ކޮވިޑް-19 އާ ގުޅިގެން ބޯޑަރު ބަންދުކޮށްފައިވާ އިންޑިއާއަށް ދަތުރުކުރުމުގައި ދިވެހިންނަށް އަނެއްކާވެސް ލުއިތަކެއް ދިނުމަށް އިންޑިއާ ސަރުކާރުން ނިންމައިފިއެވެ.

އަލަށް ދޭން ނިންމާފައިވާ ލުއިތަކާއެކު އިންޑިއާ ސަރުކާރުން ވަނީ ވިޔަފާރިވެރިންނާއި، ކިޔަވާ ކުދިންނަށް އިންޑިއާއަށް ދިޔުމަށް ހުއްދައެއް ދިނުމަށް ނިންމާފައިވާ ކަން އަންގާފައެވެ.

މިކަން ހަމަޖެހިފައިވާކަން އިއުލާނުކޮށްފައި ވަނީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުއާ އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު މިއަދު މެންދުރުފަހު ބޭއްވި ބައްދަލުވުމަށްފަހު އެވެ.

މިހާރުވެސް ޚާއްސަ ހުއްދައެއްގެ ދަށުން ބޭސް ފަރުވާއަށް އިންޑިއާއަށް ދާން ބޭނުންވާ ދިވެހިންނަށް ދަތުރުކުރުމުގެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ، ވިޔަފާރިއާއި ތައުލީމުގެ ބޭނުމަށް އިންޑިއާއަށް ދަތުރުކުރަން ބޭނުންވާ ފަރާތްތަކުން ފޮރުން މިނިސްޓްރީގެ ކޮންސިއުލަރ ޑިޕާޓްމަންޓް މެދުވެރިކޮށް އިންޑިއާއަށް ދަތުރުކުރުމަށް ބޭނުންވާ ޚާއްސަ ހުއްދަ ހޯދުމަށްފަހު، އިންޑިއާއާއި ދިވެހިރާއްޖެއާ ދެމެދު ޤާއިމްކޮށްފައިވާ ޓްރެވަލް ބަބްލް ތެރެއިން ދަތުރުކުރެވޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ަފކ

    ތިޔަ ގޯސް ވީ ހެސްކިޔާފަ ކޮވިޑު އެއޮތީ އިންޑިއާގަ

  2. އަހްމަދު

    އެންމެފުރަތަމަ ޝާހިދުގެ ޢާއިލާދަތުރުކުރޭ އޭގެފަހުން އަހަރުމެންވެސްދާނަން ބަޔަކަށް ކޮވިޑުޖައްސާނެގޮތެއްނޭގިގެންތަ މިކަލޭގެމިއުޅެނީ އިންޑިއާގެ އެތެރޭގެހާލަތު މިކަލޭގެއައްއެނގޭބާ؟