އުމުރުން 13 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލާއިގެ ތުހުމަތުގައި ދޮން ބައްޕަ ހައްޔަރުކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، އެ ހާދިސާ ހިނގާފައި ވަނީ ދ. އަތޮޅުގެ ރަށެއްގައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، މ، ފ، އަދި ދ އަތޮޅު ހިމެނޭ ފުލުހުންގެ ސެންޓަރަލް ޑިވިޝަން އިން 13 އަހަރުގެ އަންހެން ކުއްޖަކަށް އިތުބާރުހުރި މަގާމެއްގައި ހުރެ ޖިންސީ ގޯނާ ކުރި މައްސަލާ އެ އިދާރާއަށް ހުށަހެޅީ މިދިޔަ މަހުގެ 23 ވަނަ ދުވަހު ކަމަށެވެ.

އަދި މި މައްސަލަ އާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ރޭ 49 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތަކަކީ އެ އިދާރާއިން ސީރިއަސް މައްސަލަތަކުގެ ގޮތުގައި ބަލާ ކަންކަން ކަމަށެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަތައް ރާއްޖޭގައި އަންނަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ. މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން މިފަދަ މައްސަލަތައް ފުލުހުންނަށް ހުށަހެޅޭ މިންވަރު ވަރަށް ބޮޑަށް އިތުރުވިކަމަށް ފުލުހުން މީގެ ކުރިން ވަނީ ހާމަކޮށްފައެވެ.

ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މިފަދަ މައްސަލަތަކުގައި ގިނައިން ހިމެނެނީ އާއިލާ މީހުން ނުވަތަ، އިތުބާރުކުރެވޭ މަގާމުތަކުގައި ތިބޭ މީހުންކަން ފާހަގަކޮށްލެވެއެވެ. މިފަދަ ކަންކަން ފާހަގަވާނަމަ ލަސްނުކޮށް ފުލުހުންނާއި ކަމާބެހޭ އިދާރާތަކަށް ހުށަހެޅުމަށް ސަރުކާރުންވެސް ބާރު އަޅައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ލައިލާ

    އެހެންވީމަތާ ހޯރައިއްބެއަށް ޓްރޮފީއެއްދިނީ

    10
    1
  2. ޖޯން

    ލަސްނުކޮށް ފުލުހުންނާއި ކަމާބެހޭ އިދާރާތަކަށް ހުށަހެޅުމަށް ސަރުކާރުންވެސް ބާރުއަޅަޔޭ ބުނާއިރު އެކަމެއް ދިވެހި ރައްޔިތުންނަކަށް ނުފެނޭ.ނުނިމި ކިތެއްމައްސަލަތޯ އޮތީ؟މިސަރުކާރު ވެރިކަމަށް އައިސް މަޑުނުވެ ހޯރަ އިއްބެ މިނިވަންކުރީ ބާރު އަޅައިގެންތޯ.މިއިން މައްސަލައެއް ނިމޭތަނެއް ނާދޭ.އެކަމަކު ސިޔާސީ ކަމެއްވިއްޔާ ވެރިކަމުގެ ދިފާއުގަ ދަނަވަރު ކޯޓް ހުޅުވައިގެންވެސް ގާނޫނެއް ނެތިއްޔާ ގާނޫނު ހަދައިގެންވެސް އެކަމެއް ތަންފީޒު ކުރޭ.ދެން ކޮންވާހަކައެއްތޯ މިދައްކަނީ..

  3. ޢަފްލާ

    ހޯރަ އިއްބެއަށް ކުޑަކިދިންގެ ފަރަތުން އެވޯޑެއް ދިނީމަ ރަނގަޅުވާނެ

  4. އަހަރުމެން

    އަހަރުމެން ދީނުގައި އަންގަވާފައިވާ ގޮތާއިޙިލާފައް އަމިއްލަޔައް ގާނޫނާއި ގަވާއިދް ހެދުމުން ދިމާވާ މަސްއަލަތައްތީ 18 އަހަރުނުވަންޏާ ކައިވެންޏެއް ނުކުރެވޭނޭ ކިޔައިގެން އިލާހީ ގާނޫންތަކައް ގޮންޖަހައިގެން އުޅެން ދިމާކުރީމާ ވާނެ ހަޔެތި ތިޔަވަނީ