މާލެ އިން ގެއްލިގެން ހޯދަމުން ދަނިކޮށް ފެނުނު ދިވެހި އަންހެން މީހާ ރަހީންކޮށް ބަޔަކު ފައިސާތަކެއް އަތުލި ކަމަށް އާއިލާ އިން މިއަދު ބުނެފިއެވެ.

ރ. ކިނޮޅަސް، ލަގްޒަރީ، ޝިރުމީނާ އަބޫބަކުރު (33އ) ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުގެރޭ 22:45 ހާއިރެވެ. އެކަމަކު، ޝިރުމީނާގެ އާއިލާ އިން އޭނާ ހޯދަން ފަށާފައި ވަނީ އެ ދުވަހު 13:30 ހާއިރު ކަމަށްވެއެވެ. އަދި ގެއްލިގެން ހޯދަމުން ދިޔަ އަންހެން މީހާ މިއަދު ހެނދުނު 08:45 ހާއިރު އަމިއްލައަށް ގެއަށް ގޮސްފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ޝިރުމީނާގެ އާއިލާގެ މެމްބަރަކު "ވަގުތަށް" ބުނީ ހޮނިހިރު ދުވަހު ޝިރުމީނާ ގެއިން ނުކުތީ އިތުރު މީހަކާ އެކީގައި ފިހާރައަށް ދިއުމަށް ކަމަށެވެ. އެ ފިހާރައަކީ ޝިރުމީނާގެ ބެލުމުގެ ދަށުން ހިންގަމުން އަންނަ ފިހާރައެއް ކަން އެމީހާ ބުންޏެވެ.

"މުދާ ގަންނަން ދިޔައީ، ފުރަތަމަ ސިނގެރޭޓް ގަންނަން ދިޔައީ އޯސީސީ އަށް. ގަނެގެން އެއްޗެހި ފިހާރައަށް ލާފައި ދެން ހުރި އެއްޗެހި ގަންނަން ދިޔައީ، ކޮއްކޮއަށް ގުޅާފައި ބުނީ ކޮން އެއްޗިއްސެއްހޭ ބޭނުން ވަނީ. ކޮއްކޮ ބުނީ އޮރެންޖާއި ބޮޑީ ސްޕްރޭ ގަންނަން،" އާއިލާގެ މެމްބަރު ކިޔައި ދިނެވެ.

އޭނާ ކިޔައި ދިން ގޮތުގައި، އެ ދުވަހު ޝިރުމީނާގެ އެންމެ ފަހު ބަހަކަށް ފޯނުން އިވުނީ "އޯކޭ"އެވެ. އޭގެ ފަހުން، ފޯނަށް ގުޅިފައި ނުވާ އިރު، އަބަދުވެސް ފޯނު އޮންނަނީ ނިއްވާލާފައި ކަމަށް އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހާ ބުންޏެވެ.

އޭގެ އެއް ދުވަސް ފަހުން، ޝިރުމީނާ މިއަދު ފެނިފައި ވަނީ ދިރިއުޅޭ ގޭގެ ސިޑި ކައިރީގައި ވެއްޓިފައި އޮއްވައެވެ.

ޝިރުމީނާ ކައިރިން ހޯދި މައުލޫމާތުތަކުން އެނގޭ ގޮތުގައި އޭނާ ބަޔަކު ރަހީނު ކުރީއެވެ. އަދި ގިނަ އަދަދެއްގެ ފައިސާ ނުދީފި ނަމަ، މަރާލާނެ ކަމުގެ އިންޒާރު ވެސް ދިނެވެ. ރަހީން ކުރި މީހުން ޝިރުމީނާ އަށް ވަރަށް ބޮޑަށް އަނިޔާ ވެސް ކުރިއެވެ.

"އަތުގައި ހުރީ ކަޓަރު ޖައްސާފައި. ބުރަކައްޓާއި ނިއްކުރީގައި ޖަހާފައި ހުރި ކަން އެނގޭ،" އާއިލާގެ މެމްބަރު ކިޔައި ދިނެވެ.

ރަހީން ކުރި މީހުން ފައިސާ އަށް ޑިމާންޑް ކުރި އިރު، ޝިރުމީނާ އެމީހުންނަށް 20،000ރ. ދީފައިވާ ކަމަށްވެއެވެ.

