަރުބިއްޔަތުވެގެން ނުކުންނަ މީހުން ލިޔާ ޚަބަރުތަކުގެ ޝައުގެއް ނެތް. އިސްލާމީ ދިވެހި އުންމަތް ފަސާ ދަ ނުކުރޭ

    9
    1
  4. މަދަން

    މުޅި ބޮލީވުޑުގަ ހުރި އެންމެ ފޫހި ގޮލާތި ޝާހު އަކީ...

    3
    2