އަންހެނަކަށް ކުރި ޖިންސީ ގޯނާގެ އަމަލުތަކަކީ އާދައިގެ ކަމެއް ކަމަށް ދޭހަވާ ގޮތަށް ހޯމް މިނިސްޓަރު ޢިމްރާން ޢަބްދުﷲ ދެއްކެވި ވާހަކަތަކަށް ފަހު އެހެން ޤައުމެއް ނަމަ، މަޢާފަށް އެދިވަޑައިގަތުމަށް ފަހު އެމަނިކުފާނު މަޤާމުން އިސްތިއުފާދެއްވާ މަންޒަރު ފެނުނީސް ކަމަށް ރައްޔިތުން މަޖިލިހުގެ ގަލޮޅު ދެކުނު ދާއިރާ މެންބަރު މީކާއީލް ނަސީމް ވިދާޅުވެއްޖެއެވެ.

މާލޭގައި ޓެކްސީކުރާ ހަމައެކަނި އަންހެން ޑްރައިވަރު، އައިމިނަތު ވަހީދާ (އައިންތު)ގެ ކާރަށް ތަކުރާރުކޮށް ގެއްލުންދޭ މައްސަލަ އާއި ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައަށް ބަހުސްކުރައްވަމުން މީކާއިން ވިދާޅުވީ މަޤާމުގެ ހައިސިއްޔަތުން ދައްކައިގެން ނުވާނެ ވާހަކައެއް ދެއްކެވި ނަމަވެސް ރާއްޖޭގައި ހަމައެކަނި މަޢާފަށް އެދިލުމުން ނިމުނީ ކަމަށެވެ.

މީކާއިލް އިމްރާން އަށް ނިސްބަތްކޮށް މިފަދައިން ވިދާޅުވީ، ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ "އަހާށޭ ބުނާނަން" ޕްރޮގުރާމުގައި ބައިވެރިވެވަޑައިގެން، ހުޅުމާލޭ ފަޅުތެރޭގައި އަޅާފައިވާ ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލާގައި ހިނގާފައިވަނީ ޢާންމުން ތިބޭ ތަނެއްގައިވެސް ހިނގާފާނެ ވަރުގެ ކަމެއް ކަމަށާ އަދި އެއީ އެކަން ހިނގުމުން ކަމެއް ވިކަންވެސް ނޭނގޭ ވަރުގެ ކަމެއް ކަމުގައި މިނިސްޓަރު ވިދާޅުވެފައި ވާތީ އެކަމަށް އިޝާރާތްކުރައްވައެވެ.

ކިތަންމެ ބޮޑު ކަމެއް ވިޔަސް އަމިއްލަ އަށް އިސްތިޢުފާ ދިނުމުގެ ވިސްނުން ރާއްޖޭގައި އިސް މަޤާމުތަކުގައި ތިބޭ މީހުންގެ ނުހުންނަކަމަށް މީކާއީލް ވިދާޅުވިއެވެ.

އިމްރާންގެ އެ ވާހަކަފުޅަކީ މިންތީގެ މައްޗަށް ބިނާވެފައިވާ ކުށްތަކަށް ހިއްވަރު ލިބޭ ކަމަށް ވެސް މީކާއިލް ވިދާޅުވިއެވެ.

"މީހަކާމެދު ޖިންސީ ކުށުގެ އަމަލެއް ހިންގީމާ ފުލުހުންގެ މިނިސްޓްރީއާއި ފުލުހުންގެ މުއައްސަސާއާ ހަވާލުވެ ހުންނަ މިނިސްޓްރީގެ ވަޒީރު އެއީ ކުޑަކަމެއް ކަމުގައި ވިދާޅުވީމައި އަޅުގަނޑަށް ހީވަނީ ޖުމްލަ ގޮތެއްގައި މިކަހަލަ އަމަލުތަކަށް ހިތްވަރުދެވޭހެން." މީކާއިލް ވިދާޅުވިއެވެ.

މީގެ އިތުރުން ޑްރައިވަރު އައިންތުއަށް ދެމުންދާ ހަމަލާތަކަކީ އޭނާ ވަކި މިންތިއަކަށް ނުވަތަ ޖިންސަކަށް ނިސްބަތާވާތީ ދޭ ހަމަލާތަކެއް ކަމަށާ، އެކަން ތަހުގީގުކޮށް އެ އަމަލު ހިންގި މީހާއަށް ފިޔަވަޅު ނޭޅުމުން އެނގެނީ މިފަދަ ކަންކަމަށް ތަހުގީގީ އިދާރާތަކުން ދޭ އަހަންމިއްޔަތުކަން ކުޑަކަން ކަމުގައިވެސް މީކާއީލް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. އަލީ

  މީކާއިލް މެންއަ އަޑު ނުއިވުނަސް އަހަރެމެން އަޑުއެހީމޭ އިމމްރާނު ޕޮލިސް އަންހެނެއްގެ *** ހިފިވާހަކަ އޭނަގެ އަޑުން އޭނަ ކިއާދިން އޯޑިއޯ އެމައްސަލަ ބަލާބަލަ.. މީކާއިލަ މެންވެސް ހުސް އަނގަތަޅަނީ،،،،

  32
  • ޟަރުދީ

   އެއީކަމެއްތަ މީހުން އެއްވެ އުޅޭތަންތާ ވާނެ ހައްޖުޖެ އަޅުކަނުގައިވެސް އެވައްތަރަށް ކަންނޭގެ އުޅުނީ

 2. ނަޞީރު

  އެހެން ގަވްމެއްނަމަ ރައީސްވެސް ކެބިނެޓްވެސް މިހާރު އިސްތިޢުފާދީފީހެވެ. އެފެންވަރަށް ސަރުކާރުގެ ބޮޑުންގެ ބައިވެރިވުމާއެކު ރޭޕްކޮށްފިއެވެ. ވައްކަންކޮށްފިއެވެ. ޚަޒާނާ ލޫޓުވައިފިއެވެ.