"އެންމެ ފަހުން ދޫކޮށްލީ އެ ފައިސާ ދިނީމަ، ޝިރުމީނާ އަށް ކާން ވެސް ނުދޭ، އެހެންވެ ހާލު ވެސް ހުރީ ވަރަށް ދެރަވެފައި،" އެމީހާ ބުންޏެވެ.

"އަދިވެސް ޝިރުމީނާ އަށް ނޭނގޭ ބުނާކަށް ގެންދިޔަ ތަނަކާ އެކަން ކުރި ބަޔަކާ އެއްޗެހި ވެސް،"

މީސްމީޑިއާގައި އަޑު ފެތުރިފައި އޮތް ގޮތުން ޝިރުމީނާ ވަނީ އާއިލާ އަށް ފިލައިގެން ބަޔަކާ އެކީގައި ގޮސްފައެވެ. އެކަމަކު، މީސްމީޑިއާގައި ޝިރުމީނާ އަށް އަމާޒުވަމުން އަންނަ ތުހުމަތުތައް އާއިލާ އިން ވަނީ ދޮގުކޮށްފައެވެ.

"ޝިރުމީނާއަކީ އެކަހަލަ މީހެއް ނޫން. ފިރިހެނުންނާ އެކީގައި ކޮފީތަކަށް ވެސް ގޮސް ނުހަދާނެ. ބޭރަށް ނުކުތަސް، އާއިލާގެ މީހަކާ އެކީގައި ނުކުންނާނީ. ނުފެންނާނެ ފިރިހެނުންނާ އެކީގައި އުޅޭ ތަނެއް،" އެމީހާ ބުންޏެވެ.

"މިއީ ކޮންމެ މީހަކަށް ވެސް ވެދާނެ ކަމެއް. މިއީ ރާއްޖޭގައި މިހާރު ހިނގަމުން އަންނަ ބިރުވެރި ކަމެއް،"

ޝިރުމީނާ އަށް ލިބުނު އަނިޔާތަކަށް ހޮސްޕިޓަލްގައި ފަރުވާ ހޯދަމުން އަންނަ އިރު، ބައެއް ޓެސްޓްތައް ހެދުމަށް ހަމަޖެހިފައިވާ ކަމަށްވެއެވެ. އަދި މި މައްސަލަ ފުލުހުން މިހާރު ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

34 ކޮމެންޓް

  1. ޗިރު

    ބޭޒާރު ވެދާނެތީ ގޭމީހުނާ އާއްމުންނަށް އޮޅުވާލަން ޖައްސާ ސްޓަންޓަކާ ވައްތަރީ.

    53
    76
    • ލޮލްލޮލް

      ކަލޭ އުޅޭ ހާ ރަންޑިކޮށެއް ނޫން ދެންތިބީން އުޅެނީ

      61
      14
    • އެމްޑީޕީ ބުރޯ

      ފޮޓޯއިން ފެންނަގޮތުގަ ސިރުމީނާގެ ކަރުވަޅަށް ކޮންމެސް މީހަކު އަތްލާގެން ހުއްޓާ އެފެންނަނީ! މިކަމުންވެސް މަންޒަރު ވަރަށް ސާފު!

      21
      36
      • --

        ފޮޓޯ އިން އެ ފެންނަނީ ކޮއްކޮ އެއްގެ އައް. ހަގީގައް ނޭންގޭ ވާހަކަ ނުދައްކާ ހުރެބަލަ.

      • --

        ފޮޓޯއިން އެ ފެންނަނީ ކޮއްކޮގެ އައް. ނޭންގޭ ވާހަކަ ނުދައްކަބަލަ

  2. ތުނިޔަ

    ޔާރައްބީ! މިތަން މިހާރުހީވަނީ އިންޑިޔާހެން. ޝިރުމީނާއަށް އަވަސް ޝިފާޔަކަށް އެދެން.

    98
    5
  3. މާރިޔާ

    މީ އަންނެ އެގެންނަން އުޅޭ އެނެއްދިވެހިރާއްޖެ.

    57
    7
    • ޢުނބުޝޭމް

      އަނެއްދިވެހި ރާޢްޖެ އަށް މަރުހަބާ

      23
      3
  4. ގަލަން ތުނޑު

    ސިނގިރޭޓް އިޒް ނޮޓް އަ ގުޑް ސައިން

    33
    22
    • ސަމްސިއްޔާ

      ބްރޯ ރަނގަޅަށް ކިޔާބަލަ. ފިހާރައިގައި ވިއްކަން ސިނގިރެޓް ގަތް ވާހަކަ ލިޔެފައި އެއޮތީ

      22
      5
    • ޒުހުދާ

      ސިނގިރެޓު ގަނެފަ އެވަނީ ފިހާރަޔަށް ކަމަށް ބުނެފަ އެބައޮތް.

