މާލޭގައި ޓެކްސީ ކުރާ ހަމައެކަނި އަންހެން ޑްރައިވަރު، އައިމިނަތު ވަހީދާ (އައިންތު) އަށް ތަކުރާރުކޮށް ހަމަލާދެމުންދާ މައްސަލައަކީ ނަފްރަތުގެ ސަބަބުން ދޭ ހަމަލާތަކެއްތޯ ބަލަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.

އައިންތުގެ ކާރަށް ތަކުރާރުކޮށް ގެއްލުންދޭ މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ އަށް ބަހުސްކުރައްވަމުން އީވާ ވިދާޅުވީ އައިންތުގެ ކާރަށް ހަމަލާދޭ މައްސަލަ ތަކުރާރުކޮށް ފުލުހުންނަށް ހުށަހެޅުމުން ވެސް އެ މައްސަލަ ނުބެލުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި އެ މައްސަލަ ނުބެލިވާ ސަބަބު ސާފުވާން ޖެހޭ ކަމަށެވެ.

ފުލުހުންނާއި، އިންޓަގްރިޓީ ކޮމިޝަނުންނާއި ހިއުމަން ރައިޓްސް ކޮމިޝަނުންވެސް އައިންތު އަށް އަމާޒުވާ މި ހަމަލާތައް ނުބެލިވާ ސަބަބު ޚާއްސަ ނަޒަރަކުން ބަލަން ޖެހޭ ހިސާބަށް މިހާރު ކަންކަން ގޮސްފައިވާ ކަމަށް އީވާ ވިދާޅުވިއެވެ.

ރާއްޖޭގައި ކާރުގެ ޚިދުމަތްދޭ ހަމައެކަނި އަންހެން މީހާ އަށް ދޭ ހަމަލާ އަކީ އާދައިގެ ކަމެއް ނޫން ކަމަށާއި އެއީ އާމްދަނީ ހޯދަން މަސައްކަތް ކުރާ ހުރިހާ އަންހެނުންގެ ރައްކާތެރިކަމާ މެދު ސުވާލު އުފެދޭ ފަދަ މައްސަލައެއް ކަމަށް އީވާ ވިދާޅުވިއެވެ.

އެހެންކަމުން އައިންތުއަށް އިންސާފު ހޯދައި ދިނުމަކީ މަސައްކަތުގެ މާހައުލުގައި އަންހެނުންނަށް ލިބިފައިވާ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ކޮންމެެެން ކުރަން ޖެހޭ ކަމެއް ކަމަށް އީވާ ވިދާޅުވިއެވެ.

" މިއީ ޒާތީ ކަމެއްތޯ. ނުވަތަ މިއީ ހޭޓް ކްރައިމެއްތޯ ބަލާ ހިސާބަށް ކޮށްފި. މިއީ ބަޔަސް ކްރައިމެއްތޯ؟ ވަކި ޖިންސެއްގެ ވަކި ނަސްލެއްގެ ވަކި ކަހަލަ މީހަކަށް ވީތީ އަންނަ ހަމަލާތަކަކީ އެއީ ހޭޓް ކްރައިމޭ މިކިޔަނީ. އެހެންވީމަ އެބަ ބަލަން ޖެހޭ މިއީ ޓެކްސީ ދުއްވަން އުޅޭ އެހާ އާއްމު ޕަބްލިކް ގިނަ މީހުންނާ ދިމާވާ މީހަކަށް ވާތީ ދިން ހަމަލާއެއްތޯ އެބަ ބަލަން ޖެހޭ." އިވާ ވިދާޅުވިއވެެ.

މި ހަމަލާއަކީ އައިންތު ފަހަތަށް ޖައްސާލަން ދިން ހަމަލާއެއްކަން ޔަގީންވާ ކަމަށާއި އެ ހަމަލާއަކީ އާމްދަނީ ހޯދަން މަސައްކަތް ކުރާ އެންމެންނަށް ދިން ހަމަލާއެއްގެ ގޮތުގައި އީވާ ވަނީ ސިފަ ކުރައްވައިފައެވެ.

" ވަޒީފާ އަށް ނުކުންނަ ކޮންމެ ފަހަރަކު، އާމްދަނީ ހޯދަން ނުކުންނަ ކޮންމެ ފަހަރު މިވަރަށް ހަމަލާ ދޭ ނަމަ ފަސް ޖެހޭނެ އިއްޒަތްތެރި ރައީސް. އެހެންވީމަ އަޅުގަނޑުމެންުގެ އިލްތިމާސްއަކީ ޒިންމާއަކި ހަމައެކަނި މި ކަން ކުރި މީހުން ހޯދައިދެވުމެއްވެސް ނޫން. އެކަން ކުރެވުނު ކަމަށް ވާނީ އަލުން އަނބުރަ ރައްކާތެރިކަމާއެކު ވަޒީފާއަށް ނުކުތުމުގެ ހިތްހަމަޖެހުން ހޯދާ ދިނީމަ." އީވާ ވިދާޅުވިއެވެ.

އައިންތުގެ ކާރަށް ފަސް ފަަހަރު މަތިން ބޮޑެތި ގެއްލުންތަކެއް ދީފައި ވެއެވެ.

އައިންތު އަކީ މާލޭގައި ޓްކެސީ ކުރާ ހަމަ އެކަނި އަންހެން ޑްރައިވަރު ކަމަށްވާއިރު، އޭނާ އެ މަސައްކަތް ފަށާފައި ވަނީ 2018 ވަނަ އަހަރުއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ގޮތެއްފޮތެއް ނެތިއްޖެނަމަ ބުއްދީގެ މަގު އިންސާނުން ދޫކޮށް ކަނޑު އުސޫލު އާންމު އާންމު ވެދެތެވެވެ ބޮޑުއެތި ކުޑައެތި ކާލަޔެވެ ވަރއް ދެރަ ކަމެއް

  2. ޙަސަން

    ބަފާ ކިތަންމެ މުއްސަދިވިޔަސް ކަލޭ ގެ އަނގަ ކިތަންމެ ގަދަޔަސް މާތްﷲ އަށް ބިރުވެތިވެ ރަނގަޅަށް އަވްރަ ނިވާނުކޮށް އަންހެންވަންތަ ކަމުގެ ހުދޫދުން ބޭރުގައި އުޅޭނަމަ ކަލެއަަކަށްވެސް ވަކި ސަލާމަތެއް ނޯންނާނެއެވެ. އެހެންވެ އިސްލާޙްވާން ކަލޭވެސް މަސައްކަތްކުރަންޖެހެއެވެ.