  42
  2
 3. ބޭނިފަ

  އެހެން ގައުމެއްގައި ޢާންމު ރައްޔިތުމީހާއަށް 5000 އިތުރުގަޑިއާއެއްކޮށް މުސާރަދީފައި މަޖިލީސް މެންބަރުން ގޮނޑިހޫނުކުރަން 80000 ރުފިޔާއެއްވެސް ނުނަގާނެ! މޮޔަ ވާހަކަ ނުދައްކާ ބޭނޭނީ!

  39
 4. އަލިފް

  އެއް ޖިންސުން ގުޅުން ހިންގުމަށް ތާއިދު ކުރާ މީހުން އަމިއްލަ އަށް މަޖްލީހުން އިސްތިއުފާ ދޭން ޖެހެ އެވެ.

  38
  1
  • ލޮލްލޮލް

   ހުވާ އެގޮލާ އެޔަށް ތާއީދުކުރި؟

   18
 5. ގައުމީ ލޯބި

  އެހެން ގައުމެއް ނަމަ ކަލޭމެން އެކަކުވެސް މަޖިލީހުގައި ނުތިބޭނެ.. ތިއުޅެނީ އެއްޗެކޭކިޔާފައި އިމްރާނު ކަތިލަން ވެގެން.. މިނިސްޓްރީ ބޭނުންވެގެން.. ދެން ކޮންބަހަނާއެއްދައްކާކަށް..

  ފަހަރަކު މީހަކު ބޭުރުކުރުން ތީ އެޖެންޑާ ގެ ބޭނުމަކީ..

  ދިވެހީންނަށް އެނގެ އެކަން މަޑުން މިތިބީ ނޭގޭތީއެއް ނޫން.. ވޯޓު ހޯދަން އަންނަންދެކަށް

  19
 6. ކޮވިޑް

  މީކާއީލް މިހާރު ތީވެސް އިސް މަގާމެއްގަ ހުރި ނަމުގެ ކުރިޔަށް އިތްޒަތެރި ލައިގެން އުޅޭ އިއްޒަތްތެރިއެއް،އިމްރާން ގެ އެވާހަކަ ކަޑަ ހަމަ،މަނިކުފާން ނަމޫނާ ދައްކަވާ ކެރި ވަޑައި ގަންނަވާނެތޯ ތިމަގާމުން އިސްތިއުފާ ދެއްވަން،،،،، މަނިކުފާން ނިސްބައި ވާ ޕާޓީގެ ވެރި ކަމުގާ ދީނާށް ފުރައްސާރަ ކޮށްފި،ޕޮލިހުންގެ ކަމިސަނާ އަކަށް ހުރި މީހާ ނައިޓް ކުލަބުގާ އުޅޭ މަންޒަރު ފެނިއްޖެ،އިމްރާން ރޭޕް އަށް ހިތްވަރު ދީފި،މުޅިގައުމު މުސީބާތެއްގަ،ރަތްޔަތުން ހަނާ ވަނީ،،، ދުނިޔޭގެ އެހެން ގައުމެއްގަ ނަމަ މިހާރު މުޅި ސަރުކާކު އިސްތިއުފާ ދިނީސް ،އަޅެ މީކާއީލް މިސަރުކާރު ރަތްޔަތުން ނަށް ހަރާން ކޯރު ވެޖޭ މީ ތިމަން މަނިކުފާން ތާއީދު ކުރާ ކަންކަމެއް ނޫނޭ ކިޔާފަ ކެދިވަޑައި ގަންނަވާނެތޯ އިސްތިއުފާ ދޭން؟ ނޫނީ އަޅެ އެމް.ޑީ.ޕީ ން ވަކިވެބަލަ........

  16
 7. ލޮލްލް

  މީ ފައްކާ އަނގަފަތަފޮޅިއެއް

  19
 8. ރައްޔަތު މީހާ

  ވާހަކަ ދައްކަން އަނގައެއް ކޮންމެ މީހެއްގެ އޮންނަނީ. ގައުމަށް ރައްޔިތުންނަށް ފައިދާހުރި ކަމެއް ކުރާނެ ހިތްވަރެއް ނުހުރޭ. އަނގަ މަޑުން ލައިގެން ތިބިއްޔާ މާރީތިވާނެ.

 9. ގުއިދައިތަ

  ގަލޮޅު ދެކުނު ދާއިރާގެ މީހުން އަޅެ މީނަ ހޮވީ، މީހުންގެ އިސްތުފާއަށް ގޮވުމާ މީހުން މަޤާމުން ވަކި ކުރަން ގޮވަންތަ؟ އެނޫން ވާހަކައެއް އޭނާ މަޖިލީހަކު ނުދައްކާ. މަބުނީތީ ވެސް ޔައުމިއްޔާތައް ބަލާބަލަ. އޮއްޓަރު ހުރި މަސައްކަތެއް މަޖިލީހުގަ ކޮށް، ރައްޔިތުން ހަވާލުކުރި ޒިންމާ އަދާކުރެވޭތޯ ބަލާބަލަ. ތަސައްރަފު ނުފުދޭ މީހުން ހޮވީމަ ވާގޮތް މިފެންނަނީ.

 10. ހަމީދުބެ

  ބަލަ އަދިވެސް ވަގުތު ފޯޓޯސް އިން ކެރަފާ ނަސިމުއަށް މިނިސްޓާރުކަން ދިން ފޮޓޯ ބާލާކަށް ނުވޭތަ.