      23
    • މާ

      ފިހާރައަށް ބޭނުންވާ ތަކެތި ރަނގަޅަށް ކިޔާލަބަލަ

      22
      1
  5. ޖަޒީރާވަންތަ ކެހެރި ނުފަޅާ ޖަނަވާރު

    އެޖެންޑާ 19 އިޒް ވެރީ ޑިފަރެންޓް

    45
    8
  6. ސަރީފް

    ތިވާނީ ސްޓަންޓަކައް، 20ހާސް ރުފިޔާ ނަގަން ޖެއްސި

    21
    21
  7. ސަންފާތެޔޮ

    މީގަ އޮޅުވާލުމާއި މަކަރުން ފުރިގެންވާ ކިތަންމެ ކަންތައްތަކެއް އެބަހުރިކަން ޔަޤީން.!!! ގޭގެ ކޮޓަރީގެ އެނދުމައްޗަށް ވެއްޓުނުނަމަ އަދި މާ ބޮޑަށް ރަހީނުކުރީކަމަށް ޤަބޫލު ކުރެވުނީސް.

    "އަދިވެސް ޝިރުމީނާ އަށް ނޭނގޭ ބުނާކަށް ގެންދިޔަ ތަނަކާ އެކަން ކުރި ބަޔަކާ އެއްޗެހި ވެސް،" ގެންދިޔަކަމާއި އާދެވުނުކަން އެނގޭބާ!!

    39
    11
  8. ސަނާ

    ފުލުހުން ރަނގަޅައް ވީގޮތް ބައްލަވާ،
    ވަރައް ބޮޑައް ހީވޭ، ފިހާރައިގެ ފައިސާ ނަގަން ޖެއްސި ސްކޭމް އެއްހެން..

    45
    12
  9. މުހައްމަދު

    😃

    5
    3
  10. ޢަބޫ

    ޝިރުމީނާ ދިފާއުކުރަން ޢާއިލާއިން ކުރަމުންދާ މަސައްކަތަށް ސާބަސްދެން. އެއީ އެކި ދުވަހު އެކި ފިރިހެނުންނާއެކު ރިސޯޓުތަކަށް ގޮސް މަޖާކުރަމުން އަންނަ އަންހެނެއްކަން އެއީ މެންދުރުގެ އިރުފަދައިން ކަށަވަރުވާކަމެއް. ދޭތެރެ ދޭތެރޭން ގެއްލޭނެ. އެކަމަކު އެއީ މައްސަލައަކަށް ނުވަނީ ފޯނަށް އަރާތީ. މިފަހަރު ފޯނަށް ނޭރީމަ އަސްލު މި ހާހިސާބަށް އަޑުފެތުރުނީ

    41
    8
  11. ރޮކް

    ކޮބާ ސީސީޓީވީތައް؟

    29
    5
  12. މަލީ

    އައިފޯން 12 އެއް ގަންނަން ކުރި ކަމެއް ކަންނޭނގެ ...ބޯ ހަލާކު 😫

    35
    4
  13. ސަލާހު

    ދެން ތިމައްސަލަ ތަހުގީގުނުކުރިއްޔާ ރަނގަޅުވާނީ. ނިމޭއިރު ވާގޮތެއްނޭންގޭވިއްޔަ.

    19
    2
  14. ދަރުއުނދުން

    އެންމެ 20،000 ރުފިޔާ ހޯދަން އުޅޭނީ އެއަށްވުރެ ގިނައިން ފައިސާ ނުހޯދޭނެކަމުގަ ޔަޤީންކަން އޮތީމަ ދޯ؟ އެހެން ނޫންނަމަ ލައްކައިން އަގު ކީސް. ޝިރުމީނާގެ ރޭވުމެއް ވޭތޯ ބެލުން މުހިންމު

    23
    6
  15. އަލިބެއްޔާ

    ޝަރުމީލާ މަތިން ހަނދާން ހުރީ ކިތަށް މީހުން..

