"ހިޔާ މަޝްރޫޢު" ގެ ދަށުން ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ "ދިރިއުޅުމުގެ ހާލަތު" ދެނެގަތުމަށް ގޭގެއަށް ޒިޔާރަތްކުރުމުގެ ކުރިން އެ ފަރާތްތަކާއި ފޯނުން ގުޅައި ކަށަވަރު ކުރުމުގެ މަސައްކަތްތަކުގެ ދަށުން، ގުޅޭނެ ނަންބަރެއްގެ ގޮތުގައި ދީފައިވާ ނަމްބަރުން ނުގުޅޭތީ އިތުރު 93 މީހެއްގެ މައުލޫމާތު ރައީސް އޮފީހުން ހާމަކޮށްފިއެވެ.

ރައީސް އޮފީހުން މިއަދު އާއްމުކޮށްފައި ވަނީ (18 އަހަރާ 40 އަހަރާ ދެމެދުގެ ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ޚާޢްސަ) H7 ކެޓެގަރީއަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ގުޅޭނެ ނަންބަރެއްގެ ގޮތުގައި ދީފައިވާ ނަމްބަރުން، މިހާތަނަށް ނުގުޅޭ އިތުރު 93 ފަރާތެއްގެ އެވެ. މީގެ ކުރިންވެސް ރައީސް އޮފީހުން ވަނީ މި ކެޓަގަރީން ފޯނު ނުނަގާ 509 ފަރާތެއްގެ ނަން އާއްމުކޮށްފައެވެ.

އެ ލިސްޓުގައި ބުނެފައި ވަނީ، "ހިޔާ"މަޝްރޫއުގެ H7 ކެޓެގަރީއަށް ފޯމް ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ގުޅޭނެ ނަމްބަރެއްގެ ގޮތުގައި ދީފައިވާ ނަމްބަރުން، އެއްވެސް ގޮތަކުން ނުގުޅޭ ކަމަށް "ފެލެޓްތަކުގެ މައްސަލަ ބަލާ ކޮމެޓީ"އަށް އިތުުރަށް ފާހަގަކުރެވިފައިވާ ފަރާތްތަައް ކަމަށެވެ.

ރައީސް އޮފީހުން ވިދާޅުވީ، މި ފަރާތްތަކަކީ ފްލެޓް ކޮމެޓީން ތަކުރާރުކޮށް ގުޅައިގެންވެސް ފޯނު ނަގާފައިވާ ނުވާކަމަށެވެ.

އަދި އެ ލިސްޓުގައި ހިމެނޭ ފަރާތްތަކުން މި މަހުގެ ފަސް ވަނަ ދުވަހުގެ 15:00 ގެ ކުރިން، ފޯމު ފުރިހަމަކުރުމަށް ރައީސް އޮފީހުން ވަނީ އެދިފައެވެ.

މީގެ ކުރިންވެސް ރައީސް އޮފީހުން ވަނީ ހިޔާ މަޝްރޫއުގެ އެކި ކެޓަގަރީތަކުން ފޯމް ލާފައިވާ ފަރާތްތަކުގެ ތެރެއިން ފޯން ނުނަގާ މީހުންގެ ނަން އާއްމުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޭިއިބްރާހީމް ފާރިސް

    ނުގުޅާ މަށަކަށް
    ނަމެއް ވެސް ނެއް

    • ާަގޮބޮޅި

      މަގޭ ނަންބަރައް ނުގުޅޭ 9757008

  2. އައިޝް

    މަށައް ގުޅޭނެ ނިކަން ގުޅާލަބަލަ

  3. ާފުލެޓް

    ތި 2 ފޯރމުގައިވެސް ނަންނެތި އަދި އެއްގޮތަކާއްވެސް ހާލުބަލަންވެސް ނުގުޅާ މިހުން ކިހިނެއްތަ ހަދާނީ....

  4. ޒާ

    ހާލުބަލަން އައިސްފާ ދިނީ އަނިޔާ. ޔާމީން ގެ ވެރިކަމުގާ ދިން 80 ޕޮއިންޓް. ޙާލުބަލަން އައިމީހުން މަ ކުއްޔަށް އުޅޭތަނަށް ވަދެފާ އުޅޭހާލުފެނި ފުރަތަމަވެސް ރުއީ. އަދި ބުނި ފުލްމާކްސް ލިބޭނެއޭ. އެހެންކިޔާފާ އިއުލާން ކުރިއިރު ދީފަ އޮތީ މުޅި ހުރިހާ ކަމެއް އެއްކޮށް ޖުމްލަ 19 ޕޮއިންޓް. މީއިރު މަށަކީ 3 ދަރިން ގޮވަެިގެން އެއް ދުވަހު އެއްތާ އަނެއްފުވަހު އަނެެްތާ ކުއްޔަށް ނުހަނު ހާލުގާ އުޅޭމީހެއް. ކިހާ އިންސާފުތޯ؟ ކޮބާތޯ ހާލުބެލުމުގެ ހާލުބެލުމުގެ ބޭނުމެއް؟ އެކަކުވެސް އުޅޭތަނަށް އެމީހުން ނުވައްދާ. އެއީ ކެހިވެރި ބައެއް.

  5. ޝަމް

    ކޮބާހެ 15h ގެ ކޭޓަގެރީ😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠ެެެ އޭ ކޭޓަގެރީ ވޫޖުދު ގާ ނޭތިތޯ!!!!!!

  6. ކުކުޅުކާ ބުޅާ

    ބަހަނާ ދައްކައިގެން ހަމަޖެއްސޭތޯ ބައްލަވާ އިބްރާހިމް ސަރ...

  7. ާަފުލެޓު ހައްވަ

    މީީކޮންފަދަ ނޮހޮރޮއްފާން ބޮޑު ސަރުކާރެއްތަ ފުލެޓެއް ނޭޅުނު ތާ ފުލެޓޭޭ ނުކިޔަބަލަތިބަޔަކު ދީ ނިންމާފަ ހުރި އެއްޗެއް