    20
    3
  16. ހުޒާމް

    ގެއިންވެސް ބޭރަށް އެކަނި ނުދެޔޯ!!! އަހަހަހަހަ!!! ތިމަންޖެ އިރު އޮއްސޭއިރަށް ފިރިހެނެކާއި އެކު ގޮސް އިންޑަސްޓްރިއަލް ޒޯނު ފުރަގަސް ތޮށިމަތީ އުޅޭތަން ފެނޭ!
    ވަރަށް ރޭވުންތެރިކޮށް ފައިސާ ގަނޑު ކަޓުވާލީތާ!

    27
    7
  17. އިންޑިއާ އައުޓް

    މިޚަބަރުކިޔާލު މުން ސިފަވެގެންދަނީ ރަހު މްކުޑަ އިންޑިއާ އިންޑިއާގައި އަންހެނުނަށް ކުރަ މުންގެންދާ އަނިޔާ ވެރިކަން ރާއްޖޭއިން ފެންނަ މުން މިދަނީ މިއީ ވަރަށް ބިރުހުރިކަ މެއް ޚާސަކޮށް އަންހެނުނަށް!

    6
    6
  18. އަހުމަދު

    އިތުރު މީހަކާ އެކީގައި ފިހާރައަށް ދާން ނުކުތީ ކަމަށް ބުނާއިރު ކޮބާ އެހެންވީމަ އޭނާއާއިއެކު ހުރި ދެވަނަ މީހާ؟

    24
  19. މޫސް

    އާއިލާއިން ބުނެފަ އޮތީވެސް އިތުރު މީހަކާއެކުއޭ ފިހާރައަށް ދިއުމަށް ދިޔައީ. ޢަނެއްކަ މިބުނަނީ މީހުންނާއެކު ބޭރު ނުދާނެކަމަށް. ސަޅި އެންނު

    14
  20. ސަމާ މާލެ

    ހަމަ ހުސްދޮގު. ފޭކެއް ތި ޖައްސަނީ. މިހާރުވެސް ތިޔަ ހިސާބުގެ ސީސީޓީވީ ފޫޓޭޖްތައް ބަލާބަލަ. އޭރުން އިގޭނެ. ހިމަ ހުސް ފޭކް.

    15
    1
  21. ދުންތަރި

    މިމައްސަލަވެސް ދުނިޔޭގަނެތް ފެންވަރުގެ ކެނެރީ މަޖިލީހުން ބަލާ ޙުކުމެއްކުރުން ރަނގަޅުވާނެ ކެނެރީމަޖިލީހަކީ އެންމެ އިންސާފުން ޙުކުމްކުރެވޭނެ މަޖިލީހަކީ މިމަޖިލީހުގަ ހުރިހާ ކީޓެއް ޤައިމުކުރެވިފަ އޮންނާނީ

    9
    2
  22. އަޖާއިބް

    އުމުރުން 33 އަހަރު ވީ އިރުވެސް މީހަކާ ނީނދެ އެހުންނަނީ ކީއްވެބާ؟ އެކަމުންވެސް އޭނަގެ ރަނގަޅު ކަންދޯ އެނގެނީ ؟؟؟ އަނެއްކާ ލައިގެން އުޅޭ ހެދުމުންވެސް އިނގޭ އޭނަގެ ރަނަގަޅު ކަން އިތުރަށް ބުނާނެ އެއްވެސް އެއްޗެއް ނެތް ! 🤐🤐

    18
    13
  23. އަހުމަދު ނީޒް

    ވަރަށް ރަނގަޅަށް ތަހުޤީގު ކުރަން ޖެހޭ. އެ މީހުންވެސް ހޯދޭނެ. ހޯދާ ހަރުކަށި އަދަބު ދޭން ގޮވާލަން.

    12
    2
  24. ފޭކް ޝީ

    ފޭކް

    8
    1
  25. ޙަންޔުން

    ހެޔޮ ނުވާނެ މީހާއައް ބަލާފަ ޖަޖް ނުކޮއްބާ
    އަހަރުމެންނާ ބެހޭ ކަމެއްތަ
    ހެޔޮބަހެއް ނުބުނެ ވެއްޏާ ހައްޕު ކިޔާގެން ތިބެބަލަ

    7
    2
    • ވަހީދު

      މުޖުތަމައުގައި ބިރުވެރި ޚަބަރު ފެތުރުމަކީ އަހަރުމެންނާއި ބެހޭކަމެއް. މީހަކު ރަހީނުކޮށް ފޭރުމަކީ އާދައިގެ ކަމެއްނޫން. ހަށިވިއްކުމާއި ޒިނޭ ކުރުމަކީ ވެސް އާދައިގެ ކަމެއްނޫން ެެެެެ